މިހާރު އޮތް ސަރުކާރަކީ ކޯލިޝަން ސަރުކާރަކަށް ވިޔަސް، ސަރުކާރު ކޮންޓްރޯލް ކުރަނީ އެމްޑީޕީން ނޫން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް މިއަދު ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލަން ނިންމާފައިވާތީ އެކަމާ ބެހޭ ގޮތުން މަޖިލިހުގައި ކުރިއަށް ދިޔަ ބަހުސްގައި އަފީފް ވިދާޅުވީ ނުރައްކާތެރި ބައްޔާ ދެކޮޅަށް ކޯލިޝަން ސަރުކާރުން ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެކަމަކު، ކޯލިޝަން ސަރުކާރުގައ އެމްޑީޕީ އަށް އޮތީ އެންމެ 40 ޕަސަންޓު ކަމަށް ވިދާޅުވެ، އަފީފް ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

"އަޅުގަނޑުމެނަށް ވަރަށް ބޮޑަށް މިއަދު އޮޅިފަ އޮންނަކަމެއް އެއީ އަޅުގަނޑުމެންގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އަށްވީމަ، މިއަދުގެ ސަރުކާރަކީ އެއީ އެމްޑީޕީ ސަރުކާރޭ ބުނޭ އެންމެންވެސް. އެކަމަކު އަޅުގަނޑުމެން މި އެމްޑީޕީގެ ކޮންޓްރޯލެއް ނެތް މި ސަރުކާރަކު،" އަފީފް ވިދާޅުވިއެވެ.

އަފީފް ވިދާޅުވި ގޮތުގައި އަނެއް 60 ޕަސަންޓަކީ އެމްޑީޕީއާ ތަފާތު ފިކުރު މީހުން ކޮންޓްރޯލް ކުރަމުންދާ އެއްޗެކެވެ.

އެކަމަކު، ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ކަންކަން ނިންމަވަމުން ގެންދަވަނީ ރައްޔިތުންގެ ލާބަ އާއި މަންފާ ހުރި ގޮތަށް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް އަފީފް ވިދާޅުވިއެވެ. އެހެންވެ، ހުރިހާ ރައްޔިތުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ދިއުމަށް އަފީފް ގޮވާލެއްވިއެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައިފައެވެ.

އެގޮތުން މާދަމާ އިން ފެށިގެން އަންނަ ހަފްތާގެ ބުރާސްފައްޗާ ހަމައަށް ސަރުކާރު ބަންދުކޮށް، ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަތައް 20 ޕަސަންޓަށް ކުޑަ ކުރުމަށް ވަޒީރުންގެ މަޖިލިހުން ވަނީ ނިންމައިފައެވެ. އަދި ދައުލަތުން އެކި ކަންކަމަށް ކުރާ ޚަރަދުގެ ތެރެއިން އެއް ބިލިއަން ރުފިޔާ އުނިކުރުމަށް ކަމަށް ވެސް ނިންމިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އަފީފޫ އެކަމަކު އެމް ޑީ ޕީ އިން މިގައުމުގައި ހިންގާ ހުރިހާ ލާދީނީ ކަންތަކުގެ 100 ޕަސެންޓު ކޮންޓުރޯލްކުރެޔޭ މިކަން އަފީފު އަށް އިނގޭބާ އެމް ޑީ ޕީ ޔަކީ ލާދީނީ ގުރޫޕެއްކަން ސަހިންދާ އެއީ ކަލޭމެންގެ އަދިރިފަރާތްކަން ހުރިހާ ކަމެއްރާވަނީ ކެނެރީގޭ ނަސީދުކަން...

    115
    2
  2. ކިނބޫ

    ބީޖޭޕީބް ދޯ؟ އެނގޭ ތިކަން.

    88
    1
  3. ލަބީބު

    އިންޑިޔާގެ ބީޖޭޕީ ރާއްޖޭގެ ވެރިކަން ކޮންޓްރޯލްކުރަނީ!

    96
    1
  4. ހުސެން

    ދެން ކާކަށް އޮޅުވާލަން ތި އުޅެނީ؟ހުރިހާ މެޖޯރިޓީ އަކާއި ކޯޓުތަކާއި މަޖުލިހާއި ވެރިކަމުގެ ބޮޑު ފުލް މެޖޯރިޓީ އާއި ކައުންސިލް އޮތީ އެމްޑީޕީ ފުލް ކޮންޓުރޯލުގައި.ދިވެހި ރައްޔިތުނީ ތަންދޮރު ނުދަން ގަމާރުންކަމަށްތޯ ތި ހީވަނީ ؟

    40
  5. ބްރޯ

    ތިޔަ ވިދާޅުވީ ރަނގަލަކަށް ނޫން ކޮންޓްރޯލް ކުރަނިީ ނަސިދު ނަސީދު ބުނާގޮތަށް ހުރިހާކަމެއް ކުރަމުންދަނީ .މަރުކޮމިސަނުގެ ރިޕޯޓަށް ވީގޮތްބަލަބަލަ ސަރުކާރު ހިންގަނީ އެމްޑިޕީ ން

    37
  6. ބުރާންތި

    އިންޑިއާގެ ގެރި ގްރޫޕުން މި ސަރުކާރު ކޮންޓްރޯލް ކުރަނީ %200....

    35
  7. ޒިފްލީން

    މޑޕ ގެ ދޮގުވެރިން މި ގައުމު ކޮންޓްރޯލް ކުރަނީ. މޑޕ ރިސޯޓް އޯނަރުން މި ގައުމު ކޮންޓްރޯލް ކުރަނީ. މޑޕ ގެވިޔަފާރިވެރިން މި ގައުމު ކޮންޓްރޯލް ކުރަނީ. މޑޕ ގެ ބޮޑުންނާ ހިތާވެގެން އުޅޭ ސަރުކާރުގެ މުއައްޒަފުން މި ގައުމު ކޮންޓްރޯލް ކުރަނީ. މޑޕ އައް ހަރަދުކުރާ މީހުން މި ގައުމު ކޮންޓްރޯލް ކުރަނީ.

    27
  8. ކެޔޮޅު

    ހަހަހާ ފަޅާއެރީ އިންޑިއާގެ މޯދީޕާޓީ ބީޖޭޕީ އިން ސަރުކާރު ހިންގަނީ އެމްޑީޕީ 40 ޕަސެންޓު ބީޖޭޕީ 60 ޕަސެންޓު ނުުރައްކާތެރި ހަބަރެއް.......... ޔާﷲ މިނުރައްކާތެރި ސަރުކާރުގެ ކިބައިން މިދީބު ސަލާމަތް ކުރައްވާންދޭވެ އާމީން ޔާރައްބުލް އާލަމީން.

    30
  9. ހައްޕު

    އެމްޑީޕީއަކަށް ނުވާނެ. ފައިން އެރޭނީ. މިވަރު ވާކަންވެސް ރަނގަޅު. ކުރިން ކޯލިޝަން ރޫޅާލައިގެން އެކަނި ކުރަން އުޅެގެން ވީގޮތް އޮތީ ފެނިފައި. ކެބިނެޓް އިސްތިއުފާދިނީ ފަހުން ރައީސްވެސް އިސްތިއުފާ ދިނީ. ދެން ބުނީ ބަގާވާތެކޯ.

    24
  10. ންން

    ޥ ރަގަޅު ވާހަކަ ފުޅެއް ސަރުކާރު ކޮންޓްރޯލް ކުރަމުން ދަނީ އެލެކްސް ގަންޖާ ބޯ

    26
  11. ކަލޭގަޔާ

    އޯކޭ! އެމް ޑީ ޕީ އަކުން ނޫން ކޮންޓްރޯލްކުރަނީ އެއް، އެކަމަކު މުޅި އޮޑީގައި ހަސަނުގެ ދެފާ، އެ ނުފޫޒުގަދަ ދެފާގެ ނުރައްކަލާއި ހެދި އެހެންބަޔަކަށް އެއުޅެނީ ތިބިތަނުން ގުޑާލާންވެސްނުކެރިގެން، އެއީ މިސަރުކާރަށް ފޯރާފައިވާ ކޮވިޑް-19 އަށްވުރެ ނުރައްކާތެރި ވަބާއެއް

    22
  12. ބީޖޭޕީ

    ތިބުނީ ހަމަ ރަނގަޅައް އަފީފުވެސް އެކަހަލަގޮތަކައް އެބުނީ ސަރުކާރުފަޅީގެ މީހެއްވީމާ ސީދާ ދިމާލައް އެހެންބުނަން ނުކެރުނީ

    22
    1
  13. ސމީ

    ކމެއް ކުރަ ން ނޭނގު ނީމަ ތިހެ ން ބު ނޭ އޭރު ން ތާ ރެކި ގަ ނެވޭ ނީ. ބަލަ ތިޔަ މަޖިލިހުގަވެސް ތިބީ ތިޔަ ލަދު ކުޑަ ބައިގަ ނޑު

    24
  14. އާދާގަރު

    ދެ ންއަވަހަށް ގާސިމް ބޮލައްްްްްްްްޖަހާ ކަމެއްވާއިރަށް ދުރަށްދާގޮތް ތިހު ންނ ނަ ނީީ ކަމަކާ ޖެހު ނީމަ ފިސާރި ކެކޭއެބަދޯ

    17
  15. މަޑޫގަލި

    އަފީފޫ!! މަޑޫގަލީގެ މުއައްޒަފުންގެ އަތުން ޕަކަޅާ ކޮޢްލި ސަަވިސް ޗާޖް ކޮޅު އެ މުއައްޒަފުންނަށް ދީބަލަ؟؟؟ ލަދެއް ނުގަނޭތަ

  16. މޮޔަސޮރު

    އެމްޑީޕީ މީހުން މޮޅުވާނީ ހަދަހަދައިގެން ވާހަކަދެއްކުމާއި ނީހަ ފެތުރުމާއި ސަޅިބައިސާ ކަނޑަން. އަކަޔަންބޯ ހެދިފައި ނެތް މީހަކު އެމްޑީޕީގައި މަދުވާނެ. ކަމެއް ކުރަންޖެހިއްޖެތަ، އެއީ އަނގުޅިނެތް ކަންނެޔޮ.

    12
  17. ރަދީފް

    ފިތުނަ އުފައްދަން އުޅޭ މީހެއް އަފީފްއެއީ.

  18. އަޙްމަދު

    ހެހެހެހެހެހެހެހެހެހެހެހެހެހެހެހެހެހެހެހެހެހެހެހެހެހެހެ. ބޮޑް ޖޯކެއް! އެމްޑީޕީ އެކަނި ނުކުމެ ވެރިކަން ހޯދަންވީއެއްނޫން! އޭރުން ކަލޭމެން ބޭނުގޮތަކަށް ހިންގިދާނެ! އަދި ޤައުމުތަކާއި ގުޅިގެން ވެރިކަށް ބަދަލު ކުރަން ނޫޅެންވީނުން. މިހާރު އެމީހުންނަށް %80 ދިނީމާ ވާނެގޮތް ތިވަނީ!

    10
  19. ނާސިރު

    މި އަފީފު މާވަ ރަކަށް އަމީނަށް ބަވާތީ ހެލްތް މިނިސްޓް ރީގެ ވެ ރިޔަކު ކު ރެން އަހާލީމަބުނީ މީނާއަށް ވެގެން އުޅޭގޮތަކީ ހެލްތުން ހޮސްޕިޓަލްތަކަށް ގެންނަ ހު ރިހާއެއްޗެއް މީނާގެ ކުންފުނިން ގެނައުމުގެ ހުއްދަ ނުދޭތީއޯ މިތެޅިބާލަނީ. ބޮޑުވަ ރު.

    12
  20. ރައީސުގެ މީހާ

    މަސަތްކަތާޖެހުނީމަ.. ރެކެންވެގެން ތިހެންކިޔާނެ..

    އަންނިވެސް ރައީސަށްވުރެ ކުރީން ޖަލްސާތަކަށް ދާނެ ރައީސްގެ މަގާމުގައި އިޝީންނާނެ..

    މިފަހަރު ރައިޔަތުން ހާލުގަ ޖެހުނީމަ އެކަލޭގެ އަކާ ވާވެސް ކަމެއް ނޫން..

    އެހެން ނޫންނަމަ އަންގަނުބާނާ އެއްވެސް ކަމެއް ނުދަންނަ އެއްވެސް ކަމެއް ނޯވޭ ރޯނަ އެދުރެއް..

    މިސްކިތް ބަންދުކޮށްފި އެކަމަކު ތިގޮތަށް ހަޅޭއްޖަހަން އެއްވެވޭ..
    ކޮވިޑު ޖެހެނީ ނަމާދު ކުރީމަތޯ..؟ ތިކަން ކުރީމަ

    އެޖެންޑާ-19 ޖެހެނީ..

    ކޮވިޑް-19 ނުޖެހޭ ދޯ..