ކޮވިޑް-19 އާ ގުޅިގެން ޒަރޫރީ ބޭނުމެއްގައި ފިޔަވައި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން ގެއިން ބޭރަށް ނުނިކުތުމަށް ރައީސް އޮފީހުން މިއަދު އަންގައިފިއެވެ.

ރައީސް އޮފީހުން ނެރުނު ދެންނެވުމެއްގައި ބުނީ ސަރުކާރު ބަންދު ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ އިޖުތިމާއީ ގައިދުރުކަން ނުވަތަ ސޯޝަލް ޑިސްޓެންސިން ތަންފީޒު ކުރުމަށްޓަކައި ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުން، ޒަރޫރީ ބޭނުމެއްގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށް އަންގާ ކަމަށެވެ.

ކޮވިޑް-19 ރާއްޖޭގައި ފެތުރެމުންދާތީ އެ ބަލި ފެތުރުން ކުޑަކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވީ ނަމަވެސް ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާކަން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ކަށަވަރު ކުރުމަށް ރައީސް އޮފީހުން ވަނީ މުއައްސަސާތަކަށް އަންގައިފައެވެ.

އޭގެތެރޭގައި ހިމެނެނީ ސިއްހީ ޚިދުމަތްދޭ މަރުކަޒުތަކާއި ފާމަސީތަކުގެ ޚިދުމަތްތަކާއި ފެނާއި، ކަރަންޓާއި، ނަރުދަމާގެ ހިދުމަތާއި ބްރޯޑްކާސްޓިންގެ ހިދުމަތާއި ފޯނާއި އިންޓަނެޓުގެ ހިދުމަތާއި ބޭންކްތަކުންދޭ ހިދުމަތާއި ކައްކާ ގޭހާއި ފިޔުލްގެ ހިދުމަތާއި ވައިގެ ދަތުރުފަތުރުގެ ޚިދުމަތްތަކާއި ވިޔަފާރި ބަނދަރުތަކުގެ ޚިދުމަތް ހިމެނެއެވެ.

މީގެއިތުރުން ކަސްޓަމްސްއާއި އިމިގްރޭޝަނާއި އޭވިއޭޝަން ކޮމާންޑުގެ ޚިދުމަތާއި ސިފައިންނާއި ފުލުހުންގެ ޚިދުމަތާއި ފަޔާ އެންޑް ރެސްކިއުގެ ޚިދުމަތާއި އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ޚިދުމަތާއި ކޯޓުތަކުގެ ޚިދުމަތާއި ޚާރިޖީ ގުޅުންތަކާބެހޭ ޚިދުމަތާއި އިޖްތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ޚިދުމަތާއި ދައުލަތުގެ ބެލުމުގެ ދަށުގައި ބައިތިއްބައިގެން މީހުންނާއި ކުދިން ބަލަހައްޓާ މަރުކަޒުތަކުން ދޭ ޚިދުމަތާއި ޖަލުތަކުގެ ޚިދުމަތާއި ރަށް ކުނިކަހައި ބެލެހެއްޓުމުގެ ޚިދުމަތާއި، ކުނިނަގައި އުކާލުމުގެ ޚިދުމަތާއި މޫސުމާބެހޭ ޚިދުމަތް ވެސް ހިމެނެއެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ދައުލަތުގެ އިދާރާތަކުން ކުރަންޖެހޭ ކަންތައްތައް ކުރުމަށް މަސައްކަތަށް ނެރޭ މުވައްޒަފުން ފިޔަވައި އެހެން މުވައްޒަފުން މަސައްކަތަށް ނުނެރުމަށް ވެސް ރައީސް އޮފީހުގެ ދެންނެވުމުގައިވެއެވެ.

ސަރުކާރު ބަންދުކުރައްވާ މުއްދަތުގެ ތެރޭގައި ދައުލަތުގެ އިދާރާއަކުން ކޮންމެހެންދެއްވަން ޖެހޭ ޚިދުމަތެއް ދެއްވުމަށްޓަކައި، އެ އިދާރާއެއްގެ އެންމެ އިސްވެރިއަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން އެ އިދާރާއަކުން ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް ރައީސް އޮފީހުގެ އެންގެވުމުގައިވެއެވެ.

ސަރުކާރުން ވަނީ މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ސަރުކާރުގެ ހުރިހާ އޮފީސްތަކެއް ބަންދުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ވަހީދު

    ސަރުކާރަށް ދަންނަވާލލަން އޮތީ ،،، ބަލި ސިއްރުނުކޮށް ރައްޔިތުންނަށް މި ކަން ހާމަ ބޮޑު ގޮތެއްގައި އެކަން އެންގުން 13 ބޭފުޅުން ކޮބާ ބާކީ ތިބި މީހުން ނަތީޖާ ، ލަސްވާތީ އަވަސްކޮށްލަން ބޭނުންވަނީ

    18
  2. ރަސޯޓް ބޯއީން

    ރިސޯޓް މުވައްޒަފުން ކޮވިޑް ހަނގުރާމަ ކުރަނީ.
    މަޖިލިސް މެންބަރުން ނާ . ސަރުކާރު މުވައްޒަފުން . ބޮޑު މުސާރަ ނަގައަގެން ގޭގަ.. ވަރައް އިންސާފުދޯ؟
    ރިސޯޓް މުވަޒަފެއް ގެ އެވްރެޖް މުސާރައަކީ 250 ޑޮލަރު (3800 ރުފިޔާ.)

    19
    2
    • ފެޑެގާ

      ދުވާލަކު ކިތައް ފަހަރު ގެއިން ބޭރަށް ނުނިކުތުމަށް ހުރިހާ ރައްޔަތުންނަށް ބުނެ ދިނީމަ ބުނެދެވުނުކަމަށް ވާނީ. މަނިކްފާނަށް ވަކީން ސިޓީތަ ފޮނުވަންވީ

      1
      1
  3. ކެލާކުރޮޅި

    ޢަޅުގަޑުމެން ތިބޭނީ ގެއިގަ ސައިބޯނި ލައިގެން އަތް ދޮވެލަ ދޮވެލާ

    12
    2
  4. ާއައިސާ

    ހަދަމުންދާ އިމާރާތް ތަކުގެ މަސައްކަތް ހުއްޓަން ނުވޭތަ.ހަދާ ތަންތަނުން އަރާ ހިރަފުހުން ގޭގަތިބުމައް ނުކުޅަދާނަ

    18
  5. ޢަލި ފުތު

    ކީއްވެތަ ދިވެހި ޓިޥި ޗެނެލްތަށްމިޑިއާ ނެޓް އިން ފުރީކޮއް ނުފެންނަނީ. މިއުޅެނީ ކޭބަލްޓީވީ ކަޑައިލައިގެން ބިލްދައްކާނެ ފައިސާވެސް އަތުގަ ނެތިގެން. ނަމަވެސް ދަރިފުޅަށް ކިޔަވައިދެން މިޖެހުނީ ދިރާގް އޫރިދޫ އާއި މީޑިޔާނެޓް އަށް ފައިސާދީގެން. މިކަމުގައި ސަރުކާރުން ބަޔަކަށް ވިޔަފާރީގެ މަންފާ ހޯދައިދެއްވަނީތޯ. ސަރުކާރުން މިކަމުގައި ވިސްނާފަ ރައްޔިތުންނަށް ލުޔެއްހޯދައި ދިނުން އެދެން.

  6. ރިސޯޓް ބޯއި

    ސަރު ކާރު ހިމޭނުން ބަންދު ކޮށްފަ އާރަށުގަ. ރިސޯޓް މުވައްޒަފުން ގެސްޓުންގެ ޚިދުމަތުގަ، ސަރުކާރު ހިންގަން ބޭރު ފާއިސާ ހޯދަން. މީގެން ދޭހަވަނީ ކޯއްޗެއް؟ އަހަރެމެންގެ ވެސް ހައްްްްޤެއް ވޭ!

    10
    • Anonymous

      ރިސޯޓްތަކަކީ ސަރުކާރުގެ ތަންތަނެއް ނޫން ބަންދު ކުރާކަށް. ތި ރިސޯޓްތަށް އޮންނަނީ ކޮނެމެވެސް ބޭރު މެނޭޖްމެންޓެއް ދަށުގަ. ތަންތަނުގެ ވެރިން ބުނާ ގޮތަށް ބަސްއަހާގެން އުޅުން ނޫން ގޮތެއް ނެތް.

      1
      3
  7. ހުޅުމާލެ ހަސަން

    ދިވެހި ޗެނަލްތަށް މީޑިއާ ނެޓްއިން ފުރީކޮށް ލިބޭނެގޮތެއް ހަދައިދީބަލަ. އަހަރެމެންވެސް ގޭގައި ތިބެގެން ޓީވީން މައުޅުމާތު ބޭނުމެ. ގައުމީ ޓީވީވެސް މިޖެހެނި ކޭބަލްއަށް ފައިސާ ދައްކައިގެން ބަލަން ވިއްޔަ. މިދެން ބޮޑުވަރު

  8. މުދިންބެ

    މަގޭ ދަރިޔަށް ޓީވީ އިން ކިޔަވައިދޭން ބޭނުން. އެކަމު ކޭބަލް ޓީވީ ފުރީ ކޮއްފަނެތީމަ ނުފެނިގެން މިއުޅެނީ. ކޭބަލް އަށްދައްކަން ބޭނުންވާފައިސާއިން އަތްދޮންނަ ސާމާނުއާއި މާސްކް ގަތީމަ ދެންނެއް މީޑިއާ ނެޓްގެ ބިލް ދައްކާނެ ފައިސާއެއް. އަޅެ ފުރީކޮއް ފެންނަ ގޮތްހައްދަވައި ދެއްވަބަލަ. އާދޭސްކޮއްފަ މިބުނަނީ

    • ކޮމެންޓު

      ތިއުޅެނީ ހިލޭ ކަސޯޓީ ބަލަން

      4
      2
  9. ފާތުމަ

    ކޮބާތޯ ޕްރައިވެޓް ސެކްޓަރ ގެ މުވައްޒަފުން ؟ އެމީހުންގެ ހައްގުތައް ވަނީ ނިއުޅައިގެންފަ

  10. މޮހޮނު

    ބަލަގަ ތިޔަ މީހުން އެކަނި ހޭ ގޭގަ ތިބެންވީ؟ އެއާރޕޯޓް ސްޓާފުންނާއި އިމިގްރޭޝާން ކަސްޓަމްސް މުވައްޒަފުން މިއީ ގުރުބާން ކަންބަޅިތަކެއް ތަ؟

  11. ހުސެން

    ސަރުކާރާއި ސަރުކާރުގެ މުވައްޒަފުން އެކަނި ތޯ މިގައުމުގައި ތިބީ ؟

    10
  12. ދަންބެރު

    ސަ ރުކާ ރު މުއަށްޒަފުންގޭގަ ރިސޯޓުކުދިން ކޮވިޑާ ހަނގު ރާމައިއުލާން ކޮށްގެން ރިސޯޓުގަ ސޯލިހު އާ ރަށުގަ އާ ރު އެން އާ ރުގަ ރެސްޓު އެންޑު ރިލެކުސްގަ ކޮބާތޯ އިންސާނީ ކަ ރާމާތް.

  13. Anonymous

    މިޔައްކިޔަނީ އަމާބުނީތީ ފަ ރައްދާ ލޮކުޑައުން ފެމިލީގައި ތިބީ 20 މީހުން ސަ ރުކާ ރުގަ ވަޒީފާގަ އުޅެނީ ޢެންމެ މުވައްޒަފެއް ދެން ް ތިބީ ހުސް ޕް ރައިވެޓް ތަންތާ އުޅޭ މީހުން ދެން ލޮކްޑައުން މިވަނީ ކިހިނެއް