އަލީ ހުސެއިން - ވަގުތު އިމޭޖެސް: އަޝްހާދު އަބްދުﷲ

ސިޔާސީ ލީޑަރުން ޖަލުގައި ތިއްބެއްވީ ރައްޔިތުންގެ ހައްގުގައި ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރޭ " ހުއްޓުވާ" ނަމުގައި އެމްޑީޕީ އޮފީސް ކުރިމަތީ އިދިކޮޅު ފަރާތްތަކުން ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވީ ކުށުގެ ވެށިން ނޫން ގޮތަކަށް ހައްޔަރުކޮށްގެން ގެންގުޅުމަކީ ވަރަށް ބޮޑު އަނިޔާއެއް ކަމަށެވެ.

" މި ވަގުތު ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުންނާއި ފަނޑިޔާރުންނާއި ފުލުހުންގެ ކުރީގެ އިސްވެރިންނާއި ފުލުހުން ޖަލުގައި ތިބީ ރައްޔިތުންގެ ހައްގުގައި " އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ ހުކުމެއް ނެތި ޖަލުގައި މީހަކު ބޭއްވުމަކީ ދެވޭނެ އެންމެ ބޮޑު އަނިޔާ ކަމަށެވެ. އަދި ޖަލުގައި ހައްޔަރު ކުރެވިފައިވާ މީހުންގެ ކިބައިން ވެސް އިންސާނީ ހައްގުތައް ނިގުޅައިގަނެވޭނެ ކަމަށެވެ.

" އެއްވެސް ހުކުމެއް ނެތި ހައްޔަރުކޮށްފައި ތިބި މީހުންނާއިމެދު އަމަލު ކުރަންޖެހޭނީ ވަކިން ރަނގަޅަށް. ކުށެއްގެ ތުހުމަތުގައި މީހުން ޖަލަށް ލުމަކީ އިސްލާމީ ޝަރީއަތް ދަންނަ ކަމެއް ނޫން , އެހެން ނަމަވެސް ގައުމުގެ ސަލާމަތަށްޓަކައި ބޮޑެތި ކުށްތައް ކުރާ މީހުން ބަންދުކުރުމަށްޓަކައި ގާނޫނުތައް ހެދިފައި ހުރޭ " އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި ހޮވާފައި ތިބި އެތައް ބަޔަކު ޖަލުގައި ބަންދުކޮށްގެން މި ގެންގުޅެނީ މުޅި މުޖުތަމައުގެ ނުރައްކަލަކޭ ކިޔައިގެން ކަމަށެވެ. އަދި ހުކުމަކާ ނުލައި ހައްޔަރުކުރުމުގެ އިތުރުން އެ ބޭފުޅުންނާމެދު ޝަރީއަތްތައް ހިންގަމުން ދަނީ ވެސް ކަނޑައެޅިގެން އިޖުރާއަތްތަކާ ހިލާފަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ސިޔާސީ މީހުން ޖަލުގަތިބީ އަމިއްލަ އެދުމުގަ ކަމެއް ހާސިލުވޭތޯ

  2. އިޖުރާއަތު ކިޔަން އެނގުނީ މަޖްލިހަށް ވަނުމުންދޯ އެކަމް އެއީ ކޯއްޗެއް ކަމެއް އަދި އަދަށްވެސް ނޭނގުނޭދޯ؟ ދެން ދޭ މަސްކަނޑަން ނުވަތަ ތެލިދޮންނަން. އަދިވެސް ފުއްޕާ އާނ ފުއްޕަންވާނެ. ކަލޭމެންގެ ސިޔާސީ ކެރިޔަރ ނިމުނީ ދެންވެސް މަގުތަށް މަތީ ކޮރަކަލި ގަނޑެއްހެން ތެޅެންޏާ ގޮޅީގައި ބާއްވާނީ. މިހާރުވެސް ކަލޭމެންނަށް މިރާއްޖޭގެ ފަސްގަނޑުން އެންމެ ހައްގުކަން ބޮޑުތަނަކީ ޖަލު. އެއީ ކަލޭމެންގެ އަވައިގަ ޖެހިގެން ގިނަބައެއްގެ ދިރިއުޅުން ފަނާކޮށްފައިވާތީ.

  3. އަޅުގަނޑުގެ ހައްގުގައެއްނޫ...އަމިއްލަ އެދުން ހަމަބޮޑުކަމުންގޮސް ޖަލުގަތިބެންޖެހެނީ...

  4. ތިޔައިން އެކަކުވެސް ޖަލުގައި ހުރީ އަހަރެންނާއި އަހަރެންގެ ޢާއިލާގެ އެއްވެސް މީހެއްގެ ޙައްޤުގައެއް ނޫން. އެމީހުންގެ އަމިއްލަ އެދުމާ ހެދި.

  5. ތިޔައިން އެއްގޮލާވެސް ރައްޔިތުންގެ ހައްގުގަ ޖަލު ކީއްކުރަން ހައްޕުނޑު ގަޑުވެސް އެއްލާނުލާނެ ރައްޔިތުން ހައްދަން ފާޑުފާޑުގެ ވާހަކަ ދައްކާނެ ކަމެއްނެތް ތިމާމެން ބޭނުންބަޔަކަށް ވެރިކަން ހޯދައިނުދެވިގެން ޖަލުގަވެސް ތިބީ ކުރާ ހުރިހާ ކަމެއް ކުރަނީވެސް އެކަން މިހާރުއެނގޭ އެންމެނުވިސްނޭ މީހާއަށްވެސް

  6. ޢެހެންވެ ދެއްތޯ ކެންދޫ ދާއިރާގެ އިއިްޒަތްތެރި މެމްބަރު ރައްޔިތުންގެ ހައްގުގައި ބަޖެޓައްވޯޓު ނުދެއްވީވެސް. ދެން ނިކަން ކެރެންޏާ ދާއިރާގެ ރައްޔިތުންގެ ހައްގުގައި ޖަލައްވަދެ އޮވެބަލަ. ބާޣީ ރިޔާޒު ޖަލައް ވަންގޮތައް

  7. މަސްކަނޑަނީވެސް ރައްޔިތުންގެ ހައްގުގަ
    މަޖުލީހައް ނުދަނީވެސް ރައްޔިތުންގެ ހައްގުގަ
    ބަޖެޓައް ވޯޓު ނުދިނީވެސް ރައްޔިތުންގެ ހައްގުގަ
    ދާއިރާގެ ތަރައްގީއައް ކަމެއް ކުރަން ބާރުނާޅަނީވެސް ރައްޔިތުންގެ ހައްގުގަ

  8. އައްޔާ 4 މަހާ 24 ދުވަހުގެ މުއްދަތެއް ޖަހާފާނަން އިނގޭ. ފުއްޕާނެ ކަމެއް ނެތް

  9. ޖަލުގައިތިބީ ރައްޔތުންންނަށް ހަރާމްކޯރުވުމާއި އަމިއްލަ އެދުންގިނަވުމުގެ ނަތީޖާއެއްގެ ގޮތުން. ރައްޔިތުންނަށް ޚިދުމަތްނުކޮށް ޖަލުގައި ރައްޔިތުންގެ ކޮންޙައްގެއް ހޯދައިދިނުމަށްތޯ ޖަލުގައިތިބީ

  10. ސިޔާސީމީހުން ދުވަހަކުމިގައުމުގައި ނެތަސް އަހަރެމެންނަން އެއްވެސްމައްސަލައެއް ނެތެވެ. ތިމަޖުލިސްތެރޭގައި ތަޅާފޮޅާތަންބަލާކަށް އަހަރެމެންބޭނުމެއްނުވޭ

  11. މި ސޮރުގެ ނަޓު އެޅުވުން ލަސްވެއްޖެ! މާ ދަންނަ ކަމަށް ހެދިގެން އުޅޭ ސޯރެއް!އަވަސްކުރޭ!

  12. އެހެންވިއްޔާ ކަލޭ ކީއްވެ ރައްޔިތުންގެ ހައްޤުޤައި ޖަލަށް ނުގޮސް ތި ހުންނަނީ.

  13. ކާކު އޮޅުވާލަން އަނގަ ފުޅާތިކުރަނީ، އަމިއްލަ އެދުމާއިގެން ކަލޭމެން ތިއުޅެނީ އަހަރުމެން ބޮލަށް ޗިޕްޖަހަން ނޫޅޭ ތިަކަމެއް ކަލޭމެންނަކަށް ނުވާނެ

  14. އަނގައަށް ލުބޮއެްފިތީމާ ހުންނަގޮތަށް އެ ހުންނަނީ. ހީވަނީ ކުޑައިރު ކޮންމެސްމީހަކު އަނިޔާކޮށްފާހުރިހެން