ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ބޮޑެތި މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ މުސާރަ އިން 20 ޕަސެންޓް އުނި ކުރުމަށް މަޖިލިހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން އެވަރު ކުޑަ ކުރަން ހުށަހެޅީ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުންނެވެ. އަދި މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ނިންމުމަށް ތާއީދުކޮށް، ސިޔާސީ ބޮޑެތި ހުރިހާ ބޭފުޅުންގެ މުސާރަ ވެސް ކުޑަ ކުރަން ފާސްކޮށްފައެވެ.

މާލިއްޔަތު ކޮމިޓީން ތައްޔާރު ކުރި އެ ރިޕޯޓު މަޖިލިހުގެ ތަޅުމުން ފާސް ކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 74 މެމްބަރުންގެ އިއްތިފާގުންނެެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ބުނީ ރައްޔިތުންގެ މަޖިލިހުން ކަނޑައަޅަން ޖެހޭ މުސާރަ އާއި އިނާޔަތްތަކުގެ ތެރެއިން އަސާސީ މުސާރައިގެ ގޮތުގައި 30،000ރ. އަދި އެއަށް ވުރެ މަތިން ކަނޑައަޅާފައިވާ މުސާރަތަކުން މާޗު އަދި އޭޕްރީލްއަށްވާ އަސާސީ މުސާރަ އިން 20 ޕަސަންޓު އުނިކުރުމަށެވެ. އަދި މި ބަދަލު ކޮމިޓީން ކޮންމެ އެއް ފަހަރަކު މުރާޖައާ ކުރަން ވާނެ ކަމަށް ވެސް މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ.

މަޖިލިހުން އެގޮތަށް ނިންމުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސް އާއި ވަޒީރުންގެ މަޖިލިހުގެ މެމްބަރުންނާއި ފަނޑިޔާރުން އަދި މިނިވަން މުއައްސަސާތަކުގެ އަދި ކޮމިޝަންތަކުގެ އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 20 އިންސައްތަ އުނި ކުރެވޭނެއެވެ.

ޖުމްލަ 87 މެމްބަރުން ތިއްބަވާ މަޖިލިހުގައި ކޮންމެ މެމްބަރަކަށް މުސާރައިގެ ގޮތުގައި 42،000ރ. ލިބިވަޑައިގަންނަވަ އެވެ. ހައުސިން އެލަވަންސަށް 20،000ރ. އަދި ކޮމިޓީ އެލަވަންސަށް ލިބޭ 20،000ރ. އާ އެކު ޖުމްލައަކީ 82،000ރ. އެވެ. މުސާރަ އިން 20 ޕަސަންޓު އުނިކުރާ ނަމަ، އެއީ ޕަސެންޓަކީ 8،500ރ.އެވެ.

އޭރުން މަޖިލީހުގެ މެންބަރުންގެ މުސާރައަށް ދައުލަތުން ކުރާ ހޭދައިން މަހަކު 739،500 ރުފިޔާ ސަލާމަތްވާނެއެވެ. އެއީ އަހަރަކު ގާތްގަނޑަކަށް 8.9 މިލިއަން ރުފިޔާއެވެ.

މަޖިލިހުން އަލަށް ގެނައި ބަދަލުތައް:

 • ރައީސުލްޖުމްހޫރިއްޔާ އަށް މަހަކު 100،000ރ. ލިބިވަޑައިގަންނަވާ، އާ ބަދަލާއެކު ލިބިވަޑައިގަންނަވާނީ 80،000ރ.
 • ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް މަހަކު 75،000ރ. ލިބިވަޑައިގަންނަވާ، އާ ބަދަލާ އެކު ލިބިވަޑައިގަންނަވާނީ 60،000ރ.
 • ވަޒީރުންގެ މަޖިލިހުގެ މެމްބަރުންނަށް މަހަކު 57،500ރ. ލިބިވަޑައިގަންނަވާ. އާ ބަދަލާ އެކު ލިބިވަޑައިގަންނަވާނީ 49،000ރ.
 • ރައްޔިތުންގެ މަޖިލިހުގެ ރައީސަށް މަހަކު 73،125ރ. ލިބިވަޑައިގަންނަވާ. އާ ބަދަލާ އެކު ލިބިވަޑައިގަންނަވާނީ 62،500ރ.
 • ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސަށް މަހަކު 71،000ރ. ލިބިވަޑައިގަންނަވާ. އާ ބަދަލާ އެކު ލިބިވަޑައިގަންނަވާނީ 60،800ރ.
 • މަޖިލިހުގެ މެމްބަރުންނަށް މަހަކު 82،500ރ. ލިބިވަޑައިގަންނަވާ. އާ ބަދަލާ އެކު ލިބިވަޑައިގަންނަވާނީ 74،000ރ.

މަޖިލިހުން ގެނައި ބަދަލާ ގުޅިގެން އުއްތަމަ ފަނޑިޔާރަށް މަހަކު ލިބިވަޑައިގަންނަވާ 73،125ރ. ގެ ބަދަލުގައި މިހާރު ލިބިވަޑައިގަންނަވާނީ 62،500ރ.އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މަހަކު ލިބިވަޑައިގަންނަވާ 71،000ރ. ގެ ބަދަލުގައި ދެން ލިބިވަޑައިގަންނަވާނީ 60،800ރ.އެވެ.

މިއާ އެކީގައި ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓާއި ސިވިލް ކޯޓާއި ޖުވެނައިލް ކޯޓާއި ފެމިލިީ ކޯޓުގެ މުވައްޒަފުންގެ މުސާރަ ވެސް ކުޑަވާނެއެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރާއި އޮޑިޓަ ޖެނެރަލް އާއި ޕްރޮސެކިއުޓާ ޖެނެރަލް އާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މުސާރަ ވެސް ކުޑަކުރަން މަޖިލިހުން ވަނީ ނިންމައިފައެވެ.

މި ބަދަލާ އެކީގައި މިނިވަން މުއައްސަސާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި މެމްބަރުންގެ މުސާރަ ވެސް ކުޑަވާނެއެވެ.

ކޮވިޑް-19 ރާއްޖެ އިން ފެނުމާ ގުޅިގެން މަޖިލީހުގެ އިދާރާގެ ހަރަދުތަކުގެ ތެރެއިން 19.3 މިލިއަން ރުފިޔާ އުނިކޮށް ދިނުމަށް ވެސް ފިނޭންސް މިނިސްޓްރީން ވަނީ އެދިފައެވެ.

މަޖިލިހުގެ މެމްބަރުންގެ މުސާރަ އަށް ބަދަލު ގެންނަން މަޖިލިހުން ނިންމިއިރު، މަޖިލިހުގައި ބާއްވާ ޖަލްސާތަކުގެ ތެރެއިން މަހެއްގެ މައްޗަށް ދެބައިކުޅަ އެއްބައި ޖަލްސާއަށް ހާޒިރުނުވެއްޖެ ނަމަ މެންބަރުންގެ މުސާރަ އިން 50 ޕަސަންޓު އުނިވާ ގޮތަށް ގަވައިދު އޮތީ ބަދަލުކޮށްފައެވެ. އެކަށީގެންވާ އުޒުރެއްގެ ގޮތުގައި ބަލާނީ ބަލިވެގެން ބުނާ ސަލާމާއި ޗުއްޓީ ކަމަށް ގަވައިދަށް އަލަށް ގެނައި އިސްލާހުގައި ވަނީ ބުނެފައެވެ.

ގަވައިދަށް ދެން ގެނައި އެންމެ މުހިންމު ބަދަލަކީ ކޮމިޓީ އެލަވަންސް ދޭ ގޮތެވެ. ކޮމިޓީއަކުން ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން 50 ޕަސަންޓު ބައްދަލުވުމަށް ހާޒިރުނުވެއްޖެ ނަމަ، 20،000ރ. ގެ އެލަވަންސް ލިބިވަޑައެއް ނުގަންނަވާނެ އެވެ. އަދި ކޮމިޓީގެ ބައްދަލުވުންތަކުގެ ތެރެއިން 50-75 ޕަސަންޓު ބައްދަލުވުންތަކަށް މެމްބަރަކު ވަޑައިގެންފި ނަމަ، ލިބިވަޑައިގަންނަވާނީ އެލަވަންސްގެ 50 ޕަސަންޓެވެ. އެއީ 10،000ރ. އެވެ. އެހެންކަމުން 20،000ރ. ގެ އެލަވަންސް ލިބިވަޑައިގަންނަވާނީ 75 ޕަސަންޓަށް ވުރެ ގިނަ ބައްދަލުވުންތަކަށް ވަޑައިގަތީމައެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާ އިރު، މި ބަލި މިހާތަނަށް 13 މީހަކަށް ޖެހިފައިވެއެވެ. ބަލި ޖެހުނު މީހުންގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. އަހުމަދު

  ނަމޫނާ ދައްކާފި !!!!!!!!!!!!!!!!!!!!

  10
  22
 2. ބްރޯ

  ކޮމިޓީ އެލަވަންސަކި އެއްގޮތަކަށްވެސް ދޭންޖެހޭ އެއްޗެއްނޫން ކޮމިޓީ ގަ ގިނަފަހަރު މިތިބެނީ ތަޅުމުގަ ޖަލްސާހިގަމުންދަ ގަޑީގަ ވީމާ ކޮމިޓީ އެލަވަމްސް ޖެހޭނީ އުނިކުރަން.

  29
 3. ބްރޯ

  މަޖިލީހުގެ މެމްބަރުންގެ މުސާރަޔަ އިނާޔަތުން އެއްކޮށް 50 % އުނިކުރެވެންވާނެ

  29
 4. ޖަނާބު

  މިއީ ކީއްކުރަން ކުރި ކަމެއް.. ރައްޔިތުން މަޖިލިސް އިންޑްރާމާ ކުޅުން ހުއްޓާލަންވެއްެ ނޫންތަ.. ތިޔައީ ސިވިލްސާވިސް މީހުންގެ މުސާރަ އުނިކުރަން އުޅޭތީ ޖެހި ރޮކެޓެއް..82000 ރުފިޔާ ލިބޭމީހެއްގެ މުސަރައިން 8500 ރުފިޔާ ކެޑުން ތީ ޖޯކެއް ..ތިކަން ކުރުމައް ވުރެން ނުކުރިނަމ މާރީތިވާނެ.. ރައީސުލް ޖޫމްހޫރިއްޔާ ހުރިހާ ޚަރަދެއް ރައްޔިތުންގެ މާލިައްޔާ ބަލަހައްޓާއިރު 20،000 ރުފިޔާ އުނީ ކުރީމަ ޖޯކް...... މާދަމާ 8500 ރުފިޔާ ލިބެ ސިވިލް ސާވިސް މުވައްޒަފު ގެ މުސާރއިން 1500 ރުފިޔާ ކަނޑާލަން ނިންމީމަ ދެން ކޯޗެއްތިޔަ ހަދަނީ ... އާދައިގެ ރައްޔިތު މީހާ ނުކައި ހުއްޓަސް ހެޔޮ

  34
  3
 5. Anonymous

  މަޖިލިސް މެމްބަރަކަށް އަދިވެސް ގެއަށް ގެންދަން 74 ހާސް ރުފިޔާ އެބަ ލިބޭ. ކޮންކަހަލަ އިންޞާފެއް.

  28
 6. ދަލޭކަ

  ދެ އަނގައިގެ ވެރިޔާ ކޮމިޝަންތަކުގެ ބާނީ ބުނާބަހާ އަމަލާ ދިމާނުވޭ ވިސްނުމެއްނެތި ރައްޔިތުނނާ ޖަވާބުދާރީ ވަނީ

  20
  1
 7. މޮޔަސޮރު

  ތިޔައީ ދިވެހިރާއްޖޭގެ ގާނޫނުތަކާ ޚިލާފު ނިންމުމެއް. ތިޔަ ނިންމުމެއް ނިންމުމުގެ ކުރިން ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމުގެ ގާނޫނާއި ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ސިޔާސަތު ކަނޑައެޅުމުގެ ގާނޫނު މެންބަރުން ވިދާޅުވެލައްވާ. ދައުލަތް ހިންގުމަށްޓަކައި މުސާރައިގެ ސިޔާސަތު ކަނޑައެޅުމާއި މުސާރަ ކަނޑައެޅުމުގެ ބާރު ޤާނޫނަކުން ދީފައި އޮތްވައި އެބާރުގެ މައްޗަށް އެހެން ބާރަކަށް ވަދެވޭނީ ގާނޫނު އިސްލާހުކުރުމަށްފަހު. ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމުގެ ބާރު ވަކި ފަރާތަކަށް ދީފައި ވަނިކޮށް އެބާރު ހަނިކޮށް ގޮތްގޮތް ހެދޭނީ ގާނޫނު އިސްލާހު ކުރުމަށްފަހު. މިހާރު މަޖިލީހުން ތިހައްދަގޮތުން މި ދައުލަތުގައި ގާނޫނެއް އޮތުމުގެ ބޭނުމެއް ނެތް. ގާނޫނީ ހުކުމަތެއް ނުހިނގާ. ރައްޔިތުންގެ މަޖިލީހުން މުސާރަ ކަނޑައަޅަންޖެހޭ މަގާމުތަކާމެދު މަޖިލީހަށް ގޮތެއް ނިންމުނު ނަމަވެސް ގާނޫނުތަކުގައިވާ ގޮތަށް މެނުވީ އެހެން ބައެއްގެ މުސާރައިގެ މައްޗަށް ގޮތެއް ނުކިޔޭނެ. ދިވެހިދައުލަތަށް ދިމާވާ ކަންކަމުގައި ދައުލަތުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަންޖެހުނު ހާލަތެއްގައި އެކަން ކުރަންވާނީ ގާނޫނީ ހަމަތަކުގެ މަތިން އެބާރު އޮތް ފަރާތަކުން. ގާނޫނުތަކުގެ ބޭނުން ކަނޑުވާލާފައި އެކަން ކުރުމަކީ ގާނޫނު މުގުރުން. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށްވިޔަސްވެސް ގާނޫނުތަކަށް ބޯލަބަންޖެހޭނެ. ގާނޫނުތަކުގައި ވަކިގޮތެއް ކަނޑައަޅާފައިވާ ކަމަކާމެދު ގޮތެއް ނިންމަންވާނީ ގާނޫނު އިސްލާހު ކުރުމަށްފަހު.

  16
 8. ރައްޔިތުމީހާ

  ރަނގަޅު ނިންމެވުމެއް. އެކަމު އަދިވެސް ކުޑަކޮށްލަން ޖެހޭނެ. އިންސާފަށް ލޯބި ކުރައްވާ!!

  14
  1
 9. ރައްޔިތު މީހާ

  ރަނގަޅު ނިންމެވުމެއް. އެކަމު އަދިވެސް ކުޑަކޮށްލަން ޖެހޭނެ. އިންސާފަށް ލޯބި ކުރައްވާ!!

  10
  1
 10. ކޮރަލް

  ވ ކުޑަ ބަދަލެކެވެ.

  15
 11. ގަމާރު

  މިއީ އެމް.ޑީ.ޕީ ސަރުކާރެއް އޮވެއްޖެނަމަ ޙާލަތު. އެއްޗެކޭ ބުނާއިރަށް މުސާރަ ކަނޑާލާނެ. އެއީ ޙާލަތު.

  3
  1
 12. ޅަކުއްޖާ

  ޏަސީބެއް ތިވެސް
  އެހުރިހާ އެންމެން ބޮޑު ގޮޑީގައި މުސާރަ ކާ އިރު އަހަރެމެން ފަގީރުން މި ތިބެނީ ކިރިޔާ ބަނޑަށް މަރު ނުވެ
  ޢަލްހަމްދުﷲ

 13. ގޮނޑި

  ތިބުނާ ހަރަދެއް ކުޑަކޮށްގެން ސޭވް ކުރެވޭ އެއްޗެއްވެސް ސިޔާސީ ޕާޓީތަކަށް ދިނީމަ ނިމުނީނުން

 14. ޢަހަރެން?

  ސާބަހޭ!!!!.????

  2
  1
 15. ނ

  އެންމެ ދެމަސް މާރިޗު ދެން އެޕްރިލް.
  ތިޔައީ އޮޅު ވާލުން...ކުޑަކުރިއޭ ބުނީމާ ...ބައެއް މީހުން ހިނިއައިސްފަ