ނިޔާވެފައި އޮތް ދިވެހި ފިރިހެނަކު ވިލިމާލެ އިން ފެނިއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ ކުންފުންޏެއްގެ ވިލިމާލޭ އޮފީހުގެ ސެކިއުރިޓީ އޮފީސަރެއް، ވިލިމާލޭގެ ޖޯއްޔެއްގައި ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ވިދާޅުވީ ވިލިމާލޭގައި މީހަކު ނިޔާވެފައި އޮއްވާ ފެނުނު ކަމަށް ބުނާ މައްސަލައެއް މިއަދު ހެނދުނު 6:13 ހާއިރު ހުށަހަޅާފައިވާ ކަމަށެވެ.

ނިޔާވެފައި އޮއްވާ ފެނިފައިވަނީ އުމުރުން 58 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ވިދާޅުވީ މިހާތަނަށް ބެލި ބެލުމުގައި އެ މައްސަލައިގައި ތުހުމަތުކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމަހުގެ 10 ވަނަ ދުވަހު މާލޭގައި ވެސް ސެކިއުރިޓީ ގާޑެއް ނިޔާވެފައި އޮއްވާ ފެނުނެވެ. އެމައްސަލައިގައި ވެސް ތުހުމަތު ކުރެވޭ ކަމެއް އޮތް ކަމަކަށް ފުލުހުން ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎

    47
    1
  2. މޫސާ

    އެމީހާ ކޮވިޑް އަށް ޓެސްޓްކުރޭ. ބޭރު ގައުމުތަކުގައި ވެސް ކޮވިޑްގެ ސަބަބުން މީހުން މަރުވެގެން ވެއްޓޭތަން ފެނޭ .. އެމީހާއަށް ސުވަރުގެ މިންވަރު ކުރައްވާށި . އާމީން

    39
    2
  3. ވޯޓްވަގު

    ދާދިފަހުން އިންޑިއާގަ ތިގޮތަށް ނިޔާވި މީހަކު ޓެސްޓު ކުރިއިރު ކޮވިޑް 19 އަށް އައްސި ވެފަ ވަނީ، މިދުވަސްވަރު ބުއްދިވެރި ގޮތަކީ އެކަހަލަ ގޮތްނޭގޭ މަރުތައް ވައިރަސް އަށް ފައްސިވޭތޯ ބަލާލުން،
    ޝުކުރިއްޔާ

  4. އަވާ

    إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ‎