ކޮވިޑް-19 އާ ގުޅިގެން ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުގެ ތެރެއިން ރައްޔިތުން މަޖިލިސް މެމްބަރުންގެ ކޮއްތު ފައިސާ ކަނޑާލަން ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ ޖަލްސާގައި ނަޝީދު ވިދާޅުވީ، މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ގެ އަރިހުން މަޖިލިހުގެ ޚަރަދުތައް ކުޑަކުރަން އެދިވަޑައިގަންނަވާފައިވާނެ ކަމަށެވެ.
އަދި ސަރުކާރުން އެދިވަޑައިގަންނަވާފައިވާ ގޮތަށް، 19.3 މިލިއަން ރުފިޔާ ކުޑަކޮށްދެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"މިއަދު އަޅުގަނޑު ބަލާލި އިރު ކޮއްތާއި ބޯ ފެނާއި، ހުރިހާ އެއްޗެއް މިހާރު ކެނޑުމަށް އެ ބޭފުޅާ މަސައްކަތް ކުރައްވަނީ. ނަމަވެސް މިހާރު އަޅުގަނޑު ދަންނަވައިފިން ކުޑަކޮށް އަޅުގަނޑުމެންނަށް ވެސް ބައްލަވާލައްވައިގެން ތި ކަނޑަން ގެންދަވައްޗޭ. އަދި ކޮއްތު ކަނޑާލިޔަސް ބޯފެން ކޮޅާއި އެހެން އެއްޗެހި ނަމަވެސް އަޅުގަނޑުމެންނަށް ލިބޭ ގޮތަށް ބަހައްޓަށްޗޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލިހުގެ ޖަލްސާއެއް އޮންނަ ކޮންމެ ދުވަހަކަށް ކޮންމެ މެމްބަރަކަށް ދުވާލަކު 159.88 ރުފިޔާ ހަރަދުވެއެވެ. މަޖިލިހުގައި 87 މެމްބަރުން ތިއްބަވާ އިރު، މެމްބަރުންގެ ކޮއްތަށް ދުވާލަކަށް 13،000 އަށް ވުރެ ގިނަ ރުފިޔާ ހަރަދުވެފައެވެ.
އާންމު ގޮތެއްގައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަނީ ހަފްތާ އަކު ތިން ދުވަހުއެވެ. އެއީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ.
މީގެއިތުރުން ނަޝީދު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ބައެއް ރިސޯޓްތަކާއި ވިޔަފާރިތަކުން ކުއްލިއަކަށް ހުރިހާ މުވައްޒަފުން ނުވަތަ ގިނަ މުވައްޒަފުން ވަކިކޮށް، ނޯޕޭ ދިނުން ފަދަ ކަންކަން ހިނގާ އިރު، ކޮވިޑް-19 ގެ ސަބަބުން އާމްދަނީ އަށް ބަދަލު އައީ އެންމެ 15 ދުވަހު ކަމަށެވެ.
ނަމަވެސް މީގެކުރިން ރިސޯޓްތަކުން ޖީއެސްޓީ ދެއްކި މިނަށް ބަލާއިރު މާޗްމަހުގެ މެދާއި ހިސާބަށް ވިޔަފާރި ރަނގަޅު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިހާރު ވިޔަފާރިތަކުގެ ފައިދާ ދަށްވި ނަމަވެސް، އެ ހާލަތާއި ނުބައްދަލު ވަރަށް ޚަރަދު ކުޑަ ކުރުމަކީ ޒިންމާދާރު ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޚަރަދު ކުޑަ ކުރަން ޖެހޭނީ އާމްދަނީ ދަށްވާ ނިސްބަތަށް ބެލުމަށް ފަހު އެންމެ ކުޑަކޮށް އަސަރު ކުރާ މިންވަރަށް ކަމަށާ، ރިސޯޓް މުވައްޒަފުން ވަކި ކުރަން ޖެހޭނީ އެންމެ ފަހުގެ އަމަލަކަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިގެ 20 ޕަސެންޓް އުނި ކުރުމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހަޅަން ވަނީ ނިންމައިފައެވެ.
މަޖިލީހުގެ މެންބަރުންގެ މުސާރައިން 20 ޕަސަންޓު އުނިކުރަން ހުށަހަޅަނީ
ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް މުސާރައިގެ ގޮތުގައި 42،000ރ. ލިބިވަޑައިގަންނަވަ އެވެ. ހައުސިން އެލަވަންސަށް 20،000ރ. އަދި ކޮމިޓީ އެލަވަންސަށް ލިބޭ 20،000ރ. އާ އެކު ޖުމްލައަކީ 82،000ރ. އެވެ. މުސާރަ އިން 20 ޕަސަންޓު އުނިކުރާ ނަމަ، ގާތްގަނޑަކަށް 16،000ރ. އުނިވާނެއެވެ. އެހެންވެ، މެމްބަރުންނަށް ލިބިވަޑައިގަންނަވާނީ 65،500ރ. އެވެ.
މުސާރައާއި އެލަވަންސް އިން އުނިނުވާގޮތަށްދޯ؟ ވާސަރީ ކުދިންނޭ.. އަމިއްލަ އެދުމެއް އެއްގޮތަކަށްވެސް ނެތް ބައެއް ތިތިބީ.
އެ ކުދިން މިފަހަރު ބަނޑަށްޖެހޭނެ! ނުލާހިކު ފަޤީރު ކުދިބައެއް އެއީ! ކެކެކެކެކެކެކެކެ
ސާބަސް ކޮންމެހެން ދޭންޖެހޭތައް ބޮޑުމުސާރަ ދީފައި އަދި ކާންވެސް ދޭންޖެހޭތައް ތި ޕޮލިހުންނާއި ސިފައިނަވެސް ކަނޑާލަންވީ ގެއަށް ގޮސް ކާބަލަ
މުސާރާ ލިވިން އަދި ކޮމެޓީ ގެއައްގެންދަން 82000 ރ ލިބިފަ މީގެ އަޖައިބަކީ މެން ކޮއްތުކޮޅައްވެސް އާމު ފެނަކަ ކަހަލަ ކުއްފުންޏެއްގެ މަސައްކަތު މީހެއްގެ މުސާރަ ސަޅި
ރައްޔިތުންނައް ނޭގޭ އަދިރިފަރާތް
ވަރަށް ރަނގަޅު ނިންމުމެއް، މިހާރުވެސް އިއްޒަތްތެރި މެމްބަރުންގެ ކޮއްތު ވަނީ އިސްރާފް މިހެން މިދެންނެވީ މެމްބަރުން ގެ އަދަދަށް އެ ތައްޔާރުކޮށްގެން ކޮންމެ ދުވަހަކުވެސްގެންނާނީ، ނަމަވެސް ގިނަ ބޭފުޅުންނަކީ ޖަލްސާތަކަށް އާއްމުކޮށް ވަޑައިގަންނަވާ ބޭފުޅުންނޫންކަމުން އެ ކޮއްތު އިސްރާފްވެގެން އުކާލާތަން އަޅުގަނޑުމެން ދެކެމު، ނުވަތަ ބުޅަލަށްކާންދޭން މަސައްކަތު މީހުން ގެންދެއެވެ، އަދި މިގޮތުން ބައެއްފަހަރު ގެންނަ ޑެސާޓް ހުސްނުވުމުން ކޭޓަރ ކޮށްދޭ ފަރާތުން އެތަކެތިގެންގޮސް ދެވަނަ ފަހަރަށް އެތަކެތިވިއްކާ އޭގެ ފައިދާވެސް ނަގާކަމީ، ހަމަ ފެންނަކަންތައްތަކެވެ. ސަރުކާރުން މިގޮަތައް ކުރާ ބޭކާރު ޚާރަދު ތައް އެބަ ބަލަންޖެހެއެވެ. ޤައުމީ ދިފާއީ ބާރު ފަދަ ތަންތަނުގައިވެސް އެތާގައި އުޅުއްވާ ބޭފުޅުންގެ އަދަދަށް ކޭޓަރ ކުރަން ދެއްވައެވެ. ނަމަވެސް ފަރިއްކުޅުއްވާނީ މަދު ބޭފުޅުންކޮޅެކެވެ. އެހެންކަމުން މިކަމުގެ ނާަަޖާއިޒު ފައިދާ އެބަ ބަޔަކަށް ލިބޭހެން ހީވެއެވެ.
މިވަގުތަކީ އެކަމެއް ނުނިންމައިފިނަމަ ދައުލަތަށް ރައްޔިތުންނަށް ބޮޑު ގެއްލުމެއް ކުރިމަތިވެދާނެ ކަންކަން ފިޔަވައި އެހެން ކަންކަން ކުރުމަށް މަޖިލީހުގެ ޖަލްސާތައް ބާއްވަންވީ ވަގުތެއް ނޫން. މަޖިލިސް ބޭއްވުމުގެ މާނައަކީ 85 މެންބަރުންގެ އިތުރަށް އެތައް ބަޔަކު އެތައް ކަމެއްގައި ނުކުމެ އެތައް މަސައްކަތެއް އެކުއެކީގައި ކުރަންޖެހުން. އެތައް މުވައްޒަފުން މަސައްކަތަށް ނުކުންނަންޖެހުން. ކޮއްތު ކަނޑާލިޔަކަސް ފަރަކު ނުޖެހޭނެ. ކަރަންޓާއި ފެނުގެ ޚަރަދު ވަކި ކުޑައެއް ނުވާނެ. މުވައްޒަފުންނަށް ހިނގާ ޚަރަދު ކުޑައެއް ނުވާނެ. މިހާ ގިނަ ބަޔަކު މަސައްކަތެއް ކުރަން ނެރުމަކީ މިވަގުތު ދުނިޔޭގެ ހާލަތު އޮތްގޮތުން ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން. އިއްޒަތްތެރި މެންބަރުންނޭ. ގައުމަށްޓަކައި ރައްޔިތުންނަށްޓަކައި ހެޔޮއެދޭނަމަ މަޖިލީހުގެ ޖަލްސާތައް ހުއްޓަވާލައްވާ!
ތަށިބަރި ގެންދަގަ
ތީ އެއްވެސް އިރެއްގައި ދޭންޖެހޭ ކޮއްތެއްނޫން. ބަޖެޓުން 2ލައްކަ ރުފިޔާ ދުވާލެއްގެ މައްޗަށް ހަމައެކަނި އެމީހުންގެ ކޮއްތަށް ހަރަދުކުރުމަކީ ބޮޑުއިސްރާފެއް. ގެއިން ސައިބޮއެގެން އަންނަންވީ ދެން މެނދުރުކާން ގެއަށްދިޔައިމަ ނިމުނީ.
ތިކުރާ ކަމަކުން މަޖިލިސް މެމްބަރުން ހިކި އަނަރޫފަ ނުވާނެބާ؟
އިންސާނާ މަސައްކައި ކުރަނީ ކައިބޮއި ބޭސް ފަރުވާ ތައުލީމު . މިމީހުންގެ ކެއުމައް އާމު މީހެއްގެ މުސާރަ މަޖިލިހުން ހަރަދުކުރޭ މުށަރަ ދީފަ އަދި ކޮމެޓީ އެލަވައްސް ލިވިން ދީފަ އާމުމީހެއްގެ މަސައްކަތު ގަޑި ހަފުތާއަކު 5ދުވަހު ދުވާލަކު 8 ގަޑިއިރު އެއައްފަހު އިތުރުގަޑި ލިބެނީ އިއްޒައިތެރިންނައް ފިކުސް ހަފުތާއަކު 4 ދުވަސް އަޔައް ނަޔަސް ހެޔޮ ހުރިހާކަމެއް ފުރިހަމަ މަތީފެންވަރުގަ އަސިޔާނު ގައުމުތަކުން އަބިދަރިން ބޭސް ފަރުވާވެސް އާމްމީހާ އައިޖީމެމްއެޗް ބޭހައް ސަލާންޖެހުން
ކޮއްތު ކީއްކުރަން މުސާރައިގެ ވެސް ދެބައި ކުޅަ އެއްބައި ކަޑާލަން ވީ. މަޖިލިސް މެމްބަރުންނަށް ހަމަ މުސާރަ ނިކަމެތި މީހާގެ މުސާރަ ކަޑާލަނީ
އަދި ކިރިޔާ މަޖިލީހުން ރަނގަޅު ނިންމުމެއް ތި ނިންމީ... ތި ނިންމުމަށް ހަމަ ވަރަށް ތާއީދު... އެހެން ނޫނަސް ސަރުކާރަކުން ނުޖެހޭނެ މަޖިލިސް މެންބަރުންނަކަށް ބޭކާރު ޚަރަދެއް ކުރާކަށް.
މުސާރަ ކުޑަކޮށް އެލަވަންސް ކަނޑާލަން ވި އެވެ.
މިމީހުން ގެ ގޭގަ ނުކައްކަނީތަ؟ ދައުލަތުގެ އެއްވެސް މުއައްސަސާ އެއްގެ މީހުން ނަށް މިގޮތަށް ކާކަށްނުދޭ! މިމީހުންނަށް ކާންދޭކަށް ނުޖެހޭނެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް މުސާރައިގެ ގޮތުގައި 42،000ރ. ލިބިވަޑައިގަންނަވަ އެވެ. ހައުސިން އެލަވަންސަށް 20،000ރ. އަދި ކޮމިޓީ އެލަވަންސަށް ލިބޭ 20،000ރ. އާ އެކު ޖުމްލައަކީ 82،000ރ. އެވެ. މުސާރަ އިން 20 ޕަސަންޓު އުނިކުރާ ނަމަ، ގާތްގަނޑަކަށް 16،000ރ. އުނިވާނެއެވެ. އެހެންވެ، މެމްބަރުންނަށް ލިބިވަޑައިގަންނަވާނީ 65،500ރ. އެވެ.
މީ ކުޑަ ޢަދަދެއްތޯ.
އެންމެ ބޮޑު މުސާރަ ނަގައިގެންތިބެމެ ކޮއްތުވެސް ނަގަނީ.
ކޮއްތަކީ އެއްގޮތަކަށްވެސް ދޭންޖެހޭ އެއްޗެއް ނޫން.
ދައުލަތުގެ މުވައްޒަފުންވެސް އެމީހުންނަށް ލިބޭ މުސާރައިން ކޮއްތު ހޯދަނީ.
ރައްޔިތުން މެމްބަރުން ހޮވީ ބޭނުންހާ ގޮތަކަށް ކަންކަންކުރާކަށް ނޫން.
ﷲގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭ ދުވަހަށް ބިރުވެތިވޭ.