ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ގެ ނުރައްކަލުން ސަލާމަތްވުމުގެ ފިޔަވަޅެއްގެ ގޮތުން ގޭގައި ނަމާދުކުރަން އެދި ފުރަތަމަ ފަހަރަށް، ރާއްޖޭގައި މިއަދު ބަންގި ގޮވަން ފަށައިފިއެވެ. މިއީ، އާ ކަލިމަތަކަކާ އެކުގައި މިގޮތަށް ރާއްޖޭގައި ބަންގި ގޮވި ފުރަތަމަ ފަހަރެވެ.

މެންދުރު ނަމާދަށް ގޮވި ބަންގިއަށް ކަލިމަތަކެއް އިތުރުކޮށްފައިވާ އިރު، ކަލިމަތަކުގެ މާނަ ދިވެހިން ވެސް ގޮވިއެވެ.

އިތުރު ކުރި ބައިގައި ގޮވަނީ "ހުރިހާ އެންމެން ގޭގައި ނަމާދުކުރައްވަވާ،" މިގޮތަށެވެ. އެގޮތަށް ދެ ފަހަރަކު ބުނެއެވެ. ބައެއް މިސްކިތްތަކުގައި ހަމައެކަނި އެގޮތަށް ބުނީ އަރަބި ބަހުންނެވެ.

Islaamee Marukazugai Miadhu Govi Mendhuru Namaadhuge Bangi - Bangi Ah Fahu Geyga Namaadhu Kurumah Vanee Irushaadhu Dheefa.

Posted by Vaguthu on Wednesday, March 18, 2020

މިގޮތަށް ބަންގި ގޮވާފައި ވަނީ ހަމައެކަނި މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އާއި ރިސޯޓުތަކުގައި ހުރި މިސްކިތްތަކުގައި އެކަންޏެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ އެހެން ރަށްރަށުގައި ކުރިއެކޭ އެއްގޮތަށް ޖަމާއަތުގައި ނަމާދުކޮށްފައިވާ ކަމަށްވެއެވެ.

މިއަދު މެންދުރު ނަމާދުން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ އަސުރު ނަމާދާ ހަމައަށް ޖަމާއަތުގައި ނަމާދުނުކުރާށާއި ހުކުރު ނަމާދު ވެސް ނުކުރަން އިސްލާމިކް މިނިސްޓްރީން އެންގީ މާލެ އާއި ވިލިމާލެ އާއި ހުޅުމާލެ އަދި ރިސޯޓުތަކުގައި ހުރި މިސްކިތްތަކުގައެވެ. އެކަމަކު، އެއްވެސް މިސްކިތެއް ބަންދެއް ނުކުރެއެވެ.

މިސްކިތްތައް ބަންދު ނުކުރާ އިރު، ފަސް ވަގުތު ބަންގި ގޮވަން އިސްލާމިކް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް މިގޮތަށް ޖަމާއަތުގައި ނަމާދުކުރުމާއި ހުކުރުކުރުން ހުއްޓާލި ފުރަތަމަ ފަހަރެވެ.

މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރަން ނިންމައިފި

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ ބައެއް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރާ ގޮތަށް ހަމަޖެއްސީ އިލްމުވެރިންނާ މަޝްވަރާ ކުރެއްވުމަށް ފަހު، އެމީހުންގެ މަޝްވަރާގެ މަތިން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. މާލެ ބޭބެ

    ރާއްޖެ ލޮކް ޑައުން ނުވެ، ރާއްޖޭގެ ޖަލުތަކުގައި އެތައްސަތޭކަ ޒުވާނުންނާއި އިސްރަށްވެހިންނާއި ، ދިވެހިރާއްޖޭގެ ތަރައްގީގެ ބާނީ ރ.ޔާމިން ތިބީ ލޮކް ކުރެވިފަ. އެއްވެސް ރަހުމެއްނެތް ؛ މިސަރުކާރުގެ އިސްވެރިން ތިބީ އަޅެފަހެ ކިއެއްވެފަ. ދުނިޔޭގެ ލީޑަރުން އަދި އެމެރިކާފަދަ ބޮޑެތި ޤައުމުތަކުގެ ރައީސުންނާއި ބޮޑެތި މެޑިކަލް ޓީމުތައް ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދީ އެކިއެކި ޚިދުމަތް ދިނުމަށް ފޫގަޅައިގެން އުޅޭއިރު މިޤައުމުގައި މިއުޅެނީ ތަރުޖަމާނެއް ... ދީނޯގޮތުން މިއެޅިފިޔަޅުގެކުރިން އަޅަންޖެހޭ އެތައް ފިތަވަޅުތަކެއް އެބަހުރި ނަމަވެސް ކުއްލިއަކަށް މިސްކިތުގައި ޖަމާއޒތުގައި ނަމާދުކުރުމާއި ހުކުރު ކުރުން މިހުއްޓީ ކީއްވެ...އިންޑިޔާގައި މިބަލި ފެތުރޭ އިރު އެމީހުން ރާއްޖެ އެބައާދޭ... ޑަބަލް ސްޓޭންޑް ޕޮލިސީ... ރައީސް ކޮބާތަ، ރައްޔިތުން ހަވާލުކުރި ޒިންމާއަށް ހަރާމްކޯރުވެއްޖެ. ނޫސްވެރިންނާއި ރައްޔިތުން ބޭނުންވޭ ސީދާ ރައީސް އާއި ސުވާލުކުރަން .ކީއްވެ ފިލާ އޮވެ ދީނީ ކަންތައްތކާއި ތިޔަ ބެހެނީ..... ސަރުކާރު 7 ދުވަހަށް ބަންދުކުރީމަ ކޮންކަމެއްތޯ ހާސިލްވާނީ، ބަންދު ކުރަންޏާ ވަގުތު ކުޑަކޮށްލީމަ ނިމުނީ...4 ގަޑިއިރަށް....

    17
    8
  2. ހަސަން

    ފުރަތަމަވެސް ބަންދު މިކުރީ މިސްކިތްތަށް. ސްޕާތަށް ހުޅުވައިފަ، ހޮޓާތަށް ހުޅުވައިފަ، ރެޒޯޓްތަށް ވެސް ހުޅުވައިފަ.

    30
    8
    • ޙިންނަބެ

      އެބަ ރަގަޅުވޭ ބޮދުދޮރާށި ބަނދު ނުކޮއް ރަހުމަތުން ދުރުކުރަން މިތެނީ. ﷲ އީ ގަދަފަދަ ފަރާތް

      20
      5
  3. إمام

    ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ.
    😭😭😭😭😭😭😭😭
    800 އަހަރު ވަންދެން ނަމާދު ކުރަމުން އެދިޔަ މިސްކިތްތަައް މިޔަދު އެހުރީ ފަޅުވެފައެވެ.

    ޔާ ﷲ ޣާފިލް ވެފައިވާ އެއްމެހާ ސިކުނޑިތައް ހޭލައްވަވާށި .....
    އަދި އަޅަމެންނަށް މި މުސީބާތުން އިބުރަތެއް ފަހުމް ކޮށްދެއްވަވާ މި ކަމުން ސަލާމަތް ކުރައްވަވާށި أامين

    56
    4
  4. ޙެހެޔެހެ

    ދުނިޔެ ގެ އެހެން މުސްލިމް ގައުމުތަކު ގަ ވެސް ބަންގި ގޮވަނި ތިހެން

    23
  5. ދުއާ

    ހައްދަވާ ގެންގުޅުއްވާ އިލާހް. މި ނުރައްކާތެރި މުސީބާތުން އަޅަމެން ނަޖާ ކުރައްވާ މި ލޮބުވެތި ރާއްޖެއާއި މުޅި ދުނިޔެއަކީ ވެސް އަމާން ތަނެއް ކަމުަގައި މިންވަރު ކުރައްވާ، އަޅަމެނަށް ދުޅަހެޔޮކަން މިންވަރު ކުރައްވާނދޭވެ. އާމީން

    25
    1
  6. ޢާމިރި

    މިތާ ދިރި އުޅޭ 3 ލައްކަ ބިދޭސިންނާ
    ޥަޒީފާ ތަކުގައި އުޅޭ ދިވެހިން ބަންގި ގޮވާއިރައް ގެޔަށް ރޫމަށްދެވޭތޯ
    ޢިލްމުވެރިން އެޅިހާ ބަތަކަށް ރިހަ ނުވަމާތޯ.

    11
    1
  7. ބީރުމީހާ

    ﷲ ގެ ގެކޮޅަށް ވަނުން ތިޔަ މަނާކުަނީ
    ޞަލަ ކޮވިދަށް އެތެރެ ނުވާގޮތައް ރާއްޖޭގެ މައި ދޮރާށި ބަންދު ނުކުރެވިގެން މި ތެޅެނީ ކީއްވެތަ
    ޅަންކާއަށް ވިސްނަބަލަ

    11
    5
  8. ހޫރު

    މީމީހުންނަށް ހެޔޮ ވާނެ އެންމެން މަރުވިޔަސް މިމީހުން ސަލާމަތްވެ ތިބިއްޔާ. ހޫރުންގެ ގާތަށް ދާކަށް ވެސް ނުކެރެޔޭ. ބިރުން ތެޅިގެންފައި ހަމަ ބިމަށް ތިރިވެއްޖެ.

    6
    1
  9. ބްރޯ

    މުޅި އުމުރުގާ ވެސް ނަސިދު އަށް އެންމެ އުފާވެރި ދުވަސް މިއީ މީސްތަކުން މިސްކިތާ ދުރުވާންޖެހުނު ދުވަސް މިއީ އެޖެންޑާ 19 އަށް ފުރިހަމަކަމެއްގެނުވައިދިން ދުވަހެއް.

    6
    1
  10. އަހްމަދުބިންސައީދު

    މިރާއްޖެއަށް މިނޫނަސް ނުރައްކާތެރި ބަލިތަކާ މުސީބާތްތައްވެސް އައިސްފާވާނެ. އިސްލާމްކަންމަތީ އުޅޭތާ400 ވަރަކަށް އަހަރުވެދާނެ. އެއްވެސް އިރެއްގާ މިސްކިތްތަށް ބަންދުކޮށް ހުކުރުނަމާދު ކުރުން މަނާކުރެވިފައެއްނެތް. މިއަދު މިރާއްޖޭގެ ވެރިކަމުގައި މިތިބަމީހުންގެ ސަބަބުން މިރާއްޖެއަށް ދިމާވަމުން މިއަންނަނީ އަޖައިބެއްފަދަ މުސީބާތްތަކެއް. މިސަރުކާރު ވެރިކަމަށްއައިފަހުން ކޮންމެސްކަހަލަ ބަލާވެރިކަމެއް ނުހިނގާދުވަހެއް ހަމަނުދެޔޭ ބުނެވޭނީ. ރާއްޖެ ނުހުއްޓުވޭނޭ، ޓޫރިޒަމެއް ނުހުއްޓުވޭނޭ ކިޔާ ގަދަބަސް ބުނި މީހުން ފޭހުނު އިލޮށި މިހެރުނީ ފޭހުނު މީހުންގެ ލޮލަށް. އަދިވެސް މިބަލަނީ ލާދީނީ ފިކުރު ކުރިއެރުވޭތޯ؟

  11. ހެޔޮޢަމަލުގެތަޢުފީޤް

    ބާޒާރުތަކާއި ވިޔަފާރިކުރުމަށް ޖަމާވެވޭހާ ތަނަކަށް ޖަމާވާންވީ، ނަމާދުކުރަން ޖަމާވުން ކަމަކުނުދޭ މިސްކިއްތައް ބަންދުކުރަންވީ، ދެރަ

    4
    1
  12. ޢޭޑީ

    މިސްކިތުގައި ނަމާދު ކުރެވޭ، އެކަމަކު ޖަމާއަތުގައި ނުކުރެވެނީ!