އިންޑިއާ އާމީ އިން ރާއްޖޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމަށް ލެބެއް ގާއިމު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިންޑިއާގެ އާމީގެ ސްޕޯކްސް ޕާސަން ވިދާޅުވެއްޖެއެވެ.
މިހާރު ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއިއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިންވެސް 13 މީހަކު ފައްސި ވުމާއި ގުޅިގެން އިންޑިއާއިން އަންނަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންއެވެ. އިންޑިއާގެ ނޫހަކަށް މައުލޫމާތު ދެއްވަމުން އިންޑިއަން އާމީގެ ސްޕޯކްސް ޕާސަން ކާނަލް އަމަން އާނަންދު ވިދާޅުވީ ރާއްޖޭގައި އިންޑިއަން އާމީގެ 6 ޑޮކްޓަރުންނާއި 8 ސިއްހީ އެހީތެރިންގެ މެޑިކަލް ޓީމެއް މި މަހު 13 ވަނަ ދުވަހު ރާއްޖެ އައިސްފައިވާ ކަމަށެވެ.
ރާއްޖެއިން ވަނީ މާސްކާއި އެހެނިހެން އެހީތެރިކަމަށް އިންޑިއާގެ ސަރުކާރުގެ އެހީއަށް އެދިފައެވެ. އާދީއްތަ ދުވަހު ސާކް ގައުމުތަކުން ކޮވިޑް-19 އާއި ގުޅޭ ގޮތުން ބޭއްވި ވީޑިއޯ ކޮންފަރެންސްގައި ރާއްޖެއިންވެސް ވަނީ ބައިވެރިވެފައެވެ.
މި ބައްޔަށް ރާއްޖެއަށް ޕޮޒިޓިވެ ވެފައިވަނީ ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންތަކަކާއި ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައި ފަތުރުވެރިންތަކެކެވެ. މި ބަލި ޖެހިނު މީހުންގެ އަދަދު 183,116 އަރާފައިވާއިރު 7,175 މީހުންވަނީ މި ބަލިޖެހިގެން މަރުވެފައެވެ. ރާއްޖޭގައި މި ބައްޔަށް ޝައްކުކުރެވޭ 29 މީހަކު މިހާރު ވަނީ އެކަހެރި ކުރެވިފައެވެ.
ކޮވިޑް-19 ގެ ނުރައްކާ ބޮޑުވެ އިންޑިއާއިން މިހާތަނަށް 129 މީހަކު ވައިރަހަށް ފައްސި ވެފައިވާއިރު ތިން މީހުން މިހާތަނަށް ވަނީ މަރުވެފައެވެ. އަދި އެ ގައުމުން ދަނީ ވައިރަހަށް މީހުން ޓެސްޓުކުރުމުގެ މަސަތްކަތްތަށް ހަރުދަނާކޮށް ގިނަ މީހުން ޓެސްޓުކުރެވޭނެ އިންތިޒާމް ހަމަޖައްސަމުންނެވެ.
ތިޔަ ލެބް ހަދަން ސިފައިންގެ ފައުޖެއް ގެންނަނެނެހެން ހިވަނި
ޢަމިއްލަ ހައްޓައިގެން ނޫޅޭވޭ ބަޔަކަށް ކީއްބާ ކޮށްދެވޭނީ!ތިޔަ ލެބްގައި ރާއްޖެގެންނަ ގެރިމަސް ޓެސްޓް ކުރާނީ!
އިންޑިއާގެ މުސްލިމުންނަށް ކުރާ ބޭއިންސާފު އާއި އަނިޔާ ހުއްޓާލާ.
ތިޔަލެބަކަށް އަފިރިން ނުދާނަން މުސްލިމުން މަރަނީ ކީއްވެ.