ކޮވިޑް-19 އާއި ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވާ ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒްގެ މަޝްހޫރު ކެފޭ، މެރާކީ ކޮފީ ރޯސްޓަ ބަންދުކޮށްފި އެވެ.

މެރާކީ އިން މިރޭ ކުރި ޓްވީޓެއްގައި ބުނީ މިރޭ 21:00 އިން ފެށިގެން މެރާކީ ވަގުތީގޮތުން ބަންދުކުރާ ކަމަށެވެ. މިނިންމުން ނިންމީ ކޮވިޑް-19 އިން މުޖުތަމަޢު ރައްކާތެރި ކުރުމުގެ ގޮތުން ކަމަށް ވެސް އެތަނުން ބުންޏެވެ. ވައިރަސް ފެތުރުން ހުއްޓުވަން އެކަކު އަނެކަކަށް އެހީތެރިވުމަށް ވެސް މެރާކީގެ ޓްވީޓްގައި އެދިފައި ވެއެވެ.

ބުރާސްފަތި ދުވަހުން ފެށިގެން ސަރުކާރު ބަންދު ކުރުމަށް ނިންމިކަން މިއަދު އިއުލާން ކުރުމަށްފަހު ޗުއްޓީ ހަފްތާގައި ކޮފީއަށް ނުދިއުމަށް މަބްރޫކް މިއަދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

"މިއީ މޫދަށް ދާކަށް، ކޮފީ ޓޭބަލް އަށް އަރާކަށް ބަންދުކުރާ ދުވަސްތަކެއް ނޫން. މި ދުވަސްތަކަކީ ގޭގައި ތިބޭ ދުވަސްތަކެއް،" މަބްރޫކް މިއަދު ވިދާޅުވިއެވެ.

މިރޭ ނޫސްވެރިންނާއި ބައްދަލު ކުރައްވާ މަބްރޫކް ވިދާޅުވީ މާލޭގެ ހުރިހާތަނެއް ބަންދުކޮށް މުޅިން ލޮކްޑައުން އަކަށް ދިއުން އެއީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި ނަމަވެސް އާއްމުންގެ ދިރިއުޅުމާއި އެހައި ބޮޑަށް ގުޅިފައި ނެތް ތަންތަން އަމިއްލަ ޒިންމާއެއް ކަމުގައި ދެކިގެން ބަންދު ކުރުން އެއީ ވަރަށް އެދެވިގެންވާ ކަމެއް ކަމަށެވެ.

ސަރުކާރުން ނޭނގި ނަމަވެސް މާލޭގެ ޖިމްތައް ވެސް ބަންދު ކުރަން ޖިމްތަކުގެ ވެރިން ނިންމިކަން ފާހަގަކޮށް މަބްރޫކް ވަނީ އެފަދަ އެހެން ޚިދުމަތްދޭ ތަންތަން ވެސް ބަންދު ކުރުން ރަނގަޅު ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހަމްދު

    ލާދީނީ ޖަގަހަ އަކީ މީނަގެ ތަނެއްތަ؟ މި ފިކުރުގެ މީހުން މިތިބެނީ ސަރުކާރުގެ ގޮށްމުށްތެރޭ ފިލާ. ޔާﷲ އެޖަންޑާ19 އާއި ކޮވިޑް ނަވާރައިން މިގައުމު ސަލާމަތް ކޮށްދެއްވާންދޭވެ.

    39
    4
  2. ބުުއްޅަ އެކުސް

    އަޅޭ މަބްރޫކްގެ ތަނެއްކަން އަދި ކިރިޔާއޭ މި އެގުނީ ފަހުން ގުޅަންޗޭ ކޮފީއަކަށް ދާން???

    19
    2
  3. ނީމްބިޓު

    އަޅޭ ދެރަވެގެންގޮސް ރޮވިއްޖެ ފެންނުވަރާ ކުދިން ދާވަރުންތަ ތިބައްދު ކުރީ އަތް ދޮވޭ ސައިބޯނި ލައިގެން ހުރިހާ ކުދިން

    19
    1
  4. ފިނރުޓޭ

    މިހާރު ބައެއް މީހުން ކިޔާ ކޮވިޑް މަބޫ ދޯ؟ ދެން ބައެއް މީހުން ކިޔާނެ ކަންނޭނގެ ކޮވިޑް ކެފޭ އޭވެސް ދޯ؟

    5
    2
  5. ބޮލި މުލައް

    ކަމަކީ ރުފިޔާ ހޯދަން ކުރި ކަމެއް މިހާރު ރުފިޔާ ލިބޭނެއްނު
    ހަނާވާނީ ނިކަމެތި ސިވިލްސާވަންޓުން

  6. މިއަދު

    އަޅުގަނޑުވެސް ކެފޭއެއްހިންގަން އެތަންވެސް ހުއްޓާލަން ވ ބޭނުން އެކަމު މައްސަލައަކީ އެތަނަށް ދޭންޖެހޭކުއްޔާއި އެތަނުގެ މުއައްޒަފުންގެ މުސާރަ އަދި ސަރުކާރަށް ދައްކަންޖެހޭ ބިމުކުއްޔާއި ކެފޭހިންގުމަށް ސަރުކާރަށް ދައްކަންޖެހޭ 2000ރ ގެއިތުރުން ތަނުގެ ކަރަންޓްބިލުވެސް ދައްކަންޖެހޭތީ މިހިރަ މިހިރަ ކަންތައްތަކަށް ދުނިޔޭގެ ގައުމުތަކުގެ ސަރުކާރުތަކުން އެތަންތަނުގެ ރަޢިއްޔަތުންނަށް ބޮޑެތި އެހީތަށްވާއިރު ދިވެހިސަރުކާރުން ރަޢިއްޔަތުންނަށް އެހީތެރިކަމުގެ އަތެއްގެ ކުޑައިނގިލިވެސް ދިއްކޮށްނުލާކަން

  7. އ. ޖ. އ

    ވަރަށް ވިސްނޭ.. ހެޔޮ ރަހްމަތް ލައްވާށި