މިހާރު ހަލުވިކަމާއެކު ފެތުރެމުން އަންނަ ނުރައްކާތެރި ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖެއިން ފެނުމާ އެކު ފުލުހުންގެ ކެއުން ބުއިމުގެ ހަރަދާއި ދަތުރުފަތުރުގެ ހަރަދުތައް ކުޑަކުރުމަށް ނިންމާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރާ އެކު ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު ކުޑަ ކުރުމުގެ ގޮތުން ފުލުހުންގެ ފަރާތުން ހަރަދު ކުޑަކުރުމުގެ ގޮތުންނާއި އާންމު ސިއްހަތު ރައްކާތެރިކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ.

އެގޮތުން، ކެއުން ބުއިމުގައި ކުރެވޭ ހަރަދު ކުޑަ ކުރުމަށާއި، ސިއްހީ ގޮތުން ގައިން ގަޔަށް ބަލި އަރާފާނެ ހުރިހާ ކަމަކުން އެންމެހާ މުވައްޒަފުން ރައްކާތެރި ކުރުމަށާއި، ސިއްހަތަށް ފައިދާ ހުރި ކާނާ ބޭނުން ކުރުމަށް ބާރު އެޅުމުގެ ގޮތުން މިއަދުން ފެށިގެން މާލޭގައި ގާއިމްކުރެވިފައިވާ ފުލުހުންގެ މެސްރޫމް ތަކުން ކެއުން ހަމަޖައްސަމުން ގެންދާނީ ސެޓް މެނޫއެއްގެ ތެރެއި ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ބުނީ ހަރަދު ކުޑަކުރުމުގެ ގޮތުން ފުލުހުން އަޅާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މެދުކަނޑާލުމާއި، އަތޮޅުތެރޭގައި ކުރާ ދަތުރުތަކުގައި ވެސް ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތައް އެޅުމާއި، ކޮންމެހެން ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތައް ފިޔަވައި އެހެން މަސައްކަތްތައް ހުއްޓާލުމާއި، ކަރަންޓާއި ފެނުގެ ޚަރަދުތައް ކުޑަކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމާއި، ދައުލަތުގެ ފައިސާ ހަރަދުކޮށްގެން އެއްވެސް މުނާސަބަތެއް ފާހަގަކުރުން ހުއްޓާލުމާއި، ކޭޓަރިން އަށް އޯޑަރު ދޭ އިރު ޑެއިލީ އޯޑަރަށް ބަދަލުކުރުމާއި މީގެ އިތުރުން، އަދިވެސް އިތުރު ޚަރަދުތައް ކުރުން މަދުކުރުމުގެ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަަމށެވެ.

މީގެއިތުރުން އިސްރާފު ނުކުރުމަށާއި، އިތުރު ހަރަދުތައް ހިނގާ ކަންތައް ނުކުރުމުގެ އިތުރުން ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ފުލުހުންނަށް މިދިޔަ އާދިއްތަ ދުވަހު އަންގާފައިވާ ކަމަށްވެއެވެ. އަދި ގިނަ މުވައްޒަފުން އެއްތަނަކަށް އެއްވެ އުޅެން ނުޖެހޭނެ ފަދައިން މަސައްކަތްތައް ރޭވުމުގެ ގޮތުން ކޮންމެ ދުވަހެއްގެ ކޮންމެ ޑިއުޓީއެއް ފެށުމުގެ ކުރިން ބާއްވާ "މަސްޓާ ޕެރޭޑް"ތައް ބޭއްވުން ވެސް ވަގުތީ ގޮތުން މެދު ކަނޑާލައިފައި ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިހާރު ސަރުކާރުގެ ގިނަ މުއައްސަސާތަކެއް އަދި ގިނަ ކުންފުނިތަކަކުން އަންނަނީ ހަރަދު ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އިބްރާހިމް

    މަޖިލީހުގެ ރައީސް ވިދާޅުވާގޮތުންނަމަ ތިޔައިން އެއްވެސް ކަމަކަށް ބަދަލު ގެންނާކަށެއްނުޖެހޭ. ވިޔަފާރިއަށްވެސް ބަދަލެއްނާދޭ.

  2. ދދދދދދ

    މަޖިލިހުގެ ކޮއްތު ޚަރަދު ކުޑަކުރޭ. ކޮބާ ހީވޭ އަދިވެސް ގުންޑާއިންނަށް ވޯޓު ދޭނީ އިނގޭ. ހަމަ ރަނގަޅު

    6
    2
  3. އައްޑޫ މީހާ

    މިހާރު ފުލުހުންނަށް ކާންދޭ ކާއެއްޗެއްސަކީ ސިއްޙަތައް ފައިދާހުރި ކެއުންތަކަކަށް ނުވާއިރު ތިޔަބުނާ ފައިދާހުރި ކެއުން ކާން މިހާރު ކުރާ ޙަރަދުގެ ދެގުނަ ދާނެކަމަށް ބެލެވޭ މިހާރު ފުލުހުންގެ މެސްރޫމްތަކުން ކާންލިބޭ މުގު ރިހަ މަސްރިހަ މަސްހުނި ފަދަ ކާތަކެތި އުވާލާފަ ސެޓް މެނޫއަކަށް ސެޓް ކުރީމަ ޙަރަދު އިތުރުވާނެކަން ޔަގީން މިހާރު ދުވާލު ފުލުހަކަށް 112 ރުފިޔާ ދޭއިރު ސެޓް މެނިއު އެ އަދަދަށް ކަވަރ ނުކުރެވޭނެ ފުލުހުންގެ އަތައް ކެއުމުގެ ފައިސާ ދިނީމަ ހަރަދު ކުޑަވާނެ ސަބަބަކީ އޭރުން މިހާރު ކުރަމުންދާ ބޭކާރު ހަރަދު ނުކޮށް ހަރަދު ކުޑަކުރެވިދާނެ އަދި މެސްރޫމްތަކުގެ ސާފްތާހިރުކަން އެހާމެ ކުޑަކަން ފާހަގަކުރެވޭ ބަލިން ސަލާމަތްވާން ވެސް ލިބޭނެ ފުރުސަތަކަށް ވެގެންދާނެ މިގޮތައް ހިޔާލެއް ދިނަސް ގަބޫލު ކުރީމަތާ ފައިދާއެއް ކުރާނީ!

    15
    1
  4. ބަބުރު?

    ފުލުހުން ކަނީ ހަމައެކަނި ކޮއްތު ނޫޑުލްސް..... . މިހެން ބުނިނަމަ ހާދަ ކޮއްތު ކުދިންކޮޅެއް

  5. ށޮރީ

    ދިވެހި ފުލުހުން ނަކީ ދިވެހިންގެ ހިންހަމަޖެހުމާ ސަރަފު ރައިޔަތުންނަ އެންމެ ބޭނުން ޖެހޭވަގުތު ހުރިހާ އުފަލަކާ އަމިލަ ގެދޮރާ މުދަލާ އެންމެ ލޯބިވާ އާއިލާ ދޫކޮފަ ހިތުންރުހުމުން ރައިޔަތުމީހާގެ ހިޒުމަތުގަ ތިބޭބަޔަ އެމީހުންގެ ކަންކަމާ މިވަގުތު ބެހިގެން ނުވާނެ އެމީހުންނާ ބެހެން ފައްޓާފީޔާ ރައިޔަތުން ހާލުގަޖެހޭނެ

    12
    2
  6. ޏަހ

    މާދަން ވެސް މަގުތަކައް ނިކުމެ އެހީވާން ތިބީ އެ މީހުން. އަދިވެސް އެމީހުންގެ ކޮށްތުން ތިކަޑަނީ ?

    14
    1
  7. އަހްމަދު

    މިދުވަސްކޮޅު ކޮންމެބޭފުޅަކުވެސް ކެއުމުގެކަންތައް މިދުވަސްކޮޅުއަމިއްލަގެއިން ހަމަޖެއްސުމަކީ ވަރައްބޮޑުތަނުން ޚަރަދުކުޑަކުރެވިދާނެކަމެއް މެންދުރު ބާރައިންޑިއުޓީއައް ނުކުންނަމީހުން ގެއިންކައިގެން އައިމަޑިއުޓީނިންމާމީހުންނައްވެސް ގެއައްގޮސް ކެއުމުގެކަންކަން ނިންމިދާނެ މުޅިރާއްޖެއައްމިއަންނަ ލޮޅުމުގައި މިފަދަގުރުބާނީއެއްވުމަކީ ކޮންމެބޭފުޅަކުވެސް އުފަލާއެކު ބަލައިގަންނާނެކަމެއްކަމައް ހީކުރަން