އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރު ކުރުން މިރެއިން ފެށިގެން މަނާކޮށްފިއެވެ.

ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެން ޑިރެކްޓަރ އޮފް ޕަބްލިކް ހެލްތްގެ ހައިސިއްޔަތުން މިރޭ 21:00 އިން ފެށިގެން 10 ދުވަހުގެ މުއްދަތަކަށް ރިސޯޓުތަކުން މިހާރު ދިރިއުޅޭ އެއްވެސް ރަށަކަށް މީހުން ދަތުރު ކުރުން ހުއްޓާލުމަށާއި، ރަށަރަށުން ރިސޯޓްތަކަށް މީހުން ދަތުރު ކުރުން ހުއްޓާލުމަށާއި، އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރު ކުރުން ހުއްޓާލުމަށް އަންގާ ކަމަށެވެ.

އެހެން ނަމަވެސް މި އެންގުން އިސްތިސްނާ ވާ ފަރާތްތަކެއް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ. އެ ފަރާތްތަކުގެ ތެރޭގައި ފަތުރުވެރިން ރާއްޖެއިން ފުރުވުމަށް އެއާޕޯޓަށް ދާ ފަރާތްތަކާއި، ރިސޯޓުތަކުގައި މުދާ އުފުލާ ދޯނި ފަހަރުތަކުގައި މަސައްކަތް ކުރާ މީހުންނެވެ.

މީގެ ތެރޭގައި ހިމެނޭ ފަތުރުވެރިން ފުރުވަން ގެންދާ މީހާ އެނބުރި އަންނަން ޖެހޭނީ ރިސޯޓަށް ކަމަށާއި، އެ ފަދަ ފަރާތްތައް ދަތުރު ކުރަމުންދާ ގޮތުގެ މައުލޫމާތު ރިސޯޓުތަކުން ބަލަހައްޓަންވާނެ ކަމަށެވެ. އަދި މުދާ އުފުލާ ދޯނި ފަހަރުތަކުގައި މަސައްކަތް ކުރާ މީހުން ރިސޯޓަށް އެތެރެވެފައިވާނަމަ އެ ފަރާތްތަކަށް ރިޒޯޓުން ފޭބުމުގެ ހުއްދައެއް ނޯންނާނެ ކަމަށެވެ.

މި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމަ އަށް އަމަލުކުރުމަށް އެންމެހައި އިދާރާތަކަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އަދި މި އެންގުންތަކާ ގުޅިގެން ކަމާބެހޭ ފަރާތްތަކުންދޭ އިރުޝާދުތަކާއި އަޅާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކުރުމަށް ހުރިހާ ފަރާތްތަކަކަށް ވެސް ވަނީ އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކާފަ

    ޕްލީޒް ތި ދޮންކުދިން މިތަނަން ނުގެނަސްބަލަ. ދޮންކުދިން ގެނެސް އެމީހުން މިނިވަން ކަންމަތީ، ހުރހާ ދިވެހިން ހައްޔަރުގައި، ވަކިބަޔަކަށް ލިބޭ ކުޑަ ކުޑަ މަންފާ ޑޮލަރު ފޮްއްޗަކަށް

  2. ދަންބެރު

    މިހާލަތުގައި ރެސޯޓުބޯއީންނަށް އަނިޔާނުދީބަލަ ސަރު ކާރު ހޫނުފެނަށް ވެއްޓެން ކައިރި ވަނީތަ.