ދުނިޔޭގައި ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެއިން ވެސް ފެނިފައިވާ ދަނޑިވަޅެއްގައި، އއ. މަތިވެރިން އެ ބަލީގެ އަލާމާތްތަކެއް ފެނިގެން ޓެސްޓު ކުރި އެންމެން ވެސް ބައްޔަށް ނައްސި (ނެގެޓިވް) ވެއްޖެއެވެ.
މަތިވެރިން އެންމެ ފުރަތަމަ އަލާމާތްތައް ފެނުނީ ދެ ފަތުވެރިއެއްގެ ގައިންނެވެ. އެ ދެ މީހުންގެ ގައިން އަލާމާތްތައް ފެނުމުން އެ އާއިލާ އަށް ނިސްބަތްވާ އެހެން މެންބަރުންވެސް ފަރުކޮޅުފުއްޓަށް ގެންދިޔައެވެ. ޖުމްލަ ފަރުކޮޅުފުއްޓަށް ގެންދިޔައީ 8 މީހެކެވެ.
މި މީހުން ޓެސްޓު ކުރުމަށް ގެންދިއުމާއި އެކު ގިނަ އަދަދެއްގެ ގެސްޓު ހައުސްތައް އޮންނަ މަތިވެރިއަށް އަރާ ފޭބުން ވެސް ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ. ނަމަވެސް މި އެންމެން ނައްސިވުމާއި ގުޅިގެން މަތިވެރިއަށް އަރާ ފޭބުމުގެ ހުއްދަ މިހާރުވަނީ ދީފައެވެ.
ރާއްޖެ އިން މިހާތަނަށް 13 މީހަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. ކަރަންޓީންގައި މިހާރު 20 މީހުން، އައިސޮލޭޝަންގައި 12 މީހުން އަދި ހޮސްޕިޓަލްގައި ތިން މީހުން އެބަތިއްބެވެ. މީގެ އިތުރުން އަމިއްލަ ގޭގައި އަދި ރިސޯޓްތަކުގައި ވެސް ބައެއް މީހުން އެކަހެރި ކޮށްފައި އެބަތިއްބެވެ.
ފައްސި އޯ ނައްސި؟
ވަގުތު މީހުނަށްވެސް ނޭނގެ ފައްސި އާއި ނައްސިއެއް... ފައްސި ވީ އޯ އެކަމް ބްރެކެޓްގަ ނެގެޓިވް ޖަހާފަ