ކޮވިޑް-19 ގުޅިގެން ސެނިޓައިޒާ އާއި މާސްކްގެ ޑިއުޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފުކޮށްދެއްވައިފި އެވެ.

ކަސްޓަމްސް އިން މިރޭ ވިދާޅުވީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ މުއްދަތުގެ ތެރޭގައި ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުން ރާއްޖެއަށް އިމްޕޯޓުކުރާ މާސްކް އަދި ހޭންޑް ސެނިޓައިޒާގެ އިމްޕޯޓް ޑިއުޓީ އާއި ޕްރޮސެސިން ފީ މައާފުކޮށްދީފައިވާ ކަމަށެވެ.

އޭޝިއާ ސަރަހައްދުގެ ގައުމުތަކުން އެތެރެކުރާ ސެނެޓައިޒާ އިން ފަސް އިންސައްތަ އަދި އެހެން ގައުމުތަކުން އެތެރެކުރާ ސެނެޓައިޒާ އަށް ދިހަ އިންސައްތަ މީގެ ކުރިން ނަގަމުން އާދެއެވެ. ސާޖިކަލް މާސްކުން 15 އިންސައްތައިގެ ޑިއުޓީއެއް އައީ ނަގަމުންނެވެ.

ކަސްޓަމްސް އިން ވިދާޅުވީ އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނޫގެ ދަށުން، ރާއްޖޭގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައިވާ މުއްދަތުގެ ތެރޭގައި، ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުން ރާއްޖެއަށް އިމްޕޯޓުކުރާ މާސްކް އަދި ހޭންޑް ސެނިޓައިޒަރ ގެ އިމްޕޯޓު ޑިއުޓީ އާއި މުދާ އެކްސްޕޯރޓް ކުރުމާއި، އިމްޕޯރޓް ކުރުމާއި، ރީއެކްސްޕޯރޓް ކުރުމުގެ ޤަވާޢިދުގެ 7 ވަނަ މާއްދާގެ ދަށުން ނެގޭ ޕްރޮސެސިންގ ފީ، މިއަދުން ފެށިގެން މަޢާފު ކޮށްދެއްވާފައިވާ ކަމަށެވެ.

މާސްކް އަދި ސެނިޓައިޒަރ ގެ އިމްޕޯރޓް ޑިއުޓީ މާފްކޮށްދެއްވާފައިވަނީ ދިވެހިރާއްޖޭގެ އެކްސްޕޯރޓް އިމްޕޯރޓް ޤާނޫނުގެ 8 ވަނަ މާއްދާގެ (ހ) އާއި (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، އިމްޕޯރޓް ޑިއުޓީ މަޢާފުކުރުމާއި، މަޢާފުކުރުމުގައި ޢަމަލު ކުރާނެ އުޞޫލުގެ 8 ވަނަ މާއްދާގެ (ހ) އައި (ރ) ގެ ދަށުން ކަމަށް ވެސް ކަސްޓަމްސް އިން ވިދާޅުވިއެވެ.

ސެނިޓައިޒާ އާއި މާސްކްގެ ޑިއުޓީ މާފުކޮށްދެއްވި އިރު ޑިމާންޑާއި އެއްވަރަށް ސެނިޑައިޒާ އާއި މާސްކް ނުލިބި ގިނަ ފިހާރަތަކުން ވަނީ އެތަކެތި ހުސްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. ޑިކްޓޭޓަރ ޕާ

  ޑިޔުޓީ މާފު ނުވެގެންތަ ރާއްޖެއިން ތި ނުލިބިގެން މިއުޅެނީ؟ ވިޔަފާރިވެރިން ހިތައްއެރި އަގެއްގަ އެވިއްކަނީ. ފިހާރަޔަކުން ލިބެންވެސް ނެތީ. ރާއްޖޭގަ އޮންލައިންކޮށް ތިވިއްކާމީހުން އެތިބަ މަހުޖަނުންނަށްވަނީ. ސަރުކާރުން އަގު ކޮންޓުރޯލް ނުކުރުވީމަ ވާގޮތް. ޑިޔުޓީ މާފުކުރީމަ އެލާރިކޮޅުވެސް ވިޔަފާރިވެރިޔާއަށް. އެމީހުނަށް އައިއްސައޮތް އީދެއްމީ.

 2. މީހާ

  އެސްޓީއޯއިން ސެނަޓައިޒަރ ފުޅިއެއް ނުލިބިގެން މިއުޅެނީ ޑިޔުޓީ މައްސަލަޔަކުންތަ؟

 3. ލިނކްސް

  ދުނިޔޭގެ އެހެން ޤައުމުތަކުންގެ މަގުމަތީގައި ޢަންމުނަށް ހިލޭ މާސްކްއާ ސެނެޓައިޒާސް ލިބޭނެހެން ބަހައްޓަނީ ޞާލިޙު އެތަކެތީން ހަމައެކަނި ޑިއުޓީ ކަނޑާލީ!

 4. ޢަހަރެން?

  ޢަހަންނަކަށް ވާ ތި ސެނިޓައިޒަރެއް ނުލިބުނު އެއްތާކުންވެސް..އަޅެ މީހަކު ބުނެބަލަ އެ ގަންނަން ލިބޭނެ ތަނެއް..މާލެ އިންވެސް ހުސް ވެފަ ޔޯ.... ގައިމު ބުނި ސޮޓޮކް ހުހެއް ނުވެޔޭ...ދެން މިހާރު އެހެންވެއްޖިޔާ ކޯއްޗެއް ހުސްވެގެން މި އުޅެނީ??‍♀️??‍♀️

  7
  1
 5. ބުއްޅަ

  ސަރުކާރުން ތިކަން ކޮށްދިނަސް މިއުޅޭ ލަގޮނޑީގައި ނާށި ލާފައި ހުރި ވިޔަފާރިވެރިން ރަނުގެ އަގުގަ ތި ވިއްކާނީ???

 6. ބްރޯ

  ތިޔަ މާސްކެއްވެސް ތިޔަ އަތްސާފުކުރާފުޅިއެއްވސް ގަންނާކަށެއް ނުލިބޭ އެތަކެތި ކޮބާ؟

  • އަހްމަދު

   މަބުރޫކް ކުރެން އަހާބަލަ.

 7. ޥާވާ

  ޢަދިކިރިޔާ ބޮލަށް އެވަނީ އެތަކެތީގެ ޑިޔުޓީ މާފު ކޮށްދޭން ! މިއިން އެއްޗެއް ލިބެނީކީނޫން! ޢެކަމަކު ސަޕްލައި ހަމަސްދުވަހަށް އެބަހުރި! ޢިތުބާރު ކިހިނެއްތޯ ކުރާނީ! ކާޑުކޮޅުވެސް ހުސްނުވެއްޖިއްޔާ ނަސީބު!

  6
  1
 8. ކަޑަބެ

  ވަރަށް ތާހިރު. ކުރިން ތި 2 ބާވަތުނއވެސް ނެގީ 0 ޑިޔުޓީ. މި ބަލިމަޑުކަމާއިއެކު ގިނައިން އެތެރެކުރަންފެށީމަ ޑޔުޓީނަގަންފެށީ މި މާރޗްމަހު. ދެން އަމިއްލައަށްވެސް ލަދުން އަލުން ޑިޔުޓީ ކަޑާލީ. އަހާބަލަ މީ ދޮގެއްތޯ. އެއްވެސް ގޮތެއް ލަދެއްނެތް. އެގޭބަޔަކަށްތާ އެގޭނީ ވާނުވާ

  2
  1