ދުނިޔޭގެ ފެންވަރުގެ އިމަރޖެންސީ މެޑިކަލް ރެސްޕޮންސް އެންޑް ކޯރޑިނޭޝަން ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެއެވެ.
ޓުއަޒިމް މިނިސްޓްރީން ވި ދާޅުވީ، ކޮވިޑް-19 އާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އުފައްދަވާފައިވާ "ނޭޝަނަލް ޓާސްކްފޯސް" ގެ މަޝްވަރާގެ މަތިން ފަތުރުވެރިކަމުގެ ޞިނާޢަތުގެ އެހީތެރިކަމާއެކު ޓީމެއް ރާއްޖެ އައިސްފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ވިދާޅުވީ، އެ ޓީމުގައި ނެޝަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕަށް އެހީތެރިވެދޭނެ ތަޖުރިބާކާރު 2 ޑޮކްޓަރުންނާއި، ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް މި ބައްޔާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ވިލަރެސްކޮށްދިނުމުގައި އެހީތެރިވެދިނުމަށް މި ފަދަ އޮޕަރޭޝަންތަކުގެ ތަޖުރިބާ ލިބިފައިވާ ކޯރޑިނޭޓަރަކު ހިމެނޭ ކަމަށެވެ.
އަދި ކ. ވިލިވަރުގައި ޤާއިމުކުރެވިފައިވާ އަދި އއ. ވެލިދޫގައި ޤާއިމުކުރެވެމުންދާ ކަރަންޓީން ސިލިޓީތަކުގައި ހަރަކާތްތެރިވުމަށް ތަޖުރިބާކާރު 2 ނަރުހުންނާއި އަދި ބަލި ދެނެގަނެވޭ ހާލަތުގައި އެ ފަދަ ތަންތަނަށް ފަސްޓް ރެސްޕޮންސްގެ ގޮތުގައި ދަތުރުކުރާނެ އެމަރޖެންސީ މެޑިކަލް ޓެކްނީޝަނެއްވެސް މި ޓީމުގައި ހިމެނޭ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ވިދާޅުވިއެވެ.
މިޓީމުގައި ހިމެނެނީ އެމެރިކާ، ސައުތު އެފްރިކާ އަދި އިނގިރޭސިލާތުގެ ތަޖުރިބާކާރުންނެވެ.
ކޮވިޑް-19 އަށް ރައްކާތެރިވުމުގެ ގޮތުން މިހާތަނަށް މި މިނިސްޓްރީއާއި ޓޫރިޒަމް އިންޑަސްޓްރީއާއި ގުޅިގެން ވިލިވަރުގައި 30 ކޮޓަރީގެ އައިސޮލޭޝަން ފެސިލިޓީއެއް ވަނީ ގާއިމްކޮށްފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 13 މީހެކެވެ.
ހުސްފޭ ކުމީހުން ތިޔަމީހުން ރާއްޖޭގެ ރަށްރަށުގައި ދީނަށް ފުރައްސާރަ ކުރުމަށް ނުފޮނުވައިފި ނަމަ ވަރަށް ރަނގަޚު.
ތިޔަޑޮކްޓަރުން ނިސްބައްވާ ގައުމުތަކުން އެއުޅެނީ މިބަލިކޮންޓްރޯލްނުކުރެވިގެން އެކަމަކުތިމީހުން ތިގެނައީ މިތަނައް! ޓީތިކަޑަ
ބަލަ ޔި ހަހޫދީން ގޮވައިނއައިއްސަ ކޮނފަރުވާއެއް ލިބޭނީ
ދިވެހިންގެ އަގީދާއަށް ކޮވިޑަށް ވުރެން ނުރައްކާވީ
ތިޔައީބޮޑުގޭމެއް ކޮމްމެވެސްގެސްޓުންކޮޅެއްތިޔައީ
ދެން އިންޑިޔާއިންގެނައީ ޑޮކްޓަރުންނޯ...ނުވަތަ މިލިޓަރީމީހުންނޯ..؟!
އިމަޖަންސީ މެޑިކަލް ރެސްޕޮންސް އެންމެ ސަޅީ ޗައިނާ. އިޓަލީއިންވެސް ވަނީ ޗައިނާ އެކްސްޕާރޓުންގެ އެހީ ހޯދާފަ.