ރާއްޖޭގެ ރިސޯޓުތަކާއި މުވައްޒަފުންނާއި އެއާޕޯޓުތަކުގެ މުވައްޒަފުން ހިދުމަތުގައި ތިއްބައި، މަޖިލީހުން ޗުއްޓީއަށް ދިއުމަކީ ގޯހެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖް މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލަން ނިންމާފައިވާތީ އެކަމާ ބެހޭ ގޮތުން މަޖިލިހުގައި ކުރިއަށް ދިޔަ ބަހުސްގައި ސިރާޖް ވިދާޅުވީ މަޖިލިސް ބަންދު ކުރުމުގެ ކުރިން މި ގައުމުގައި ތިބި ބަލީގައި އެންމެ ރިސްކު ބޮޑު މީހުން ކަމަށްވާ ރިސޯޓުތަކުގެ މުވައްޒަފުންނާއި އެއާޕޯޓުތަކުގެ މުވައްޒަފުންނާ މެދުގައި ވިސްނާލުން މުހިންމު ކަމަށެވެ.

މިވަގުތަކީ މަޖިލިހާއި މެންބަރުންގެ މަސައްކަތް ހުއްޓާލާފައި ދާންވީ ވަގުތު ނޫން ކަމަށް ސިރާޖު ވިދާޅުވިއެވެ.

ރިސޯޓު މުވައްޒަފުންނާއި އެއާޕޯޓުތަކުގެ މުވައްޒަފުން ގައުމަށް ބޭނުންވާ ފައިސާ ހޯދުމަށް ކުރަމުން އަންނަ ބުރަ މަސައްކަތާއި މެދު އެންމެން ވިސްނަން ޖެހޭ ކަމަށާއި، އެމީހުން އަވަދިނެތި މަސައްކަތުގައި ތިއްބައި މަޖިލިސް ބަންދު ކުރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ސިރާޖު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި މަޖިލިސް ހުއްޓާލަން ޖެހޭ ހާލަތެއް އަންނާނީ މުޅި މި ގައުމު ހުއްޓާލަން ޖެހޭ ހާލަތެއް މެދުވެރިވެގެން. އަޅުގަނޑަށް ފެންނަ ތަނުގައި އެ ހާލަތެއް މެދުވެރިއެއް ނުވާނެ. އެއާޕޯޓު މަސައްކަތް ކުރާ މުވައްޒަފުންނާއި ރިސޯޓުތަކުގެ މަސައްކަތް ކުރާ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭ ހާލަތު ދެމިއޮތްހާ ހިނދަކު މި މަޖިލީސް ހުއްޓާލަން ޖެހޭނެ ކަމަކަށް އަޅުގަނޑަކަށް ނުފެނޭ،" ސިރާޖް ވިދާޅުވިއެވެ.

ސިރާޖް ވިދާޅުވީ އެތަންތަނުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ނެތް ބިރުވެރިކަމެއް މަޖިލިސް މެންބަރުންނަށް ނޯންނާނެ ކަމަށާއި، އެމީހުން އެ ތިބެނީ މިފަދަ ކަމެއް ކޮންމެ އިރެއްގައި ވެސް ދިމާވެދާނެ ކަމަށް ބަލައިގެން ކަމަށެވެ.

މީގެ އިތުރުން ވައިރަހުން ރާއްޖެ ރައްކާތެރިކުރުމަށް މަސައްކަތް ކުރަމުން އަންނަ ފަރާތްތަކަށް މިވަގުތަކީ ދަތުރުފަތުރު ކުރުން ހުއްޓާލައި، މުޅި ގައުމު ލޮކްޑައުން ކުރަން ޖެހޭ ހާލަތެއް ކަމަށް ނުފެންނާތީ އެފަދަ ފިޔަވަޅެއް އަދި އަޅައިފައި ނުވީ ނަމަވެސް، ސަރުކާރުންނާއި އެހެނިހެން ކަމާ ގުޅުން ހުރި ފަރާތްތަކުން ދަނީ މި ވައިރަހުން ސަލާމަތްވުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަމުން ކަމަށް ސިރާޖު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޚަލީ

    ސަޅި ވާހަކަ ?✌?

    16
    2
  2. ރަސޯޓް ބޯއީން

    ވަރައް ރަނގަޅު ވަހާކައެއް.
    ރިސޯޓް ބޯއީން އެކުރަނީ ގައުމީ ޖިހާދެއް.
    އެކަމު ބަލައި ގަންނާނެ މީހެއް ނެތް. މުސާރަ ކުރަނީ ކުޑަ. ނަގަން ޖެހެނީ ހައި ރިސްކް.
    މާސް އެޅުން މަނާ. ބައެއް ރިސޯޓް ތަކަކު ޑޮކްޓަރެއް ހާ ވަރުވެސް ނެތް. ބަލިވި ޔަސް ދެވޭނެ ތަނެއް ނެތް. ތިބެން ވީ ކަރަންޓީނު ވެގެން ވާނެ ގޮތެއް ވާން . ރު ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ ެ

  3. ??

    އަހަރެމެންގެ ފިރިން އެތިބީ ބޮޑު ރިސްކެއްގަ ރިސޯޓްތަކުގް ..
    ޢަހރެމެންވެސް ބޭނުން އެމިހުން ގެއްނަން
    ޚަލޭމެން ބިރުންފިލަނީތި އެމީހުނައް ބެލުމެއްނެތި

    10
  4. ދިވެހިން.

    ރަސޯޓް ބޯއިން އެކުރާ ވަނީ ޖިހާދު. ސަރުކާރުން ބަލައަ ނުގަން ނަނީ ކީއްވެ. ؟
    ސަރުކާރުން މިކުދިން ކޮޅޮ ހައި ރިސްކު ތެރެއަށް އެއްލާލާ ނަފްސާނީ ގޮތުން ބަލި ތިކުރަނީ ކީއްވެ؟
    ސަރުކާރުން ޖަވާބް ދީބަލަ؟

  5. ޛހ

    މަޖިލިސް ބަންދު ނުކޮށް ތިބޭ

  6. ބުލް

    ނޫނޭ ކުރޭ ކުރޭ. ދެން ގޮސް ޗުއްޓީ ހަދާލާ

  7. މީޒްލީ

    އެއްކަލަ މޮޅު ވަކީލު ދޯ؟ ކޮންކަމެއް ތިތާ ކުރާތީ ތިތަން ހުޅުވައިގެން ތިބެން ޖެހެނީ؟ މުޅިން ވެސް ކޮންމެވެސް މީހެއްގެ މޮޅަމަސް ކެއުންނޫން ކަމެއް ތިތާ ތިބެގެން ކުރަނީއެއް ނޫން! ގައިމު ރައްޔަތުންގެ ލާރިން ތިތަނަށް ތިޔާ ކުރާ ޙަރަދުގެ ކޮންމެވެސް މިންވަރެއް ކަރަންޓާއި ފެން ބިލުންވެސް މަދުވާނެ، ކަލޭމެން ތިތާ ނެތީއްޔާމު!

    2
    3
  8. އަޒޫ

    ރިސޯޓު ތަކުގަ ތިބެނީ ރޮބެޓުން ވިއްޔާ ސަރުކާރައް ކީއް.ނޫނޭ އިއްޒައްތެރި މެންބަރުން ޗުއްޓީ ނަގާގެން ގޮސް އުފާ ކޮއްލާ .ރިސޯޓުގަ މަސައްކައް ކުރާ މުއައްޒަފުން ތިބޭނެ ނޫން ފުރާނަ އަތްމައްޗައް ލާ ގެންވެސް ދައުލަތައް ފައިސާ ވެއްދޭތޯ ބަލަ ބަލާ .އެމީހުންގެ އަބިންނާ މައިންނާ ދައްތަ މެން ތިބޭނެ ނޫން ބިރުވެރި ކަމެއްގެ ތެރޭގަ .މިއޮތީ ވަރުގަދަ ސަރުކާރެއް އަހަރުމެން ނަށް ހޯދިފަ.