ކ. ބޮޑުފިނޮޅުގައި މީގެ ކުރިން ހިންގަމުން ދިޔަ ފަން އައިލެންޑް ރިސޯޓް އެންޑް ސްޕާ އަކީ ކޮވިޑް 19 އާއި ގުޅިގެން، މީހުން ކަރަންޓީންް ނުވަތަ މީހުން އެކަހެރިކުރަން ބޭނުންކުރާ ރަށަކަށް ހަދަން ނިންމައިފިއެވެ.

ކޮވިޑް 19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ މަބްރޫކް އަޒީޒް ވިދާޅުވީ، ކަރަންޓީން ކުރާ މީހުން ބޭތިއްބުމަށް އެރަށް ހަމަޖައްސާފައިވާ ކަމަށާ، އެކަމަށްޓަކާ ވާން ޖެހޭ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

"ރާއްޖޭގެ މިވަގުތުގެ ނަމްބަރުތަކަށް ބަލާއިރު ޕޮޒިޓިވް ކޭސްގެ ނަމްބަރުގެ އަަދަދަކަށް ބަދަލެއް ނާދޭ. ކޮރެންޓީން ފެސިލިޓީ ވިލިވަރުގައި، 25 ފަރާތެއް މި ވަގުތު އެބަ ތިބި. ހުޅުލޭ ކޮރަންޓީން ފެސިލިޓީގައި 57 ފަރާތެއް، ފަރުކޮޅު އައިސޮލޭޝަންގައި 15 ފަރާތެއް. ޑީއެޗް 11ގައި 2 ފަރާތެއ، ވެލީދޫގައި އެއްވެސް ފަރާތެއް ނެތް. އަދި މީގެ އިތުރުން ފަން އައިލޭންޑް ރިސޯޓް މިވަނީ ޓޫރިޒަމް މިނިސްޓްރީން މިކަމަށް ބޭނުން ކުރެވޭ ރަށެއްް ގޮތަށް ކަނޑައަޅާފައި." މަބްރޫކް ވިދާޅުވިއެވެ.

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ އެއީ ކުރެއްދޫ އިން ސާމްޕަލް ނެގި މީހަކާއި، ބެންގަލޫރުން އައި ދިވެއްސެއްގެ ގައިން ނެގި ސާމްޕަލާއި، ގިލިލަންކަން ފުށިން ނެގި ދެމީހެއްގެ ސާމްޕަލާއި އަނަންތާރާ ކިހާވަށް ރިސޯޓުން ނެގި ސާމްޕަލަކާއި މައި ސްކައި ނަމަކަށް ކިޔާ ޔޮޓުން ނެގި ސާމްޕަލަކާއި ފުރަވެރި ރިސޯޓްގެ ދެމީހެއްގެ ގައިން ނެގި ސާމްޕަލްގެ ނަތީޖާ ނައްސި (ނެގެޓިވް) ކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މަތިވެރިން ކޮވިޑް 19 އަށް ޝައްކު ކުރެވިގެން ޓެސްޓްކުރި ކުޑަ ދެ ކުދިންގެ ނަތީޖާވެސް ނައްސިކަމަށް އޭނާ ވިދާޅުވިއެވެ.

މިހާތަނަށް ރާއްޖެ އިން 13 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. މިހާރު ކަރަންޓީންގައި 82 މީހުން އެބަތިއްބެވެ. އައި އައިސޮލޭޝަން ފެސިލިޓީތަކުގައި އެކަހެރިކޮށްފައި ތިބީ 15 މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ލަތީފު

    ސޭޓައްބޮޑު ލޯނެއް ދޭންވެސްޖެހިދާނެ.

    5
    2
  2. ބްރޯ

    މިދަނީ ހަމަ ހީކުރިހެން ގާސިމަށް ފައިސާކޮޅެއްދޭން ނިންމައިފި

    8
    2
  3. މާލެ

    ބަލަ ބިދަޑިވަޅު ގަ ގާސިމު ކުރިކަންކަން މާމެދު ވިސް ނާލަ ބަލަ. ބަލި އޭނަ ގެ ރިސޯޓަކުން ފެތުރުމުގެ ކުރިން ހުރިހާތަނެއް ބަންދު އެކުރީ. މީގެ ސަބަބުން ރައްޔަތުންނަށް ވަނީ ރަނގަޅު ތޯ ގެއްލުންތޯ ވިސްނާލަބަލަ. އަދި އެވަރުނުވެގެން އޭނަގެ ރިށޯޓެއް އެދިނީ. އެނަގަނި ފައިދާތޯ ނުނި ރައްޔަތުން ނާ ސަރުކަރށް ފަސޭހައެއްތޯ. ދެން ލޯނެެއް ވިޔަސް އެހެން އެއްޗެއް ވިޔަސް ދޭން ވީ އެކަހަލަ މިހުން ނަކަށްނުން ބާ. ދެވަނަ ގާސިމެއް މިގައުމުގަ އަދިއެއް ނެތް.އެއް ޗެތި ކިޔާފާޑު ކިޔާމީހުން ގެ އަގަ ބަންދެއް ނުވަނެ.

  4. ލޮބީންގ

    ފަން އައިލެންޑަކީ ޔުނިވަރސަލް އެންޓަޕްރައިސްގެ ރިޒޯޓެއް.

    1
    2
  5. ސަންފަ

    ގާސިމްގެ 3 ރިސޯޓުގައި ތިބި ދިވެހި މުއައްޒަފުން ނަށް ނިކަމެތި ހާލު ޖައްސަމުން ދާއިރުވެސް އެކަމައް މިސަރުކާރުން ހިއްވަރު ދެމުން ދާތަން މިފެނުނީ މަގަބޫލު ކަމެއްނޫން ތީކީ

    2
    1
  6. ޔަހުޔާ

    މަ ގަބޫލު ކަމެއްނޫން މިދަނޑިވަޅު ގާސިމްގެ ރަށެއް ހިލޭދހިނަސް ތިޔަފަދަ ކަމަކަށް ބޭނުން ކުރަން . ދިވެހިންނަށް މިމުހިއްމު ދަނޑިވަޅުވެސް ދެރަގޮތް ހަދަމުން ދާމީހެއްތީ އަމިއްލަ އެދުމާއިގެން ފޯވެފާ

    1
    1
  7. ނައީމް

    އެބަޔަކު ކުރިކަމެއް އެބަޔަކާއި ބައްދަލްކުތާނެތެވެ.!ﷲ އަކުބަރު.:
    1. ރާއްޖެ ބޮއިކޮޓްކުރަން ނަސީދު އައްނި ޓުއަރިސްޓުންނަށް ގޮވާލި.
    2. ދަރިން ސުކޫލަލަށް ނުފޮނުވުމަށް ރޮޒެއިނާ ގޮވާލި.
    3. ދަރުމަވަންތަ ހޮސްޕިޓަލަކީ ބޭކާރުތަނެއްކަމަށް އެމްޑީޕީން ބުނި.
    4. ޓެބްލެޓަކީ ބޭނުމެއްނުހިފޭ އެއްޗެއްކަމަށް އެމްޑީޕީން ބުނި.
    މި ހުރިހާކަމަކާއި މިއަދު އެމްޑީޕީ ސަރުކާރަށް ކުރިމަތިލާންޖެހިއްޖެ.
    ދިރިތިބީންނަށް މިއީ ޢިބުރަތެއް!!

  8. ށަމްޒިަ

    ދެންވެސް ގާސިމަށް ތިކަމުން ލިބޭ ފައިދާ އަކުން އަމިއްލަ އަޅުން ފަދަ ސްޓާފުންގެ މުސާރަ އިތުރު ކޮށްބަލަ.

  9. ވަކަރޭ

    ގާސިމް ކޮންމެ ކަމެއް ކޮއްދިނަސް އެކަން ރަންގަޅު ނުވަނީ އަދި ފާޑު ކިޔަނީ ސިޔާސީ ކަން ކަމުގަ އުޅޭތީ އެވެ، ގާސިމް ވަރުގެ ދީލަތި މީހަކު މިފސްގަންޑު ގަ މަދެވެ.