ހއ. އިވަންދޫ ކައިރިއަށް ދޯންޏެއްގައި މަހަށް ގޮސް އުޅުނު މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައި ވަނީ އެންޓްރިކް 2 ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި 51 އަހަރުގެ ފިރިހެނެކެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އިހަވަންދޫގެ ހުޅަނގު އުތުރުން 33 މޭލު ބޭރުގައި މަސްވެރިކަން ކުރަން އުޅުނު ދޯންޏެއްގައި ހުރި މީހަކު ސިއްހީ އަވަސް ފަރުވާއަށް އެމްއެންޑީއެފް އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

އަދި އެހީތެރިމަަށް އެދިފައި ވަނީ އޭނާގެ މެއަށް ކުއްލިއަކަށް ތަދެއް އަރައި ހޮޑުލެވިގެން އަވަސް ފަރުވާއަށް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، މިއަދު މެންދުރު 12:50 ހާއިރު ސީއެމްބިއުލާންސްގައި އިހަވަންދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

ނިޔާވެފައި ވަނީ އިހަވަންދޫ ގަހާކޯޅިގޭ މޫސާ އަބްދުއް ސަމަދު އެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޣކކަ

    ޙަމަ ޔަގީންތޯ ކޮވިޑް ޖެހިގެން ނޫންކަން!؟ ރޯގައިގެ އެއްވެސް އަލާމާތެއް ނެއްކަން އެދޯނީގެ އެހެން ބޭފުޅަކަށް ގުޅައިން “ވަގުތު” ކަށަވަރު ކޮށްދެވިދާނެތޯއެވެ.

    11
    7
    • މަ

      ކޮންމެ ކަމެއް ކޮވިޑް 19 އާ ނުގުޅުވާށެވެ. މިފަދަ ހާލަތްތަކުގައި ދުއާ ކުރަން ޖެހޭނީ މައްޔިތާއަށް ހެޔޮ ރަހުމަތް ލައްވާ އާއިލާއަށް ކެތްތެރިަން ދެއްވުން އެދިއެވެ. ކޫސަނި ކޮމެންޓު ކުރުމުން ދުރުހެލި ވާށެވެ..

  2. ކިނބޫ

    އިބްރާހީމާ ކަލޭ ކިހިނެއް ތިހަދަނީ ގޮތްނޭނގޭ މަރުތައްވެސް ހާދަހާ ގިނައޭ. މުސީބާތް ލައިނުގަންނަ އެއް ކަމެއް ނެތޭ.

    14
    3
    • މަ

      މުސީބަތް ލާ ގަންނަނީ ހަމައެކަނި ވެރި މީހާގެ ސަބަބަކުން ނޫނެވެ. ރައްޔިތުންގެ ސަބަބުން ވެސް އަންނާނެއެވެ.. އަދި މުސީބާތް ޖައްސަވާނީ ގޯސް ކަމެއް ކުރާ ބަޔަކަށް އެކަންޏެއް ވެސް ނޫނެވެ.. އެ މުޖުތަމައެއްގައި އުޅޭ އެންމެންނަށް ވެސް އާންމު ވެދާފަދަ ގޮތަކަށް ކަން ދަންނާށެވެ. ދިމާވާ ކޮންމެ ކަމަކީ ވެރި މީހާގެ ސަބަބުން ވާ ކަމެއް ކަމަށް ގަބޫލު ކުރުމަކީ ވަރަށް ދެރަ ކަމެކެވެ.

  3. ހއ

    ހިތަށް އަރާ މިހާރު މީހުން ވިސްނުން ހުންނަ ގޮތެކޭ.މީހަކު ނިޔާވިޔަސް ކޮވިޑް ނޫނީ ސަރުކާރު މައްސަލަ.ބަލަ ކޮންމެ މީހަކު ވެސް އަޖަލު އައިސް ޖެހުނީމަ ދާންޖެހޭނި.ލިޔެވޭ އެއްޗެއް ނޭނގޭ މީހުން މަޑުން ތިބެބަ.މާތް ﷲ މައްޔިތާ އަށް ހެޔޮ ރަޙުމަތް ލައްވާ އާއިލާ އަށް ކެތްތެރި ކަން މިންވަރު ކޮށްދެއްވާނދޭވެ
    އާމީން