ރާއްޖެ އިން ކޮވިޑް-19 ފެނިފައިވާތީ ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުން މަނާކޮށްފައި ވަނިކޮށް ރިސޯޓެއްގެ މުވައްޒަފަކު ފަތާފައި ގޮސް އައްޑޫ ސިޓީގެ މީދޫއަށް އެރި މައްސަލައިގައި ފުލުހުން އެމީހާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އިއްޔެ މެންދުރު ފަހު، ފަތާފައި ގޮސް މީދޫއަށް އެރީ އެ އަތޮޅުގައި އޮންނަ ސައުތު ޕާމް ބީޗް ރިސޯޓްގެ މުވައްޒަފެއް ކަމަށެވެ. އެމީހާ ހައްޔަރު ކުރީ މީދޫ ހެލްތު ސެންޓަރަށް ގެންގޮސް ޑޮކްޓަރަށް ދައްކައި، ނުރައްކަލެއް ނެތްކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ އެކި އިދާރާތަކުން ނެރެފައިވާ އެންގުންތައް ތަންފީޒު ކުރުމުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން 14 ދުވަހުގެ މުއްދަތަށް ރިސޯޓުތަކުން މީހުން ދިރިއުޅޭ ރަށްރަށަށް ދިއުމާއި ރަށްރަށުން ރިސޯޓުތަކަށް މީހުން ދިއުން ވަނީ މަނާކޮށްފަފައެވެ.
ކޮވިޑް-19 އަށް މިހާތަނަށް ރާއްޖެ އިން 13 މީހަކު ވަނީ ފައްސި (ޕޮޒިޓިވް) ވެފައެވެ. އެއީ ހަތަރު ރިސޯޓެއްގައި ތިބި ޓޫރިސްޓުންނާއި ބިދޭސީންގެ އިތުރުން ސަފާރީއެއްގައި ތިބި ބިދޭސީންތަކެކެވެ.
މީނާ ބޮޑު އަދަބެއްދޭން އެބަޖެހޭ އެހެންނޫނީ އެންމީހުން މިކަންތައް ކުރާނެ
ތިކަހަލަ ކަންތައް ކުރާ މީހުންނައް އަތަބުދޭންވީ ހަމަ ތިގޮތައް ރައްރަށައް ޑުރަގް އެތެރެ ކުރާމީހުންވެސް ވަގުތުން ހައްޔަރު ކުރަންވީ މީރާގެ ގާނޫނު ހިންގާހެން ހުރިހާ ގާނޫނުތައް ވެސް ތަންފީޒް ކުރަންވީ މޫނައް ކަނދުރާޔައް ބެލުމެއް ނެތި ސަލާމް