އިމާރާތެއްގައި ހުރި މީހެއްގެ ގައިން ސާމްޕަލް ނެގުމަކީ އެ ހިސާބުގަނޑުގެ މީހުން ބިރުވެރިކަމަކަށް ދާން ޖެހޭ ކަމެއް ނޫން ކަމަށް ޑރ.ނަޒްލާ ރަފީގް ވިދާޅުވެއްޖެއެެވެ.

ދަރުބާރުގޭޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޑރ.ނަޒްލާ ވިދާޅުވީ މީހަކު ގޭގައި އެކަހެރިކޮށްފައި (ހޯމް އައިސޮލޭޝަންގައި) ހުރުމަކީ އަވައްޓެރިންނަށް ބިރުވެރިކަމެއް ނޫން ކަމަށާ، އޭނާ އާއި ބައްދަލުވި މީހުން ހޯދާ، އެ މީހުން ގޭގައި އެކަހެރިވުމަށް އިރުޝާދުދޭ ކަމަށެވެ.

ރައްޔިތުންނަށް އޮޅޭ ގޮތަށް ފެތުރޭ ވާހަކަތަކުގެ ސަބަބުން އެއްގެއިން ސާމްޕަލް ނެގުމަކީ އެހިސާބުގެ މީހުންނަށް ބަލި ފެތުރޭ ކަމެއް ކަމަށް ދޭހަވާ ގޮތަކަށް ވާހަކަދެކެވޭ ކަމަށާ، އޭގެ ސަބަބުން މީހުން ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓޭކަމަށް ފާހަގަކުރެވޭ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިހާރު ސާމްޕަލް ނަގާ ޓެސްޓް ކުރަމުން މިދަނީ އަސްލު ކޭސް ޑެފިނީޝަންގެ ތެރެއިން ސަސްޕެކްޓް ކޭސް އަށް ވުރެންވެސް އިތުރަށް އަލާމާތެއް ފެނިފައި އެއްވެސް ޓްރެވަލް ހިސްޓްރީއެއް ހުރެއްޖެއްޔާ. އެހެންވީމަ ވަކި ސަރަހައްދަކުން އަދި މީހެއްގެ ސާމްޕަލް ނެގުމަކީ ކޮންމެހެންނެއް އެ ހިސާބެއްގައި ދިރިއުޅޭ އެންމެންނަށް އެންމެންނަށް ބޮޑު ބިރުވެރިކަމެއް އަންނަ ޖެހޭ ފަދަ ކަމެއް ނޫން." އޭނާ ވިދާޅުވިއެވެ.

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ވެސް އިއްޔެ ބައެއް ސާމްޕަލްތައް ނަގާފައިވާ ކަމަށާ، އެ ސާމްޕަލްތައް ނެގި ކަމުގެ މައުލޫމާތު މީސްމީޑިއާގައި ފެތުރުނީ އެންމެ ރަނގަޅަށް ނޫން ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް ވައިބަރ ގްރޫޕްތަކުގައި އާއި އެކި އެކި ސޯޝަލް މީޑިއާ އިން ފެނޭ، ހުޅުމާލޭގައި މިވެނި ފްލެޓަކުން މިވެނި މީހެއްގެ ސާމްޕަލް ނަގައިފި، މިވެނި ގެއަކުން މީހެއްގެ ސާމްޕަލް ނަގައިފި. އެ ހިސާބުގެ ސަރަހައްދުގައި އުޅޭ އެންމެން ވަރަށް ބޮޑަށް ބިރުވެރިކަމަކަށް ދާގޮތައް ވާހަކަ ދައްކަނީ. ވިލިމާލެއިން ސާމްޕަލް އެއް ނެގީތީވެ މާލޭގެ އެންމެންނަށް މިހާރު ބަލީގެ ފުރުސަތު އޮތް ކަމަށް ވާހަކަ ދައްކަނީ." އޭނާ ވިދާޅުވިއެވެ.

އެޗްޕީއޭއިން ވަނީ ހޯމް އައިސޮލޭޝަންގައި ތިބެން އަންގާ މީހުންނަށް އެޗްޕީއޭގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް އިރުޝާދު ދީފައެވެ. އަދި ހުން އައިސް ކެއްސާ ކިނބިހި އަޅާ މީހުންގެ ތެރެއިން ރާއްޖެއިން ބޭރަށް ދަތުރުކޮށްފައިވާ ފަރާތްތައް ޓްރެވެލް ކްލިނިކަށް އަދި އެ ނޫން ފަރާތްތައް ފްލޫ ކްލިނިކަށް ދިއުމަށް އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

 1. ޗަކޮއެ

  އައިސޮލޭޓްކުރާމީހާ ގޭގަނުހުންނާތީއޭ މައްސަލަ އަކީ. 14 ދުވަހަށް ކަރަންޓީނަށް ގެންދެބަލަ ނިކަން.

  24
 2. ކޮތަރު

  އެކި އެކި ބަސް ބަސް ދިވެހި ކުރުމަކުން އަދި ނުނިމޭ. މިއިން ކޮންމެ ބޭފުޅަކުވެސް ދައްކަވާ ވާހަކައިގެ ދެބައިކުޅަ އެއްބައި މިއޮންނަނީ އިނގިރޭސި ބަހުން. ހީވަނީ ބަޔަކަށް އެއްޗެއް އޮޅުންފިލާފާނެތީ އުޅުއްވާހެން. އެންމެންނަކީ އެއް ފެންވަރެއްގެ ބައެއްނޫން. ބަޔަކަށް ކަމެއް އޮޅުންފިލުއްވައި ދެއްވާނަމަ އަޅުގަނޑުމެންކަހަލަ "ގަބުޅިކަތީބުން" ވެސް އުޅޭނެކަން ހަނދުމަފުޅު ކުރައްވާ.

  12
 3. ކާޅުކެއަސް ސޮއްނުގޮވާ

  ދުނިޔޭގެ ފެންވަރަށް ކޮރޯނާ އަށް ތައްޔާރުވީމަ ގޭގަ އައިސޮލޭޓް ވާނީ . ހެއްހެއްހެއް.

 4. ހާދަހާވާ

  ބިރު ގަންނާނެ! ސަބަބަކީ އެމީހާ ގިނަބަޔަކާ ބައްދަލު ވެފައިވަނިކޮށް ފެއްސި ވެއްޖިއްޔާ ބައްދަލުވިބަޔަކު ބިރު ނުގަންނާނެތޯ! އެދިޔައިީ ބިރުވިއްކަމުން!

 5. Anonymous

  ސާމްޕަލް ނަގަންޖެހޭ އެީހަކާ ދެން ތިބި މީހުންގެވސް ސަލާމަތްތެރިަކން އޮތީ އޭރުން

 6. އަލިބެއްޔާ

  ދިވެހި ބޭސް ވެރިންގެ ޖަމިއްޔާއިން ބުނެފިޔޯ.. ކޮރޯނާ ވައިރަހަށް ބޭސް އެބަހުއްޓޭ ދިވެހި ބޭހުގަ.. ރާއްޖެ މުއްސަދިވާން ރަނގަޅު ފުރުސަތެއްނު.. ބޭސް ވިއްކައިގެން.. މިފެންވަރުގެ ގަމާރުން މި އުޅޭނީ..

 7. މުދިންބެ

  އޮންލައިންކޮއް އާއި ޓީވީ މެދުވެރިކޮއް ކިޔަވައިދެނީއޯ. ދިރާގް އާއި އޫރިދޫ ނެޓް ސުލޯކަމުން ލޯޑްވަނީ އެހާގިނައިރުން. ޓީވީ އިން ފެންނަނީ ކޭބަލްލައިގެން މީޑިއާ ނެޓްއަށް ފައިސާދެއްކީމަ. އަޅެފަހެ މިދަޑިވަޅުގައި މީޑިއާ ނެޓްއާ ވާހަކަ ދައްކައިގެން ފުރީކޮއްލިބޭނެ ގޮތް ހަދައިދީބަލަ. މީޑިއާނެޓް ބަޔެއް ޗެނެލްތަށް ފުރީކޮއްފަ ހުންނަ އިރު ރާއްޖޭގެ ގައުމީ ޓީވީ އާއި ބަޔެއް ދިވެހި ޗެނެލް ޖެހެނީފައިސާ ދައްކައިގެން ބަލަން. މުޅިން ވިޔަފާރި.