ކުރީގެ ރައީސް އަބްދުﷲ ޔާމީން މާދަމާ ވެސް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައިފި އެވެ.

މިއީ ފާއިތުވި ދެހަފްތާއެއްހާ ދުވަސް ތެރޭގައި ޔާމީން ފުލުސް އޮފީހަށް ހާޒިރު ކުރާ ހަތަރު ވަނަ ފަހަރެވެ.

ޔާމީންގެ ގާނޫނީ ވަކީލް، ޑރ. މުހައްމަދު ޖަމީލު އަހުމަދު ކުރެއްވި ޓްވީޓެއްގައި ވަނީ މާދަމާ މެންދުރުފަހު 1:30 އަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ރައީސް ޔާމީނަށް އަންގާފައިވާ ކަމަށެވެ.

ޔާމީން ފުލުހަށް ހާޒިރު ކުރާތީ ޖަމީލް ވަނީ އެކަމާއި ސުވާލު އުފައްދާފައެވެ. ޖަމީލް ވަނީ ރައްޔިތުން ކޮވިޑް-19 އިން ރައްކާތެރިވާން އަންގާފައިވާއިރު، މިއީ ކިހާ ވަރެއްގެ ރައްކާތެރިކަމާ އެކު ކުރާ ކަމެއްތޯ ސުވާލު ކުރައްވާފައެވެ. އަދި ޑޮކްޓަރުން ރާއްޖެ ލޮކްޑައުންކުރަން ގޮވާލަމުންދާއިރު، މިއީ ކިހާ ޒިންމާދާރުކަމެއްތޯ ވެސް ޖަމީލް ސުވާލު ކުރެއްވެވިއެވެ.

"ރައީސް ޔާމީނަކީ ކަސްޓަޑީގައި ހުންނެވި ބޭފުޅަކަށްވާއިރު، ކޮންމެ ވަގުތެއްގައިވެސް ސުވާލުކުރެވިދާނެ. އެހެންވީއިރު، ކޮން ކަމެއްތޯ މިހާ ބޮޑަށް ކުއްލިއަކަށް ހާސިލްކުރަންޖެހިގެން މި އުޅެނީ؟ މިކަމުގެ ސިއްރަކީ ކޮބާތޯ؟" ޖަމީލް ވިދާޅުވިއެވެ.

ފުލުހުން މިހާރު ތުހުމަތު ކުރަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ ހުރިހާ ފައިސާއެއް ގެއްލުމުގައި ނުވަތަ ލޯންޑާ ކުރުމުގައި ޔާމީންގެ ބައިވެރިވުން އޮތް ކަމަށެވެ.

ޔާމީންގެ މައްޗަށް މިހާރު ފުލުހުން ކުރާ ތުހުމަތުތަކާއި ގުޅިގެން ފުލުހުން ކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީ އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ލިބުނު 77 މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑު ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލަ އާއި އެމްއެމްޕީއާރްސީ އަށް 220 މިލިއަން ރުފިޔާ ހޯދުމަށްފަހު އެފައިސާ އަށް ޚިޔާނާތްތެރިވުމާއި އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައާއި، އެމްއެޕީއާރްސީން ކުންފުނިތަކަށް ލޯނުގެ ގޮތުގައި 1.9 މިލިއަން ރުފިޔާ ދޫކޮށް، އެފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާ ލޯންޑަރ ކޮށްފައިވާކަމަށް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ ކަމަށެވެ.

އަދި މިނިސްޓްރީ އޮފް ޓޫރިޒަމާއި އެމް.ޕީ.އާރުސީ މެދުވެރިކޮށް ޓުއަރިސްޓް ރިސޯޓް ތަރައްޤީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތުގެ ގޮތުގައި 111800 މިލިއަން ޑޮލަރު ލޯންޑާ ކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެއެވެ.

އެމްއެމްޕީއާރްސީ މެދުވެރިކޮށް ދައުލަތައް ލިބެންޖެހޭ ހުރިހާ ފައިސާއަކީ ރައީސް ޔާމީން ބޭނުން ކުރެއްވި ފައިސާ ކަމަށް ފުލުހުން ތުހުމަތުކޮށް އެމައްސަލައިގެ ތަޙްޤީޤު ކުރިއަށް ގެންދާއިރު، އެމައްސަލައަށް އިއުތިރާފް ވެފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ އެމްޑީ އިބްރާހިމް ޒިޔަތު ތިއްބެވީ ގޭބަންދުގައެވެ. އަދީބުގެ މައްޗަށް ބައެއް ދައުވާތައް ކްރިމިނަލް ކޯޓުގައި އުފުލާފައި ވީނަމަވެސް އެއްވެސް މައްސަލައެއްގެ ޝަރީޢަތް ކުރިއަކަށް ނުގެންދެއެވެ.

އަދީބުގެ އިތުރުން ވެސް އެމްއެމްޕީއާރްސީ މައްސަލައިގައި ހިމެނޭ ފައިސާ ލިބުނު އެތައް ބަޔަކު މިސަރުކާރުގައި ވެސް އެބަތިއްބެވެ. ނަމަވެސް ދާދިފަހުން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގެ ތަޙްޤީޤު މިހާރު އޮތީ މަޑުޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

 1. Anonymous

  ނޫނޭ އިނގޭ ސޯލިޙް ސަރުކާރެއް މީ. މުޅިދުނިޔެ ކަންބޮޑުވެގެން އުޅޭ އިރުވެސް ރ. ޔާމީން ފަހާ ދުވުމުގައި. ތަންކޮޅެއް ފަހުން ވެސް މައްސަލަ ބެލިދާނެ ނޫންތޭ. ފުކެއް ބޮޑުވަރު. ދައުރުނިމޭ އިރުވެސް ރ. ޔާމީން ފަހާުދުވެފައި އެހެންކަމެއް
  ހިއެއް ނުވޭ ކުރެވޭނެ ހެނެއްވެސް . ސޯލިޙް އިސްތިއުފާ

  32
 2. ބްރޯ

  ގާނޫނުގައިވާ ގޮތުން ޒިންމާ އުފުލަންޖެހޭނި މިނިސްޓަރު ރައީސުލްޖުމްހޫރިއްޔަާ އުފުއްލަވާކަށެއްނުޖެހޭނެ ،

  25
 3. ދަންނަ

  ތި އެތި ކަރަންޓީން ފެސިލިޓީ އަކަށް ލާފަ ބަހައްޓަންވީ.. މިދުވަސްކޮޅު

  31
 4. މީމަގޭރާއްޖެ

  ޖައްބާރުން ހިތް ފުރޭނީ ކިހާވަރެއް ލިބުނީމަތަ!

  26
 5. ޔާﷲ

  ޔާﷲ އެންމެހާބަލި ތަކުން ރައީސްޔާމީން ސަލާމަތްކޮށް ރައްކާތެރި ކޮށްދެއް ވާށި އާމީން

  38
 6. ނުހައްޤުންޖަލު

  ރައީސްޔާމީން ނުހައްޤު ން ޖަލުގައި ދޫކޮށްލާ ރައީސްޔާމީން ނުހައްޤު ން ޖަލުގައި ދޫކޮށްލާ ރައީސްޔާމީން ނުހައްޤު ން ޖަލުގައި ދޫކޮށްލާ ރައީސްޔާމީން ނުހައްޤު ން ޖަލުގައި ދުކޮށްލާ ރައީސްޔާމީން ނުހައްޤު ން ޖަލުގައި ދުކޮށްލާ ރައީސްޔާމީން ނުހައްޤު ން ޖަލުގައި ދޫކޮށްލާ ރައީސްޔާމީން ނުހައްޤު ން ޖަލުގައި ދޫކޮށްލާ ރައީސްޔާމީން ނުހައްޤު ން ޖަލުގައި ދޫކޮށްލާ ރައީސްޔާމީން ނުހައްޤު ން ޖަލުގައި ދޫކޮށްލާ ރައީސްޔާމީން ނުހަޢްޤު ން ޖަލުގައި ދޫކޮށްލާ ރައީސްޔާމީން ނުހައްޤު ން ޖަލުގައި ދޫކޮށްލާ ރައީސްޔާމީން ނުހައްޤު ން ޖަލުގައި ދީކޮށްލާ ރައީސްޔާމީން ނުހައްޤު ން ޖަލުގައި ދޫކޮށްލާ ރައީސްޔާމީން ނުހައްޤު ން ޖަލުގައި ދޫކޮށްލާ ރައީސްޔާމީން ނުހައްޤު ން ޖަލުގައި ދޯކޮށްލާ ޔާﷲ އިބައިލާހުގެ ހިމާޔަތާއި ރަށްކާތެރި ކަން ރައީސްޔާމީން އަށް ދެއްވާށި އާމީން

  4
  1
 7. އާދޭސް

  ރައީސްޔާމީން ނުހައްޤު ން ޖަލުގައި ދޫކޮށްލާ ޤައުމު އެދި ގޮވަނީ ރައީސްޔާމީން އަށް'

  32
 8. ދާވަނި

  މިއީ ބަދަލު ހިފަން ފޫގަޅަންވީ ވަގުތެއްނޫން! ޢެންމެން ގުޅިގެން ގައުމުސަލާމަތް ކުރަންވީ ވަގުތު!އިންސާނިއްޔަތު ކަމުގެ ޒައްރެއްވެސް ހުރި މީހަކު ތިކަހަލަ ކަންކަން ނުކުރާނެ! މިކަމުން މިންޖުވުމުން ދޭއަދަބެއްދޭނީ!ބޯހުރިތާ ހުރީ ވަޅުގަޑެއްބާ! މިގައުމާ ދޭތެރޭ ވިސްނަބަލަ!ތާރީޚުގައި ނުދެކޭފަދަ ހާލަތަކާ ކުރިމަތި މިލަނީ! ޙޭބުއްދިފިލިޔަސް ބޮޑުވަރު!

 9. ވަތަން

  އިންޑިޔާގެ ތަމަޅަ ގުންޑާ ފިލްމެއްތަ ވަތަން ދެކެ ލޯބިވާ ދަރީންތިކުޅެނީ!

  26
  1
 10. ާޤައުމުގެ.އަޑު

  ރައީސްޔާމީން ނުހައްޤު ން ޖަލުގައި ދޫކޮށްލާ ޤައުމު އެދި ގޮވަނީ ރައީސްޔާމީން އަށް'

  28
 11. ބިނާކުރުން

  ދިރުމެއް ވަނަމަ އުންމީދެއް ވާނެކަމަށް ޤަބޫލު ކުރާ ހަމަ އެކަނި ވެރިޔަކީރައީސް ޔާމީން ނުހައްޤުން ޖަލުގައި ރައީސްޔާމީން ދޫކޮށްލާ!

  31
 12. SHAUKATH ALI

  މި ދަނޑިވަޅަކީ ސަރުކާރުންވެސް ރައްޔިތުންވެސް އެއްބައިވަންތަކަން ދައްކަވަންވީ ވަގުތު ޔާމީނެއް ޙަސަނެއް ޙުސައިނެއްނޫން
  އަހަރެމެން ކީ އެއްޗެހި އަހަރެމެންގެ އަތަށް ގޮވީމަ ކަމުދާނެތޯ؟
  ހުރިހާ ބޭފުޅުންވެސް ﷲގެ ޙަޒުރަތަށް ތަޢުބާ ވުމަށް މަސައްކަތް ކުރައްވާ
  މީ ސިޔާސީ ވާހަކައެއްނޫން މިއީ ﷲ އަށްޓަކައި ހިތް ނިޔަތް ޚަލާސް ވާހަކައެއް

  މާޒީން ޢިބުރަތް ހޯއްދަވާ، ﷲ އަށް ބިރުވެތިވޭ، ރައްޔިތުންނަށްޓަކައި މަޢާފުކޮށް ތަޢުބާ އިސްކުރައްވާ
  އަލްޙަމްދު ﷲ

  27
  1
 13. Anonymous

  މިމީހުން މިބަލި އެމަނިކުފާނަށް އަރުވަންވެސް މަސައްކަތް ކޮށްފާނެ. އެމަނިކުފާނު ގޭގައި ބަހައްޓާފައި ބޭރުގައި ނަންބޯޑް ޖަހަންވީ "ޖަލު"
  އޭރުން އާއިލާއާއި އެކު ޖަލުގައި ހުރެގެން މިޤައުމުގެ ރައްކާތެރިކަމަށް ޙައްލު ހޯއްދަވާ ދެއްވާ ނެ. ކަށަވަރުކަމެއް. ސޯލިޙް ކަހަލަ އާޖްފާޖެއް ނޭނގޭ މީހުން ނަށް ވެރިކަމެއް ނުކުރެވޭ.

 14. ގފދސ

  މި ބަލިމަޑުކަމަކީ އިންސާނުންގެ އެންމެ ފަހުގެ އިންޒާރު ކަމުގައިވެސް ވެދާނެ. އެހެންކަމުން ސާލިހާ ނަޝީދުވެސް އަނިޔާވެރިކަން ދޫކޮށް ހައްޤުގެ މަގަށް ރުޖޫޢަވޭ. ކަލޭމެންނަކީވެސް ﷲ ގެ ތެދުމަގު ނުލިބި މަރުވެގެންދާބަޔަކު ކަމުގައި ނުލެއްވުން އަހަރެމެން އެދެނީ. އެކަމަކު އެއީ އަނިޔާވެރިކަން ހިޔާރު ނުކުރާހާ ހިނދަކު.

 15. ނައީމް

  ޔާﷲ އެންމެހާބަލި ތަކުން ރައީސްޔާމީން ސަލާމަތްކޮށް ރައްކާތެރި ކޮށްދެއް ވާށި އާމީން
  5އަހަރުވެސް ނިމޭނީ މިސަކަރާތުގް ތިއްބާ ކަންވެސް ނޭގެ މިއަދު ވެރިކަން ލިބުނީ މާ ސޯލިހަކަށްވެސް އަންނިއަކަށްވެސް ތަރައްގީގެ އެއްވެސް ކަމެއް ނުކުރެވުނު އެކަމަކު ރައްޔިތުންގެ އަތުން ފީތަކާއި އިސްޓިކާ ފައިސާ އިންތިހާ އަށް ނަގަންފަށައިފި ހަމަޔާމީން ވަރެއްނެތް

 16. Anonymous

  ވަޓް ދަ ހެކް އިޒް ދިސް، ހަމީދޫ؟

 17. Anonymous

  ކޮބާހޭ އޭސީސީގެ ރިޕޯޓުގައި އޮތް 268 މީހުން؟ އެއިން ޑައިރެކްޓްކޮށް ކޭ މީހުންވެސް ހިމެނޭ. ކަލޭމެން ގާނޫނުތަށް ކިޔައިގެން ތިކަން ކޮށްބަލަ؟ ގައުމުގެ ވެރިމީހާ ޒިންމާގެ ތެރޭގައި ދައުލަތުގެ މުއައްސަސާތަކުގައި ހިނގާ ހުރިހާ ކަމެއްގެ ޒިންމާއެއް ހިމަނާފައިނުވޭ. މިވަރު ނުދަންނަ ޅަދަރިއަކުވެސް މިގައުމުގައި ނޫޅޭ. ޤާނޫނު އަސާސީ އެއޮތީ އެމްވީ ލޯ އިން ލިބެން. އޭގެ 115 ވަނަ މާއްދާ އިންނާނެ ޞަފްހާ 55 ގައި. "ރައީސުލް ޖުމްހޫރިއްޔާގެ ބާރުތަކާ މަސްއޫލިއްޔަތުތައް"

 18. Anonymous

  ކީއްވީތަ މިލިއުމަށް ފޮނުވާ ކޮމެންޓް ހާމަނުކޮށްގެން އުޅެނީ، ބަލަ އެއީ ރައްޔިތުންގެ ޝުޢޫރޭ، ނޫސްވެރިންނަކީ ރައްޔންފެ ޝުޢޫރު ރައްޔިތުންނަށް ފޯރުކޮށްދޭންތިބޭ ބައެއް ނޫންތ؟؟ރޭގަ ފޮނުވި ކޮމެންތައް އަދި ހާމަކޮށްފައިނުވުމަކީ ތިޔަޚިދުމަގެ އިތުބާރެއް ނެތުން، ލަސްނުކޮށް އަޕްޑޭޓްކޮށް ކޮމެންޓްތައްވެސް ޑިސްޕްލޭ ކުރެވެން ޖެހޭނެ،

 19. ޏަމް

  އަޅުގަނޑުމެން ﷲ އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީން ވެރިކ ކަމަށް ގެނެސް ސޯލިހު ދިރުވާލި 800 މިލިޔަން ޑޮލަރުގެ ތަހުގީގު ފަށާނަން އަދި ނަޝީދު އެއަރޕޯޓު ޖީއެމްއާރަށް ކަރަޕުސަނުން ފުރިގެން ވާގޮތަށް ދިންމައްސަލަ ބަލާނަން ބަލާނަން ބަލާނަން ހީނު ކުރާތި ސަލާމަތްވާނެ ކަމަށް ގާނޫނުގެ ދިގު ފޯރާނެ ކަން ހަނދާން ކުރާތި.