ކޮވިޑް19 ޖެހިފައިވާ އިޓަލީގެ ފަތުރުވެރިޔާ ފުރި މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންނަށް ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި ނަމަވެސް އެކަމާއި އެކުގައިވެސް މައްސަލައިގެ ތަހުގީގު ކުރިޔަށްދާ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަތުރުވެރިޔާ ފުރި މައްސަލާގައި ހަރަކާތްތެރިވާ ތަހުގީގު ޓީމާއި މިއަދު އެމަނިކުފާނު ބައްދަލުކުރެއްވި ކަމަށެވެ. އަދި މިވަގުތު އެ މައްސަލާގައި ކުރިޔަށް ދަނީ ކަން ހިނގައި ދިޔަ ގޮތް އޮޅުން ފިލުވުމުގެ މަސައްކަތާއި މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ކަމަށް ޝަމީމް ވިދާޅުވިއެވެ. ނަމަވެސް އެ މަސައްކަތް ކުރުމުގައި ފުލުހުންނަށް ދަތިތަކެއް އެބަހުރި ކަމަށާއި އެކަން ގަބޫލުކުރައްވާ ކަމަށް ޝަމީމް ވިދާޅުވިއެވެ. ނަމަވެސް މައްސަލައިގެ ތަހުގީގު ނުހުއްޓޭ ކަމަށާއި ތަހުގީގު ކުރިޔަށްދާ ކަމަށް ޝަމީމް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ގެންދަނީ ވެސް ޕީޖީ ޝަމީމް އެ މައްސަލަ ތަހުގީގު ކުރެއްވުމަށް އަމުރު ކުރެއްވުމުންނެވެ.

ޤާނޫނު އަސާސީގެ 223 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ ޖިނާއީ ކުށެއް ކަމަށް ތުހުމަތުކުރެވޭ ޢަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމުގެ ޝަކުވާއެއް ހުށަހަޅައިފިނަމަ ނުވަތަ މިނޫންގޮތަކުންވެސް މިފަދަ ކަމެއްގެ މަޢުލޫމާތު ލިބިއްޖެ ހިނދެއްގައި، އެ ކަމެއް ތަޙުޤީޤުކުރުމުގެ އަމުރު ނެރުން ރަނގަޅުކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ފެންނަ ކަންކަމުގައި އެ އަމުރު ނެރުމުގެ ބާރު ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިގެންވާ ކަމަށެވެ.

ކުރެއްދޫ ރިސޯޓްގައި ހުރެފައި އިޓަލީއަށް ގޮސް ހުއްޓާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ފަތުރުވެރިޔާ މާލެ އައި ކަމަށާއި، އޭނާ އައިސް މަޑުކުރީ މާގިރި ހޮޓަލްގައި ކަމަށް ސަރުކާރުން މިއަދު ވަނީ ވިދާޅުވެފައެވެ. އޭނާ އާއި ބައްދަލުވެފައިވާ ކަމަށް ބެލެވޭ 15 މީހަކު އައިސޮލޭޓް ކޮށްފައިވާކަމަށް ވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ހަ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އެއީ އިޓަލީވިލާތުގެ ހަތަރު މީހަކާއި އެހެން ދެމީހެކެވެ. އެދެމީހުންނަށް ކޮވިޑް-19 ޖެހިފައި ވަނީ ފުރައިގެން ދިޔަ އިޓަލީވިލާތުގެ މީހާ ގައިންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދޮން ކަމަނަ

    މޮޅު ވާހަކަދައްކައިގެން މިޑިއާގެ ސަމާލުކަން ހޯދުމަށް އުޅޭ މީހެއްތީ ތިޔަ ބުނާ މީހާ ފުރުވާލި މައްސަލައިގަ ކުށްވެރިވަންޏާ ކުށްވެރިވަނީ އެމްޑިޕީ ގެ ލާދީނީ ސަރުކާރުން ނުކެރޭނެ އިންސާފުވެރި ތަޙްޤީޤެއް ކުރާކަށް އެންމެ ފަހުން އަތައް ގޮވާނީ ނޫނީ ހުދުކާފޫރަށް ތިކަން ވާނީ ކޮންމެހެން މާމޮޅުވާހަކަ ދައްކާނެ ކަމެއްނެތް ހީކުރަނީތަ އަހަރުމެންނަކީ މޮޔައިންކަމަށް

    10
    1
  2. ނައީމް

    އެބަޔަކު ކުރިކަމެއް އެބަޔަކާއި ބައްދަލްކުތާނެތެވެ.!ﷲ އަކުބަރު.:
    1. ރާއްޖެ ބޮއިކޮޓްކުރަން ނަސީދު އައްނި ޓުއަރިސްޓުންނަށް ގޮވާލި.
    2. ދަރިން ސުކޫލަލަށް ނުފޮނުވުމަށް ރޮޒެއިނާ ގޮވާލި.
    3. ދަރުމަވަންތަ ހޮސްޕިޓަލަކީ ބޭކާރުތަނެއްކަމަށް އެމްޑީޕީން ބުނި.
    4. ޓެބްލެޓަކީ ބޭނުމެއްނުހިފޭ އެއްޗެއްކަމަށް އެމްޑީޕީން ބުނި.
    މި ހުރިހާކަމަކާއި މިއަދު އެމްޑީޕީ ސަރުކާރަށް ކުރިމަތިލާންޖެހިއްޖެ.
    ދިރިތިބީންނަށް މިއީ ޢިބުރަތެއް!!

    13
    2
  3. ކަނބުލޮ

    ބޮޑަތި މަރުތަކުގެ ތަހްގީގު ޕޮލިހުން ގެންދިޔަހާ ބާރު މިނުގައި ނުގެންދާތި އަނެއްކާ

  4. ގުނބޯ

    ސުބުހާނަﷲ މިއަދު މިވެރިން ރައީސްޔާމީނުގެ ވެރި ކަމުގައި ގޮވީ ބޮއެ ކޮޓު ކުރަން މިއަދު މިވެރިންގެ ވެރި ކަން ހަލާ ކުވެ ނެތިދަނީ ވިސްނާމީހަކަށް އިބުރަތެއް ހާސިލްނުވޭތޯ.

    ?

  5. މަރީ

    ކުރާ ޝަރީޢަތަކާ ޙުކުމަކާދިމާއެއްނުވާނެ ހަދާނީ ހިތުހުރިގޮތެއް

  6. ވަރަށް ބޮޑު ތެދެއް.

    ރާއްޖެ ބޮއިކޮޓްކުރަން ނަސީދު އައްނި ޓުއަރިސްޓުންނަށް ގޮވާލި.
    ވަރަށް ބޮޑު ތެދެއް.