ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން މާލެ ސަރަހައްދުގައި ކަރަންޓީން ފެސިލިޓީއެއް ގާއިމް ކުރުމަށް 1000 ކޮޓަރި ހޯދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަންގަވާފައިވާކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
މިއަދު ދަރުބާރުގޭގައި ޓުއަރިޒަމް މިނިސްޓްރީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވިސްނުންފުޅު ހުރީ އަދިވެސް އިތުރު 1000 ކޮޓަރި މާލެ ކައިރި ސަރަހައްދުން ހޯދުމަށް ކަމަށާއި، އެކަމުގެ އިރުޝާދު މިނިސްޓަރ އަލީ އަށް ރައީސް ވަނީ މިހާރު ދެއްވާފައި ކަމަށެވެ. އަދި މިހާރު އެމަސައްކަތް ކުރަމުން ދާކަމަށް އަލީ ވިދާޅުވިއެވެ.
އަލީ އިތުރަށް ވިދާޅުވީ ސަރުލާކާރުން އޮތީ ވާން ޖެހޭ، އަދި މިވަގުތަށް މުހިންމު ހުރިހާ ތައްޔާރީތަކެއްވެސް މިވަގުތު ވެފައި ކަމަށެވެ. އެހެން ކަމުން މިކަންކަން ކުރެވި މި މުސީބާތުން މުޅި ދިވެހި ރާއްޖެ ސަލާމަތް ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިހާތަނަށް 60 އަށްވުރެ ގިނަ ކަރަންޓީނު އަދި، އައިސޮލޭޝަން ފެސިލިޓީސް ވަނީ ގާއިމްކޮށްފައެވެ.
ރާއްޖެ އިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ. އޭގެ ތެރޭގައި ހިމެނެނީ މުޅިން ވެސް ބިދޭސީންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއްޖެ އިން ކޮވިޑް-19 އަށް ފައްސިވި ގިނަ މީހުންނަކީ އިޓަލީވިލާތުގެ ރައްޔިތުންނެވެ. ރާއްޖެ އަށް އިޓަލީވިލާތުން ފަތުރުވެރިން އައުން މަނާ ކުރީ އިޓަލީވިލާތް މެދުވެރިވެގެން ވަރަށް ގިނަ ގައުމުތަކަށް ކޮވިޑް-19 ފެތުރުނު ފަހުންނެވެ.
ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން މިހާރު ވެސް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ބައެއް ގައުމުތަކުން ރާއްޖެ އަށް މީހުން އައުން މަނާ ކުރުން ހިމެނެއެވެ. އަދި ރިސޯޓްތަކުގެ މުވައްޒަފުން 14 ދުވަސް ވަންދެން ރިސޯޓުން ނުފޭބުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގެ އެއްވެސް ތަނަކަށް އެއްވެސް ފަތުރުވެރިޔަކު ގެނައުން ވަނީ މަނާ ކޮށްފައެވެ.
މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ކެއްސުމާއި، ނޭވާ ކުރުވުން ނުވަތަ ނޭވާލާން އުނދަގޫވުން އަދި ހުން އައުން ހިމެނެއެވެ. ކޮވިޑް-19 އެންމެ ނުރައްކާތެރިކަން ބޮޑުވަނީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.
އަދިވެސް ކޮޓަރި ތަ ނުހޯދިގެން މިއުޅެނީ ސާބަސް ސޯލިޙޫ. ޑރ.ނާއި ޢިލްމުވެރިންދޭ ނަސޭޙަތްވެސް އަޑު އެހުމެތްނެތްތޯ؟
މިދިޔަ ޖަނަވަރީގަ ކަލޭ ބުނީ އެންމެ ސީރިއަސް ހާލަތަށް ތައްޔާރުވެ ނިމިފައޭ އޮތީ. މިހާރު ކީކޭ ތިކިޔަނީ؟ ބޮޑު މުސީބާތެއްނު ތިކަނޑާހާ ފޮންޏަކާހެދިވެސް.
ޔާމީން 7000 ފްލެޓް އެޅިޔޯ ހުޅުމާލޭގަ ... ޢަހާބަލަ 1000 ހަމަވޭތޯ؟
ގާޟިމް ބަންދު ކުރި ރިޒޯޓް ހޯދަބަލަ
އަދިވެސް ކޮޓަރިތަ އަޅޭ ފަހެ މިބަލާވެރި ސަރު ކާރުން ކީއްވެތަ ރައްޔަތުންނާއި އިލްމުވެރިންގެ ބަސްނާހަނީ.
ބަޔަކަށް ފައިސާތަކެއްދޭން ރެޑީވަނި ތަ؟1000 ކޮޓަރި މާލެ ކައިރިޔަކުންނުލިބެނެ . ބައެއް ރިސޯޓް ތައް ބަންދުކުރަންޖެހޭތީ ރެސޯޓް ތަކުގެ ރޫމް ތައް ކުއްޔަށްހިފައިގެން ފައިސާ ދޭނެ ގޮތެއްރަވަާލީތަ؟ ބަލަގަ ހުޅުމާލެ އެޕާޓްމަންޓްތައް ރެޑީކޮށް 1000 ކޮޓަރި ނަގަންވިއެއްނު. އަވަހަށް 1000 ކޮޓަރި ރެޑީކުރަން ފަށާ ގިނަދުވަހެއްނުނަގާނެދޯ ،
އިރާދަ ކުރެއްވިއްޔާ މިމީހުން ރައްޔިތުންނާ މެދު މިވާ އިހްމާލު ދެން އަންނަ ސަރުކާރަކުން ބަލާ ހަރުކަށި ފިޔަވަޅު ތަކެއް މިމީހުންނަށް އަޅާނެ
ބުންޏެއްނު ތައްޔާރު ވެގެންނޭ މިތިބީ. ތަނެއް ރާނައިގެންވެސް ތައްޔާރު ކުރާހާ ދުވަސް ވެއްޖެ. ކަމެއް ކުރެވޭތޭ. ރ. ޔާމީން ފަހާދުވުންނޫން ކަމެއް އެބަވޭތޭ. އިސްތިއުފާދިނިއްޔާ ބޮލަށް ފަސޭހަވާނެ. ކަންކަމާއި ޙަވާލުވެފައި ނުކުރެވެންޏާ އެވާހަކަ ދައްކާނެ ކަމެއް ނޭނގޭތޭ