ރާއްޖެއިންވެސް ކޮވިޑް-19 ފެނުމާއި ގުޅިގެން މާދަމާ އިން ފެށިގެން ސުޕްރީމް ކޯޓުގެ ހުރިހާ އަޑުއެހުމެއް ކެންސަލް ކުރުމަށް ނިންމައިފިއެވެ.

ސުޕްރީމް ކޯޓުން މިއަދު ވިދާޅުވީ، މާދަމާއިން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެ ކޯޓުގައި ތާވަލް ކޮށްފައިވާ އަޑުއެހުންތައް ކެންސަލްކޮށްފައިވާ ކަމަށެވެ.

އަދި އެ އަޑުއެހުންތައް ވީއެންމެ އަވަހަކަށް ތާވަލް ކުރެވޭނެ ކަމަށްވެސް ސުޕްރީމް ކޯޓުން ވަނީ ވިދާޅުވެފައެވެ.

ސުޕްރީމް ކޯޓުން މިގޮތަށް ނިންމާފައިވާއިރު، މާދަމާއިން ފެށިގެން ސަރުކާރު އެއް ހަފްތާ އަށް ވަނީ ބަންދުކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައްވެސް ވަނީ ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

ރާއްޖެއިން ކޮވިޑް-19 ޖެހިފައިވާ 13 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހަކަށް ދަނީ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ. ރާއްޖެއިން ކި ވައިރަސްއަށް ފައްސިވި މީހުންގެ ތެރޭގައި ގިނައީ އިޓަލީ މީހުންނެވެ.

މިހާތަނަށް ރާއްޖެއިން މި ވައިރަސްއަށް އެއްވެސް މީހަކު ފައްސިވެފައެއް ނުވެއެވެ.