ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިއަދު ވިދާޅުވީ އިންތިޚާބު ބާއްވާ ތާރީޚް ފަސްކުރުމަށްޓަކައި މަޖިލީހުން ހައްލެއް ހޯއްދަވައި ދެއްވިދާނެ ކަމަށް މިނިވަން މުއައްސަަސާތަކާއި ބެހޭ ކޮމެޓީން ވިދާޅުވެފައި ވާތީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސްފައިވާ ކަމަށެވެ.

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކޯޓަށް ހުށަހެޅުމުން، އެ ކޮމިޝަންގެ މެމްބަރުން ރޭ ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން، ގާނޫނު ބުނާ މުއްދަތުގައި އިންތިޚާބު ބޭއްވެން ނެތިގެން އެ ކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ކޯޓަށް ހުށަހެޅީ އެއީ ކުރިން ވެސް އަމަލު ކުރަމުން އައި އުސޫލު ކަމަށް ވާތީ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވަނީ ރޭ ކޮމެޓީގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

ނަމަވެސް އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ގެންދަވަނީ އިންތިޚާބު ބާއްވާނެ ދުވަހެއް ކަނޑައެޅުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަމަށް ވިދާޅުވަމުންނެވެ.

އިންތިޚާބެއް ލަސްކުރަން ބޭނުން ވަނީ ގާނޫނީ ފަރުވާއެއް ކަމަށާއި އެއީ ސުޕްރީމް ކޯޓަށް ކުރެވޭނެ ކަމެއް ނޫން ކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އިންތިޚާބު ފަސްކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އަވަސް ކަމާ އެކު އެ ކޮމިޓީން ކުރިއަށް ގެންދާނެ ކަމަށެވެ.

"މި ކަމުގައި ހައްލު ހޯދަން ކޯޓަށް ވަޑައިނުގަތުން. އަޅުގަނޑުމެން ކޮމިޓީގެ ފަރާތުން ގާނޫނަށް ގެންނަން ޖެހޭ އިސްލާހެއް ގެނައުމުގެ މަސައްކަތާއި މި ކަމުގައި ހައްލު ހޯދައި ދިނުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް ދަންނަވަން،" ރޮޒައިނާ ވިދާޅުވިއެވެ.

އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ. ނަމަވެސް ފަހުން ވަނީ ހައިކޯޓުން މައްސަލަ އަނބުރާ ގެނެސް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. Anonymous

  ބަރމިއުޑާ ޓްރޭންގަލްގައި އެއިންނަ މީހާ ދެކެ ހާދަބިރެކޭދޯ ޝަރީފު މިގަންނަނީ.. ސަބަބަކީ ކޮބައިބާއޭ ހީވޭ!!!

  25
 2. ޜެސް

  ހެޔޮނުވާނެ މިކަންތަށް ނިމެންދެން މި އަންނިގެ ކިބައިން އަހަރެމެން ސަލާމަށްވާނެގޮތް ހަދާދީ...

  29
 3. އަހްމަދު

  ޝަރީފޫ، މަޖްލިހުގެ އުސްގޮނޑީގައި އިނުމުން ގާނޫނީ އިލްމުވެރިއަކަށް ނުވާނެއޭ. ޤާނޫނީ އިލްމަކީ ވަކި ދާއިރާއެއް. އެހެންވީމާ ޤާނޫނުގައި ނެތް ހާލަތެއް އަތުވެއްޖެނަމަ ނުވަތަ ޤާނޫނު މާނަކުރުމުގައި ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އެއްބަސްނުވެވޭނަމަ ދެން އެކަން ހައްލުކޮށްދިނުމުގެ އިހްތިސާސް އޮންނަނީ ސުޕްރީމް ކޯޓަށް. މަޖްލިސްގެ އުސްގޮނޑީގަ އިންނަ މީހާއަކަށް ނޫން އެބާރު ލިބިފައިވަނީ. ކަލޭމެން ހާދަހާ ގަމާރުވެފައި ތަންދޮރުނުދަނެއޭމަހިތަށް އަރާ.

  28
  1
 4. ހަސަންބޭބެ

  ދެން މިރާއްޖޭގަ ކޯޓްތަކެއް ހުރުމުގެ ބޭނުމެއްވެސް ނޯންނާނެ. ނަޝީދު (ސާބިތުވެ ފެންނަންހުރި އެތަކެއް ސަބަބުތަކާއި ހެދި) ކޯޓްތަކާއި ފަޑިޔާރުން ދެކެ ވަރަށް ރުޅިއަންނާނެ. މިއަދު ނަޝީދު ދެކެނީ މި ގައުމުގެ ހުރިހާކަމެއްގެ ވެސް ބަސްބުނާން ހުރި ހަމަ އެކަނި މީހަކީ އޭނަ ކަމަށް. ކޮވީޑް 19 ގެ މައްސަލައިގަވެސް އިސްވެ ބަސް ބުނަން ހަދައިގެން އަތަށް ގޮވީ!

  26
  1
 5. އެމް ޑީޕީ

  އީސީ އިންވެސް ނަޝީދު ދެކެ ބިރުގަތީދޯ؟

  21
 6. ޢަލީ

  ކޯޓަށް އިތުބާރު ނުކުރަނީދޯ؟ މިމީހުންނަށް ދުވަހަކު ކޯޓެއް ކަމަކުނުދާނެ،

  20
 7. ބުއްޅަބެ

  ހަގީގަތުގައިވެސް އިންތިހާބު ފަސްކުރުމުގެ ހުރިހާވެސް ބާރެއް އޮތީ ސްފްރިމް ކޯޓުގައި ސްފްރީންކޯޓުން ތިކަންކުރަންޖެހޭނީ އެއީ ދުސްތޫރީ ކަންކަމާއިގުޅޭ ހުރިހާކަމެއް ކަޑައެޅުމުގެ ބާރުއޮތީ އެތަނަށް ކަމަށްވާތީ އިންތިހާބު އިސްފަސްކުރުމުގެ އެއްވެސް ބާރެއް މަޖުލިހަކަށް ލިބިގެނެއްނުވޭ އެއީ އެތަނަކީ ގާނޫނު ހެދުމަށް އޮންނަތަނަކަށްވެފައި ތަހުގީގުކުރުމާއި މުސްތަގިއްލު ބާރުތަކަށް އަރައިގަތުމުގެ އެއްވެސް ބާރެއް ލިބިގެންނުވާތީ

  19
 8. ޑަކައިތި

  10
 9. ޑަކައިތި 12

 10. އާދަނު

  ތިޔަ މައްސަލަ ހިފައިގެން އެއްކޯޓުން އަނެއް ކޯޓަށް ހިނގަނީތަ. ހާދަ ލަދުހުތުރު ކަމެކޭ. ޝަރީފޫޫފޫފޫފޫފޫ.

 11. ޒާ

  އީސީން އަނެއްކާވެސް އެމްޑީޕީން ބޭނުންވިގޮތަށް ކަންތައްކުރަންފެށީ.

  10
 12. ދާދު

  ކިހާބޮޑު ވަބާއެއްމީ މިމީހުން އަދިވެސ އިންތިހާބަކާ ހެދި މުޅި ގައުމު ހަލާކު ވާއިރުވެސް. ހޮޔޮނުވާނެ އޭޕްރީލް 18 އަންނި ބުނާގޮތައް އިންތިހާބު ބާއްވާފަ އެމްޑީޕީ ހުރިހާ ގަމާރު މެބްބަރުބް ގޮސް ބޯޓްލާބަލަ އޭރުން ރާއްޖޭގެ ހުރިހާތާކުން މެޖޯރިޓީ ލިބުނީ. އަންނި ބޭނުން ވާގޮތައް ކާފަރުދީން މިތާ ހިންގޭނެ

 13. ހިތުވިންދު

  އީ ސީ ޝަރީފޫ... ހަމަ މަޖލިސް ރައިސް ކަހަލަ ވެ ނިމުނީ ދެއްތޮ؟؟
  ނަސީބެއްނު ސިޔާއިސީ ޖަމާވާ ޖަންކުޝަނަކައް މަނިކުފާނު ތި ހުށަ ނޭޅުއްވިކަން