މި ސަރުކާރުން ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތަކަށް ބާރުތައް ދޫކޮށްލަނީ ސަރުކާރުގައި ކަންކަން ކުރުމުގެ ގާބިލްކަން ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ގާނޫނަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ހުށަހެޅުއްވި އިސްލާހަށް ބަހުސް ކުރައްވަމުން ޝިޔާމް ވިދާޅުވީ ލާމަރުކަޒީ ނިޒާމްގެ މަސައްކަތަކީ އެމްޑީޕީ އައުމުގެ މާ ކުރިން ވެސް ކުރަމުން އައި މަސައްކަތެއް ކަމަށެވެ. މި ސަރުކާރުން ލާމަރުކަޒު ކުރަނީ ރަށްތައް ތަރައްގީ ކުރުމުގެ ބަދަލުގައި ސަރުކާރަށް ނުކުރެވޭ ކަންކަން ކުރުން ކައުންސިލްތަކަށް ދޫކޮށްލުމަށް ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމްގެ މައިގަނޑު މަޤްސަދަކަށް ވާންޖެހޭނީ ބާރުތައް ރައްޔިތުންނާއި ހަމައަށް ގެންގޮސް، ރައްޔިތުންގެ ދިރިއުޅުމަށް ބަދަލުތަކެއް ގެނެސްދިނުން ކަމަށާ، މިހާރު ޤާނޫނަށް ގެނައި ބަދަލުތަކާއި އެކުވެސް އެ މަގްސަދު ހާސިލްވެތޯ ބެލުން މުހިއްމު ކަމަށެވެ.

"ބައެއް މީހުން ބުނޭ ލާމަރުކަޒީ ނިޒާމެއް މާބާރަށް ފައްކާ ކުރަން އުޅޭނީ ސެންޓްރަލް ގަވަރމަންޓް ނުވަތަ ސަރުކާރުގައި ތިބޭ ބަޔަކަށް ސަރުކާރު ހިންގުމުގެ ޤާބިލްކަން ނެތުމުން ވެސް އެކަންކަން ކުރެއޭ. ޤާބިލްކަން ނެތޭ ކަންތައްތަކެއް އެބަ ހުރޭ. ސަރުކާރަކަށް ގާބިލަކް ނެތިގެން ދޭ އާމްދަނީ ހޯދަން ނޭނގުމުންވެސް. އަޅުގަނޑުމެންނަށް މި ފެންނަނީ މި ސަރުކާރަށް ވަރަށް ބޮޑަށް އެ މަންޒަރު ފެންނަތަން." ޝިޔާމް ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވެސް އެންމެ ގިނަ އިސްލާހު ގެނައި ޤާނުނުކަން ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ. އަދި މިހާރު އެ ޤާނޫނުގެ 49 ވަނަ މާއްދާ އުވާލަން ހުށަހަޅާފައި ވާއިރު އެ ހުށަހެޅުމަކީ ލާމަރުކަޒީ ޤާނޫނުގެ 49 ވަނަ މާއްދާގައި ބުނާ، ސިޓީ ކައުންސިލްތަކުގެ ރައީސް އަށް މޭޔަރުގެ ނަމުންނާއި، ސިޓީ ކައުންސިލްގެ ނައިބު ރައީސަށް ޑެޕިއުޓީ މޭޔަރުގެ ނަމުން މުޚާތަބު ކުރުން ހުއްޓާލަން ހުށަހެޅި ހުށަހެޅުމެކެވެ.

"އަޅުގަނޑު މި ހިތަށް އަރަނީ މިކަހަލަ އިސްލާހެއް މިގެނައީ ކީއްވެގެންބާއޭ. އަނެއްކާ އެމްޑީޕީއަށް އެއްވެސް ސިޓީއެއްގެ މޭޔަރުކަން މިފަހަރު ނުލިބެނީ ބާއޭވެސް އެބަ ހިތަށް އަރާ." ޝިޔާމް ވިދާޅުވިއެވެ.

ކައުންސިލްތަކުން 33 ޕަސެންޓް ގޮނޑި އަންހެނުންނަށް ހާއްސަކޮށް، އަދި ކައުންސިލްތަކުގެ ރައީސުންނާއި ސިޓީތަކުގެ މޭޔަރުން ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިޚާބު ކުރާގޮތައް ޤާނޫނަށް ބަދަލު ގެނެސް ލާމަރުކަޒީ ބިލް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅީ މިދިޔަ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހުއެވެ.

3،000 މީހުންގެ އާބާދީއެއް އޮންނަ ކޮންމެ ރަށު ކައުންސިލެއްގައި އިންތިހާބު ކުރަން ޖެހޭނީ ފަސް ކައުންސިލް މެމްބަރުންކަމާއި އަދި 3،000 މީހުންނަށް ވުރެ އާބާދީ ބޮޑު ރަށްރަށުގައި ތިއްބަވާނީ ހަތް ކައުންސިލަރުން ކަމަށް ވެސް ވަނީ ބަދަލު ކޮށްފައެވެ. މިއީ ފުރަތަމަ ލާމަރުކަޒީ ޤާނޫނު ފާސްކުރިއިރު އޮތްގޮތެވެ. ނަމަވެސް ދައުލަތުގެ ޚަރަދު ބޮޑުވާތީ އެންމެ ފަހުން ކައުންސިލް އިންތިޚާބު ބޭއްވީ 3000 މީހުންގެ އާބާދީތަކަށް ތިން ކައުންސިލަރުން އަދި އެއަށްވުރެ ގިނަ ނަމަ ފަސް ކައުންސިލަރުން ތިބޭ ގޮތައް ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ފާތުން

    އަންގަމަޑުންލާގެން ހުރެބަލަ.މީ ކަލޭމެންގެ ސަރުކާރެއް ނޫނޭ.

    5
    18
  2. ައޮފްބެ

    މީ ކާކުތަ!!!

    3
    10
  3. ޕާޓޭ

    ރައްޔަތުންގެ ވޯޓު އޮޅުވާލާފަ ކިހާތާހިރު ވާހަކައެއްތަ ތިދައްކަނީ ރީނދޫ ޕާޓޭ ގުރޫޕް

    1
    1
  4. މަގޭ ގައުމު

    މީނާ މިއުޅެނީ ގައުމު މިފަދަ ހާލެއްގާ އޮއްވާ ވެއެސް ސިޔާސީ ވެގެން ދޯ.

  5. އަލްޖިބްރާ

    ކަލޭމެންގެ މޮޅުމީހާ އަށް ކަންތަށް ކުރެވޭތީ ދޯ މަޖްލިސް ތަޅުއަޅުވާ މެންބަރުންތަށް ފާރުމަތިން އުކާލީ ! ހުރިއްޔާ މާތާހިރުވާނެ !

    1
    2
  6. ޙެހެހެ

    ޤައުމު ހަލާކުރަންވެގެން ނޭގޭބައެއްގެ އަތްމައްޗަށް ހުރިހާކަމެއްދޫކޮއްލަނީ. ގިނަކައުނސިލްތަކުގަތިބީ ތަންދޮރު ނުދަންނަމީހުން. ސަރުކާރުން އެހެންނަހައްދަވާ. ޤައުމު ހަލާކު ނުކުރައްވާ.

    1
    1
  7. ބްރޯ

    ބަލަގަ ކައުންސިލް ހަދައިގެން 10 އަހަރުވީ ކައުންސިލަކުން ކުރެވުނުކަމެއްނެތް 2008 ގެ އެމްޑިޕީ ގެވެރިކަމުގާ ކައުންސިލް ތަކުގަހު ހުރިހަ ފައިސާ އެއްނަގާ އެފައިސައަށް ހެދިގޮތެއް އަދިވެސްނެގޭ . އެފައިސާ ނަގާކަށް ކައުންސިލަކުން އަހަފައެއްވެސް ނެތް .ކައުންސިލްތަކަށް އެގުނީ އެކައުންޓް ސްޓޭޓްމަންޓް ޒީރޯ ވީމަ ފައިސާގެއްލިއްޖެކަން. އިގިރޭސި ވިލާތުގެ ކައުންސިލަތަކަކީ ސަރުކާރަށް ވުރެ މުއްސނދި ތަންތަން . ދެިހެިރާއްޖޭ ކައުންސިލްތަކަށް މުސަރަޔާ ފޮޅާސާފުކުރުމާކަރަންޓްބިލަށްވެސް ފައިސާދޭން މިޖެހެނީ ސަރުކާރުގެ ބަޖެޓުން . މުނިސިޕަލްޓީ ސިޓީ ކައުންސިލް އަތޮޅު ރަށު އޮފީސް ކައުންސިލް ގެ ނަމަށް ބަދަލުކުރުމުގަ ގޯހެއްނެތް އެކަމަކު ކައުންސިލަރުން ނަމުގެ ބަޔަކު އިންތިހަބު ކުރުމުގެ ބެނުމަކީ ކޮބަ؟ކަމެއްކުރަންދަންނަ މިހަކު ނެތް ލިބޭއާމްދަނި އެއްނެތް އިމަރާތުގެ ކުލަކޮޅުހާކަލެވެނީ ވެސް ދަވްލަތުން ދިނީމަ ކައުންސިލަރުންގެ ނަމުގަ ބޭކާރު ހަރަދު ކުރުމުގެ ބޭނުމެއް ކޮބާ؟