ގއ. ދެއްވަދޫގައި ބައްޕައަކު އަންހެން ދަރިފުޅަށް ހަމަލާދީ އޭނާގެ "ނުލަފާކަން" ދައްކާލައިފިއެވެ.

މިހާރު މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި ބައްޕަ ދަރިފުޅަށް ހަމަލާ ދޭން މަސައްކަތް ކުރަނީ ބައްޕަގެ ނުރުހުމުގައި މީހަކަށް ނަންބަރު ދިނުމުން ކަމަށް ބެލެވެއެވެ.

ވީޑިއޯ ފެށޭތަނުން ބައްޕަ ދަރިފުޅަށް ހަމަލާ ދީފައިވަނީ ލަޓިބުރިއަކުންނެވެ. ނަމަވެސް އޭގެ ފަހުން ހަމަލާ ދޭ މަންޒަރެއް ވީޑިއޯ އަކުން ނުފެނެއެވެ. ބައްޕަ ވަނީ ދަރިފުޅު މަރާލާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

ބައްޕަގެ ކިބައިން ދަރިފުޅު ސަލާމަތް ކުރަނީ އެގެއަށް ވަންނަ ފިރިހެނެކެވެ. އޭނާ ބައްޕަ އަށް ހުރަސް އެޅުމުން ބައްޕަ ވަނީ ލަޓިބުރި ހިފައިގެން މަގުމައްޗަށް ނިކުމެ ގޯތީގެ އެހެން ދޮރަކުން ވަދެ އަނެއްކާވެސް ދަރިފުޅަށް ހަމަލާދޭން މަސައްކަތް ކޮށްފައެވެ. ނަމަވެސް މަގުމަތީގައި ތިބި މީހުން ވަނީ އޭނާ އަށް ހުރަސް އަޅާފައެވެ.

މިމައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމެއް ނުވަތަ ނޫންކަމެއް ވެސް އަދި ކަށަވަރެއް ނުވެއެވެ.

ނޯޓް: މިޚަބަރުގައި ވީޑިއޯ ހިމަނާފައި ނުވަނީ ވީޑިއޯގައި ބޭއަދަބީ ބަސްތައް ބޭނުންކޮށްފައި ވާތީއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. ??

    Hehe Ma gaathah aii hini mi liyun kiyaaafa

    • އ

      އަނިޔާއެއްދޭން އުޅުނު ކަމުގެ ވާހަކަ މިއީ ހޭކައްނުވާނެނު.

  2. އެއްމެން

    ބައްޕަ އެހާ ރުޅިގަދަވީ ކީއްވެބާ. ތިޔަ އާއިލާ އަށް ޚާއްސަ އެހީ ދޭންޖެހޭ ކަމަށް ބެލެވޭ.

  3. ހުސްނާ

    ޢަޑުނުލާވެސް ވީޑިއޯ ހިމަނާލިނަމަ

  4. ދެއްވަދޫ މީހެއް

    އަންހެންކުއްޖާގެ ބައްޕަ އަކީ ތަފާތު އެކިއެކި މައްސަލަ ތަކުގައި މީގެ ކުރިން އެތަކެއް ފަހަރު ފުލުހުން ހައްޔަރުކޮއް ކޯޓުން އެތަކެއް ހުކުން ތަކެއް ކޮއްފައިވާ މީހެއް. މިއީ މަލޭ މީހެއް މައްސަލަ އެއްގައި ދެއްވަދޫ އަށް އަރުވާލުމުން އެރަށުން މީހަކާ ހިތާވެ އަންހެން މީހާ އަށް އިންދެގެން ދަރިން ހޯދައިގެން ދިރިއުޅެމުން އަންނަ މީހެއް. ތެދު ތެދަށް ބުނާ ނަމަ ތި ފިރިހެން މީހާ އަކީ ދެއްވަދޫ ޒުވާނުންގެ ތެރެއަށް މަސްތުވާތަކެތި ތައާތަަފްކޮށް ގިނަ އަދަދެއްގެ ޒުވާނުން ހަލާކުރި މީހާ

  5. އަންނިބެ

    އަނެއް ދިވެހިރާއްގޭގަ ވެސް ވަރަށް ލަކުޑި ގިނަވާނެ،، ތަޅާނެ ކުދިންކޮޅެއް ބޭނުންވާނެ،...

  6. ގޮނާސަކް

    ދެއްވަދޫގައި ބައްޕަ އަކު ދަރިފުޅަށް "ނުލަފާކަން ދައްކާލައިފި" ނަމަ މިކަމަކީ އެއީ އެއްގޮތަކަށް ވެސް މަމެންނަށް ގަބޫލު ކުރެވޭނެ ކަމެއް ނޫނޭ ދަރިފުޅު އަތަށް ފޯނެއް ދިނުމުގެ ކުރިން ފޯން ބޭނުން ކުރާނެ ގޮތުގެ ގައިޑް ލައިންސް ދަރިފުޅަށް ކިޔާދީ ހަދާ އަދި އެއިންސްޓްރަކްޝަން ޑެއިލީ ރިމައިންޑަރ އެއްގެ ގޮތުގައި ދެމުން އަންނަ ނަމަ ދަރިފުޅު އެއަށް ތަބާވާނެއޭ އެއީ މައިންބަފައިންގެ ޒިންމާ އެކޭ. އެކަން މައިން ބަފައިން ނުކޮށް ދަ ރައްޖެތެރޭގައި ތިބޭ ގަމާރު މައިން ބަފައިން ދަރިން ގޯސް ކަންކަން ކުރުމުން ދަރިން ގައި ގައި އަތުން މަޑު މަޑުން ކަންފަތު ފޫޅުގައި ހިފާލާ ނަސޭހަތް ދިނުމުގެ ބަދަލުގައި ބޮޑެތި ލަޓި ބުރިން ދަރިފުޅަށް ޖސިްމީ އަނިޔާ ދޭ ގޮތަށް ތެޅުން އެއީ އެމެންގެ އެއް ހިއްސު މަދުވެފައި އެމެން ގަމާރުވެަފައި އަދި ބީތާ ވުމުން ވާކަމެކޭ. މަމެން މިބުނަނީ އޭ ދަ ރާއްޖެތެރޭ އާލާތުން ކިޔެވި ނަމަވެސް 1000 އިން އެކަތި ހުންނާނީ ސެންސް މޭކް ކުރާ އުސޫލުން ވިސްނާ އެއްޗެއް ދެން ތިބޭނީ އީގޯ ސިންްޑްރޯމް ޖެހިފައި ތިބޭ އާލާތުން. ތިޔާ ޔާމީން ރަޝީދު މަރުވުމުގެ ކުރިން އޭނާ މައިންބަފައިންނަށް އުޅޭ އާލާތުން ދުނިޔޭގައި ތިބެ ދަރިފުޅަށް ނަސޭހަތް ދީގެން ދަރިފުޅު މާލޭން ބާލައިގެން ރިސޯރޓަކުން ވަޒީފާ އެއް ހޯދާ ނުދިނީ ކީއްވެތޭ އެމެންގެ ދަރިފުޅު މީހަކާއި ނުއިންނަ އިރު. އެމެންނަށް ހީވަނީ އިނގިރޭސިން ދެތިން އެއްޗެއް ބްރޯކެން އިންގްލިޝް ބޭނުން ކޮށްގެން ލިޔަން އެނގުމުން އެއީ މާ މޮޅު ބަޔަކަށް ވީތޭ އެއީ ބޮޑެތި ކަނޑުކޮހުން ދޯ. އިޓްްސް މޭކިންގް މީ ބްލަޝް ރާއްޖެތެރޭ އާލާތުން ދިވެހިން ވާހަކަ ދައްކާއިރު ވެސް އަދި އިނގިރޭސިން ވާހަކަ ދައްކާއިރު އޯލްވޭޒް ޔޫޒިންގް ބްރޯކެން އިންގްލިޝް ބްރޯކެން ދިވެހި ދޯ. ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ އިޓްސް މޭކިންގް މީ ބްލަޝް އިޓްސް ގޮނާ ސަކް ދޯ.

    • ޚޖ

      މަާލޭ މީހާ އެކަން ކުރީވެސް

    • ައާއި

      ކޮންމެދުވަހަކު ރާއްޖެތެރޭ މީހުންނަށް ލެއްވިހާނުބައި އެއްޗެއް ގޮވަމުން މިދާ ނިކަމެތި މީހާގަނޑައް ޤިޔާމަތް ދުވަސް އެއީ ވާއެއްޗެއްކަން ހަދާންކޮއްދެން..
      ތި މަލާމާތްކޮށް ފުރަސާރަތިކުރަނީ ގައުމެއްގެ އެތައްހާ މުސްލިމް ރައްޔިތުންނައްކަމާ ތި އިނގިލިތަކުން ތިލިޔާ ހުތުރު ލިޔުންތަކަށް ތި އނގިލިތައް ހެކިވާނެ ދުވަހެއް އޮތްކަން ހަނދާން ކޮއްދެން..
      އަދި ބުނެލަން މިހަބަރުގ އެބުނާފިރިހެންމީހާ އަކީ ދަމާލެޔިޝް މީހެކޭ އެއޮތީ އޭނަ ދަންނަމީހަކު ބުނެފަ.. ދެން ކޮއްޗެކޭ ތިކިޔަނީ.. ކިޔޭ އެއްޗެއް އެނގޭބާ..

  7. އެމެންނޭ

    ދަރިވަރުން އެންމެ ގިނަ މެޑަލް ހޯދީ މި ހަތަރު އަހަރު ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ. އެކަމަކު މިރާއްޖޭގެ ސްކޫލް ތަކުން ނިމޭ ކުދިން ގެ ލައިފް ސްޓައިލް އަދި އުޅޭ ގޮތް ވެސް ވަރަށް ކަމަކު ނުދެއޭ އެމެން ކޮޕީ ޕޭސްޓް ކުރަނީ ވެސް ދުނިޔޭގައި ހުންނަ ބާރބޭރިއަން ސްޓައިލްގެ ކަންކަމޭ. މިރާއްޖޭގެ ސްކޫލް ތަކުން ނިމޭ ކުދިން ކޮޅެއް މަމެންނާއި ދިމާވި އެއް ދުވަހު ރިސޯރޓެއްގެ ސްޓާފް ރޫމް އިން އިންޓާރންޝިޕް އެއް ގައި ބައިވެރިވެގެން އުޅެމުން ކާން އައި ތަނުން ފިރިހެން އަންހެން ދެބައިން. ސްޓާފް މެސް ރޫމް ގައި ނޯޓިސް އެއް ހަރުކޮށްފައިވޭ ކާއެއްޗެހި އިސްރާފު ނުކުރަން. އެކަމަކު މަމެން ބަލަން ތިއްބަ އެމެންނަށް ނުކުވޭ ވަރަށް އަޅައިގެން އެމެން ތައްޓަށް އެޅި ކާއެއްޗެހީގެ ދެބައި ކުޅަ އެއްބައި އަޅާލީ ޑަސްބިނަށޭ ކާން ތިބި މޭޒުމަތިން އެމެން ކައި ނިމުނު އިރު ހީވަނީ ޑަމްޕް ޔާރޑެއް ހެންނޭ ތަށީގައި ސަމުސަލާއި އުލުން ތަޅާ އަޑު ހީވަނީ ރޮކް މިއުޒިކް ކުޅެނީ ހެންނޭ. މިކަން ކަން ސްކޫލް ތަކުން ޑިސިޕްލިން ކިޔާ ލެސަންސް ތަކެއް ސްކޫލް ތަކުން ނަގާ ދޭންވީ ނޫންތޭ. ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ ދަ ރާއްޖެތެރެއަންސް ހޭވް ސްޓިލް ލޯންގް ވޭ ޓު ގޯ ޓު މޭކް ދިސް ކަންޓްރީ އަ ބެޓަރ ޕްލޭސް..

    • ައާއި

      ވ ފޫހި ކިޔާހިއްނުވާ ކޮމެން ކުރާމީހެއް މީވާ..

  8. 3ނިރު

    ޕޮލިހުން އައިސް ލަޓީބުރިއަކުން ތިބުނާ މީހާގެ ގައިގާ ތަޅަންފެނެ އެގިދާނެތާ ތަދުވަންޔާމް

    • ލަޓިބުރި

      ކީއްކުރަން ޕޮލިހުން، ޕޮލިހުންނަށްވުރެ އަހަރުން ލަޓިބުރި ބޭނުންކުރަން ދަށެއްނުވާނެ.

  9. މަ މިއު މަ

    ރާއްޖޭގަ އޮވޭތަ ސޯޝަލް ސަރވިސް އެއް؟ ހިއެއްނުވޭ އޮންނަ ހެނެއް، އޮންނަންޏާމު މިކަމަށް ފިޔަވަޅު އަޅާ. ނެތިއްޔާމު އުފައްދާ. ވަރަށް ކުރިން ފަށައިގެން ވެސް މީހުން ހީކުރޭ އެމީހެއްގެ ދަރިއެއް ގައިގަ އެމީހަކަށް ތެޅޭނެޔޭ. އެއީ އެކަން ވެގެން ވާނެގޮތެއް ނޫން. ދަރިންނަކީ މުދަލެއް ނޫނީ ގެންގުޅޭ ޖަނަވާރެއް ނޫން. މިހެން ބުނާއިރު ހަނދާން ކުރަން ޖެހޭ އަހަކަށް ފެންނުދީ އަނިޔާ ދިން މީހާއަަށް ވެސް ސުވަރުގެ ނުލިބުނުކަން، ވީމާ ދަރިންނަށް ތިކަހަލަ އަނިޔާ ކުރާ މީހުނަށް އޮންނާނީ ކޮން ހުކުމެއް؟

  10. ދިސްވޭ

    ކޮރަޕްޝަން ހުއްޓުވާނަމަ އެމްޑީޕީގެ ވެރިކަމުގައި އެމެން ދައުލަތުގެ ޚަޒާނާއިން ދަވާލާފައިވާ ފައިސާ ކަމަށް އޮޑިޓަރ ޖެނެރަލް ރިޕޯރޓް ގައި ފާހަގަ ކޮށްފައިވާ ހުރިހާ ކޭސް ތައް ޕީޖީ އޮފީހަށް ފޮނުވާ އަވަހަށް އެކޮރަޕްޓް ލޯރޑުން ތަކަށް އަދަބު ދޭންވީއޭ އެއިރުން ނޭ މިކަން ކަން ރަނގަޅު ވާނީ. ކެނެރީގެ ނަޝީދު ކަނޑު ފައްތާ ފިލްމް ކުޅުނީ އެއީ ކޮން ތާކުން އެކަލޭގެ އުފުރާލި ފައިސާ އިންތޭ އެއީ މަމެން ހިތުގައި އުފެދޭ ސުވާލަކީ.

  11. ހިނި

    ރާއްޖެއާއި އިންޑިޔާއެއް ވަކި ދުލެއްނުކުރެ.

  12. މާލެ މޯޑު

    މީނަ އަކީ އުފަން މާލެ މީހެއް. ނުކުރާކަށް ވަކި ކަމެއް ނޯންނާނެ

  13. ޝިއު

    ތީ ދެއްވަދޫ މީހެއް ނޫން. މާލެ މީހެއް.
    މުޅި ދެއްވަދޫ ހަލާކު ކޮއްލި މީހާ ތީ

    ވަގުތު މީހުންވެސް މައުލޫމާތު އޮޅުން ފިލުވައިގެން ލިޔެބަލަ

    • ކެމަލް

      ބުރޯ އެެއްްވެސް މީހަކަ މީހަކު ހަލާކެށް ނުވާނެ

  14. ނާވީ ޙަސަންފުޅު / ރ.އިނގުރައިދޫ

    ތި ބައްޕަޔަށް ކައުންސެލިން ދިނުން ބުއްދިވެރި.

  15. މައިޙާނު

    ގެވެށި އަނިޔާކުރުން މިހާރުން މިހާރަށް ހުއްޓާލާ!

  16. ކިއުންތެރިޔާ

    ތިފެންނަނީކީ ފިރިހެނެއްގެ ނުލަފާކަން ދެއްކުމެއްވެސް ނޫން އަދި ގައްޑާ ކަން

    ދެއްކުމެއްވެސް ނޫން.. ތިޔައީ އެންމެ ފިނޑި "ސިކު " ފިރިހެނުންގެ

    އަމަލްތަށް...............................ކޮބާތަ ޖެންޑާ....!!

  17. ފެނޭދޯ

    ބްރިޖަށް ދަތުރުކުރާ މަގު ފުޅާކުރަން ޗާޓައިމް ތަޅާލައިފި ނަމަ އެއިން މިއެގިގެން ދަނީ ދެން މާލެ ލިޓިލް ޓޯކިޔޯ ސައިލެންޓް ޑްރީމް ކާމިޔާބު ކުރަނީއޭ ކުދިންނޭ ޔޫ ބެޓަރ ޓައިޓެން ޔުއަރ ސީޓް ބެލްޓްއޭ މަމެން ބުނަން ނެތީމު ދޯ. މަމެން މިއުޅެނީ ޓޭކް އޮފް ކުރަން އިނގޭތޭ އެއިޓީން މޫން ސީންގް ރޭސް ދެކެން ދާން ބޯއިސް އެން ގާރލްސް ޓައިޓެން ޔުއަރ ސީޓް ބެލްޓް ސީޓް ބެލްޓް ނާޅާ އެއްޗެހި ތައް ރައްކާވޭ އިނގޭތޭ. ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ.

  18. މެޓް ތަމީމް

    ތިވާނީ ދޮންބަޕަޔަކަށް

    • އޯލްވޭސް ޓްރުތް...

      ދޮން ބައްޕަ އެއްވެސް ނޫން...ބައްޕަގެ ދޮށީ ދަރި...ގެ އަށްވެސް ނަން ދީފަ އޮންނަނީ އެ ދަރިފުޅުގެ ނަމުން..ތި ކިޔާ އުފަން މާލޭ މީހެއް..މދެއްވަދޫޑއަށް މަސްތުވާތަކެތި އެންމެ ފުރަތަަމަ އެތެރެ ކޮށް ދެއްވަދޫ ރައްޔިތުންނަށް މަސްތުވާތަކެއްޗަކީ ކޯއްޗެއް ކަން ދަސްކޮށްދީ ދެއްވަދޫ ރައްޔިތުން ހަލާކުގެ ތެރެއަށް ވެއްދި މީހަކީ ތިބުނާ މާލޭ މުހައްމަދު، މާފަންނު ރަތް ލިލީގެ....ވަރަށް ވާހަކަ މީ....