އައްޑޫ ސިޓީ ހިތަދޫއިން ކޮވިޑް-19 ގެ އަލާމާތްތަކެއް ހުރި ކުއްޖަކު ފެނިއްޖެ އެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުގައި އެ ގެއިން ފެނިފައިވާ އެ ކުއްޖާއަކީ ދާދި ފަހުން އިންޑިއާއިން އައްޑޫ އަށް ދިޔަ ކުއްޖެކެވެ. އެ ކުއްޖާ އިންޑިއާއަށް ދިޔައީ މަންމަ އާއި ބައްޕައާއި އެކުގައެވެ.

އެ ކުއްޖާގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން މިހާރު އެޗްޕީއޭ އިން ބަލަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބޭގޮތުގައި، އެ ކުއްޖާ އުޅެނީ ހުސް އައިސްގެންނެވެެ.

އެ ކުއްޖާ ދިރިއުޅެމުންދާ ގެ މިހާރު ވަނީ "ކަރަންޓީން"ކޮށްފައެވެ. އެ ގެ ކަރަންޓީންކޮށްފައި ވަނީ އެގޭގައި މިވަގުތު ހުރި މީހެއްގެ ކިބައިން، ކޮވިޑު-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނުމާ ގުޅިގެން ޞިއްޙީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށެވެ.

އަދި މިހާރު އެ ގެ ވަނީ 14 ދުވަހަށް ބަންދުކޮށްފައެވެ.

އެހެންވެ އެގޭގައި މި ވަގުތު ތިބި އެއްވެސް ބަޔަކު ވަކިގޮތެއް އަންގަންދެން ތަނުން ބޭރަށް ދިއުމާއި، ހުއްދަނެތި އެއްވެސް މީހަކު ތަނަށް ވަނުން ވަނީ މަނާކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން ސަރުކާރުގެ ބަހެއް އަދި ނުލިބެއެވެ.

މިހާތަނަށް ކޮވިޑް-19 އަށް ރާއްޖޭގައި ފައްސި ވެފައިވާ މީހުންގެ އަދަދަށް ބަލާއިރު 13 މީހަކު ހިމެނެއެވެ. އޭގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. Anonymous

  ބަންދުކުރީ ނަމަކަށްތަ؟ އެގޭ ބޭބެ ނަމާދަށް މިސްކިތައްވެސްދަނީ އެގޭ ބައެއްމީހުން ފިހާރަތަކަށްވެސް ދިޔަ!ގެއާހަމައަށް ނުދަނީސް ސީދާ އެއާޕޯޓުން ކީއްވެތޯ އެމީހާ ނުހިފެހެއްޓީ!މިހާރު އެތައްބަޔަކު މިވަނީ ބިރުވެރިކަމެއްގެތެރޭގަ

  96
 2. Anonymous

  ސަރުކާރު ކީއްތޯ މިކުރަނީ!އެޗްޕީއޭ އިން ކީއްވެތޯ މެސެޖުނުކުރީ! ތިބުނާ ކަމެއް ހިނގާއިރަށް ލައުޑުސްޕީކަރުންވިއަސް ގޮވަމުން މުޅިރަށަށް ނެއެންގީ ކީއްވެބާ!ކޮންޓެކްޓްވާނެހާ ބަޔަކާ ކޮންޓެކްޓްވާން ދޫކޮށްލީ ކީއްވެބާ!

  144
 3. Anonymous

  މިފަދަ ދުވަސްވަރަކު ކީއްވެތަ މީހުން ރާއްޖޭން ބޭރަށް ގޮސްއައިސް މިހަދަނީ. ﷲ އެކުއްޖާއަށް އަވަސް ޝިފާއެއް މިންވަރުކުރައްވައި ވައިރަހަށް ނެގެޓިވް ކުރައްވާންދޭވެ އާމީން.

  113
  6
  • Anonymous

   އެގޮތަށް ދެވޭގޮތަށް ހަދާފަ އޮތީ ސަރުކާރުން! ލޮކްޑައުން ކުރަންވެސް ނުކެރޭ ނާގާބިލު ސުންޕާ ސަރުކާރެއްވިއްޔާ ހޮވާފަމިއޮތީ!އައްޑޫމީހުން ގައިގަ ރީނދޫ އުނގުޅައިގެން އުޅެންޏާ ސަރކާރުގެ ގޯހެއްނުފެންނާނެ

   29
   2
  • އެނޮމް

   ކަލޭ ނުބުނެގެން ޝިފާ ނުލިބި ލަސްވީ

 4. ޢަހުމަދު

  އެހެންވީމާ ޗައިނާ ގައި ހަދާގޮތަށް ދޮރުފަތުގައި ވެލްޑިންކޮށް ނުނިކުމެވޭނެ ހަދަން ޖެހެނީ

 5. އެނޯ

  ބައިނަލްއަޤުވާމީ ބަނދަރުތަކާއި ޔޮޓް މެރީނާތައް ރާއްޖޭގައި ހުރި ތަންތަނުގައި މާލެ ސަރަހައްދާއި އެއްގޮތަށް ވަރުގަދަ ސިއްހީ ފިޔަޅު އެޅިފައިވީނަމަ! ބަނދަރުތަކުގައި ހެލްތު ސްކްރީނިންގ، ކަރަންޓީނު، އަދި އެހެންވެސް ވަޞީލަތްތައް ގާއިމު ކުރެވިފައިވީނަމަ! ވަރައް އުފާވީސް، އެންމެންވެސް! މިވަޞީލަތްތައް ގާއިމުކުރަން މިއަދުވެސް ފަށަންވީ. އޭރުން ހަފުތާއެއްފަހުން އެންމެންވެސް ވަރަށް އުފާވާނެ!

  6
  1
 6. ފެއިލް

  ސަރުކާރު ފެއިލް ވަމުންދާކަން ވަރަށްސާފުކޮށް ފެނޭ އެބަ.

 7. އަހޫ

  އިރު އިރު ކޮޅާ ނިޔުސް ކޮންފަރެންސް ބާއްވާފަ މިކިޔަނީ ކީކޭތަ އަޅެ .އެއާޕޯޓު ތަ،ކުން ބަލަންވާވަރަށް ނުބެލޭތީ އެއް ނުން ރަށާ ހަމަޔައް ދަނީ