ރާއްޖެ އިން ކޮވިޑް-19 ފެނިފައިވާތީ އަންނަ މަހުގެ 18 ވަނަ ދުވަހު ބާއްވަން ނިންމި، ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ހައި ކޯޓަށް ހުށަހެޅި މައްސަލަ އެ ކޮމިޝަނުން މިއަދު އަނބުރާ ގެންގޮސް، ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ހައި ކޯޓުން ބުނީ އިންތިހާބާ ގުޅޭ ގޮތުން އީސީން ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޮމިޝަނުން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. މައްސަލަ އަނބުރާ ގެންދިޔަ ސަބަބެއް އިލެކްޝަންސް ކޮމިޝަނާއި ހައި ކޯޓުން ވެސް ބުނެފައެއް ނުވެއެވެ.
ލޯކަލް ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބާއްވަން ހަމަޖައްސާފައި އޮތީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. އެކަމަކު، ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ހާލަތު 30 ދުވަހުގެ މުއްދަތަށް އިއުލާން ކުރުމާ ގުޅިގެން އީސީން ވަނީ އިންތިހާބު ފަސްކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބު ބޭއްވޭނެ ކަމަށް ލަފާކުރެވެނީ އެޗްޕީއޭ އިން ރާއްޖޭގެ ހާލަތު އާންމު ހާލަތަށް ރުޖޫއަ ވެފައިވާކަން އިއުލާންކުރާތާ 30 ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި ގާނޫނީ ގޮތުން އިންތިހާބު ބޭއްވޭނެ އެންމެ ފަހު ދުވަހަކީ އޭޕްރީލް 18 ވަނަ ދުވަސް ކަމަށް ޝަރީފް ވިދާޅުވިއެވެ.
އެ ދުވަހު އިންތިހާބު ނުބޭއްވޭ ނަމަ، އެކަމުގައި ދެން ގޮތެއް ނިންމަން ޖެހޭނީ ހައި ކޯޓުން ކަމަށް ޝަރީފް ކުރިން ވަނީ ވިދާޅުވެފައެވެ.
އިލެކްޝަންސް ކޮމިޝަނުން ހައި ކޯޓުގައި އެދިފައި ވަނީ ގައުމުގައި އޮތް ހާލަތު ރަނގަޅުވެ، އާންމު ހާލަތަކަށް ރުޖޫއަވެއްޖެކަން ސަރުކާރުން ހާމަކުރުމުން އިންތިހާބު ބޭއްވުމުގެ އަމުރެއް ނެރެދިނުމަށެވެ. އަދި އޭގެ ފަހުން އިންތިހާބު ބާއްވާނެ ތާރީހެއް ކަނޑައެޅުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ދިނުމަށް އެދިފައިވެއެވެ.
ޝަރީފް ވިދާޅުވީ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރަން އެދެން ޖެހުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހާލަތާއި ދުނިޔޭގެ ހާލަތު ވެސް އަންދާޒާ ކުރަން ނޭނގޭ ގޮތަށް ބަދަލުވަމުންދާތީ ކަމަށެވެ. އަދި މީހުން އެއްވެ ނޫޅުމަށް ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)އިން އެންގި އެންގުމަށް ތަބާވުމުގެ ބޭނުމުގައި ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
އަލްހާން ފަހުމީގެ ކެމްޕެއިނާހުރެ މި ނޫހުން އެއްޗެއް ކިޔާލުން ވަރަށްބޮޑު ތަކްލީފަކަށް ވެއްޖެ!
ދުނިއޭގައި ބޮޑު ބައްޔެއް ފެތުރެމުން ދާއިރު މިސަރުކާރުން އަދިވެސް ވޯޓު ނުލެވިގެނ.
ޝަރީފް ކަލޭ ހަމަ ގަދައީ