މާލެއިން "ބްލޫފްރޮންޓް އެމޭޒަން" ގުރައެއް ގެއްލިގެން އޭގެ ވެރިފަރާތުން ގުރާ ހޯދުމަށް އާންމުންގެ އެހީ އަށް އެދިއްޖެއެވެ.

ގުރާ ގެންގުޅޭ ފަރާތުން "ވަގުތު" އަށް މައުލޫމާތު ހިއްސާ ކުރަމުން ބުނީ، ގުރާއަށް ކިޔަނީ "ކޮކީ" ކަމަށާއި އެ ގުރާ ގެއްލިފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އޭނާ ބުނެފައިވަނީ ގުރާ ވަކި ކުރުމަށް ވާތް ފަޅީ ފައިގައި ރިންގެއް އަޅުވާފައި ހުންނާނެ ކަމަށެވެ.

"ގެއްލިފައިވަނީ ފްލައިންގް އަށް ގެންދިއުމުގެ ކުރިން، ގޭގެ ބެލްކަނީގައި ހުއްޓާ" އޭނާ ބުންޏެވެ.

އޭނާ ބުނެފައިވަނީ ގޭގެ ފަސްވަނަ ފަންގިފިލާގެ ބެލްކަނީގައި ގުރާ އެވަގުތު ހުރި އިރު ޗޭނު ނެއްޓިފައި ހުރި ކަމެއް ނޭނގޭ ކަމަށާއި އޭނާ މަޖީދީ މަގުގައި ހުއްޓާ ގުރާ އުދުއްސައިގަތީ އޭނަ ކައިރިއަށް ދިއުމަށް ކަމަށެވެ. އެހެން ނަމަވެސް އެވަގުތު އޭނާ ގޭތެރެއަށް ވަނުމުން ގުރާ ގެއްލުނީ ކަމަށް ބުނެފައި ވެއެވެ.

"ކޮކީ" ހޯދައިދޭ ފަރާތަކަށް 2،500 ރުފިޔާގެ އިނާމެއް ދޭނެ ކަމަށް އޭގެ ވެރިފަރާތުން ވަނީ ބުނެފައެވެ.

އަދި "ކޮކީ" އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ "9111389" މި ނަންބަރަށް ގުޅުމަށް ވެރި ފަރާތުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު