ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޮވިޑް-19 ވައިރަހާއި ގުޅިގެން ގައުމުތައް ލޮކްޑައުން ކުރާއިރު ރަސްމީކޮށް ރާއްޖެ ލޮކްޑައުން ނުކުރި ނަމަވެސް މިވަގުތު ރާއްޖެވެސް އޮތީ އެ ހާލަތުގައި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
"މި އިންޖީނު ހުއްޓާލައިފިއްޔާ ދިވެހިރާއްޖެ ހުއްޓޭނެ. ދިވެހިރާއްޖެ ހުއްޓިގެނެއް އެއްވެސް މުވައްޒަފަކަށް ވެސް އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނޯންނާނެ. އެގޮތަށް އަޅުގަނޑުމެން ވިސްނުން ބޭނުންކުރަން ފަށައިފިއްޔާ ކޮވިޑް-19 އަށް ވުރެ މާބޮޑު ބަލިމަޑުކަމަކަށް އަޅުގަނޑުމެން ދާނީ" އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑް-19 ވައިރަސްއާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް ރަނގަޅު ކަމަށެވެ. އެގޮތުން ސައުތު އޭޝިއާގައި އެންމެ ހަރުދަނާ ފިޔަވަޅުތައް އެޅި އެއް ޤައުމަށް ރާއްޖެ ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއްވެސް މީހެއްގެ ވަޒީފާ ގެއްލި، މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތައް ހާލުގައި ޖެހެން ސަރުކާރުން ދޫކޮށްނުލާނެ ކަމަށް މިނިސްޓަރ އަލީ ވިދާޅުވިއެވެ.
މިވަގުތު ދިމާވެފައިވާ ހާލަތުން އަރައިގަތުމަށް ކެތްތެރިކަމާއި އެކު މަސައްކަތްކޮށް، ފައްސި (ޕޮޒިޓިވް) ވިސްނުމެއްގައި ތިބުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ. އެހެން ނޫންނަމަ ކޮވިޑް-19 އަށްވުރެ ބޮޑު ބަލިމަޑު ކަމަކަށް ހިނގައިދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ސަރުކާރުން ވަނީ ސްޕެއިން، ބަންގްލަދޭޝް، އިޓަލީ، ޗައިނާ، ދެކުނު ކޮރެއާ އަދި ޖަރުމަނުގެ ބައެއް ހިސާބުތަކުން ފަތުރުވެރިން އައުން މަނާ ކޮށްފައެވެ.
އެހާލަތުގަ އޮތިއްޔާ ލޮކްޑައުން ނުކޮށް ތިއުޅެނީ ކޮން ބޮނޑިއެއް ބޯްންވެގެން. ފައްސިވާވަރު ގިނަކޮށްލަންވެެންތަ؟
މީނަޔާ މެދު ފިޔަވަޅު އެޅުމެއް ނެތްތަ ގައުމުގައި މިހާލަތު އިއުލާން ކުރުމުންވެސް މި މަނިކު މިކުރަނީ ކީއްތަ. ކުރީގަ ގޮވީ ބޮއިކަޓްކުރަން އޭރު ހުއްޓުމަކައްނާދޭ ދެބޯގެރި ކަލޭ މިގައުމު މިހާލަރައް ގެނައީ ހަލާކުހުރި ކަލެއަށް
ނޫނޭ މީހުންވެސް ތިބޭ ރުފިޔާ އައް ބޫޓް ކައިފަ ހުދުތިމާ މީހާގެ ރައްކާ ތެރިކަމައް ވެސް ނުބަލާ ހާލް ތިމާމީހާގެ މައިން ބަފައިންނާއި އަނބިދަރިން ދެކެ ކޮންމެވެސް ވަރަކައް ލޯބިވާން ޖެހޭނެ އިންސާނާ
އެއީ ދައުލަތުގެ ބޭކާރު ހަރަދުބޮޑުވުމުން މިފަދަ ދަނޑިވަޅުތަކުގައި އެކަން ހާމަވާނެތީވެ އެބޭފުޅުން ކާން ލިބޭ ފައިސާކޮޅު އިތުރުކުރުމަށް ލޮކްޑައުން ނުކުރަނީ. އެމީހުންނަށް ހެޔޯ ރިސޯޓު މުވައްޒަފުން މަރުވިއަސް އެމީހުންނަށް ލާރިކޮޅު ލިބެންޔާ
ތިހެންކަމަށްވަންޏާ ބުރުގާނާޅާ ކުރުހެދުން ލާފަވެސް ބުނެވިދާނެ މިހިރީ ނިވާކޮށްގެނޭ ތިހެން ލޮކްޑައުންނުކުރިއްޔާ ރަނގަޅީ
މިހާރު ރާއްޖެއަށް ގިނަ ގައުމުތަކުން ނާދެވެނީ އެގައުމުތަކުން ލޮކްޑައުން ކޮށްފަވާތީ!ރާއްޖެއިން ކަމެއްކޮށްފިތަ!އަދިވެސް އޮޅުވާލަންއުޅޭ! މިއޮތީވާ ސަރުކާރެއް ހޮވާފަ
ސަރުކާރުގެ ފިޔަވަޅުތަށް ވަރަށް ރަނގަޅު. އަހަރެމެން އެންމެންވެސް ބޭނުމީ މި ބަލާވެރިކަމުން މިންޖުވާން.
އާންމުން ބޭރަށް ނުކުމެ އުޅުން މަނާކޮށްދީ. ހޮޓާ ރެސްޓޯރެންޓްތައް ބަންދުކޮށްދީ.
ޓުއަރިޒަމް ސަލާމަތް ކުރަން ބޭނުން ނަމަ ލޮކް ޑައުން ކުރޭ.....
އިޤްތިޞާދު ސަލާމަތް ކުރަން ބޭނުން ނަމަ ހަމައެކަނި ޓުއަރިޒަމްއަށް ބަރޯސާވުން ހުއްޓާލަން ޖެހޭ
މިފަހަރު މިލިބޭ ފިލާވަޅުން އިބުރަތް ހާސިލްކުރިއްޔާ ރަނގަޅު
ކޮބާ މިގައުމުގެ އިގްތިސާދީ މާހިރުން ކެރެންޏާ ޖަވާބުދީބަލަ...މިގައުމުން މި ވައިރަސްް ފެނުމުގެ ކުރިން ލޮކް ޑައުން ކުރުމުން އިގްތިސާދީގޮތުންވާ ގެއްލުންތޯ ބޮޑުވާނީ ޫޫީީ މިހާރުު ލޮކް ޑައުން ކުރުމުންވާ ގެއްލުންތޯ....ނޫން ނަމަ އަވަހަށް ބަނޑަށް ޖެހޭނީ އެއިރު ކުރީމަތޯ ނޫނީ މިހާރުތޯ...ޖަވާބުދީ....ގައިމު މިހާރުވެސް އޭރު ލޮކްޑައުން ކުރުމުން ނުދާނެ އެތައް ހަރަދެއްގޮސް ނުހުއްޓޭނެ އެތަށް މަސައްކަތެއް ހުއްޓިއްޖެ....މުޅިސަރުކާރު އިސްތިއުފާ މަޖްލިސް އާއި އެއްކޮށް....މިލިޓަރީ ވެރުކަމަކަށް ގެނައުމަށް ގޮވާލަން....ގައުމު ދެން ހަމައަކަށް އެޅުވޭނެ ބައެއްކަމުގައިި ދިފާއީ ބާރު ގަބޫލުކުުރަން...
ކަރާ ތިކީ އެއްޗެއް އެގުނުތަ އެކަކަށްވެސް ރާއްޖެ އަށް ބޭރުމީހުން ނައުމަށް ގޮވާލާ ޓުވެރިޒަމް ބޮއެކޮޓް ކުރަން ގޮވީ ބޭރު ގައުމުތަކަށް ގޮސް ކިހާވަރެއްކުރި ގެސްޓުން އަޔަނުދިނުމަށް ކަރަލާ ކަލޭ އޭރު ބޭނުންވީ މިފަސް ގަނޑު ހަލާކުކޮށްލަން ދޯ މިއަދު ކަލޭގެ އިހުމާލުން ކަމުގަ ކަލޭ ގަބޫލު ކުރަންތަ
މިވަގުތަށް ހަމައެންމެ ރަގަޅީ ލޮކްޑައުން ކުރިއްޔާ. ފަހުން ބަލިމީހުން ގިނަވީމަ ދެން ކުރަންޖެހޭ ހަރަދުތައް މާބޮޑުވެދާނެ. ފަތުރުވެރިކަން ނޫނަސް އެހެން ދިމާތަކުން ރާއްޖެއަަށް އާމްދަނީ ވަންނާނެ މައި އެހެން މަގުތައް ހޯދުމަށް ސަރުކާރުން މިހާރު ވިސްނަން ވެއްޖެ.
ވަރަށް ރަނގަޅު މިމީހުން ދަނޭ ވާހަކަ ދައްކަން. ސަރުކާރު ފެއިލް އިސްތިއުފާ.
މިހާރު ދުނިޔޭގެ ގިނަ ގއުމު ތަކުގާ ބަލި ވަނި ފށިފާ ވިއިރު މީހންއައުން ނުހުންޓުވަންވި ސަބަބެއްބެތް .ލަންކަ ވެސް އެއާޕޯޓް ބަންދުކޮށް އެއްކޮށްދަތުރު ހުއްޓާލީ
ގަޓް ޔާމީންނަމަ މިހާރު ލޮކްޑައުން ކޮށްފީސް
ގެރިސްތާނު މީހުން މިތަނަށް ނާދެވޭގޮތަކަށް ތަޅެއް ނޭޅުވޭނެ! އެމީހުން ތަޅުހުޅުވާނެ ކިތަޢްމެ މޮޅު ތަޅެއް ލިޔަސް!
އަހަރެމެން ރިސޯޓް ބޯއީން މި ކުރާ ޖިހާދު އެއްވެސް ބައެއް ބަލައެއް ނުގަނޭ.
ހައި ރިސް ކް އޭރިއާގެ.
މުސާރަ ވަނީ ކުޑަ.