އައްޑޫ ސިޓީ ހިތަދޫން ކޮވިޑް-19 އަށް ޝައްކު ކުރެވިެގން ޓެސްޓު ކުރި ކުއްޖާ އެ ބައްޔަށް ނައްސި (ނެގެޓިވް)ވެއްޖެ އެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުގައި އެރަށުގެ ގެއަކުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ކުއްޖަކު ފެނިގެން އެ ކުއްޖާގެ ޓެސްޓުތައް ހެދުމަށް ރޭ ސާމްޕަލްތައް ނެގިއެވެ.

އެ ކުއްޖާއަކީ ދާދި ފަހުން އިންޑިއާއިން އައްޑޫ އަށް ދިޔަ ކުއްޖެކެވެ. އެ ކުއްޖާ އިންޑިއާއަށް ދިޔައީ މަންމަ އާއި ބައްޕައާއި އެކުގައެވެ.

އެ ކުއްޖާގެ އެ ބައްޔަށް ނައްސިވެފައިވާކަން "ވަގުތު"އަށް ވަނީ އެނގިފައެވެ.

އެ ކުއްޖާ އިއްޔެ އުޅުނީ ހުން އައިސްގެންނެވެ. އެ ކުއްޖާ އެ ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރުމުން، އެ ކުއްޖާ ދިރިއުޅެމުންދިޔަ ގެ ކަރަންޓިންވެސް ކުރިއެވެ.

މިކަމާއި ގުޅިގެން އަދި ސަރުކާރުގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.

މިރޭ މިހާތަނާއި ހަމައަށް ކޮވިޑް-19 އަށް އެއްވެސް ދިވެއްސަކު ފައްސި(ޕޮޒިޓިވް) ވެފައެއް ނުވެއެވެ.

ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވި މީހުންގެ އަދަދަކީ 13 އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. Anonymous

    އަލްޙަމްދުލިއްﷲ

    14
    1
  2. ޢޭނަ

    الحمد لله

    11
  3. ނައީމް

    އެބަޔަކު ކުރިކަމެއް އެބަޔަކާއި ބައްދަލްކުތާނެތެވެ.!ﷲ އަކުބަރު.:
    1. ރާއްޖެ ބޮއިކޮޓްކުރަން ނަސީދު އައްނި ޓުއަރިސްޓުންނަށް ގޮވާލި.
    2. ދަރިން ސުކޫލަލަށް ނުފޮނުވުމަށް ރޮޒެއިނާ ގޮވާލި.
    3. ދަރުމަވަންތަ ހޮސްޕިޓަލަކީ ބޭކާރުތަނެއްކަމަށް އެމްޑީޕީން ބުނި.
    4. ޓެބްލެޓަކީ ބޭނުމެއްނުހިފޭ އެއްޗެއްކަމަށް އެމްޑީޕީން ބުނި.
    މި ހުރިހާކަމަކާއި މިއަދު އެމްޑީޕީ ސަރުކާރަށް ކުރިމަތިލާންޖެހިއްޖެ.
    ދިރިތިބީންނަށް މިއީ ޢިބުރަތެއް!!

    20
    4