ރާއްޖެ އިން ކޮވިޑް-19 ފެނިފައިވާތީ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމާފައި ވަނިކޮށް، ސިޔާސީ އާ މަގާމަކަށް ބޭފުޅަކު އައްޔަންކޮށްފިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގާނޫނުއަސާސީން ލިބޭ ބާރުގެ ދަށުން ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް އައްޔަންކޮށްފައި ވަނީ މުއުމިނާ އާދަމްއެވެ. ރައީސް ސޯލިހް، އެ މަގާމަށް މުއުމިނާ އައްޔަން ކުރެއްވީ ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) އިން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ވާޖިބު އަދާކުރުމަށްޓަކައި މަގާމުތަކަށް މީހުން އައްޔަން ކުރެއްވުމަށް އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.

ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒް ސޮއިކުރައްވައި މުއުމިނާ އެ މަގާމަށް އައްޔަން ކުރި ކަމުގެ ސިޓީ ހަވާލުކޮށްފައި ވަނީ މިއަދެވެ.

މި ސަރުކާރުގައި ޖެންޑަ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ހަތަރު ބޭފުޅަކު ތިއްބަވައެވެ. ސަރުކާރުގެ ވުޒާރާތަކުގެ ތެރެއިން އެންމެ ގިނަ ސްޓޭޓް މިނިސްޓަރުން ތިއްބަވާ އެއް ވުޒާރާއަކީ ވެސް ޖެންޑަ މިނިސްޓްރީއެވެ.

ރާއްޖޭގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް ނިންމާފައިވާ މި ދަނޑިވަޅުގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިބި ފަރާތްތަކުގެ މުސާރަތައް ކުޑަ ކުރުމަށް ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މައްސަލައެއް ހުށަހަޅަން ވަނީ ނިންމައިފައެވެ.

ކޮވިޑް-19 ރާއްޖެއިން ފެނުމާ ގުޅިގެން ރައްޔިތުންނާއި މުހާތަބުކޮށް ރައީސް ސާލިހް ވަނީ ރާއްޖެއަށް އާމްދަނީ އެންމެ ބޮޑަށް ވަންނަ ފަތުރުވެރިކަން ދަށަށް ދާކަން ފާހަގަ ކުރައްވައި މިމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅައި ބަލާއިރު 22.8 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ޖެނުވަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161،740 ގިނަ ބެޑް ނައިޓް ކެންސަލް ވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ބުކިންތައް ކެންސަލް ވަމުންދާ ނިސްބަތަށް ބަލާއިރު މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅައި ބަލާއިރު 12 އިންސައްތަ އާއި 10 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

 1. ފައްސިނައްސި

  ދެން ކުރާނެކަމަކީ ތި މީސްމީހުންނަށް މުސާރަ ނުދެވިގެން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ ތިންހާސް ރުފިޔާއިން %5 އުނިކުރާނީ،... ސާބަހޭ

  47
 2. ޯޮ0 ޓޮލަރެންސު

  ސާބަހޭ ... ހަރަދު ކުޑަވާނީ ތިހާވަރައް. ބުނާބަހަކާ އަމަލާ ދިމާވުމުގެ ލާމަސީލު ނާމޫނާ ... ދެންނެއް ހަމަ ބުނާނެ އެއްޗެއް ......:

  41
 3. ގާސިމު

  މަހުލޫފުގެ ބޮޑުދައިތަޔޯ

  43
 4. ނަމަ

  ހަރަދު ކުޑަ ކުރަނީ މިގޮތައްބާ؟

  43
 5. ހާނީ

  މިހާރުވެސް ތި މިނިސްޓްރީ ތީ ބޭކާރު ހައްދަވައިގެން ކަމެއްނުކުރާ ފެއިލްވެފަތިބި ސްޓޭޓް މިނިސްޓަރުންތައްގިނަ ފެއިލްވެފަ އޮތްމިނިސްޓްރީއެއް. ކުޑކުދިންގެ ހިޔާއާ ހަވާލުވެފަ މިހާރުވެސް ހުރޭ ތިތާ ސްޓޭޓް މިނިސްޓަރެއް. އޭނައައް އެތަން ނުހިންގޭ ކަމައްވަނީ. އެހެންވެއްޖިއްޔަ އޭނަވަކިކޮއްފަ އެތަނައް މީހަކު ލާ. ޢޭނަވަކިކުރަން ނުކެރެނީ އެއީ މޑޕ ބޮޑަކާހިތާވެގެން އުޅޭތީތަ؟ ކޮބާލަދު؟ ޜައްޔެތުންގެ ލާރި ތީ. މޑޕ ވެރިކަމުގަ ހިތުހުރިގޮތަކައް ލާރިގަޑު ބަހަނީ.

  33
 6. ރަސީ

  މަހުލޫފުގެ ބޮޑުދައިތަ. މިސަރުކާރުގެ ވަރަށް ގިނަ މަހުލޫފާ އޭނާގެ އަންހެނުންގެ އާއިލާ މީހުންނަށް ވަރަށް މަތީ މަޤާމް ދެއްވާފަ އަޅުގަނޑަށް އެނގިގެންވެސް 6 ވަރު އެބަތިބި. ކުރާނެ ކަމެއް ނެތް. ރައްޔިތުންނަށް "ހައްޤު މިންވަރު."

  35
  1
 7. ޢެޑްމުންޑޯ

  މިވެސް ދެން ބޮޑު ނޮހޮރައްޕާނަކަށްވަނީ ، ދިވެހިން ބަޑަށްޖެހޭއިރު މީދެން ކޮންކަމެއް

  32
 8. ޙަސަނާ

  115 ވަނަ މަާއްދާ ތީ ހާދަނުރހޮރުއްޕާން ބޮޑު މާއްދާއެކޭދޯ...ތިޔަމާއްދާއެއްގެ ސަބަބުން ގައުމުގެ ހަޒާނާހުސްވެގެންމިދަނީ...ތިޔަމާއްދާޢަކާހެދި އިލްމީގާބިލް މީހަކު މިއޮއްބޮޑު ބަލިމަޑިކަން ފެތުރެމުންދާއިރުވެސް ސަރުކާރުގެ ވަޒީފާ އަކުނެތް ލަދެއްހަޔާތެއްނެތި ތިމާމެން ރުހޭގޮތައް ޕޯޑިއަމްތަކުގަ ހަޅޭލަވަިދިން ކޮންމެ މީހަކަށާ އެމީހާބުނިހާމީހާކައްވަޒީފާތައް ދީފަ މިބުނީ އެންމެބޮޑުމައްސަލައަކީ ގާބިލްމީހުންނެތުމޭ.ތިޔަ 115 މާއްދާގެ ދަށުން ތިބައި ގަޑުބޭރުނުކުރެވޭނެތޯ ބޭރުކޮއްފަ ތަންދޮރުދަންނަ އިލްމީ ގާބިލްބަޔަކު އައްޔަންކޮއްބަލަ ރައްޔިތުންވެސްރުހޭނެ މިގޮތް ....

  26
  1
 9. ޒާހި

  ކޮވިޑް 19އާއި ގުޅިގެން އުފެއްދި މަޤާމެއް

  27
 10. ޢަލީ

  ކޮވިޑް1 އާ ބެހޭކޮމިޝަންގެ ބޭފުޅެއް. ވަބާ

  19
 11. ބުުއްޅަ އެކުސް

  އަދިވެސް ވޯޓެއް ނަގައިފިއްޔާ ހޮވާނީ އެމްޑީޕީ މީހެއް ދެން ކީކޭ ކިޔާކަށް

  23
  2
 12. ތަރި

  ސަރުކާރުން ބަރާބަރަށް އިޤްތިސާދު ކުރަނީ. ހމމމމމ އަތް ޖަހާ، ދެންވެސް ހަރުކޮށް ބާރަށް އަތް ޖަހާ!!!!!!

  21
 13. ވޮއްލެ

  ކޮބާ މުއުމިނާގެ ފޮޓޯ ދައްކަލަބަލަ. ފޮޓީނެތީތަ؟ މިކަހަލަ ޚަބަރު ގެންނަން ޖެހޭނީ ފޮޓޯއާއެކު. ރައްޔިތުންނަށް އެއީކާކުކަން އެނގެންޖެހޭ.

  17
 14. ހާނިމް

  ސްޓޭޓް މިނިސްޓަރު އައިޝާތު ރަޝީދު ވަކިކުރޭ. އޭނަ އެޢީ ކުޑަކުދިންހިޔާއައް ހަވާލުވެ އެތަނައް އިހުމާލް ވެފަ ހުރި ނާގާބިލް މޑޕ އެކްޓިވިސްޓެއް. ރައްޔެތުންގެ ފައިސާ ތަޅަނީ.

  • ހަމްޒާ

   އޭނަ އުޅެނީ މޑޕ ބޮޑަކާ ހިތާވެގެނޯ އެހެންވެ އޭނަ ވަތްކެއް ނުކުރެވޭނެ.

 15. ާަޢަހަރެން?

  ޢަދިވެސް ސިޔާސީމަގާމުތަކަށް ވާވަރަށް މީހުން އައްޔަނެއް ނުކުރެވޭތަ؟؟؟
  ކިހާދެރަކަމެއް! ކޮންމެކަމަކަށް ކޮމިޝަނެއް އުފައްދާފަ ވާކަމެއް ނޯވެ!!!
  އާދައިގެ ރައްޔިތު މީހުންނަށް މުސާރަ ނުދީ، އަނެއްބަޔަކަށް މުސާރަ ކުޑަކޮށްފަ...
  ތިގޮތަށް ހެދީމަ އާނ ޙަރަދު ކުޑަވާނީ...?

 16. ޢަހަރެން?

  ތަންދޮރު ނޭނގޭ ގަމާރަކަށް ވިޔަސް، ޕާޓީ މީހެއްވެއްޖިޔާމު ވާނެ އެކަހަލަ ބޮޑެތި މަގާމުތަކަށް ލާން.!!...
  ތި ގަންނަ ގަނޑު ވަރަށް ސާފުކޮށް އިނގެޔޭ!!!

 17. ރައްޔިތު އަހުމަދު

  މީ އެއްކަލަ ހޭންޑްބޯލް އެސޯސިއޭޝަން ހަލާކު ކޮއްލި މޫންޓީ ދޯ.

 18. އައްޔު

  ސާބަހޭ ރައީސް ބަލާނެކަމެއްނެތް މިދިވެހިންނަކީ އެހާ ވިސްނޭބައެއްނޫން ފޫކޮޅުގައި ރޯވީމާ ވިސްނޭނެ ގައުމާއިގެން ކުރިޔަށް

 19. އިލޮޅި

  ކިހާބޮޑުކަމެއް މިއުޅެނީ ޤައުމައް ބޮޑުބަލިމަޑުކަމެއް އައިސްގެން އިޤުތިސޯދު ދަށައްދާތީ އެވަރުންވެސް ދުވާލަކުއެއްފަހަރު ސިޔާސީ މަޤާމްތަކައްމީހުން އައްޔަނުކުރަނީ ތިލިބިފައޮތްބާރުގެބޭނުންކޮއްގެން ތިމަޤާމްއައް އައްޔަނުކުރުން ފަސްވެސް ކުރެވިދާނެ ނޫންތަ ޤާނޫނުއަސާސީ އެކަމަކައް ހުރަހެއްނާޅާނެ އެވަރުނޭންގެންޏާ އިސްތިއުފާދީ

 20. ވެރިޔާ

  ފައްސިނައްސި ސާބަހޭ ސާބަހޭ ސާބަހޭ ކިނބުލާ ތިއޮތީވާ ފައިސާފައީސާ ފެނިފަ އެފައިސާ މިފައިސާ ފައިސާ ފައިސާ!