ރޯދައިގެ ކުރިން ކޯނީ ރިޕޯޓުގައިވާ ގޮތަށް ވެރިކަން ބަދަލު ވާނެ ކަމަށް އިދިކޮޅު ފަރާތް ތަކުން ބުނެފިއެވެ.

ރޭ އިދިކޮޅު ޕާޓީތަކުން އެމްޑީޕީ އޮފީސް ކުރިމަތީ، ސޯސަންމަގުގައި ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ކަނޑިތީމު ދާއިރާގެ ރައީސް ޢަބްދުﷲ ޝަހީމް ވިދާޅުވީ ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނި) ގެ ރިޕޯޓުގައި ބުނާ ގޮތަށް ވެރިކަން ބަދަލުކޮށްލާނެ ކަމަށެވެ.

"އަންނަ ރޯދަ މަހު ދިވެހިން ރޯދަ ހިފާނީ ރައީސް ޔާމީންގެ ވެރިކަމާ ނުލައި, ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ (ކޯނި)ގެ ރިޕޯޓުގައި ބުނާ ގޮތަށް ވެރިކަން ބަދަލުކޮށްލާނަން" ޝަހީމް ވިދާޅުވިއެވެ.

ޝަހީމް އަކީ ފެބްރުއަރީ އެކެއްގެ އަމުރާއެކު މާލޭގައި ކުރި މުޒާހަރާ ލީޑު ކުރައްވަމުން ގެންދަނިކޮށް، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި މީހެކެވެ.

މި އެއްވުމުގައި ވާހަކަ ދައްކަމުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ރައީސް މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ ރޯދަ މަހު ރޯދަ ހިފާނީ "މި ވެރިކަމާ ނުލައި" ކަމަށެވެ. އެ ވާހަކަ އޭނާ ދައްކަނީ ވަރަށް ބޮޑު އުންމީދެއް އޮތީމަ ކަަމަށް މޫކޭ ވިދާޅުވިއެވެ.

"ވަރަށް އުންމީދު އެބައޮތް މި ރޯދަ މަހު ރޯދަ ހިފާނީ މިވެރިކަމާ ނުލައި. ވެރިކަން އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެން ބަދަލު ކުރާނެ. އެކަން ކުރާނެ. އެކަމާމެދު ޝައްކެއް ނެތް. އަޅުގަނޑު މި ވާހަކަ ދައްކަނީ ވަރަށް ބޮޑު އުންމީދެއް އޮތީމަ،" މޫކޭ ވިދާޅުވިއެވެ.

އިދިކޮޅުން ފަރާތް ތަކުން މިދިޔަ ފެބުރުއަރީ 16 ވަނަ ދުވަހު މުޅި ރާއްޖެއިން މީހުން ގެނެސްގެން "ހުއްޓުވާ" ނަމުގައި ބޮޑު އެއްވުމެއް މާލޭގައި ކުރިއަށް ގެންދިޔަ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައީ ގެޔަށް ވަންނާނީ ރައީސް ޔާމީން ހުއްޓުވާފައި ކަމަށެވެ. ނަމަވެސް އެރޭގެ މުޒާހަރާ ވަނީ ވަރަށް ފަސޭހައިން ރޫޅިގެން ގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

  1. ފައިޒް

    ރޯދަ ހިފާނީކި ނޫނެއްނު ރޯދަ ނުހިފާނި މިވެރިކަން ނެތި ކަލޯ ގަމާރާ . ތީ ވަކަރުގެ މީހުން ދެން ޕާޓީ ކުދިން އުފާކޮށް ޕާޓީ ކޮށްލަން ގޮވާލާ.. ކަލޭ ތިބުނާ ދުވަހެއްވެސް އަންނާނެ ތިކަމެއް ވާކަށް ނެތް އިންޝާ ﷲ

  2. ހުސޭނުބޭ

    ދެން މިއިން މީހަކު ރޯދަނުހިފައިގެން ސުވާލުކުރުމުން ބުނާނެ ދޯ "ރޯދަނުހިފީ ޔާމީނު ވެރިކަމުން ނުފައިބާތީއޭ"........... ބޯގަޅި ބަޔެއް.

  3. ހަމަ

    ރޯދަ މަސް އައިމަ ބުނާނެ ކަންނޭގެ އީދު ނަމާދު ކުރާނީ މިވެރިކަމާ ނުލައޭ

  4. 3ނިރު

    އެއްކޮންގޮވާފަ ވެރިިކަމާހެދި

  5. ވެރިކަމުގެ އައްޕަ

    މަބުނީ ކޮންމެ ހަފްތާއަކު ދެފަހަރު ވެރިކަން ވައްޓަމެއްނު. ހަހަހަހަހަ

  6. ޢަބުދުﷲ

    އެހެންތޯ؟ އެހާ ހިތްވަރު އެބަހުރިތޯ؟ ވާގޮތެއްް ބަލަމާތޯ؟ ﷲ އިރާދަ ކުރެއްވިއްޔާ ރައީސް ޔަމީންގެ ވެރިކަން ވޯޓުން ނޫންގޮތެއްގައި ބަދަލު ނުކުރެވޭނެ.

  7. ދޯ

    އަނެއްކާ އަނެކައްޗެކޭ ކިޔައިގެން ރައްޔިތުން ގުނބޯ ހައްދަން ފެށީ. ކިހާ ބޮޑު ނޮހޮރައްޕާނެއް މީ ދެން.

  8. އިބުނު މުޙައްމަދު

    ތިޔަހެން ވައި އަނގަ ނުތަޅައި ހަނުހިމޭނުން ތިބުން މާރަނގަޅުވާނެ.

  9. ބުއްޅަބޭ

    އެބުނަނީ ރޯދަ ނުހިފާނަމޭ! އެއީ އުޒުރެއްތަ؟

    • ހަޖަމު

      މީގެކުރިންވެސް ނުހިފާއެއްޗެއްދޯ؟ ދެން ނުހިފިޔަސް ކީއްވާނީ!

  10. އިބްރާހީމް ފ. ނިލަންދޫ

    އެންެމެހާ މަކަރުވެރީންގެ މަކަރުވެރިކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވާކަން ހަނދުމަފުޅު އެބަހުރިތޯ؟ ﷲ ތަޢާލާއީ ޙައްޤަށް ނަޞްރު ދެއްވާ ރަސްކަލާނގެ. ޔާ ﷲ ނުބައިނުލަފާ މީހުންގެ ކިބައިން އަޅަމެންނަށް ނަޞްރު ދެއްވާނދޭވެ.

    މާނައަކީ ޔާީންގެ ވެރިކަމުގައި ހުރެއްޖިއްޔާ އަންނަ ރަމަޟާންމަހު ރޯދަ ނުހިފާނަމޭތޯ؟ ވަރަށްބޮޑަށް ސުވާލު އުފެދިއްޖެ؟

  11. ގެރިގުއި

    ހޫ.. ސްޕްރީމްކޯޓުގެ ފަޑިޔާރަކު ބުނީތަ ހުކުމެ އަލުންނެރެދޭނަމޭ.. ތިކަންވެދާނެ ދެތިން މިލިޔަން ޑޮލަރު ހަމަޖެއްސީމަ... މިހާރުތިބީ ތިންމީހުން... އެހެންވީމަ ދޭންޖެހޭވަރު ކުރިޔަށްވުރެމަދުވާނެ.. ކަލޭމެން ކޮރަޕްޝަނާ ފަސާދައާ ނުލާ ކުރާނެ އެއްކަމެވެސް ނޯންނާނެ.. ރޯދަވެސް ކަލޭމެން ހިފާނީ ކޮރަޕްޝަނާއެކު... ރޔާމީނާ ނުލާ ބާއްވާންތިހާބެއްގަ އަހަރެމެން ބައިވެރިނުވާނަން.... ކަލޭމެން މޯދީ ޗައިނާއަށް ކުއްލިޔަކަށް ތިފޮނުވަނީ ތިކަމުގަތަ...އިންސާފުވެރި އިންތިހާބެއް ބޭއްވުމައްޓަކާ ފުރަތަމަޖެހޭނީ މިދައުރު ނިމެންދެން ރޔާމީން ވެރިކަމުގަ ބަހައްޓަން.. ދެވަނައަށް ރޔާމީނަށް ވާދަކުރެވޭ އިންތިހާބެއް ބާއްވަންޖެހޭނީ... ދެންވޯޓުއަޅާއިގެން ހޮވޭމީހަކަށް ވެރިކަމުގެ ހުވާލާދީ..... ފާޑުފާޑުކުރަން ވާހަކަނުދައްކައްޗޭ... މިއީ އަހަރެމެންގެވެސް ގައުމު... ޗައިނާ ވާވައްދާއިގެން މޯދީލައްވާ ގެރިޔަށް އައިޑީކާޑުހަދަން ރަޖިސްޓްރީކުރަން މިގައުމު ހަމަޖައްސަން ނޫޅެއްޗޭ... .

  12. ދޮށިމޭނާ

    މިވެރި ކަމާ ރޯދަ ޔާ ހުރީކޮންގުޅުމެއްތަ މިވެރި ކަންއޮތަސް ނެތަސް ދުނިޔޭގައި ތިބި ބަޔަކު ރޯދަ ހިފާނެއިންޝާﷲ

    • މުސްލިމު

      މިވެރިކަމާ ރޯދަޔާ ގުޅުން އެބަހުރި. ތިން އަހަރުގެ ރީނދޫވެރިކަމާ ރޯދަޔާ ތިޔަ ބުނާހެން ގުޅުމެއް ނެތް.

  13. ޢަބްދުލް މުހައިމިން

    މި މީހުންނަށް ރާއްޖެއެއްވެސް މުހިއްމެއް ނޫންދޯ؟ ވެރިކަން މި ބޭޔނުންވަނީ. އެހެން ނޫންނަމަ އުޅުނީހީ ރާއްޖެ ތަރައްީކުރާން ކުރެވޭ މަސައްކަތް ލަސްވާތީ އެކަމާ ފާޑު ކިޔާކަށްނު. އެންމެ ކުޑަމިނުން އެ މީހުންނަށް ތާއީދުކުރާ މީހަކު ބަޖެޓަށް ވޯޓެއް ވެސް ނުދޭ. ދެން ބުނެބަލަ. ކަލޭމެން ކަންބޮޑުވަނީ ރައީސް ޔާމީން މި ޤައުމު މާ އަވަހަށް ތަރައްޤީކުރާތީތަ؟ އަޅެ ތިހާބޮޑަށް މި ޤައުމާ ހަސަދަވެރިވެގެން ތި އުޅެނީ މި ޤައުމު ކަލޭމެންނަށް ކޮން ކަމެއް ކޮށްދީގެންތަ؟ އަމާންކަމާއެކު މި ޤައުމުގައި ދިރިއުޅެވޭތީތަ؟ މި ތަން ލީބިޔާއަށް ސޫރިޔާއަށް އިރާޤަށް އަފްޣާނިސްތާނަށް ހަދާލަން ބޭނުންވަނީތަ؟ ހެޔޮ ނުވާނެ ކަލޭމެން ބޯ އެއްޗެއް ބޮއިގެން އުޅެން ކަލޭމެންގެ އަޢުވާނުންގާތަށް ގޮސްބަލަ! އަހަރެމެން މި ޤައުމު ތަރައްޤީ ކުރާން ދޫކޮށްލާފަ ކަލޭމެން ދާ ތާކަށް ގޮސްބަލަ!

  14. ިިިިަަްަަަަަައިބު

    ހެހެހެހެހެހެ ވެއްޓިޖިއްޔާވާނީ

    • ގެރިގުއި

      މަށާއިގެންދާނީ... ވެއްޓުނުއެއްޗެހި ފެނޭތަ މިހާރު.... ތިމަންނަމެންނަން ވެރިކަން ދިނީމަޔޯ ރޯދަހިފާނީ... ބުއްދި ހަމަޖެހޭބައެއްތަތީ..

  15. އިދުރީސް

    ﷲ އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީންގެ ވެރިކަން މަގުމަތީން ކަސިޔާރުކޮށް ނުލެވޭނެ، ތިބޭ ފުޅުން ތިއުޅުއްވަނީ އަނެއްކާވެސް ބަޔަކު ޖަލަށް ފޮނުވުމަށް، ޤާނޫނުގައި ބަޔާންކޮށް ފައިވާ ކުށެއް ވަކި މީހަކު ކުރީމާ އޭނާގެ މައްޗަށް ދަޢުވާ ނުކުރަން ގޮވާ އިރު، ނިކަމެތި މީހާ ހަމަ އެކުށް ކުރީމާ އޭނާގެ މައްޗަށް ކުރެވޭ ޙުކުމް ތަންފީޛު ނުކުރުމަށް ނޮގޮވަނީ ކީއްވެގެންތޯ؟ އިނދި ކޮޅުގައި މަސައްކަތް ކުރައްވާ ގިނަ ބޭފުޅުންނަކީ އަމިއްލަ އެދުމާއި މަސަލަޙަތު އިސްކޮށްގެން މަސައްކަތް ކުރަމުންދާ ބައެއް، މިަސރުކާރުން މުސާރަ ބޮޑުކޮށްފި ތިބޭފުޅުން ރައްޔިތުންނަށް ނުވަތަ ވަޒީފާ އަދާ ކުރާފަރާތްތަކަށް ހެޔޮ އެދޭނަމަ، ސަރުކާރުން ބޮޑު ކޮށްދިން މުސާރަ އިތުރުކުރަން ސަރުކާރަށް ނުދެއްނެވީ ކީއްވެގެންތޯ؟ މުޅި ރާއްޖޭގައި އެއް ހަމަ އަކުން އެއް އަގެއް ކަރަންޓާއި ފެނަށް ނަގާ ގޮތަށް ރައީސް ޔާމީން ހަމަޖެއްސީމާ، އެކަން އެއަށް ވުރެ ރަގަޅު ކުރަން ރައީސަށް ނުދެއްނެވީ ކީއްވެގެންތޯ؟ ރާއްޖޭގައި ތިބެގެން އެމް.ބީ.ބީ.އެސް ( ޑޮކްޓްރީ ކަން ) ކިޔެވޭ ގޮތަށް ރައީސް ޔާމީން ނިއްމެވީމާ މިކަން މިއަށް ވުރެ ރަގަޅަށް ކުރެވޭނޭ ގޮތެއް ސަރުކާރަށް ބުނެ ނުދެވުނީ ކީއްވެގެންތޯ؟ މިހެން ގޮސް ދައްނަވާނަމަ ވަރަށް ގިނަ ވާހަކަ ދެންނެވިދާނެ، އަޅުގަނޑުމެން ވެސް މިތިބީ ވަރަށް ކާރީން ކަންކަން ބަލަން.

  16. ލާލާޖީ

    ﷲ އިރާދަކުރެއްވިއްޔާ ހަމަޔަގީނުންވެސް ރޯދަމަސް އަންނާނެ. ޔާމީނު ރައީސްކަމުގައިހުރެގެން ރޯދަ ނުހިފާ މީހަކު ރޯދަނުހިފިއަސް އެކަމުގެ އަޒާބު ޔާމީނަކަށް ނުލިބޭނެ. ލިބޭނީ ރޯދަނުހިފިމީހަކަށް.

  17. ސާގިބު

    ނުވާނެ ހަމަނުވާނެ ނުވާނެ އެއްކަމެއްވެސް ނުކުރެވޭނެ ތިކަހަލަ ކިތަންމެމުހުލަތެއް ތިހެންދީފި މާތްރަސްކަލާންގެ ވާގިފުޅާއެކު މިއަހަރުވެސް ރޯދަ ހިފާނީ ރައީސް ޔާމީނުގެ ވެރިކަމާ ލައިގެން

  18. ދިއްދޫ

    ރޯދަހިފާނީ ވެރިކަމާނުލައި، ފުރަތަމަވެސް ގޯސް. ރޯދައަކީ ވެރިަކަމަކާ ގުޅުވަންޖެހޭ ޢަމަލެއްނޫން. ރޯނާވެފަތަ ތިޔާތިބީ. އެއީ، ﷲއަށް ޚާލިޞްކުރެވޭ އަޅުކަމެއް. ވެރިކަމުގަ މީހަކު ނެތަސް ހުއްޓަސް ރޯދަހިފޭނެ. ޔާމީނަށްކޮށްދޭކަމެކޭ ހިތާތަ ތިހެން ތިގޮވައިނަގަނީ. ތިހިރީ ކަލޭމެންގެ ފެންވަރަކީ. ތީއަދި ދާއިރާގެ ރައީސުންގެ ފެންވަރު. ދެންކޮބާ ދެންތިބި އާދައިގެ މެންބަރުންގެ ހާލަކީ. ވިސްނަބަލަ ތިކިޔެނީ ކޯއްޗެއްކަން

  19. ހަޖަމު

    މީގެކުރިން ތިމީހުން ރޯދަހިފަނީ ޔާމީން އާ އެކީގަތަ؟؟؟ ކުރިން ރޯދަހިފުނުކަންޔަގީންބާ؟؟

  20. ޝާޒް

    ތިގޮތައް ރައްޔިތުން ގުބޯހެއްދުނު ޒަމާން ފަހަނައަޅާ ގޮއްސި ކިތައްފަހަރު މިހާރުވެރިކަން ބަދަލުކޮއްފި ތިޔަލަވާހަޅޭކުގެ އަޑުއަހާނެ ރައްޔިތަކުނެތް މިހާރު މިގައުމަކު. އަދިވެސް ހުންނާނީ ރައީސް ޔާމީން އަދިފަހުންވެސް ހުންނާނީ ހަމަ ރައީސް ޔާމީން ތިޔަބައިގަޑަކައް ވެރިކަން ދޭކައް ރައްޔިތުން ބޭނުމެއް ނުވޭ.

  21. Anonymous

    ޔާﷲ އިބައިލަހުގެ ހެޔޮރަހުމަތުން އަޅަމެން ދިވެހި ރައްޔިތުން ވޯޓުން ހޮވާފައިވާ އަޅަމެންގެ ގައުމުގެ ވެރިޔާގެ ފުރާނައަށް ނުރައްކާފަދަ ކަމެއް މެދުވެރިނުކުރައްވާށި. މިމީހުންގެ ބަހުރުވަ މިހުންނަ ގޮތުން ހަނދާވަނީ، މަރްހޫމް ޑރ އަފްރާޝީމްގެ މަތިން.

  22. ސޮނީ

    2023 ވަނަ އަހަރުގެ ދޯ؟

  23. ެހެހެހެހ

    އީޔޫ އިން އައްސޭކު މުހައްމަދު ނަޝީދުއަށް ފަތްކޮޅު އައީމަތަ؟

  24. ޙުއްބުލް ވަތަން

    ވެރިކަން ބަދަލުނުވެއްޖިއްޔާ ރޯދަވެސް ނުހިފާނަން އުތަ؟

  25. ތިލަފަތް

    ރޯދަނުހިފަން ބަހަނާޔެއް ހޯދީދޯ ލޮލް

  26. ކަލޯ

    ދުނިޔޭގަ އުޅޭ މޮޔައިންވެސް އެކަމަކު މިވަރުގެ ކަމެއް ނުދެކެން. މިމީހުންނަކަށް ނޭނގޭ ކިޔޭ ނުކިޔޭ އެއްޗެވެސް. އަހަރެމެންނަކީ ތިހާ ގަމާރު ބައެއް ނޫނޭ. ތިވާހަކަ ކޮންމެވެސް އެހެންބައެއްގެ ކައިރީ ގޮސް ދައްކާ ކަލޭމެން ތިއީ ޤައުމައް ޤައްދާރުވެފަ އަދި ވަމުންދާ ބައެއް. މޮޔަ ނުގޮވާ ތިބޭ. ކަލޭމެންގެ ބަސް ކުރިން އެހިން ދެން ނާހާނަން އެދުވަސް ފާއިތުވެ ގޮސްފި. މިވާހަކަ މިބުނީ އަހަންނަކީވެސް ކުރިން ކަލޭމެންނަށް ތާއީދުކޮށް ކަލޭމެން ބުނިހާ ތަނަކަށް އެއްވެ ފުޑިފަ ހުރިމީހެއް.. ވަރަށް ސަލާމް.

  27. ނުރަބޯ

    އަނެއްކާވެސް މާޔޫސްވެފަ ތިބި މެންބަރު ގުންޑާއިންނަށް އުއްމީދެއް ދިނީދޯ. ބަލަ ކޯނީގެ ރިޕޯޓް އެއީ ކަލޭމެން ގަބޫލު ކުރިވެސް އެއްޗެއްނޫނެއްނު؟

  28. ޖޮއްބެ

    ބަލަ ބިނާކުރާމީހާ ދުރަށްލާފަ ފަނާ ކުރާ ލާދީނީންނަށްތަ ވެރިކަން ދޭންވީ؟ ތިޔާކަމެއްނުވާނެ އިންޝާﷲ.

  29. ބާރިޢު

    ކޯނީގެ ރިޕޯޓަކީ ވާންހުރި ކަންކަން ބަޔާންކޮށްފައި އޮތް ރިޕޯޓެއްބާ؟ އަދި މިވެނިކަމެއް މިވެނި ދުވަހެއްގައި ވާނެކަމަށް ބުނުން އެއީ ތިޔަ ބައިގަނޑުގެ ޖާހިލުކަން ނޫން ކޮން ކަމެއްބާ.....؟؟؟

  30. ކާސިމްބެ

    ވަރަށް ސާފުކޮށް ތިބުނެލީ، ކުރީ އަހަރުތަކެކޭ އެގޮތަށް މިފަހަރުވެސް ރޯދަ ނުހިފާނަމޭ، ކަލޭ/ކަލޭމެން ރޯދާ ނުހިފާ ފާފަ ކުރީމަ ނަރަކަޔަށްދާނީ މަތަ؟