ކޮވިޑް-19 ޖެހުނު މީހަކާއި ބައްދަލުވި ތިން ދިވެހިން ގައިން އަލާމާތްތައް ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ 3 ދިވެއްސެއްގެ ފުށުން ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތްތައް ފެނުމުން، ސާމްޕަލް ނަގައި، ޓެސްޓްކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށެވެ.

އެ 3 މީހުންވެސް އެކަހެރިކޮށް، މިހާރު ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އަލާމާތްތައް ފެނުނީ ކޮންތަނަކުން ކޮވިޑް-19 އަށް ފައްސިވި މީހަކާއި ބައްދަލުވި މީހެއްކަން އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.

މިހާތަނަށް ރާއްޖެ އިން 13 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. މިހާރު ފަރުކޮޅުގައި އެކަހެރިކޮށްފައި 25 މީހުން އެބަތިއްބެވެ. އަދި ހުޅުލޭ އައިލެންޑް ހޮޓެލްގައި 27 މީހުން އެކަހެރި ކޮށްފައި އެބަތިއްބެވެ. ކޮވިޑް-19 ގެ އަލާމާތްތައް ފެނިގެން މީހުން ދިރިއުޅޭ ބައެއް ރަށްރަށާއި ރިސޯޓްތަކުގައި ވެސް މީހުން އަމިއްލަ ގޭގައި އެކަހެރި ކޮށްފައި ވެއެވެ.

ޑިސެމްބަރު މަހު ޗައިނާގައި ފެތުރެން ފެށި ކޮވިޑް-19 މިހާތަނަށް 196000 އަމީހުންނަށް ޖެހިއްޖެއެވެ. މިހާތަނަށް ބަލިން ރަނގަޅުވީ 81600 މީހުންނެވެ. މިހާތަނަށް މަރުވި މީހުންގެ ޖުމްލަ 7927 އަށް ވަނީ އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކާފަ

    ޙޯމް އަިސޮލޭޝަން، ކޮބާ އަތައްގޮވަނީދޯ، .... ދެނވެސް ތި ގެސްޓުން މިޤައުމަށް ގެނަޢުން ހުޓާލަބާލަ...

    34
    4
  2. އަންޑޭ

    މާލޭގައި ކިހިނެއް؟ މި އުޅެނީ ކޮޓަރިއެއްގަ 15-20 މީހުން

    29
  3. ރަހުމަ

    ތިމީހަކާބައްދަލްވިތަން. ނުބުނެ ސިއްރުކުރުމަކީ ހިންގާޖަރީމާއެއްނޫންތަ.

    33
    2
  4. މަގޭޥޭސް ގައުމު

    ސަރުކާރު މުވައްޒަފުން ގޭގަ. ޙައިރިސްކު ރިސޯޓް މުވައްޒަފުން މަސައްކަތުބަންދުގަ. ކޮން ކަހަލަ ނުބައި ވިސްނުމެއް. ޢެންމެން ވައިރަސް އައް ފައްސި ނުވަނީސް ގައުމު ލޮކުޑައުން ކުރުމައް ގޮވާލަން. ޓޫރިޒަމް ހިންގޭނީ ހެޔޮހާލުގަ ތިބެގެން.

    15
    2
  5. ނައީމް

    އަދިވެސް ރަށްފުށުގަ ހަރުކަށި ކޯށް ޗެކްކުރުމެއް ނުހިގާ މާނައަކީ ސަރުކާރުން މެސެޖު ފޮނުވާލި ކަން ފިޔަވާ އިތުރު އެއްވެސް ކަމެސް ކައުން ސިލަކާއި ހިއްސާއެއް ނުކުރޭ ރަށްފުށުގަ ކައިރި ރިށޯޓް ތަކުގަ އުޅޭ ކުދިން ހިތަށް އެރި ފަހަރެއްގަ އެހެރަގެން އަންނަނީ އިތުތު މީހުންވެސް ގޮވައިގެން ގޭމީހުނާއި އެކު ދަތުރުވެސް ދަނީ ކައުންސިލުން ބުނަނީ އަންގާފަނެތޭ ވަކިގޮތަކަށް މިތަނުން އަމަލްކުރާކަށެއް ދެން މިހަދާ ގޮތަކީ ރައީސް ޔާމީނަށް ތާ އީދުކުރާ ހާޑު މީހަކު ވިއްޔާ ދަނޑިވަޅު ބަލާފަ އަންގަނީ މަރުކަޒަށް ޓެސްޓް ކުރަންދާން ކިހާދެރަ ކަމެއް އައްނިގެ ދައްޖާލުކަން ރީދޫ ފިކުރުން ގައުމު ހަލާކުވެފަ.

    1
    2
  6. ޝައްފަ

    އިބޫ ގެ އަންހެނުން ފަޒުނާ ގެ ބައްޕަ ގެ ރިސޯޓު ތައް އޮވޭ. އިބޫ ގެ ބޮޑުބޭ ދޭލިއާ ގެ ރިސޯޓު ތައް އޮވޭ. ދެން ކިހިނެތް ޓޫރިސްޓުން އައުން ހުއްޓާނީ ؟

    2
    1
  7. ތިމަންނަ

    ރާއްޖެއަށް މިބަލި ފެތުރިގެން އެންމެ އަވަހަށްދާނީ ، ބަންގާޅަކަށް ތިޔަބަލި ޖެހުނީމައެވެ. އޭރުން ކޮންޓްރޯލް ކުރަން ވަރަށް ބޮޑަށް ދަތިވެ ، ބަލި ފެތުރިގެން ދާނެއެވެ.