ކޮވިޑް 19 އާއި ގުޅިގެން ރާއްޖެ އަށް މިހާރު ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ޔޫރަޕިއަން ޔޫނިއަންގެ އެހީތެރިކަމަށް އެދެން ޖެހޭ ކަމަށް ޑީއާރްޕީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ތަޅުމުގައި ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސް ކުރައްވަމުން، ރާއްޖެ މިދަނީ ނުރައްކާތެރި ދިމާލަކަށް ކަމަށް ފާހަގަކުރައްވާ ޖާބިރު ވަނީ ރާއްޖޭގެ ޑިފެންސް ފޯސް އާއި ސަރުކާރަށް ތައްޔާރުވެ ތިއްބެވުމަށް ގޮވާލައްވާފައެވެ.

"އިއްޔެ އަޅުގަނޑަށް އަޑު އިވިގެން ދިޔައީ، ވިލާ ގްރޫޕްގެ ރިސޯޓްތައް ބަންދުކުރާ ވާހަކަ. ދެން އަޑި އިވޭނީ ދެން ހުރި ރިސޯޓްތައް ބަންދު ކުރާ ވާހަކަ. ސަރުކާރުން ވަގުތުން ވަގުތަށް ރިސޯޓްތައް ބަންދުކުރުމަށް، ވަޒީފާއިން ރައްޔިތުން ކަނޑާލުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅެއް ނުވާނެ. އެހެންވީމަ އެއަށް ގޮތެއް ހޯދޭނެ. ޔޫރަޕިއަން ޔޫނިއަން ޤައުމުތަކުން އަޅުގަނޑުމެން އެދެން އެބަ ޖެހޭ މި ސިޗުއޭޝަން އަަރައިގަންނާނެ ކޮންމެވެސް ގޮތެއް." އޭނާ ވިދާޅުވިއެވެ.

"އިއްޒަތްތެރި ރައީސް މާލެއަށް ބަލަމާ ހިނގާ އަޅުގަނޑުމެން ބަނޑަށް ޖެހުމާއި ދިމާލަށް މިދަނީ. ވިސްނާލަން އެބަ ޖެހޭ ކުޑަކޮށް. ކިހިނެތްތޯ ދެން ވާން ޖެހޭނީ. ކޮބައިތޯ އަޅުގަނޑުމެން އަޅަން ޖެހޭ ފިޔަވަޅުތަކަކީ. އަޅުގަނޑުމެން ޤައުމުގާ މާލޭގއި ކުރީގައި މާލޭގައި ކުރީގައި ބަކަރިވެސް ގެންގުޅޭ. ދަނޑުގޮވާން ކުރާނެ ބިންތައް މާލޭގައި ވެސް ހުރޭ. އާދެ ދެން އަޅުގަނޑުމެން ދަނޑުގޮވާން ކުރަން އެބަ ޖެހޭ އެތާގައި ވެސް." ޖާބިރު ވިދާޅުވިއެވެ.

ދުނިޔޭގައި ބަލިމަޑުކަން ފެތުރޭ އިރު އެކަމަށް ތައްޔާރުވާނެ ފައިސާ އެއް ނެތް ކަމަށާ އަލަށް އައި ސަރުކާރަކުން މިފަދަ ދަނޑިވަޅެއްގައި ވަރަށް ބޮޑަށް ތައްޔާރުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް19 ޖެހިގެން 13 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފައެވެ. އެއީ ހުސް ބިދޭސީންނެވެ. އޭގެތެރޭގައި ފަތުރުވެރިންނާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުން ވެސް ހިމެނެއެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. Anonymous

    ބަލި މިތަނަށް ގެންނަންތަ؟ އެމީހުން އެއީ މިވަގުތު އެންމެ ހާލެއގައި އޮތް ތަނަކީ. ކިތައްދުވަސްތޯ ހަމަހޭވެރިކަން ނެތްތާ؟

    47
    2
    • ދުނިޔެ

      ޖާބިރު، ކަލޭ އީޔޫގެ އެހީތެރިކަމުގަ އުޅޭ.

      23
    • ކިނބޫ

      އެދޭނީ މަސް ނުގަތުމަށް. ޓޫރިސްޓުން ނައުމަށް. ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް.
      މުއްދަތެއް ނެތި މިހިރަ ކޮސް އަނގަ ބަންދު ކޮށްބަލަ ދިޔާލޮލީ.

  2. އީޔޫ

    ކަލޭ ކީއްކުރަން އީޔޫގެ އެހީއެއް ޑީޓޮކްސް ސެންޓަރަކުން އެހީ ހޯދާ ފުރަތަމަ

    43
    1
  3. ދިޔާ ނާ

    މިކަހަލަ ކަންކަމުން މިންޖުވުމަށް، ސަލާމަތްވުމަށް އެދެންޖެހެނީ ގަދަ ކީރިތިވަންތަ الله سبحان و تعالىٰ ޙަޟުރަތަށް، ދުޢާ ދަންނަވަންޖެހެނީ ކާފަރުންގެ ފަހަތުން ދުވާކަށް ނޫންޖެހެނީ

    65
    3
  4. ޙަސަނާ

    ތިޔަބުނާ އީޔޫ ގެ ގައުމުތައް އެއުޅެނީ އެމީހުންގެ ހާލާއިގެންވެސް ސަލާމަތް ނުވެވިގެން...މިވަރުވެގެންދާއިރުވެސް އިބުރަތެއްހާސިލްނުވިދޯ...އަހަރެމެންމީ އިސްލާމުންނޭ ހެޔޮނުވާނެ ފަތިހުގެ ޖަމާއަތުގަ މިސްކިތައްފުރާލަމާތޯއެވެ.5 ނަމާދުކޮއް ﷲއައްދުއާދަންނަމާތޯ އެވެ.ﷲއީ މިވަބާއިންނާއި އެހެނިހެން މުސީބަތްތަކުންވެސް ދިވެހިން ސަލާމަތްކުރައްވާނެ އޯގާވަބްތަ ﷲ

    57
    2
  5. ޢާދަނު

    މޮޔައެއް..

    30
    1
  6. އައްޔު

    ހައްހައް އީޔޫއޭ.... އިޓަލީއިން އެދުނީމަ ކިހިނެއްހެދީ މިތިބީ ބަލަން ތިޔަބުނާ އީޔޫއިން އެހީތެރި ނުވެއްޖެނަމަ ރައީސް ޔާމީން އީޔޫއިން ވަކިވުމަށް ނެގި ފިޔަވަޅަކީ ރަނގަޅުފިޔަވަޅެއް ކަމަށް ގަބޫލު ކުރާނަން

    20
    1
    • ޖާބެރު

      މިއީ އީޔޫ ގައުމެއްނޫން

      17
      1
  7. މާހިރު

    ނޫނޭ ޖާ ތީ ހަމަސަތޭކައިގެ ވާހަކައެއް ޖާއެދައްކަވަނީ އިގްތިސާދީ ވާހަކަ އޮޅުވައިނުލައި ޔޫރަޕުން އިންޑިއާއިން ޗައިނާއިން މިތަންތަނުން ރަނގަޅު ޕެކޭޖެއް ހޯދައިގެން ހަމަޔަކަށް އެޅުވޭނީ ބޮޑު ތަނުން ދަށައް ނުގޮސް ހާސް ކަނޑާލާ ސާލިހުބެއަށް ޕެކޭޖްތައް ލިބޭނެ ނޫނަސް މިއަކީ 1960 ނޫން މުޅި ދުނިޔެ މިއޮތީ އެއްސަރކެޓެއްގަ ދުލެއް ނުކުރާނެ ފުނޑިގެން ދާކަށް ވަގުތާ ހާލަތައް ނިކުންނަމުންދާނެ މިރާއްޖެއިންވެސް ކުރަންވީ ކަމަކީ އެޑްވާންސް ހޮލިޑޭ ޕެކޭޖްތައް މިހާރުން ފެށިގެން ދޭންވީ ފްރީނައިޓްސް ހިމެނޭ ގޮތައް އެއާއެކު ދުއާކުރަންވީ އިންސާނުން އަބަދުމެ ތިބެންވާނީ ދުއާކުރުން މަތީގަ އެހެނީ އިންސާނުންނަށް އޭނާގެ އަމިއްލަ ދެލޯ ހުޅުވެނީވެސް އެކަލާންގެ ކުޅަދުން ވަންތަ ކަމުން އެކަލާންގެއީ ކައުނާއި ކައުނުގައި ލެއްވި ހުރިހާ އެއްޗެއްގެ ވެރިރަސްކަލާންގެ

    10
  8. ޢިންނު މުހައްމަދު

    ޖާބިރަށް ވިސްނޭ ވަރަށްވެސް ސަރުކާރުގެ އިސްވެރިޔާއަށް ނުވިސްނޭތީ ހިތާމަކުރަން

    12
    5
  9. ޏާޒިމްބެ

    ކަލެޔަށް ހަލާ ކުހުރި ﷲ އީ ހުރިހާ ކަމަ ކަށް ކުޅަދުންވަންތަ އިލާހުއެވެ މިއަދު ތިޔަ އިންސާނާގެ އަތުގައި ފައިސާހުއްޓަސް ކުރެވޭނެ ކަމެއް ނެތް ކަން ހާމަވެއްޖެ ދެންވެސް މަދަދާއި ވާގި އެދެންވީ ﷲ ގެ ހަޒުރަތަށް އީޔޫ އަ ކަށް ކުރެވޭނެ ކަމެއް ނެތް ވަﷲ އައުލަމް.

    20
    1
  10. ނާހިދު

    އީޔޫއައް ކަލޭ ދޭބަލަ.. އެމީހުން އެއުޅެނީ ނޭވާ ނުލިވެގެން. ޚަބަރު ކިޔާ ނޫޅެންތަ.؟

    20
  11. މޯޑް

    މިހުރި ގަމާރު ޖާބިރަށް ދަންނަވާލަން ތިޔަބުނާ އީޔޫއިން އެއްވެސް ކަމެއް ނުކޮށް ދެވިގެން އުޅެނިކޮށް އެ އިއްތިހާ ދުގެ މެންބަރ އިޓަލީއަށް އެން،މެފަހުން ޗައިނާއިން ހެސްކިޔާފައި އެހީވަނީ

  12. އަފީ

    އީޔޫގެ އެހީތެރިކަމަށް އިންޑިއާ އަތުން މާލީ އެހީތެރިކަން ހޯދަންވީ! ރައްޔިތުން ތިބި ބަލަން..

    6
    1
  13. ޚާލިދާ

    މިކަހަލަ ފުޅިފުޅީގެ ދޯރިތައް ރާއްޖޭގަ ތިބޭތީއޭ މިތަނައް ކޯފާ އަމާޒުވަނީ..

    17
  14. ނަސީދު

    ﷲ އައް އަތް އުފުލާނައިގެން ތިބެ އެދެންވީ އެނޫން ގޮތެއް. ނެތް ތި ލޮބުވެތި މަޖިލީސް ނުވިސް ނޭ ގޫރޫޕްއައް

  15. ޖަންނަތު

    މިއީ އީޔޫގެ އެހީތެރިކަމަށް ރާއްޖެއިން އެދެންވީ ވަގުތު: ޖާބިރު ބަލަ ދުނިޔޭގެ ނޫސް ތަކާ ޙަބަރުތައް ނުކިޔަނީތޯ ތިޔަބުނާ އީޔޫ ވެސް އެއުޅެނީ އޮބިނޯވިގެން ދެން އެމީހުންނައް ކޮއްދެވޭނީ ކޮންކަމެއްތޯ އަހަރުމެން ނައްވެސް އަދި މުޅި އިންސާނިއްޔަތައްވެސް އެހީއެއް ވެދެވޭނީ އެންމެ ފަރާތަކައް އެއީ މާތް ﷲ އެކަނލާނގެ ފިޔަވާ އެހީތެރި ވެވޭނެ ފަރާތެއް ނެއް ރުހުނަސް ނުރުހުނަސް ހުރިހާ ބާރެއް މިލްކް ވެވޮޑިގެން ވަނީ މާތް ﷲ ސުބުހާ ނަހޫ ވަތައާލާ

  16. ސަރުކާރު

    ސަރުކާރަށް އަހަރެއްވެގެން ދާއިރުވެސް މިކިޔަނީ އަލަށް އައި ސަރުކާރޯ .....

  17. މޮޔަ ޖާބިރު

    ސަރުކާރު ހަރަދުގަ މީނާ އީޔޫ ގައުމަކަށް އަންބުރާ ނާދެވޭ ގޮތަށް ފޮނުވުން އެދެން

  18. ޒަންޖަބީލު

    އިންޑިޔާ މީހުން ކޮބާތޯ؟