މޯލްޑިވްސް މިއުޒިކް އެންޑް އާޓްސް ސެންޓާ (އެމްއެމްއޭސީ) ގެ ޗެއާމަން އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ އަބްދުލްކަރީމް (ރުކުމާ އަލީ) ކުއްޔަށް ދޫކޮށްފައި ހުރި ތަންތަނުގެ ކުލި ކުޑަކޮށް، ދިވެހި ހުރިހާ ރައްޔިތުންނަށް ނަމޫނާ ދައްކައިފިއެވެ.
ރުކުމާ ރޭ ކުރި ޓުވީޓެއްގައި ބުނީ އޭނާ ކުއްޔަށް ދީފައި ހުރި ތަންތަނުގެ ކުލި ކުޑަކޮށްފައިވާ ކަމަށެވެ. މާލޭގެ ރައްޔިތަކަށްވިޔަސް، އޭނާ ވެސް އުޅެނީ ކުއްޔަށް ކަމަށާއި އެހެން މީހުން ކުލިތައް ކުޑަކުރާނީ ކޮންއިރަކުންތޯ ރުކުމާ އަލީ ވަނީ ސުވާލު ކުރައްވައިފައެވެ.
ރާއްޖެ އަށް ކޮވިޑް-19 ފެތުރުމާ ގުޅިގެން ގިނަ އާންމުން އެންމެ ބޮޑަށް ގޮވާލަމުން އަންނަ އެއް ކަމަކީ ކުއްޔަށް ދީފައި ހުރި ތަންތަނުގެ ކުލި ކުޑަ ކުރުމަށެވެ. ތަންތަން ކުއްޔަށް ދޭ އަގުތަކާ މެދުގައި ގިނަ ބަޔަކު މީގެކުރިން ޝަކުވާކޮށްފައިވާ އިރު، އެ ޝަކުވާތަކަށް އެއްވެސް ނިމުމެއް ނާދެއެވެ.
މި ފަހުން، އިންކަމް ޓެކްސް ނަގަން ފެށުމާ ގުޅިގެން ބައެއް ގޭތަކުގެ ވެރިން ވަނީ ކުލި ބޮޑުކޮށްފައެވެ.
އަޅުގަނޑު ކުއްޔަށްދީފައިވާ ތަންތަނުގެ ކުލި ކުޑަކޮށްފިން. މާލޭ ރައްޔިތެއް ކަމަކު އަޅުގަނޑުވެސް އުޅެނީ ކުއްޔަށް،
ކޮން އިރަކުންތޯ ތިޔަ އެންމެހާ ބޭފުޅުން އިންސާނިއްޔަތުކަން އިސްކުރައްވައި، ކުލި ކުޑަ ކޮށްދެއްވާނީ— Rukuma Ali (@RukumaAli) March 16, 2020
އެކަމަކު، ކުލި ކުޑަ ކުރުމަށް ރުކުމާ އަލީ ނިންމެވީ މިހާރު ދުނިޔޭގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ރާއްޖޭގެ އިގުތިސާދު ދަށަށް ވެފައިވާ ދަނޑިވަޅެއްގައެވެ.
ރުކުމާގެ މި ޓުވީޓާ އެކު ގިނަ ބައެއްގެ ތައުރީފު އޭނާ އަށް ވަނީ ލިބިފައެވެ.
ރުކުމާ ކުރި ޓުވީޓަށް ކޮމެންޓް ކުރި ބައެއް އެޕާޓްމަންޓުތަކުގެ ވެރިން ބުނީ ބޭންކަށް ދައްކަން ޖެހޭ ލޯން ދެއްކުން ފަސްކޮށްދީފި ނަމަ، ކުލި ކުޑަކޮށްދެވިދާނެ ކަމަށެވެ.
އިއްޔެ ޓުވިޓާގައި ދައުރުވަމުން ދިޔަ ޓުވިޓާ ޕޯސްޓެއްގައި ދިވެއްސަކު ވަނީ އޭނާ އުޅޭ ތަން ކުއްޔަށް ދިން ފަރާތުން މި މަހުގެ ކުލި ނުދެއްކުނަސް އެންމެ ރަނގަޅު ކަމަށާއި މި ދަނޑިވަޅުގައި އެކަކު އަނެކަކަށް ބޭނުން ޖެހިފައިވާ ތަކެތިން އެހީތެެރިކަން ފޯރުކޮށްދިނުން މި ވަގުތު މުހިއްމުކަން ފާހަގަކޮށްފައެވެ. މި ދަނޑިވަޅުގައި ގިނަ ދިވެހިން އަންނަނީ އިންސާނިއްޔަތުގެ ނަމޫނާ ދައްކަމުންންނެވެ.
މާލޭގައި ގެދޮރު ކުއްޔަށް ދޭ މީހުންގެ ތެރެއިން ކުލި ކުޑަކުރި އެކަކީ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު މުހައްމަދު ސައީދެވެ. އޭނާ ވަނީ ކުއްޔަށް ދޫކޮށްފައި ހުންނަ ދެ އެޕާޓްމަންޓުގެ ކުލި ކުޑަކޮށްދީފައެވެ.
ރުކުމާ ކުއްޔަށް ދޫކޮށްފައިވަނީި ކޮން އިމާރާތެއް ކަމާއި ކުލި ކުޑަ ކުރީ ކިހާވަރަކަށް ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
Kolejuthakuge muvahzafunge musaara kuda kuriyas nikamethi dharivarunge athun nagaa fee kudakurumah vaguthuge noosverin eheetherivedhee...plsss
މާތްﷲ ރުކުމާއަށް ގިނަ ފްލެޓް ދެއްވާށި. އާމީން
ރުކުމާ ބެންކަށް ދައްކަން ނެތީމަ ކުލި ކުޑަކުރިޔަސް އަހަރުމެން ބެންކްއަށް ދައްކަން
އަސްތާ، މިހަމަ އަސްލުތަ އެކަމުދޯ.... މިވީހާ ތަނަށް މީގެކުރިން ބޮޑު ފައިދާއެއް ނުލިބޭ ގޮތަށް އަތުގަ އޮންނަ ބާޓީސާޓް ގަނޑުވެސް ދީފާ ނުވޭ... އެކަމު ﷲ ތައާލާ ހެޔޮވިސްނުން ދެއްވި ކަމަށްޓަކާ އެ ފަރާތައް ޙަމްދުކުރަން. އަލްހަމްދުލިއްލާހި
100 ރުފިޔާ ދޯ ކަނޑާލަދިނީ
ރުކުމާގެ ތިޔަ ނިންމި ނިންމުމަށް އިޒުރޭލު ގެ ހުރިހާ އެންމެން ޝުކުރުވެރިވާނެ...!!
ތަންތަން ކުއްޔަށް ދޭ މީހަކު އަމިއްލައަށް ކުއްޔަށް އުޅުމަކީ ޖޯކެއް.
ރުކުމާ އަލީ އެޕާންޓުމެންޓު އެކަނިކުލި ކުޑަކުރީ.ރުކުމާގެ އެހެން އެޕާންޓުމެންޓު ތަކުން ކުލިކުޑަނުކުރޭ.ރުކުމާގެ އެހެންބޭފުޅުންވެސް ކުލިކުޑަ ކޮށްދޭ ނަމަ.
ރުކުމާ އަލީ އެޕާންޓުމެންޓު އެކަނިކުލި ކުޑަކުރީ.ރުކުމާގެ އެހެން އެޕާންޓުމެންޓު ތަކުން ކުލިކުޑަނުކުރޭ.ރުކުމާގެ އެހެންބޭފުޅުންވެސް ކުލިކުޑަ ކޮށްދޭ ނަމަ.
މީވެސް ނިކަމެތި ރައްޔަތުންގެ ލޭ ބޮއިގެން އުޅޭ ޒުވާނެއް؟؟
ކުލީ ރުފީޔާ އެންމެ 500ރުފިޔާ ކަޑާލަނީ....އެނުވާނެ ދޯ ކުލި ކުޑަކުރިކަމަކަށް.ގިނަ ގޭގެވެރިން ކުލި 2000 ރުފިޔާ ނޫނީ 1000ރުފިޔާ ކަޑާލަދެޭ.
ސިންގަޕޯއަށް ގޮސް ޖުއާ ކުޅޭނީ ކިހިނެއް ކުލިކުޑަކޮށްގެން