ހ.ދ. ގެ ދެ ރަށަކަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ފެނަކައިން އެ އަތޮޅު ކުޅުދުއްފުށި އަދި ހަނިމާދޫއަށް އާ ޖަނަނޭޓަރު ސެޓެއް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސަތްކަތް ފަށައިފިއެވެ.

ކުޅުދުއްފުއްޓަށް 800 ކިލޯވޯޓުގެ ޖަނަރޭޓަރެއް ގެންގޮސްފައިވާއިރު ހަނިމާދޫ އަށް ވަނީ އެއް މެގަވޯޓުގެ ޖަނަރޭޓެއް ގެންގޮސްފައެވެ. އެގޮތުންް ކުޅުދުއްފުށްޓަށް ޖަނަރޭޓަރު ފޮނުވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުއެވެ. އަދި ހަނިމާދޫއަށް ޖަނަރޭޓަރު ފޮނުވާފައި ވަނީ މދިޔަ ހުކުރު ދުވަހު ކަމަށް ފެނަކައިން ބުންޏެވެ.

ފެނަކައިން ހަވާލުކޮށްފައިވާ ޖަނަނޭޓަރތައް އިންސްޓޯލް ކުރުމުގެ މަސަތްކަތް ކުރަމުން ދަނި

ފެނަކައިން ބުނީ ކުޅުދުއްފުއްޓާއި ހަނިމާދޫއަށް ފޮނުވާފައިވާ ޖަނަނޭޓަރުތައް އިންސްޓޯލް ކުރަން ފަށާފައިވާ ކަމަށާއި އެ ޖަނަނޭޓަރުތަކުގެ ސަބަބުން އެ ރަށްތަކުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ލިބިގެން ދާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ކުޅުދުއްފުއްޓަށް މިހާރު ކަރަންޓު ދެމުން ގެންދާ ޖަނެރޭޓަރުތަކުގެ ތެރެއިން އެއް ޖަނެރޭޓަރަށް މައްސަލައެއް ދިމާވެގެން އެރަށުގެ އެކި ހިސާބުތަކުން ދޭތެރެ ދޭތެރެއިން އަންނަނީ ކަރަންޓުގެ ހިދުމަތް ކެނޑެމުންނެވެ.