‏ރާއްޖެއިންވެސް ފެނިފައިވާ ކޮވިޑް-19 އާ ގުޅިގެން ސަރުކާރު ބަންދު ކުރުމާއި ގުޅިގެން އެސްޓީއޯގެ މަސައްކަތަށް އަދި މަސައްކަތުގެ ވަގުތަށް ބަދަލެއް ގެނެވިފައި ނުވާކަން ހާމަކޮށްފިއެވެ.

ކޮވިޑް-19 އާ ގުޅިގެން މާދަމާ އިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ސަރުކާރު ވަނީ ބަންދުކޮށްފައެވެ.

އެސްޓީއޯ އިން ކުރި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރު ބަންދު ކުރި ނަމަވެސް، އެސްޓީއޯއަކީ ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބޭސް، ކާޑު، ކާބޯތަކެތި އަދި ތެޔޮ މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ ޒިންމާ އަދާކުރާ ކުންފުންޏަށްވެފައި، އެސްޓީއޯގެ އޮޕަރޭޝަންތައް ހުއްޓާލައިފިނަމަ އާންމު ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކަށް ބުރޫ އަރާފާނެކަމަށް ފެންނާތީ، އެސްޓީއޯގެ މަސައްކަތަށް އަދި މަސައްކަތުގެ ވަގުތަށް ބަދަލެއް ގެނެވިފައި ނުވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން ދެ މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލު ހާލަތު ވަނީ އިއުލާނުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ނަން

  Muvah zifun ah luyeh dheyn jehey eba. geyga thibegen masaiy kaiy kurevey muvah zifun geyga thibegen masaiy kaiy kureveyne goiy hadhaa dheyn jehey. Ehn kunfuni thakuga luidheefaavaa usoolun. Mikan control kurumugaa veehaa ves gina baeh geyga thibeveyne inthizaamu sarukaarun hamajahsa dheyn jehey.

 2. ޝަހީރު

  ހޭބަލި ބަޔަކު ނުވާނެ ތަ!!! ކޮރޯނާ ވައިރަސް ދޯޅުވަނީ ކޮން ތަނެއްގަ މަސައްކަތް ކުރާ މީހެއްތޯ އަހާފަ ތަ؟ ޒަރޫރީ ބޭނުންތަކަށް މުދާ ފޯރު ކޮށްދޭތީ ޝުކުރިއްޔާ އެކަމަކު އެސްޓީއޯ މެޑިކަލް، ފިއުލް އަދި ސްޓޭޕްލް ފުޑްސް ފިޔަވައި އެހެން މުވައްޒަފުން ވަޒީފާއަށް ދަމާ ކޫއްތާފަ ގެންދާކަށް ނުޖެހޭ. ސަރުކާރު މުވައްޒަފުންނާއި ސިވިލް ސާވަންޓުން އެކަނިތަ ރައްކާތެރި ކުރަންވީ؟

  14
  2
 3. އަލި ރަސްގެފާނު

  އެސްޓިއޯ އެކަނި ހުޅުވާނީ، ޑޮކްޓަރުންނާއި ނަރުހުން، ސިފައިންނާ ފުލުހުން ޖަލުބަލަހައްޓާ މީހުންނާއި އެއަރޕޯޓްގައި މަސައްކަތްކުރަށްވެސް ދެން ފޮނުވާނީ އެސްޓިއޯ މީހުން އެހެން ހުރިހާ މީހުނަށް ރެސްޓް، މިދުވަސްވަރު މަޖިލިސްގަ ވެސް ތިއްބަވާނީ އެސްޓީއޯ ގެ ފިއުލުސަޕްލައިގަ އުޅުއްވާ ބޭކަލުން،

 4. Anonymous

  ސިފައިންނާއި ފުލުހުން ޑޮކްޓަ ރުންނާއި ނަ ރުހުން އަދިއެސްޓީއޯގެ ލޮބުބެތި މުވައްޒަފުންނައް ސުކު ރުހައްގު. ﷲއެބައިމީހުންނައް ހެޔޮސިއްހަތެއް ދެއްވާށި. އާމީން

 5. Anonymous

  އެކަމަކުއެއީ ސިވިލްސާވަންޓުން ފަދައިން މުސާ ރަ ބޮޑުބައެއް ނޫން. ކޮމްމެއަހަ ރަކު އެތައް މިލިއައް ފައިދާވާއި ރުވެސް. މިދިޔަ އަހަ ރުވެސް 500 މިލިއަން ފައިދާވި

 6. ކޮލާޖް

  ވަ ރައް ރަގަޅު ހިދުމަތްދޭ ބައެއް އެކަމަކް މުސާ ރަ ހަމަ 000000000 ދެވޭނީ. ?????