ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމިދާނެ ކަމަށް ބުނާތީ، އެއީ އަރަތެއް ކަހަލަ ކަމެއް ކަމަށް މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ މިއަދު ވިދާޅުވެއްޖެއެވެ.

އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިޚާބު ބާއްވާނެ ރައްކާތެރި މާހައުލެއް ނެތް ނަމަ، އެކަން ނިންމާނީ އިލްކްޝަންސް ކޮމިޝަން (އީސީ) އިން ކަމަށެވެ. އަދި ދެން އިންތިޚާބު ބާއްވާނެ ތާރީޚެއް ވެސް ނިންމަންވާނީ އެ ކޮމިޝަނުން ކަމަށް އޭނާ ވދާޅުވިއެވެ.

މީގެ އިތުރުން ކައުންސިލްތަކުގެ ދައުރު ހަމަވާއިރު އިތުރު ކައުންސިލެއް ހޮވިފައި ނެތުމުން މިހާރު ތިބި ކައުންސިލަރުންގެ މަގާމުގެ މުއްދަތު ދިގު ދެމިގެންދާ މައްސަލައިގައި ކޯޓުތަކުން ދުސްތޫރީ ހައްލެއް ހޯދައިދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސްފައިވާކަން އެ ކޮމިޝަނުން ހާމަކުރެއްވީ މިއަދެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ކޮވިޑް-19 އާ ގުޅިގެން އިންތިޚާބު ބާއްވާ ތާރީޚް ފަސްކުރުމަށްޓަކައި މަޖިލީހުން ހައްލެއް ހޯދައި ދެވިދާނެ ކަމަށް މިނިވަން މުއައްސަަސާތަކާއި ބެހޭ ކޮމެޓީން ބުނެފައި ވާތީ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރާ ގެނެސްފައިވާ ކަމަށެވެ. ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސް ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކޯޓަށް ހުށަހެޅުމުން، އެ ކޮމިޝަންގެ މެމްބަރުން ރޭ ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް ހާޒިރުކޮށްފައެވެ.

ގާނޫނު ބުނާ މުއްދަތުގައި އިންތިޚާބު ބޭއްވެން ނެތިގެން އެ ކަމަށް ހައްލެއް ހޯދައިދިނުމަށް އެދި ކޯޓަށް ހުށަހެޅީ އެއީ ކުރިން ވެސް އަމަލު ކުރަމުން އައި އުސޫލު ކަމަށް ވާތީ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވަނީ ރޭ ކޮމެޓީގެ ބައްދަލުވުމުގައި ވިދާޅުވެފައެވެ.

މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ ރޭގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ، އިންތިޚާބު ފަސްކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް އަވަސް ކަމާ އެކު އެ ކޮމިޓީން ކުރިއަށް ގެންދާނެ ކަމަށެވެ.

އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަނުން ފުރަތަމަ ހުށަހެޅީ ހައިކޯޓަށެވެ. ނަމަވެސް ފަހުން ވަނީ ހައިކޯޓުން މައްސަލަ އަނބުރާ ގެނެސް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައެވެ. އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން ވަނީ އެ މައްސަލަ ސުޕްރީމް ކޯޓުން ވެސް ނަގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އެކްޓަރ

    އަލްހާން ކައުންސިލް އިންތިޚާބުގެ ކުރިން ރާއްޖޭގައި ދެން ރިޔާސީ އިންތިޚާބެއް އޮންނާނެ ފަހަރުގަ ދެ ކަން އެއްފަހަރާބާއްވާނެ.....

    20
    2
  2. Anonymous

    ޢަލްހާނު މަނިކުފާނު ތިތަހުންނެވީ މިހާރު މާލޭގެ މޭޔަރ ގޮނޑި ކާމިޔާބުކޮށް އެގޮނޑިއަށް ސަވާރުވެގެންނޫންބާ؟؟؟ ދެން ކޮންހާ ގަނޑެއް ގަންނާކަށް، ހަމަޖެހިގެން މޭޔަރކަން ކޮށްލަކޮށްލާ ހުރީމަ ނިމުނީނުން ?????

    20
    3
    • ތަކުރުފާނު

      ރުޅިއައިސްގެން ގޮސް ރޯގާޖެހުނީތަ؟?

      14
      2
  3. އަޒްލީމް

    ފޮ ރެކްސް ޓް ރޭޑުން ބައިވަ ރު ޑޮލަ ރުލިބޭއި ރު ކީއްކު ރާމޭޔަ ރު ކަމެއްތޯ ؟

    12
    1
  4. ހުސޭނުބޭ

    އަމިއްލަ އިންތިހާބެއް ބާއްވަންވީނު! އޭރުން އަރަތް ފުރިހަމަކުރެވުނީ!

    13
    1
  5. ުއުނދުޅި

    އަލްހާނަކީވެސް ބޮޑު އަ ރަތެއް
    އި ރެއްގަ ސިޔާސީ ވިޔަސް ދެން ތިކަމެއް ނުވާނެ

    13
    1
  6. އަލްޖިބްރާ

    ކަލޭ އަރަތަކަށް ހަދައިގެން ހުރެބަލަ !

    13
  7. ޖުހާ

    މި ސޮރު ޓެސްޓު ކުރަން ފެނޭ ވީ އެންމެ އަވަހަކަށް މުޅި ދުނިޔެ އެކަމާއިގެން އުޅޭ އިރުވެސް މީނަ މިހިރީ އަދަ 1990 ގަ ?‍♂️