ކޮވިޑް-19 އަކީ ރާއްޖެ އާއި ދުނިޔެއަށް ކުރިމަތިވި ވަބާއެއް ކަމަށާއި މިއީ މާތް ﷲ ފޮނުއްވި ކޯފާއެއް ކަމަށް އެމްޑީއޭގެ ލީޑަރު އަދި މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ)އަށް މެމްބަރަކު އައްޔަން ކުރުމަށް މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓަށް ބަހުސް ކުރައްވައި ސިޔާމް ވިދާޅުވީ ދިވެހިން މިހާރު އުޅެމުންދާ ގޮތް ބަދަލު ކުރަން ޖެހޭ ކަމަށެވެ. ދުނިޔޭގެ ރައްޔިތުން އުޅޭ ގޮތް ވެސް ދޫކޮށްލަން ޖެހޭ ކަމަށް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތެރޭގައި މީހުން މެރުމާއި، މީހުންނަށް އިންސާފު ނުލިބުމާއި، ބޭނުން ގޮތަކަށް ހުކުމް ކުރުމާއި ބޭނުން ގޮތަކަށް ކޮރަޕްޝަންގެ ފައިސާ ނެގުމައި، ވައްކަން ކުރުމާއި، މި ފަދަ ހުރިހާ ކަމެއް އަޅުގަނޑުމެންގެ ތެރޭގައި ކުރަމުންދާކަމީ މިއީ ހުރިހާ ލޯތަކަށް ފެންނަން ޖެހޭ ކަމެއް." ސިޔާމް ވިދާޅުވިއެވެ.

ކޮންމެ އިންސާނަކީވެސް ކުށް ކުރެވޭނެ މީހެއް ކަމަށާއި އެ ކުށަށް ތައުބާވާ ބަޔަކަށް ކޮންމެ މީހަކު ވެސް ވާން ޖެހޭނެ ކަމަށެވެ. އަދި ތައުބާ ނުވެ، އެކަކު އަނެކަކަށް އެއްޗެހި ކިޔުން ހުއްޓާލަން ޖެހޭ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ. ދުނިޔޭގެ ހުރިހާ މުސްލިމުންނަކީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ތިބެން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ އެއް މަޒްހަބެއްގައި، އިސްލާމް ދީން އެއް ދީނެއް، އެއް ރޭއްސެއް، އެއް ކުލައެއް. މިގޮތަށް ތިބި ބައެއް. އަޅުގަނޑުމެންގެ ތެރޭގައި ހެޔޮ ގޮތްތައް ލައްވާފައި އޮއްވައި އަޅުގަނޑުމެންގެ ތެރޭގައި ސިޔާސީ ޕާޓީތަކެއް ހަދައި ގައުމު ވަނީ މަންމަ އާއި ބައްޕަ އާއި ދަރިފުޅާ ބޭބެއާ ވާހަކަ ނުދެއްކޭ ހިސާބަށް ގޮސްފައި. ވަރަށް ބޮޑަށް ދުޝްމަނުވެފައި،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަކީ އިހްލާސްތެރި ބައެއް ކަމުގައި ވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި މަޖިލިހުގެ މެމްބަރުން، ދިވެހި ރައްޔިތުންނަށް ނަމޫނާއަކަށް ވެވަޑައިގެން ނަމާދުކޮށް، ހެޔޮ އަމަލުތައް ކުރަން ޖެހޭ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

"ވައްކަން ކުރުމާއި އީބަ ބުނުމާއި ދެބޮއޮޑުވުމާއި މިފަދަ ﷲ ހަރާމް ކުރައްވާފައިވާ ކަންތައްތަކުން މެމްބަރުންނާއި ދިވެހި އެންމެހާ ރައްޔިތުން ދުރުހެލުވުމަކީ އަޅުގަނޑު މިއަދު ދިވެހި ރައްޔިތުންނަށް ގޮވާލާ ކަމެއް،" ސިޔާމް ވިދާޅުވިއެވެ.

ނަމާދު ކުރުމާއި ދުއާކުރުމަކީ މިއަދު އެންމެ ބޮޑު ކަމަށް ހަދަން ޖެހޭ ކަމަށް ވެސް ސިޔާމް ވިދާޅުވިއެވެ.

ސިޔާމްގެ ވާހަކަ ނިންމަވާލައްވަމުން ވަނީ ކޮވިޑް-19 ގެ ސަބަބުން ދިވެހި އެއްވެސް ރައްޔިތަކަށް ގެއްލުމެއް ލިބިޔަ ނުދިނުމަށް އެދިވަޑައިގެން ދުއާ ކުރައްވައިފައެވެ.

"އަޅުގަނޑު ގޮވާލަން ޖަމާއަތަށް ހުރިހާ މެމްބަރުން މިތާ ހުރި މިސްކިތަށް ދާން. ގޮސްފައި ނަމާދުކޮށް ދުއާ ކުރަން. އެއީ، ތިޔަބޭފުޅުންނަކީ ރައްޔިތުން ހޮވާފައި ތިބި މީހުން. ކަލޭމެން އެބަޖެހޭ މިއަދު ރައްޔިތުންނަށް ސާމްޕަލެއްގެ ގޮތުގައި ދައްކަން،" ސިޔާމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ދަތްދޫނި

    މަނިކުފާނުގެ ރިސޯރޓަށް ގެސްޓުން އައުން ހުއްޓުނީމަ ދޮތަ ހެޔޮ ކަންތައްތަކާއި ނުބައި ކަންތައްތައް މަތިން ހަދާންވީ. ތިމާގެ ރިސޯރޓް މިއަދު ފަޅުވީމަ ދޮތަ ރައްޔިތުން ގޭގެ ދޮރު މަނިކުފާނަށް ފެނުނީ.

    70
    13
  2. ޤައުމު

    ޝިޔާމް އެވިދާޅުވީ ވަރައްވެސްބޮޑު ހަޤީގަތެއް ތީދިވެހިލޭ
    ޢެކަމަކު ރިސޯޓްތަކުގަ މަނިކްފާން ދިވެހިން ގެންގުޅެނީ ވަރައްވެސް ދެރަކޮއް ޚާއްސަކޮއް ބޮޑެތިމުސާރަތަކުގަ ދިވެހިން ވަރައް މަދު
    ޤާސިމްބެ ރަނގަޅު ތަންކޮޅަކީ ހުރިހާ މެނޭޖަރުންނައް ޖމ ވެސް ދިވެހިން

    69
    4
  3. މޮރޮކޯ

    މާތް ﷲ ބާވައިލެއްވި ޤާނޫނު ބަދަލުކޮށް އިންސާނުންގެ ކޮށި ސިކުޑިތަކުން ހަދާ ވަޞޮއީ ޤާނޫނު ހެދުން ހުއްޓާލާ ﷲ ގެ ފުރިހަމަ ޝަރީއަތް އެކީއެއްކޮން ތަންފީޒުކުރަންޖެހޭ.
    ﷲ ބާވައިލެއްވި ޤަނޫން ބަދަލުކުރުމަކީ ބޮޑު ޝިރުކު.

    106
    2
    • ކަސަބްލަންކާ

      އެގޮތަށް ކަންތައް ކޮށްލާއިރަށް ވައިރަސް މަރުވެދާނެ ދޯ؟

      13
      35
  4. ހޭކެނޑޭ

    ތިހާ ހެޔޮ ކަންތައްތައް ކުރުމަށް ގޮވާލާ މީހާގެ ބައިތުލްމާލުން މިއަދު ނިކަމެތި ރައްޔިތުންނަށް މަނިކުފާނުގެ ތިޖޫރީތައް ހުލުވާލަބަލަ! ރައްޔިތުން މިތިބީ ބަލަން.

    73
    4
  5. ސައްޕޭ

    ސަރުކާރުން އަދިވިސްނީ ހެނެއްހީނުވޭ މިޤައުމުގައި ތިބި ޤަވާޢިދާއި ޚިލާފު އުޅޭ ބިދޭސިންނަށް ހަދާނެގޮތަކާމެދު، މިހާރު އިންސާނީ މުސީބާތަކާއި އެމީހުން ކުރިމަތި ލަމުންދާކަމެއް އެއްވެސް ބައެއްގެ ސަމާލުކަމަކަށް ނާދޭ، ބަލިމަޑުކަމަކާއި ތަދުމަޑުކަމެއް ފެތުރޭ މިދުވަސްވަރުގައި އަޅާލާނެ ބަޔަކުނެތް މީހުން ތަންކޮޅެއް ފަސޭހަގޮތަކަށް (ޑީޕޯޓް) އަކާނުލާ ފުރުވަން ފަށާފިނަމަ ވަރަށް ގިނަމީހުން ފުރާގެން އެމީހުންގެ ޤައުމަށްދާނެ ކަންކަށަވަރު، މިމީހުން މިތާބައިތިއްބާގެން ކަމަކާޖެހުނީމާ ސަރުކާރުން ކުރަން ގެހޭ ޚަރަދުމާ ބޮޑުވާނެކަން ޔަޤީން...

    59
    1
  6. ނަޖީބު އައްބާސް

    ކާކުއެކަން ކަޑަ އަޅަނީ ފެށުނީސް ސުރެ އެކަލާންގެ ހަރާމް ކުރެއްވި ބަގުރާވިއްކާމީހުން ތިފަދަ ވާހަކަ ދައްކާނީ ކޮންމެވެސް އެހެން ބޭނުމެއްގެ ކަމުގަ ދެކެން

    40
    12
    • އުމަރު

      ކޮންމެމީހަކަށްވެސް ތައުބަ ވުމުގެ ފުރުސަތު އޮވޭ

      25
  7. އެމީިާ

    ޝިޔާމް ތި ވިދާޅުވީ ވަރަށްވެސް ބޮޑު ތެދުފުޅެއް??

    30
    2
    • އުދުހޭ ހިމާރު

      ރޯ ބުހުތާނެއް

      1
      5
  8. އައްޔަ

    ކަލޭ ބިރު ގަތީ ދޯ

    17
    5
  9. ބޮޑު ހަސަންބެ

    ތިކަހަލަ މީހުންނާ ހެދި ކޯފާ ފޮނުވަނީ. އުޅެވޭ ގޮތެްނޭންނޭ. މުއްސަނދި ވީމަ ހިތުހުރިހާ ގޮތަށް އުޅެފަ އެބަކިޔޭނު ކޯފާއޭ.

    16
    1
  10. ތުނިޔަ

    ޖަމާޢަތް ނެހެދިޔަސް ހަމަ ދުޢާ ކުރަންވީނޫންތޯ؟

    20
    2
  11. ޢާޝޯހު

    ކުޅެދޭ މީހުން ނުކުޅެދޭ މީހުންނަށް ހަދާ ބޭފުޅާ.

    18
    4
  12. މުދިބެ

    ތި ވާހަކަ ރަނގަޅު އެކަމަކު މަނިކްފާނުގެ ރިސްޓް ތަކުގަވެސް އޫ ރުމަހާ ރަލާ ވިއްކާއިން ކާއިބޮއެހަދަނީ.. ރަލާ އޫ ރުމަސް ނުވިއްކާވެސް ޓޫ ރިޖަމް ހިންގޭނެ.މަނިކްފާނު ވެސް އަވަހަށް ތައުބާވެ ހަލާލް ޓުވަ ރިރޒަމް ހިންގަވާ..ނަމުނާވެ.

    20
    1
  13. ސޭހް

    ނަމާދުކޮށް ދުއާކުރަން ޖެހެނީކީ މިއަދުކުނޫން އެއީ ތިމާދިރިހުރިހާއިރަކު ކުރަންޖެހޭ ކަމެއް ޝިޔާމް ތިދެއްކި ވާހަކައިގެ ހުރި އިހްލާސްތެރިކަމެއް އަހަރެމެންބަލާނަން މަޖިލީހުގެ ހާޒިރީއަށް ބެލިއަސް މަނިކުފާނުގެ މުސާރަ ހަލާލުނުވާވަރުވޭ އުންމީދުކުރަން މީގެ ފަހުން މުދަލު ޒަކާތްވެސް ބަރާބަރަށް ނެރޭނެކަމަށް

    25
  14. ނައީމް

    އެބަޔަކު ކުރިކަމެއް އެބަޔަކާއި ބައްދަލްކުތާނެތެވެ.!ﷲ އަކުބަރު.:
    1. ރާއްޖެ ބޮއިކޮޓްކުރަން ނަސީދު އައްނި ޓުއަރިސްޓުންނަށް ގޮވާލި.
    2. ދަރިން ސުކޫލަލަށް ނުފޮނުވުމަށް ރޮޒެއިނާ ގޮވާލި.
    3. ދަރުމަވަންތަ ހޮސްޕިޓަލަކީ ބޭކާރުތަނެއްކަމަށް އެމްޑީޕީން ބުނި.
    4. ޓެބްލެޓަކީ ބޭނުމެއްނުހިފޭ އެއްޗެއްކަމަށް އެމްޑީޕީން ބުނި.
    މި ހުރިހާކަމަކާއި މިއަދު އެމްޑީޕީ ސަރުކާރަށް ކުރިމަތިލާންޖެހިއްޖެ.
    ދިރިތިބީންނަށް މިއީ ޢިބުރަތެއް!!

    35
    4
    • އުދުހޭ ހިމާރު

      ދެން ކީއްވެ މިސްކިތްތައް ބަންދުކުރަން ޖެހުނީ

  15. ޅިސް

    7 ވަނަ ގަރުނުގެ ސަހާރާގެ ކަޑަ ވިސްނުން ދޫކޮށް 21 ވަނަ ގަރުނަށް އާދޭ

    1
    1
  16. ބްރޯ

    ތިޔަ ވިދާޅުވީ ރަނގަލަށް އެއީ އެއްޖިންސުން ކައިވެނިކުރަން ގޮވާމީނުންނަށާ ، އެއްވެސް ދީނެއްގަބޫލު ނުކުރާމީހުންނަށާ، އިސްލާމްދިނުން މުސްލިމުން ބޭރުކުރަން އުޅޭ ފަރާތްތަކަށް މަގުއަންގައިދީ ހެޔޮމަގަށް ރުޖޫއު ވުމަށް ލިބޭ ފަހުގެ ފުރުސަތު ކަމަށް ވުމީ ވެސް ނެތްކަމެއްނޫން . މާތްﷲ ބަޔަކު ހަލާކު ކުރެއްވުމުގެ ކުރިން ފުރުސަތު ތަކެއްދެއްވަވާނެ ހުރިހާ ފުރުސަތު ބޮލާލާ ޖެހުމާއި އެފަރާތްތަކާދެކޮޅަށް ބަސްބުނާނެ ބަޔަކު ނެތިއްޖެ ނަމަ އެބައެއްގެ ހަލާކު އައިސްޖެހޭނެ.

  17. ޢައްސުވައި

    ޟިޔާމުގެ އެއްވެސް އަމަލެއްގެ ވާހަކަ ނެތް ދެއްނެވި ފާފަތަކުގެ ތެރޭގައި ބޮޑެތި ފާފަ އޮޅިއްޖެ

  18. އެރުން

    ނުނޭ މިއީ ހެއް ދެވިފަރަތާ ގާތް ވުން އިތުރު ކޮށް އެކަން ދެމެހެއްޓުމުގެ މުހިމު ކަން ދެނެގަތުމަށް ދެއްވި ފުރުސަތެއް. ކޯފާއެއް ނުން. ކޯފާއެއް ނަމަ ސަލަމަތެއް ވެސްނުވިސް.

  19. އިރުފުށި

    ބޭފުޅާޔަށް މިހާރުތޯ ތިޔަރޭކާލީ، މަނިކުފާނު ރިސޯޓްގަ ހުންނައިރު އުޅެވޭގޮތް ނޭނގޭތީ ވަރަށް ހިތާ މަކުރަން. މަނިކުފާނަށް ހެޔޮވިސްނުން ދެއްވާނދޭވެ. އާ މީން.