ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހަލުވިކަމާ އެކު، ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ހެދި އެޕިޑޮމޮލޮޖިކަލް އެސެސްމަންޓް ދައްކާ ގޮތުން ރާއްޖޭގައި މި ބަލި ދެ ތިން މަހަށް ފެތުރިގެން ހިނގައިދާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާ އިން އެންމެ ފުރަތަމަ ފެނުނު ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 182,700 އަށް އަރައިފައެވެ. އަދި މަރުވި މީހުންގެ އަދަދު 7,173 އަށް އަރާފައިވާ އިރު، މި ބަލި ޖެހިގެން މިހާތަނަށް ރަނގަޅު ކުރެވުނީ 79,883 މީހުންނެވެ.

ކޮވިޑް-19 އެންމެ ހަލުވިމިނެއްގައި ފެތުރޭ ގައުމުތަކުގެ ތެރޭގައި ޗައިނާ، އިޓަލީ، އީރާން، ސްޕެއިން، ސައުތު ކޮރެއާ، ޖަރުމަނު އަދި ފްރާންސާއި އެމެރިކާ ހިމެނެއެވެ. ރާއްޖެ އިން މި ބަލި 13 މީހެއްގެ ގައިން ފެނިފައިވާ އިރު، އޭގެތެރޭގައި ދިވެއްސަކު ނުހިމެނެއެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނުމާ ރާއްޖެ އިން އެޅި އެއް ފިޔަވަޅަކީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބު ހަމަ އެ މަހުގެ 18 ވަނަ ދުވަހަށް ފަސް ކުރުމުވެ. ލޯކަލް ކައުންސިިލް އިންތިހާބު ފަސްކުރުމަށާއި އެހެން ތާރީހެއް ހޯދުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ވަނީ ހައި ކޯޓަށް ދާދި ފަހުން ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅައިފައެވެ.

މަޖިލިހުގެ ޖަލްސާ ފައްޓަވައި ދެއްވުމަށް ފަހު ނަޝީދު ވިދާޅުވީ އިންތިހާބެއް ލަސްކުރަންވެއްޖެ ނަމަ، އެކަމުގެ ފަރުވާ ހޯދެން އޮތީ ރައްޔިތުންގެ މަޖިލިހަށް ކަމަށެވެ. އިންތިހާބު ލަސްކޮށްގެން ނުކުންނާނެ ނަތީޖާ އަދި ލަސްކުރާ ނަމަ، ފަސް ކުރަންވީ ކިހާ މުއްދަތަކަށްތޯ ސާފުވާން ޖެހޭ ކަމަށް ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން ބަލިމަޑުކަމުން އަރައިގަނެގެން އިންތިހާބަށް ދާން ނިންމާ ނިންމުމެއްގައި އެ ރޯގާ އިން އަރައިގަނެވޭނީ ކޮންއިރަކުތޯ ސާފުވާން ޖެހޭ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އެކަމަށްޓަކައި އަޅުގަނޑުމެންނަށް ފެންނަން އޮތީ އެޕިޑޮމޮލޮޖިކަލް ސާވެ، އޭގެން ފެންނަ ފެނުމުގައި ތިން ހަތަރު މަސް ދުވަސް ހޭދަކުރަން ޖެހިދާނެ،" ރާއްޖޭގައި މި ބަލި ފެތުރޭނެ ކަމަށް ލަފާ ކުރެވޭ މުއްދަތު ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވިއެވެ.

އެހެންވީމަ އިންތިހާބު ފަސް ކުރަންވީ ދުވަހަކާއި އެކަންކަމާ ގުޅޭ ގޮތުން ގެންގުޅެންވީ ވިސްނުން އެއީ މެމްބަރުންގެ މަސްއޫލިއްޔަތެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

 1. އަދިވެސް

  މިވަގުތު ނަޝީދު އެއްޗެއް ވިދާޅުވުން އެހާ ރަނގަޅެއް ނޫން.

  63
  1
  • Anonymous

   ވިހައެއް ދޯ މިއީ؟ ކުފުރު ނޫން އެއްޗެއް އަނގައިން ނުނުކުންނާނެ! ބޮޑުވެގެންވީ މުސީބާތެއް މިއީ މިގައުމަށް ޖެހިފައިއޮތް. މިކަލޭގެއާހެދި އަހަރެމެން ދިވެހިން ބިރުވެރިކަމަކަށް މިތިބީ ވެއްޓިފަ. މިކަލޭގެ ބުނި މިގައުމު ނުހުއްޓުވޭނެއޭ. މީނަ ހިތަކަށް އެންމެ ފަހަރަކުވެސް ނާރާ ﷲ ގެ ކުޅަދުންވަންތަކަމާއި އެއިލާހަށް ދާދިފަސޭހަކަމެއްކަން މިގައުމު ހުއްޓުވާލުމަކީ އަދި މީހުންކޮޅު ނެތިކޮށްލުމަކީ. ކަލޭގެ ދޫބަންދުކުރެއްވުމަކީ، އަދި ކަލެއަކީ ވާ މީހއްކަމުގައި ލެއްވުމަކީވެސް. ކަލޭ ނިކަން ތައުބާވެ ﷲ ގެ މަގަށް އެނބުރި އައިސްބަލަ. ގެރިއާ ދުރުހެލިވެބަލަ.

   67
   1
 2. ރޯނު އެދުރުންނި

  ތިން ހަތަރު މަހަށް ދެމިގެން ނުގޮސް މިކަން ހައްލުކުރެވެން އެބަ އޮތް. އެންމެ މަހަކަށް ނަމަވެސް ފުރިހަމަ ރައްކާތެރި ފިޔަވަޅު ތަކަކަށް ފަހު މިކަމުން އަރައިގަނެވިދާނެ. މީ އެންމެ 4 ލައްކަ އާބާދީއެކޭ. އަދި ޖަޒީރާ ރައްތަކެއްކަމުގެ އެޑްވާންޓޭޖް ލިބިފައޮތް. ބިލިއަނުން މީހުން ދިރިއުޅޭ ޤައުމަކުން އެކަން ސާބިތުވެސް ކޮށްދީފި. ކުޑަ މުއްދަތައް ނޭވާ ހިފަހައްޓާލަން ތިމާމެނަށް ނުކެރުން އެއީ ނާގާބިލްކަން. މީ ވަރަށް ވާހަކަ.

  54
  1
 3. އުގުއިލްް

  އުގެއިލް ބުނި ވާހަކަ އާއި މީނަ މިކިޔާ އެއްޗަކާ ކޮބާ ތަފާތަކީ... ހިތައް އެރި އެއްޗެއް ކޮންމެ މީހަކު ނުކިޔަބަލަ. ފެކްޓެއް ބުނަންޏާ ރިފަރެންސް ދޭން ޖެހޭނެ.

  46
  2
  • 96589ފފފ

   އުގެއިލް ވާހަކަ ދެއްކެވީ އޭނާއަށް ލިބި ހުރި އިލްމަށް ބުރަވެ، ފެންނަންހުރި ހެކިތަކާއި މާޒީގައި ކަންހިނގައިފައިހުރިގޮތަށް. އެއީ ރައްޔިތުންނަށް ހެވަކަށް ދެއްކެވި ވާހަކައެއް. ގައުމުގެ ސަރުކާރުން އިތުރު ފިޔަވަޅުއެޅުމަށް ދެއްވި ލަފައެއް. އެކަމަކު އަހަރެމެން ދިވެހިންނަކީ އިލްމީގޮތުންނާއި ބުއްދީގެ ގޮތުން އެންމެ ދަށުގައި ތިބި ބަޔަކަށްވިމަ އަހަރެމެންނަށް އިލްމީ ވާހަކތަކެއް ފަހުމެއް ނުވާނެ.

   11
   12
 4. ރަޒީން.

  މަނިކްފާނު ވެއްޖެނޫންތޯ ޚަބަރުތައް ކިޔާ އުޅެން...

  36
  2
 5. މުހައްމަދު

  ބޮޑު ސައިންޓިސްޓް.

  32
  1
 6. އަގީދު

  މީ މޮޅުމީހެއް، މިވަރުގެ މަޖިލީހުގެ ރައީސެއް ދެންވެސް ދުނިޔޭގެ ތާރީޚް ދެކޭނެކަމެއް ނޭނގެ.

  31
  2
 7. ހިމާރުލް ޤައުމު

  މިކަލޭގެ އަނގައިގަ ޓޭޕް އަޅާބަލަ މީހެކޭ. ބޮޑު މުސީބާތަކަށް މި އަނގަ ނުވަނީސް

  43
  1
 8. Anonymous

  އަނެއްފަހަރު އަނގަ ފެޅިީތަ ކޮސްބެ

  41
  1
 9. Anonymous

  ތިބޭޅާ ދޯ ބުނީ "ދުނިޔެއެއް ނުހުއްޓުވޭނެއޭ އަދި ރާއްޖެއެއްވެސް ނުހުއްޓުވޭނެއޭ، ހުންއަންނާނެ ކަމަށް ރަޖާލާކަށް ނުޖެހެއޭ" އެބަހީވޭތަ މަތިވެރި ކުޅަދުންވަންތަ އިންސާނާއަށް ޖަދަލު ނުކުރެވޭނެ ފަރާތެއްވާހެން؟ ބުނެބަލަ ނިކަމެތި އިންސާނާ؟ ﷲ އަށް މިއާދަމުގެ ދަރިޔާ ޖަދަލުކުރަނީވެސް.

  47
  1
 10. ނާސިރު

  ބޮޑު ރަޖާ އެޅީތޯ؟ ވެރިކަންކުރި މީހަކު ތިހާއަމިއްލައެ ދުމުން ފޯވެފަހުރި މީހަކު ނު ދެކެން.

  41
  2
 11. ޙި

  ސަރުކާރުގެ ވިސްނުމަކީ މި ބަލިމަޑުކަން ރާއްޖެގެ ގަދަޔައް ފަތުޜާފަ ލިބޭ ޢެހީގެ ލާރިގަނޑުގަ ބައްގަޅަން.... އެހެން ނޫންނަމަ މިހާރު ގައުމު ލޮކްޑައުން ނުކުރަންވި ހަމަ އެއްސަބަބެއްވެސް ނެތް.... މި ބަލި ފެތުރެންދެން ތިބެންޖެހޭ ސަބަބެއްވެސް ނެެތް!

  32
  3
 12. އައްބޭބެ

  ސާރވޭގައި ކޮންމެ ގޮތަކަށް ދެއްކިޔަސް. މިޤައުމު ލޮކްޑައުންއަށް ގެންގޮސްފިނަމަ މާތްﷲގެ އިރާދަފުޅުން މަހެއް ދޮޅުމަހެއްހާދުވަހުގެ ތެރޭގައި ނުވަތަ އެއަށްވުރެ އަވަހަށްވެސް މިކަން ރާއްޖޭން ކޮންޓްރޯލް ކުރެވިދާނެ. އެކަމަކު ޓޫރިސްޓުން ގެނެވޭނީ މުޅިދުނިޔެއިން މިވަބާ ކޮންޓްރޯލްކުރެވުމުން ނުވަތަ ފަރުވާއެއް ލިބުމުން. ނަޝީދުގެ ދުލުގެ ވިހައިން މިޤައުމު ސަލާމަތްކުރައްވާށި. އާމީން

  43
  2
 13. ޖައުފަރު

  މުރުތައްދު ބޮޑު ވައިރަސް

  37
  1
 14. ބެއްޔާ

  ތިން ހަތަރު މަސް ނިމޭއިރު ދައުލަތުގެ ބަޖެޓް ބްލީޗުން ދޮވެފަ ހުންނާނީ.

  14
 15. 19 ނަވާރަ

  ﷲއަށްޓަކައި އަނގަ މަޑުންލާބަލަ. ދިޔާނާއަކަށްނޫން އަންގަންވީ އަނގަ ފަހަން. ލައިލާއަށް އަންގަވީ.

  14
  1
 16. މަބޭ

  ރާއްޖެއިން ކަންކުރަންވީގޮތް ނިންމަނީ އެހެންގައުމަކުން ސަރުކާރުގެއެއްވެސް ބާރެއްނެއް ގައުމުހަލާކުވެނިމިއްޖެ.

  16
  1
 17. އަހުމަދު

  ކޮވިޑް-19 އާ ގުޅިގެން ހެދި އެޕިޑޮމޮލޮޖިކަލް އެސެސްމަންޓް އާންމު ކުރާނަމަ ކިހާރަގަނޅު ، އޭރުން އަޅުގަނޑުމެންނަށް ވެސް އޭގަ އެ އޮތް އެއްޗެއް އެނގޭނެތާއި .. 4 މަސް ފަހުންވެސް މިބަލިން އަޅަމެން ސަލާމަތް ވަންޗާ މާތް ﷲ އަށް ހަމްދުހުރި ..

  12
 18. ކޮރަލް

  އަނެއްކާ އަނގަ ފެޅީ އެވެ.

  9
  1
 19. ށާރިފް

  ހުން ނާންނަނީސް ރަޖާލަނީތޯ މަނިކުފާނު....؟؟

  9
  1
 20. އޭނަމީނަ

  ރަނގަޅު ވާނީ އެއްޗެކޭ ނުކިޔަޏްޔާ!!!!!

  11
  1
 21. ޑަބިޔާ

  މީނަގެ ކިބައިން ސަލާމަތް މިގައުމު ސަލާމަތް ވާނެ ދުވަހެއް ދައްކަވާށި. މީ ހާދަ ޖާހިލު މީހެކޭ. ދެއްކޭ ވާހަކައެއް މީނައަށް ނޭންގެ

  9
  2
 22. ޑރ.ރާމީ ހަސަން މަނިކު(އެންޑޯކްރައިނޮލޮޖިސްޓް/ސެއިންޓްމޭރީހޮސްޕިޓަލް/ނިއުޔޯކް،އެމެރިކާ)

  ޑޮކްޓަރުން ނާއި ހަވާލު ކުރައްވާފައި ޑޮކްޓަރުން ގެ ބަސް އަޑު އައްސަވާ. ޢިޓަލީ އިން ފްލައިޓް ބަންދު ކުރުން ލަސްވެގެން ކަން ފެތުރުނީ ގަބޫލު ކުރައްވަވާ.

  13
  1
 23. ސަލީމް

  އެއްއިރަކުވެސް އެއްކަމަކާބެހޭގޮތުންވެސް އެކައްޗެއްވެސް ތި ނަޝީދު ބުނުން ރަގަޅެއްނޫން. އެންމެ ރަގަޅުވާނީ ހަމަހިމޭނުން ހުރިއްޔާ! އެހެން މީހުންގެ ދުލުގައި ފާފައަޅުވަން މީހުންގެ ދުލުގައި ހިފާ ދަމާނެކަމެއްނެތް.

  13
  1
 24. މުގައްދަރު

  ބަލަ ކުރީގަ ކިއީ ތިއީ އެއްވެސް ކަމެއްނޫނޭ ހުން އައުމުގެ ކުރިން ރަޖާލާހޭ މިހާރު ކިހިނެއްތޯ ތިވީ ކުއްލިޔަކައް ދިގުދެމޭ ވާހަކަ ބަލަމީ އެއްވެސް އިންސާނަކައް އެނގޭނެ ކަންތައް ތަކެއްނޫން މާމޮޅުކަމައް ހެދިގެން ހިތުހުރިއެއްޗެއް ހިތުހުރިގޮތަކައް ކިޔާކައް މޮޅައް ދެނެވޮޑިގެން ވާނީ މާތް ﷲ އެހެންފަރާތެއްގެ ބާރެއްވެސް އާރެއްވެސް ނެއް މިއީ ތިޔަ ބުނާ ތަހުޒީބުދުނިޔޭގެ މީހުންނައްވެސް ނޭނގުނު އަދި އޮބިނޯވެގެން އެދަނީ

  10
  1
 25. ސަންފައްތަ

  ނަޝީދު ދައްކާ ވާހަކަ އަހަރުމެން ގަބޫލެއް ނުކުރަން. ވަރަށް ސާފު.

  10
  1
 26. ވަޒީރެއާލާ

  މީހަމަ އަޖާބެއް؟ ތަހުގީގެއް ކުރިއަސް. ސާވޭއެއްކުރިއަސް އެރިޕޯޓް އެންމެ ފުރަތަމަ މިދަނީ މީނާގެ އަތަށް.

  5
  1
 27. ޢިންނު މުހައްމަދު

  ހެޔޮނުވާނެ އަނގަ މަޑުންލާގެން ހުރެބަ

  5
  1
 28. ކެޔޮޅުބޭ

  އަސްލުވީގޮތަކީ މިކަލޭގެ ކެޔޮޅުކަމުގެ ދަށުން ދުއްވަމުންދިޔަ ލާދީނީއޮޑި މިއެރީ ކޮރޯނާވައިރަސް ކިޔާ ހިރިއަކަށް.. ދެން އެ އޮޑި ދިޔަވަމުން ދިޔަވަމުންގޮސް ފެތޭ ހިސާބަށް ދިޔައީ މިހާރު. އޮޑީގަ ހުރި ހުރިހާ ލާދީނީ އެޖެންޑާތަކެއްވެސް އޮޔާގޮސް މިފަކީރު ބިކަވީ

 29. އަހުމަދު މޫސާ

  ކީކޭ ދެން ބުނާނީ ! މީނަގެ ކިބައިން މިގައުމު ސަލާމަތްވާނީ ކޮންދުވަހަކުބާ!