ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ކަނޑައަޅާފައިވާ 33 މިލިއަން ރުފިޔާ، ގެ ތެރެއިން އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަށް ލިބޭ ފައިސާ ވެރިކަން އެ ޕާޓީތަކަށް ދޫކުރަން ފިނޭންސް މިނިސްޓްރީ އަށް ފޮނުވަން އިލެކްޝަން ކޮމިޝަނުން މިއަދު ނިންމައިފިއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ރަޖިސްޓްރީ ކޮށްފައިވާ 10 ސިޔާސީ ޕާޓީގެ ތެރެއިން 10،000 މީހުން ހަމަވާ ތިން ސިޔާސީ ޕާޓީއަށް ދައުލަތުގެ ބަޖެޓުން 33 މިލިއަން ރުފިޔާ ލިބޭ ގޮތުގެ ތަފްސީލް ހާމަ ކޮށްފައެވެ. އެގޮތުން 10،000 މެމްބަރުން ހަމަވާ ޕާޓީތަކުގެ މެމްބަރުންނަށް ބޮލަކަށް 327.29 ޖެހެއެވެ.

ސަރުކާރު ހިންގާ އެމްޑީޕީގެ އިތުރުން ކޯލިޝަންގައި ހިމެނޭ ޖޭޕީ އަަށް ފައިސާ ދޫކުރަން ނިންމާފައިވާއިރު އިދިކޮޅު ޕީޕީއެމަށް ފައިސާ ދޫކޮށްފައެއް ނުވެއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ އެ ޕާޓީއަށް ފައިސާ ދިނުން ލަސްވެފައިވަނީ ޕާޓީން އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާތީ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަުން ބުނީ އަދި މިހާތަނަށް އޮޑިޓް ރިޕޯޓް ހުށަހަޅާފައިވަނީ ޖޭޕީ އާއި އެމްޑީޕީ އިން އެކަނި ކަމަށެވެ. ޕީޕީއެމް އިން މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން އޮޑިޓް ރިޕޯޓް ހުށަހަޅައިފި ނަމަ އެ ޕާޓީއަށް ވެސް ފައިސާ ލިބޭނެ ކަމަށް ކޮމިޝަނުން ބުންޏެވެ.

ދައުލަތުން މިއަހަރުގެ ދޫކުރާ ބަޖެޓުން އެންމެ ގިނައިން ފައިސާ ލިބެނީ އެމްޑީޕީ އަށެވެ. އެމްޑީޕީގައި 53،748 މެމްބަރުން ތިބޭއިރު 17 މިލިއަން ރުފިޔާ އެ ޕާޓީއަށް ލިބެއެވެ. ޖޭޕީގައި 12،128 މެމްބަރުން ތިބިއިރު، އެ ޕާޓީއަށް ލިބެނީ 3 މިލިއަން ރުފިޔާއެވެ. އަދި 36،054 މެމްބަރުން ހިމެނޭ ޕީޕީއެމްއަށް ލިބޭނެ ކަމަށް އިލެކްޝަންސް އިން ބުނެފައިވަނީ 11 މިލިއަނަށް ވުރެ ގިނަ ރުފިޔާއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ލިިތިލިލް

    ނިކަމެތި ރައްޔިތު މީހާ ގާތު އިޤްތިސާދު ކުރަން ހަރު އަޑުން ގޮވާލާފަ، 33 މިލިއަން ރުފިޔާ ޕާރޓީ ތަކަށް ދޭންވީ، އަސްތައުފިރުއްﷲ، ﷲ އަށް ބިރުވެތިވޭ، މިއަދު ތި ފައިސާ ނަހަމަ ގޮތުގަ ބޭނުންކޮށްފަ މާދަން އެތައް ސަތޭކަ ބަޔަކަށް ޖަވާބުދާރިވާނަޖެހޭނެ، ދެންވެސް ދިވެހި ރައްޔިތުން ހޭލަބަ!!!!!!

    56
  2. އަމާތަ

    ޕާޓީއެއްނު ހަދަންވީ ކޮންމެ މެންބަރަކީ ހިއްސާދާރެއް ވެރިމީހާ އެކަނި ކާނީ ކުދިންކޮޅަށްދޭނީ ކެމްޕޭނަށްވީމަ ސަޔެއް

    25
  3. އެލެކްސް

    ޖަރުމަނުގެ ބޮޑު ގެއާއި، 10މިލިޔަންޑޮލަރު މާކަ ގިނަ ދުވަހެއް ނުވަނީސް ހުސްވެދާނެ! އަދި ފަހުން ޖަލަށްވެސް ދާން ޖެހިދާނެ!

    22
  4. ޙަސަނާ

    ސަރީފު ކަލޭވެސް ވަޒީފާގަ ދެމިހުރުމައް ވަރައްހިތްވަރުކުރޭ އެބަ ތިކުރާމަސައްކަތުން ވާގޮތަކީ ގިނަބަޔަކު ޕޕމ އައް ކުރާތާއީދު ބޮޑުވަނީ މިހާރު ރައްޔިތުންނައް ރީތިކޮއްމަންޒަރު ފެންނަމުންދަނީ ހުރިޖައްބާރުކަން

    32
    1
  5. އަމީން67

    ސިޔާސީ ޕާޓީ ނަމުގަ ގުރޫޕް ތަށް ހަދާ މިކުރާކަމަކީ ބައިތުލްމާލުން ފޭރުން ބަޖެޓް ދަވާލުން

    25
    1
  6. Anonymous

    އިންސާފު ހަމަ ފައިބަނީ. ﷲ އަކްބަރު. މިވަރުގެ ނުލަފާ ބަޔަކު ދިރިއުޅޭ މުޖުތަމަޢެއް ހަލާކު ނުވެހިނގައިދާނެބާ.

    23
  7. އަލީ

    ނުޖެހެ ދޭކަށް މިވަގުތަކު.

    17
    2
  8. އިބޫ

    ދިވެހިން ނަކީ ވަރަށް ބޯދާބައެއް.މަލަދުގަނޭ!

    16
  9. ވަގުންގެ.އީސީ

    އެމްޑީޕީ ގައި ތިޔަބުނާ އަދަދަކަށް މީހުނެއް ނުތިބޭނެ ތިޕާޓީގައި ރަޖިޓްރީ ގައި ތިބި ކިތަމެ މީހަކު މިހާރު މިދުނިޔެއަކުނެތް އެކަން ދަނަ ކިތަމެ މީހެއް އެބަތިބިއެހެން ވީމާ އީސަރީފު ކޮން ތަނަކުން މިނޫހުގައި ދައްކާފަ ތިއޮތް އަދަދު މީހުން ނެރޭނީ ކޮންބަޔަކަށް އޮޅުވާލަ ން މިވަގުން ތައް މިއުޅެނީ!

    26
    1
  10. ކަލޯ

    ކަލޯ ޝަރީފު ހެއްދެވި ފަރާތް ހަ ދާންވޭތަ ކަލޯ ބަލާލަބަ އެމްޑީޕީ އަށް ތިތޭން ބުނާ ލާރިގަނޑަކީ އެޖައްބާރުންނަށް ހަމަ ހައްގު ވާވަރުބާ!

    16
  11. އައްޔު

    17 މިލިއަން މިދަނޑިވަޅުގައި ވެރިކަމުގައި އޮވެމެ ނެގުމަކީ އެންމެ ޒިންމާދާރުގޮތްތޯ؟

    15
  12. 5-މާމުލު-5ވަގު

    އެމްޑީޕީ އަށް ޓަކައި މަރު ފޯމް ތަކަށް ދޭން ޖެހޭ ފައިސާގެ އަދަދު 17 މިލިއަން އީސީ އަށް ބުނެލަން ﷲއަށް ޓައި 17 މިލިއަން ރުފިޔާ އެޑީޕީ އަށް ހައްޤުވާ ނެހޭ ﷲއަށްޓަކާވެސް ޝަރީފު ތިހެއްދެ ވީތެދެއްތޯއޭ ޕޕމގެ އަސްލު ޖުމްލަ އަދަދު ހާމަކުރަން ނުކެރިގެން ޝަރީފު ތިއުޅެނީ ކީއްވެގެން ތޯއޭ؟

    18
  13. އުންމީދު

    ކަލޯ ވަގާ ޕޕމ އަކީ ﷲގެ ރުހުން ލިބިގެން ކުރިއަށްދާ ޕާޓީއެއް ކަލޯ ލާރި ނުދިނަސް ﷲގެ މަދަދާއި އެހީތެރިކަން ޕޕމއަށް ދެއްވާނެ އިންޝާﷲ

    16
  14. Anonymous

    ހަރަދުކުޑަކުރަންތޯ

    12
  15. ޖައްބާރު

    ކަލޯ ލާރިގަނޑު ގައި ބަގު ޑިބައްދައިގެން އޮވޭނީ ކިހާދުވަހަކުބާ!

    18
    1
  16. އަސރމާ

    ކަލޯމެން ތިތަނުން ބޭރުވާދުވަހަކުން ޕޕ ކުދީންގެ އަސްލު ޝައިޒު ފެނިގެންދާނެ!

  17. ވިކޭ ރައްޔިތުން

    މިދަނޑިވަޅާއި ހާލަތުގައި ބޮޑު ޖަރީމާއެއް ދެއްތޯ.

  18. ސިކަންދަރު

    މިއީ ރައްޔަތުންގެ ފައިސާ އިސްރާފް ކޮއް ނަހަމަ ގޮތުގައި ބޭނުންކުރުން އަދި ތިޔައީ ރައްޔަތުންނައްވާ ބޭއިންސާފެއް ރުފިޔާ ތިޔަދެނީ ރައްޔަތ އެންމެންގެ ޓެކްސް ފައިސާއިން އެހެންވީމަ ޕާޓީތަކައް ބޮލަކައް ވާވަރައް ފައިސާ ދެންޏާ ޕާޓީއައް ނުވަދެ ތިބި މީހުންނައްވެސް ބޮލަކައް ޖެހޭ ނިސް ބަތުން ދޭންޖެހޭނެ މީ ތިޔަބުނާ ޕާޓީ ޑިމޮކްރަސީގަ އޮޅުވާލައިގެން ރައްޔަތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުން ތިޔަ ރުފިޔާއިން ޑޮކްޓަރުން ގެނެޔަސް ތިޔައްވުރެ ރަނގަޅުވާނެ

  19. ކިނބޫ

    ސާބަހޭ ފަސްމާމުލު ފަހެތި.