މެލޭޝިއާ އާއި އިނގިރޭސިވިލާތުން ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފިއެވެ.

އެކަން ހާމަކޮށްފައި ވަނީ މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކެެރެޓަރީ މަބްރޫކް އަޒީޒް ވިދާޅުވީ، މިރޭ އިރުއޮއްސި 6:00 އިން ފެށިގެން ވަގުތީ ގޮތުން މެލޭޝިއޭއިން އެއްވެސް ބިދޭސީއަކަށް ރާއްޖެއަށް އެތެރެ ނުވެވޭނެ ކަމަށެވެ.

"ބިދޭސީ އެއްވެސް ފަރާތަކުން ނުވަދެވޭނެ، ދިވެހިން އައިސް 14 ދުވަހުގެ ކަރަންޓީންގެ މުއްދަތަކަށް ތިބެން ޖެހޭނެ ގޮތަކަށް،" މަބްރޫކް ވިދާޅުވިއެވެ.

މީގެ އިތުރުން މަބްރޫކް ވިދާޅުވީ، މި މަހުގެ 19 ވަނަ ދުވަހުގެ 00:00 އިން ފެށިގެން ރާއްޖެއަށް އިނގިރޭސިވިލާތުން ބިދޭސީން އެތެރެ ނުވެވޭ ގޮތް ހަދާފައިވާނެ ކަމަށެވެ.

"މީގެ ފަހުން ރާއްޖެއަށް އިނގިރޭސިވިލާތުން ޓްރާންސިޓްވެގެން އަންނަ އެއްވެސް ބިދޭސީއަަކަށް ނުވަދެވޭނެ". މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ގައުމުން ރާއްޖެއަށް އަންނަ ދިވެހިން އަންނާނީ 14 ދުވަހުގެ ކަރަންޓީނަކަށް ކަމަށެވެ.

ރާއްޖެއަށް މީހުން އެތެރެވުން މަނާކޮށްފައިވާ ގައުމުތަކުގެ ތެރޭގައި، ބަންގްލަދޭޝް، ޗައިނާ، އިޓަލީވިލާތް، އަދި ބްރެޒިލް ހިމެނެއެވެ.

މިހާތަނަށް ރާއްޖެއިން މިބަލި ޖެހިފައިވާ 13 މީހުްނ ފެނިފައިވާ އިރު އެ އެންމެންނަކީވެސް، ފަތުރުވެރިންގެ ގޮތުގައި ރާއްޖެއަށް އެތެރެވެފައިވާ މީހުންނާއި، ފަތުރުވެރިންގެ ކިބައިން މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ރިސޯޓު މުވައްޒަފުންކަން ފާހަގަކޮށްލެެވެއެވެ.

"ކޮވިޑް-19" ރާއްޖެއިން ފެނުމާއި ގުޅިގެން ދިވެހި ސަރުކާރުން އަންނަނީ މި ބަލި އިތުރަށް ފެތުރުނަ ނުނިދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ހުސޭނުބޭ

  މީ ހަމަ ބުރާންތި ސަރުކާރު! މެލޭޝިޔާ އަމިއްލައަށް ލޮކްޑައުންކުރީމާތަ ތިކަން މަނާކުރަނީ! ކަރާ އަލީވަހީދަށް އެނގޭނެ ކަމަކީ ހަމައެކަނި ކިއްލިތެޅުން!

  7
  1
 2. މިއަދު

  މެލޭސިޔާގައި އެބަތިބި ވ ގިނަދިވެހިން މިހާރުގެ ހާލަތުގައި ރާއްޖެ އަންނަންބޭނުންވެފައި އެފަދަމީހުން ގެނަސްދިނުންއޮތީ ކިހިނެއްތޯ؟

 3. ފުންމާލި ކެޕްޓަން

  މެލޭޝިޔާގައި ހުންނަ އެންބެސަޑަރު މިރޭ ސިންގަޕޫރު މަގުން މާލެ އަންނަކަމަށް ހަބަރުލިބޭ. އޭނާވެސް ކޮރަންޓީނަށްބާ

 4. ޢާދަނު

  މެލޭޝިއާ އަދި އިނގިރޭސިވިލާތް އެގައުމު ތަކުން އަމިއްލައަށް ލޮކްޑައުން ކުރީމަ ދެން ރައްޔިތުން އޮޅުވާލަން ފަޅޮލެކޭ ކަރައެކޭ ކިޔާނެ ކަމެއްނެތް