ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހަކު ވިލިމާލެ އިން ފެނިއްޖެއެވެ.

އެކަން ހާމަކުރެއްވީ މިހާރު ދަރުބާރު ގޭގައި ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ މަބްރޫކް އަޒީޒުއެވެ.

މަބްރޫކް ވިދާޅުވީ، އެމީހާއަކީ ސައުތު ކޮރެއާއަށް ދަތުރުކޮށްފައިވާ ދިވެއްސެއް ކަމަށާއި، އަދި އޭނާ ފަރުކޮޅުފުުއްޓަށް ގެންދިއުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ސައުތް ކޮރެއާގެ ދެ ޕްރޮވިންސްއެއް އަޅުގަނޑުމެން ޓްރެވެލް ރިސްޓްރިކްޝަންއަށް ގެނެވި އެ ދެ ޕްރޮވިންސް ނޫން އެހެން ހިސާބެއް ސައުތް ކޮރެއާގައި ހުރެފައި އަދި ދިވެއްސެއްގެ ގައިން އަލާމާތްތަކެއް ފެނުނު ކަމަށް ރިޕޯޓް ކުރެވިގެން، ވިލިމާލޭގައި ހަރަކާތްތަކެއް ހިނގާފައި ވާނެ". އޭނާ ވިދާޅުވިއެވެ.

އަދި އޭނާގެ ކޮންޓްކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، އެ ފަރާތްތައް އައިސޮލޭޝަންގައި ހުރުމަށް އެންގިފައި ވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ވައިރަހަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހަކާއި ކޮންޓެކްޓު ވެފައި ވުމާއި އެކު ބަލީގެ އަލާމާތްތަކެއް ފެނިގެން ދާދި ފަހުން ހުޅުމާލެއިން ވެސް ވަނީ މީހަކު ކަރަންޓީނުކޮށްފައެވެ. އެހެން ނަމަވެސް އޭނާ ވަނީ މި ބައްޔަށް ނައްސި (ނެގެޓިވް) ވެފައެވެ.

ސަރުކާރުން ދަނީ މި ބަލިން ރައްކާތެރިވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން މިމަހުގެ ނިޔަލަށް އާންމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާން ކުރުމާއި އެކު، ބަލި އިިތުރަށް ފެތުރުނަ ނުދިނުމަށް އެއްވެ އުޅުން ހުއްޓާލުން ހިމެނެއެވެ. މިހާރު ވަނީ ސްކޫލްތަކާއި، ސިނަމާތައް ފަދަ ތަންތަންވެސް ބަންދުކުރުމަށް އަންގާފައެެވެ.

މިހާތަނަށް ކޮވިޑް-19 އަށް ރާއްޖޭގައި ފައްސި ވެފައިވާ މީހުންގެ އަދަދަށް ބަލާއިރު 13 މީހަކު ހިމެނެއެވެ. އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ. އޭގެ ތެރޭގައި އިޓަލީވިލާތުގެ މީހުން ގިނަ އަދަކަށް ހިމެނޭ ކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ސަނާ

  ބަލަގަ ތިޔަމީހަކު އެނގިގެންނުން މަށައްއވެސް އިނގޭނީ ތިމާހަކާއި ދިމާވިކަން ނޫނީ ނުވާކަންވެސް. ވާހަކަ ދެކެވިފައި ހުރިކަމެއްވެސް. ތިހެން ބުނިއަކަސް މަށަކައް ނޭގޭ ކާކުކަމެއް އެޢީ.

  52
 2. Anonymous

  ??

  13
 3. Anonymous

  ޑޮކްޓަރުން ވިދާޅުވި ގޮތަށް މީހުން ގޭބަންދު ނުކޮށް ރާއްޖޭގައި ކޮވިޑް19 ފެތުރިއްޖިއްޔާ އެމްޑީޕީ އުވޭނެ ޑީއާރުޕީއެކޭ އެއްގޮތަށް ، އިންތިހާބު މަތިން ހަނދާން ނައްތާލާ އެމްޑީޕީ.

  29
  4
 4. ލޮކްޑައުން

  ބަލަ ކޮރޯނާ އުޅޭ ބައެއް ގައުމުތަކުގެ ވަކިވަކި ޕްރޮވިންސްތަކުން ރާއްޖެ އާދެވޭގޮތަށް ހުޅުވާލެވިފަ އޮތުމަކީ ވަރަށްބޮޑު ގޯހެއް. ސަރުކާރުން އެބަޖެހޭ ހަރުދަނާ ފިޔަވަޅުތަކެއް އަޅަން

  36
 5. ޒީރޯ ޓޮލަރަންސް

  ސައުތު ކޮރެއާއަށް ދަތުރުކޮށްފަވާ އެބޭފުޅަކު ކަރަންޓީނުނުކޮށް ދޫކޮށްލެވިފަހުރީ ކިހިނެއްވެގެން؟ ބޭރުން އަންނަ ދިވެހިން ވެސް ކަރަންޓީނުކުރެވެން އެބަޖެހޭ؟ ރަށްކާތެރިކަމުގެ ފިޔަވަޅުއެޅިގެން ކަންކަމުގެ ކުރިއެރުން ހޯދޭނީ.

 6. ޖުނޭ

  އިން ޝާ ﷲ، އެ ކުއްޖާވެސް ނައްސި ވާނެ. ނަމަވެސް ކީއްވެތޯ އެހިސާބުން އައި މީހަކު ހަމަ އެއްވެސް ސްކްރީން ކުރުމެއް ނުވަތަ ހިފެހެއްޓުމެއް ނެތި ޗެކް އައުޓް ވެގެން ކަނޑެއް ހުރަސްކޮށް ވިލިމާލެއަށް ދެވުނީ! މިއީތޯ އެއަރޕޯރޓްގެ ކަމާބެހޭ ފަރާތްތަކުން އުފުލަންޖެހޭ ޒިންމާގެ މިންވަރަކީ?

  30
  1