މާލެ ސަރަހައްދުގެ މިސްކިތްތަކުގައިި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ވަގުތީ ގޮތުން މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމާ ގުޅިގެން ގޭގައި ތިބެގެން ނާމަދު ގާއިމު ކުރުމަށް ކުރީގެ އިސްލާމިކް މިނިސްޓަރު އަދި ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ގޮވާލައްވައިފިއެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވި ކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖެއިން 13 މީހަކު ފައްސި (ޕޮޒިޓިވް) ވުމާއި ގުޅިގެން އާންމުން ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އިސްލާމިކް މިނިސްޓްރީން މިއަދު މެންދުރު ނަމާދުން ފެށިގެން ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުން މެދު ކަނޑާލުމަށް ވަނީ ނިންމައިފައެވެ.

އެ ނިންމުމަށް ތާއީދުކޮށް ޝަހީމް ކުރެއްވި ޓުވީޓުގައި ވަނީ ގޭގައި ތިބެގެން ނަމާދު ގާއިމު ކުރުމަށާއި ﷲ އަށް ދުއާ ކުރުމަށާއި މި ބަލިމަޑުކަމުން އިސްލާމީ އުއްމަތާއި އިންސާނުން ސަލާމަތް ކުރުމަށް ﷲ ގެ ހަޟުރަތުގައި ދެންނެވުމަށެވެ. އިސްލާމިކް މިނިސްޓްރީން އެގޮތަށް ނިންމިޔަސް މިސްކިތްތަކުގައި ބަންގި ގޮވުން ނުހުއްޓޭނެ ކަމަށް ޝަހީމް ވިދާޅުވިއެެވެ. ބަންގިއަށް ފަހު، ގޭގައި ނަމާދު ކުރަން މިސްކިތުން ގޮވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އާއި ހުރިހާ ރިސޯޓުތަކެއްގައި ފަރުޟު ނަމާދުތައް ޖަމާއަތުގައި ކުރުން ހުއްޓާލަނީ މިއަދުގެ މެންދުރު ނަމާދުން ފެށިގެން މިމަހުގެ 28 ވަނަ ދުވަހު އަސްރު ނަމާދާ ހަމައަށެވެ. އެއާ އެކު، އަންނަ ހުކުރު ދުވަހު މާލެ އާއި ވިލިމާލެ އާއި ހުޅުމާލެއާ ރިސޯޓުތަކުގައި ހުކުރު ނަމާދު ނުކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ. ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް މިސްކިތްތައް ހުޅުވާފައި ހުންނާނެ ކަމަށް އިސްލާމިކް މިނިސްޓަރު ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އިރްރިލެވެންޓް ޑޮކްސް

    ވަޒީފާ އާއި ފައިސާގެ ދަހިވެތިކަމުގައި ރައީސް ޔާމީނާއި ދިވެހިން ދޫކޮށްލާފައި ވަޑައިގެން މާ ދުރުގައި ހުންނަވާ ޑރ. ޝަހީދު އެކޭ އެއްގޮތަށް ޑރ.ޝަހީމު ވެސް ދިވެހިންގެ ކަންކަމުގައި ރިލެވެންޓު ވާން މަސައްކަތް ނުކުރެއްވުމަށް ދަންނަވަން. މިވަގުތު ވެސް އަމަލު ކުރަމުން ދަނީ ތިޔަ ދެންނެވި ގޮތަށް.

    5
    25
  2. ފަސްކުޅަނދު

    ކޮންތާކު ފިލާ އޮވެފައި ފަހުވަގުތު ތިޔަ ގިއްޗެއް ވައްޓާލީ؟ ކަލޭމެން އިސްނަގައިގެން މިވަރުގެ ކަމެއް ވެސް ނުކުރެވުނެއްނު މިހާތަނަކަށް. ދެންވާ މަތަވާން ކައިރިވާ އިރަށް އަނގަފުޅާ ކުރަން ފެށީއޭ.
    ކަލޭމެން ބުނާ އެއްގޮތެއް ވެސް މަމެންނެއް ދެން ނަހަދާނަން. މީ ދުނިޔެއަށް ޖެހުނު އެންމެ ބޮޑު މުސީބާތުގެ ވަގުތު.

    2
    5
  3. ސީދިބޭ

    އެކަން އަހަރެމެންނަށް ވެސް އެނގޭ. ކޮންމެހެން އަމިއްލަޔަށް ބޮޑޭ ހެދޭނެ ކަމެއްނެތް. ޑރ. އަފްރާޝީމްގެ މަރުގެ ހަޤީޤަތް ހަމަކޮށްދީ

    3
    6
  4. އަޅުގަނޑު

    ޖަމާއަތުގައި ނަމާދު ނުކުރިނަމަވެސް ބަންގިގޮވުމައެކު ގިނަ ބަޔަކު މިސްކިތަށްޖަމާވެ ނަމާދު ކުރި . މިތަންތަނަށްވަދެވެންޏާ ވަންނާނެ . ގިނަމީހުންވެސް ދާނެ. ޖަމާއަތުގައި ނަމާދު ކުރީމާ ވައިރަސް އަރާފާ ޖަމާއަތްނުހަދާ ހަމަ ގިނަ މީހުންތަކެއް ޖެހިޖެހިގެން ތިބެ ވަކިވަކިން ނަމާދު ނކުރީމާ ވައިރަސް ނާރަނީތޯ؟

    2
    5
  5. Anonymous

    ޝުކުރިއްޔާ ލޮބުވެތި އުސްތާޒް. މަނިކުފާނަކީ ދިވެހިން ފަޚްރެއް. މިފަދަ ކޮންމެ ދަނޑިވަޅެއްގައި ދިވެހި ރައްޔިތުންނަށްޓަކައި މަނިކުފާނުގެ ހިތްޕުޅުގައި ވާ ލޯތްބާއި އިޚްލާޞްތެރި ކަމަށް ޝުކުރު ދަންނަވަން. މަނިކުފާނު އަޅުގަނޑުމެން ނާއިއެކު ނެތުމުގެ ފަޅުކަން އިންތިހާއަށް އިޙްސާސްކުރެވޭ. ނަމަވެސް ޔަޤީންކުރެވޭ އަބަދުވެސް ދުނިޔޭގެ ކޮންމެ ތާކު ހުންނެވިއަސް ދިވެރާއްޖެ އާއި ދިވެހިރައްޔިތުން ނަށްހެޔޮއެދިވަޑައިގެން ދުޢާ ކޮށްދެއްވާނެކަން. އެކަމަށްޓަކައި ހިފެހެއްޓުމެއް ނެތް ލޯތްބާއި ޝުކުރު ހިތުގެ ފުންމިނުން އަރިސް ކުރަން އަޅުގަނޑުމެން ގެ ދުޢާ އަކީ ﷲ ގެ ރަޙްމަތްފުޅާއިއެކު ކުރިއަށް އޮތް ރަމަޟާން މަހުގެ ތަރާވީހާއި ދަމުނަމާދު ގައި މަނިކުފާނު ގެ ފަހަތްޕުޅުގައި ނަމާދު ކޮށްލުމުގެ ފުރުޞަތު އިންޝާﷲ ލިބިގެން ދިއުން. މަނިފާނަށް އަބަދުވެސް ކާމިޔާބާއި ދުޅަހެޔޮ ޞިއްޙަތާއި ޢާފިޔަތުދެއްވުން.

    4
    2
  6. ީރިސާޗު ބޮޓު

    ދުނިޔޭގެ ނިމުން ކައި ރި ވެއްޖެ ކަމުގެ އަލާމާތެއް. ހުކު ރު ޖަމާއަތް ނުބޭއްވޭ ސަބަބު މެދުވެ ރިވުން. އިލްމުވެ ވެ ރިންނަށް އިޙްތި ރާމް ކު ރުން ނެތި ދިޔުން. އިލްމުވެ ރިން މީހުންގެ އިޙްތި ރާމް ގެއްލޭ ގޮތަށް ކަންކަން ކު ރުން. ދުނިޔޭގެ ތިބި އެންމެ މޮޅެތި މީހުންނަށް ގޮތް ހުސްވާ ހިސާބަށް ބަލި ތަކުގައިވެސް ދާނެ

  7. ކާފަބޭ2020

    އަފް ރާޝީމުގެމަ ރު ކޮމިޝަނުންބަލާނިންމުމުގެ އިނާމާސަޓިފިކެޓު ދީނިމިއްޖެ ދެންކޮންކަމެއް ހޯދަންއޮތީ؟ ޔާމީނާގުޅުނީމަ ވަގަކަށްވެފަ އަންނިއާ ގުޅުނީމަ ލަދީނީމީހަކަށްނުވަނީކީއްވެތޯ؟ ދިވެހިޒުވާނުން އަމިއްލަސިކުނޑިންވިސްނާނީ ކޮންދުވަހަކުންތޯ؟ ތިޔަހެންވަގަށްގޮވާގޮވައިގެން ލަންކާގެވެ ރިކަންއިންޑިއާގެސަޕޯޓާއެކުބަދަލުކު ރީ ލަންކާގެޒުވާނުންނަށް ހަގީގަތްގަބޫލުކު ރެވޭއި ރަށް އެއްކަލަވަގުންނާ ވެ ރިކަންއަލުންއެއޮތީހަވާލުކޮށްފަ ދިވެހިޒުވާނުންނަށް ހެޔޮވިސްނުންދެއްވާ ބާއްޖަވެ ރި ފަހިދި ރިއުޅުމެއް މިންވަ ރުކު ރަށްވާށި! އާމީން

  8. ބޭބެ

    ހަމަހައިރާންވެއްޖެ ސަހީމުކަހަލަބޭފުޅު ން މިހާސަރުކާރު ލާރިކޮޅެއްދި ނީމަ ސަރުކާރު ންބު ނާގޮތަ ންފަތުވާދޭމީހު ންނ ނާ ބަވެރިވީތީ މިސްކިއްތައްބަ ންދުކުރިއިރު މާލެ ހުޅުމާލެ ވިލިމާލޭގެ ކެފޭ ކެ ންޓީ ން ރެސްޓޯރަ ންޓު ފަދަތަ ންތަ ނަ ބަ ންދު ނުކުރެވެ ނީކީއްތޯ؟