ކޮވިޑް-19 ފެތުރެން ފެށުމުން ރާއްޖޭގެ އިޤުތިޞާދަށް ވެސް އެކަމުގެ އަސަރުކޮށް ގިނަ ބައެއްގެ އާމްދަނީ ވަނީ ދަށަށް ދާން ފަށާފައެވެ.

އިޤުތިޞާދަށް އަންނަމުންދާ ހީނަރުކަމުގެ ސަބަބުން އެންމެ ބޮޑު ނުތަނަވަސްކަމެއްގައި ތިބި އެއް ބަޔަކީ މާލޭގައި ކުއްޔަށް ދިރިއުޅޭ މީހުންނެވެ. އެފަދަ ފަރާތްތަކަށް މިހާރު ލިބޭނެ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުއްޔަށް ދައްކަން ޖެހޭ ފައިސާކޮޅު މަަދުވާނެ ކޮންމެވެސް ގޮތެއް ލިބުމެވެ.

ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރު މުހައްމަދު ސައީދު މިރޭ ވަނީ އޭނާ ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގައި ދިރިއުޅޭ މީހުންނަށް އުފާވެރި ޚަބަރެއް ދީފައެވެ. ސައީދު ވަނީ އޭނާ ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުއްލި ކުޑަކޮށްފައިވާ ކަމަށް ބުނެފައެވެ.

ސައީދު ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން ގައުމަށް މި އަންނަމުންދާ ހީނަރުކަމަށްބަލާ އޭނާ ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުލި ކުޑަ ކޮށްފައިވާ ކަމަށެވެ. ކުއްޔަށް ހިފައިގެން ދިރިއުޅެމުންދާ ފަރާތްތަކަށް އެކަންވާނީ އެންގިފައި ކަމަށް ވެސް ސައީދު ބުންޏެވެ.

ސައީދުގެ ޓްވީޓަށް ރިޕްލައި ކުރި މީހަކު ބުނީ ސައީދުގެ ޓްވީޓްގައި ވަނީ ތެދު ވާހަކައެއް ކަމަށާއި ކުލި ކުޑަކުރިކަން އޭނާ ވެސް އަންގާފައިވާ ކަމަށެވެ.

ސައީދު ކުލި ކުޑަ ކުރީ ކިތައް އިމާރާތުން ކަމެއް އޭނާ ސާފުކޮށްދީފައެއް ނުވެއެވެ. ނަމަވެސް ގިނަ ބަޔަކު ވަނީ ސައީދު ނިންމުން ރަނގަޅުކަން ފާހަގަކޮށް އޭނާ އަށް ހެޔޮ ދުޢާ ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

 1. މިއަދު

  ވވ ރަގަޅު ނިންމުމެެއް މަރްހަބާސަޢީދު ކިތައް% ކަންބުނެދިންނަމަ ވ އުފާކުރީމުސް

  39
  1
 2. ޙހެހެ

  ތިޔަ ކަހަލަ ކެރެ ބެފުޅުން ބެނުމި

  35
  1
 3. ނަސީރު

  ހަގީގަތުގައި ތިޔަ ނިންމުން ތީ ސައީދުގެ ތަންތަނުގައި ކުއްޔައް އުޅޭ މީ ހުންނައް ލިބިގެންދިޔަ ވަރައްވެސް ބޮޑު ހިން ހަމަ ޖެ ހުމެކެވެ. ސައީދުގެ ތިޔަ ވިޔަފާރިއައް އިތުރު ކުރިއެރުން ދެއްވާ އިތުރު ތަނަވަސްކަން ދެއްވުން އެދި ދުއާކުރަމެވެ. ތިޔައީ ހާއްސަކޮއް ކުއްޔައް އުޅޭ މީ ހުންގެ އި ހްސާސްތަކާ ދޭތެރޭ ވިސްނާ ފިކުރު ކުރާ މީ ހެއް ކަން ޔަގީނެވެ.

  54
  1
 4. ީިިގުދު

  މިގައުމުގެ ރައީސްކަމަށް ބޭނުންވަނީ ތިކަހަލަ ޝަޚްސިއްޔަތެއް ސައީދު ވަރެއް ހަމަ ނެތް ބުއްޅަބޭމެން ހަމަ ތިބީއޭ އަގަނަގައިގެން

  38
  4
 5. ހަމައަސްލު

  ޢުފާވެރި ޚަބަރެއް ހުރިހާ މީހުން މިހެން ނުވާނެ

  36
 6. ބީވާ

  ތިކަން އިސްތިހާރު ކުރަންޖެހޭތަ

  24
  28
  • އަލިކޮއި

   އޭރުން އެހެން މީހުންވެސް ކުޑަ ކޮށްފާނެއްނު

   18
   2
  • އަހްމަދު

   އިސްތިހާރު ކުރަން ޖެހޭ. އޭރުން އެހެންމީހުންވެސް އެގޮތަށް ކަންތައް ކޮށްފާނެ.

   15
   2
 7. ބެއްޔާ

  ޝުކުރު ކުރަން..ތިޔަ ފަދަ ހެޔޮ ކަމެއް ކޮށްދިން ފަރާތަކަށް.. އެކަމަކު މިއާ އެއްކޮށް ދަންނަވާލަން މާލެއިން %05 މީހުންވެސް ތިކަން ނުކުރާނެ. ޢެއީ ޔަޤީން ވާ ކަމެއް.. ހަމައެކަނި ކުއްޔައް ބަދަލެއް އަންނާނީ ހިޔާ މަޝްރޫގަ އަޅާ ފުލެޓް ތަކަށް މާލޭގަ ކުއްޔައް އުޅޭ މީހުން ބަދަލުވެގެން. ޢޭރުން ބަލަން ތިބޭނަން 02ރޫމް ތަނެއް 18ހާސް 20ހާސް ކުއްޔަށް ދީގެން އުޅޭތަން..ޑިމާން އޮތީ ތީވެ މިއަދު ބޮޑު ކުލި ނަގައިގެން ތިބެވިދާނެ.. މިނޫންވެސް ދުވަހެއް އެބައޮތްކަން ހަނދާން ބަހައްޓަވާ

  41
 8. ބަރުގޮނު

  އޭނާއަށް ހެޔޮ ދަރުމަ ލައްވާށި. އާމީން.
  .... ނަމަވެސް ތިޔަ ގޮތަށް ޢާންމު ކުރެއްވުމަކީ ބައެއް މީހުން އެހެންގޮތަކަށް ހީކުރުން އެކަށީގެންވާ ކަމެއް. ކުއްޔަށް ހިފާގެން އުޅޭ މީހުންނަށް އެކަނި އެމަޢުލޫމާތު ދެއްވިނަމަ މިދެންނެވިފަދަ ހީކުރުންތައް ނޯންނާނެ ކަމެއް.

  29
  7
  • ޕަރީ

   އެކަން އެގޮތަށްކޮށް އެބޭފުޅާ އާއްމު ކުރެއްވުމުގެ މަގުސަދަކީ އެހެންމީހުނަށްވެސް އެކަންކުރަން ދިން ހިއްވަރަކަށް ވެދާނެ. އެކަކު އަނެކަކަށް އެހީވުމަށްދިން އައިޑިއާއަކަށްވެސް ވެގެންދާނެ. އުއްމީދުކުރަން ބޮޑު ެެ އަގުގައި ކުއްޔަށް ދޭ މީހުންނާއި ވިޔަފާރިވެރިން މި ދަނޑިވަޅުގައި މުށް ބާރުނުކޮށް ދަރުމައަށްޓަކައި އެމީހުންގެ މުށްތަށް ހުޅުވާލާނެކަމަށް.

   11
   1
 9. ބޭބެ

  މާތްﷲ ސައީދުގެ މުދަލުގައި ބަރަކާތްލައްވައި ހެޔޮރަޙުމަތް ލައްވާށި! އާމީން!

  15
 10. އަޙްމަދު

  ވަރަށް ބޮޑަށް ޝުކުރިއްޔާ! ތިބޭފުޅާގެ ވިޔަފާރީގައި ބަރަކާތް ލައްވާށިއެވެ.
  އަހަރުމެން ތިބޭ އެޕާރޓްމެންޓްގެ އޯނާރ ކަހާތަން ހިރުވާވެސް ނުލާ ހުންނެވީ!

 11. އިބްރާހީމް

  މިކަން އެހެންމީހުންނަށްވެސް އެނގުން މުހިންމު! އެއީ އެކަކުގެ ފަރާތުން ނަމޫނާފެނި އެހެންމީހުންވެސް އެގޮތަށް އަމަލުކުރަންފެށުން އެއީ އެކަށީގެންވާކަމެއް! އެއީ ދެއްކުންތެރިކަމެއް ކަމުގައި ނުދެކެން!

  8
  1
 12. ފުދުންތެރިން

  މިހާތަނަށް ގޭގެ އެންމެން ގްލާމް ކޮށްގެން ފުދުންތެރިން އިތުރަށް ކުރިއަރުވާ އަކައުންޓް ތަނަސްވަސް ކުރުމަށްޓަކައި ކުއްޔަށް ހިފައިގެން ބުނިއަގެއް ދީގެން އުފަލުގައި އަރާމުގައި ގެންގެޅެދީފީމު. މިއަދުގެ ހާލަތުން ދެން ކީއްތޯވާނީ ކުލި އެއްމަހަށް މާފުދިނިއްޔާ... ނޫނީ ދެބައިކޮޅު އެއްބައި ދަށްކަން ހަމަޖެއްސުން....

  4
  1
 13. އަޙްމަދް

  ތިކަމަކީ ކިއްތައްމެހާވެސް ހެޔޮ ރަނަގަޅު ކަމެކެވެ.
  އެހެނަސް މީސްތަކުން ނަށް ކޮއްދީފައިވާ ތިކަހަލަ ހެޔޮ ކަންތަށް ތަކުގެ ވާހަކަ ނޫސްތަކަށް ތިމާ އަމިއްލަޔާށް އެކަން ހާމަ ކުރުމުގެ ބޭނުނަކީ ފަހެ ކޮބާތޯ އެވެ؟
  ތިބާ ތިކަންތަށް ކޮައްދީފައި ތިވަނީ ﷲ ޓަކައިތޯއެވެ؟
  ނުވަތަ މީސްތަކުންނަށް ޓަކައިތޯއެވެ.؟

  5
  2
 14. އާދޭސް

  މިކަހަލަ ދަނޑިވަޅެއްގައި ކަންބޮޑުވުންުތަކަށް ލުޔެއްދެއްވާ.... ކޮންމެ ބޭފުލަކުވެސް ކުލިން ބައެއް އުނިކުރައްވާ

  6
  1
 15. އިއްސެ

  ވިލާ ރިސޯޓުތަކާއި އެ ރިސޯޓުތަކުގެ މާލޭ އޮފީހުގެ މުވައްޒަފުން މިހާރުވެސް ދަނީ ވަޒީފާއިން ވަކިކުރަމުން... އެހެނިހެން ރިސޯޓުތަކުގެ މުވައްޒަފުންނާމެދުވެސް މިފަދައިން އަމަލުކުރެވެމުން ދަނީ. އާއިލާގައި ދެމަފިރިންނާ 3 ދަރިން ތިބޭއިރު ހަމައެކަނި މަސައްކަތް ކުރާ މީހަކީ ފިރިމީހާއަށް ވެފަ ފިރިމީހާ މިފަދަ ވަޒީފާއަކުން ކަނޑާލީމަ ވާނެގޮތް ވިސްނާލައްވާ. އާދޭސްކޮށްފައި ސަރުކާރަށް ދަންނަވަން މި ދަނޑިވަޅުގައި އާންމު މީހާ ބެންކަށް ދައްކަންޖެހޭ ލޯނު ސައިކަލު ފީ މިފަދަ ކަންކަން 2 ނުވަތަ 3 މަސް ފަހުން ދައްކަން ޖެހޭ ގޮތަށް ހަދައިދެއްވާ މިބަލި މަޑުކަމުގަ ވާނުވާއެއް އިނގެންދެން. ނޫނީ މަހުންމަހަށް ބަހާލައިގެން ދައްކަންޖެހޭ ވަރު ކުޑަކޮށްދެއްވާ މިވަގުތަށް... މިއީ ސައިކަލު އިންސްޓޯލްމަންޓަށް ދޫކުރާ އަމިއްލަ ފަރާތްތަކުންވެސް ނަމޫނާ ދައްކަންވީވަގުތު... ބައެއް މީހުންނަކީ ދަފްތަރުގައި ޖެހިފައި ތިބި މީހުން ރަށަށް ދިޔަޔަސް ވަންނާނެ ގެއެއް ގެދޮރެއް ނެތް.....ބަލި ދެކެ ގަންނަ ބިރަށްވުރެ ކުލި ދައްކާނެ ގޮތަކާއި ލޯނުތައް ދައްކާނެގޮތަކާއި މެދު ވިސްނާ ގަންނަ ބިރު މިވަނީ ބޮޑުވެފަ. ނަފްސާނީ ގޮތުން ބޮޑު ބިރަކަށް ވެފަ. ލޯނުގެ ވާހަކަ މަތީގައި ހިއްސާކޮށް ލީތީ ދަންނަވަން :(، ހުރިހާ އެންމެންނަކީ ރިބާ އަރާ ލޯނުގައި ނުޖެހުނަސް އިސްލާމިކް ފައިނޭންސް އާ އެއްގޮތަށް ސައިކަލު، ލޯނު، ނަންގަވައިގެން ތިއްބެވި ބޭފުޅުން... އަޅުގަނޑުމެން ވަކީލުކުރަނީ ﷲ އަށްމިކަމުން ނުކުމެވޭނެ މަގެއް އަވަސް މުއްދަތެއްގައި ދައްކަވާށި

  9
  1
 16. ވީޕީއެން

  ކުލިން ކުޑަ ކުޑަ އަދަދެއް ކެނޑި ކަމުގައި ވިޔަސް ހާދަ އުފާ ވެއެވެ. އިންސާނިއްޔަތަށް ތި އެޅި ފިޔަވަޅުގެ ސަބަބުން އެފަރާތެއްގެ ތަނަވަސްކަން އިތުރު ކުރައްވާންދޭވެ.

  7
  1
 17. ހުމާމް

  ކުޑަކުރީ %25

 18. ލކކ
 19. ހައްވަ

  ޓިކަހަލަ ބޭފުލުންނައްވެރިކަންދޭނީ މިހާރު ވެރިކަމުގަތިބި ބޭފުޅުންނައް ކުއްޔައްތިބެނީ އިންސާނުުން ބާވަޔޭވެސް ހިތައްހަމސ ނާރާބާވަޔޭ ﷲ ކުޅަދުންވަންތަކަމާއެ އަހަރެމރންދިރިއުޅެނީ ކުއްޔައް ކަން ހަމަވރިންނައް ނޭންގެނީބާއޭ ހަމައެނގޭކަމައްނުހަދަނީބާބާއޭ 2023 ވީސްއަންނައިރައްވޯޓުހޯދަންއަންނާނެ މިވެނިކަމެއްކޮއްދޭނަމޭކިޔާފަ

 20. Anonymous

  7000 ފްލެޓް ދިނުމަށް ލިޔުން ދީފައި ތިބި މީހުންނަށް މިހާރުވެސް ފްލެޓް ހަވާލުކުރަންވީ އެނޫން ގޮތަކަށް ކުލި ކުޑަނުކުރެވޭނެ އަގު ވެއްޓޭނެ

 21. Anonymous

  ކުއްޔަށް އުޅޭ އެހެންމީހުންނަށް އެބައޮތްތޯ ގޮތެއް ކުލި ކުޑަކުރަން ސަރުކާރުން ފިޔަވަޅެއް އެޅުން ރަނގަޅުވާނެ ނަގާ % ކުޑަކުރެވޭނެ ސަރުކާރުން މިކަން ކުރަންޖެހޭ އެބަ