މުޅި ދުނިޔެއަށް ބިރުވެރިިކަން ފެތުރެމުންދާ ސަރަޙައްދީ ޤައުމުތަކުންވެސް މީހުން ރާއްޖެ އައުން ހުއްޓުވުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލައިފިއެވެ.

އެ ކޯލިޝަންގެ ފަރާތުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާ ވައިރަސްއާއި ގުޅިގެން، ސަރުކާރުން އަޅަމުން ގެންދާ
ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށާއި، ރާއްޖޭގެ އިޤްތިސާދަށް އެކަމުގެ ސަބަބުން ދިމާވަމުންދާ ގެއްލުން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

އެކޯލިޝަނުން ނެރުނު ބަޔާނުގައި ވަނީ ކޮވިޑް19 ގެ ސަބަބުން، ޢާންމު ރައްޔިތުން ރައްކާތެރިކުރުމަށް މިވަގުތު ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.

އެގޮތުން މިވައިރަސް ހުރިތޯ ބެލުމަށް ވީހާވެސް ގިނަ ބަޔަކު ޓެސްޓު ކުރުމަށް ބޭނުންވާ ވަސީލަތްތައް ހޯދައި، ޓެސްޓްތައް އަވަސް ކުރުމަށް ވަނީ ގޮވާލާފައެވެ.
އަދި ރާއްޖޭގެ ވިޔަފާރިތަކަށާއި މުޅި އިޤްތިޞާދަށް ކުރަމުންދާ އަސަރުތައް ދެނެގަނެ، ވީހާވެސް އަވަސް ފިޔަވަޅުތަކެއް އެޅުމަށާއި، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ސިއްހީ ދާއިރާގެ އިސް ފަރާތްތަކާއި، ފަންނުވެރިންގެ އަޑު ސަރުކާރުން އެހުމަށް ވަނީ ގޮވާލާފައެވެ.

އިދިކޮޅު ކޯލިޝަނުް ވަނީ މިވަގުތު ދިނީ ގޮތުން އަޅަމުން ގެންދާ ފިޔަވަޅުތަކުގެ ނާޖާއިޒު ފައިދާ ނެގުމުގެ ގޮތުން ބައެއް ފަރާތްތަކުން ބަސް ބުނަމުން ގެންދާތީ
އެކަން ފާހަގަކޮށް އެކަން ކުށްވެރިކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 13 މީހަކު ކޮވިޑް-19 އަށް ފައްސިވިއިރު، އޭގެ ތެރޭގައި ދިވެއްސަކު ނުހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

 1. ޛަޖސޖ

  ވަކިން ހައްސަ ކޮށް އިންޑިޔަމިހުން އިންޑިޔައިން 100 ފައްސި

  22
  2
 2. ކީއް؟

  މިގައުމަށް ބަލިމީހުން ތަށް ގައުމުތަކުން އެތެރެކޮށް މިމީހުނަށް ބަލިޖައްސުވަންބާ މިއުޅުއްވަނީ! މިއުޅެނީ ސެނިޓައިޒާ ފުޅިއެއް މާސްކެއްހާ ހިސާބުވެސް ނުލިބިގެން! ޢަމުރު ޓީވީ އަށް އަރުވާފައި ބުނޭ އެއްއަހަރު ދުވަހުގެ ސަޕްލައި ގުދަން ތަކުގައި އެވަނީ ސްޓޮކް ކޮށްފައޭ!

  26
  2
 3. އ. ޖ. އ

  އިދިކޮޅުގަ ކޯލިޝަނެއް ވެސް އެބޮތްތަ

  2
  5
 4. ދިވެއްސެއް ވީމަ ބުނަމޭ

  ދިވެހިންނަށް ﷲގެ ރަޙްމަތް ވަރަށް ބޮޑު އެކަމަކު ކީއްކުރާނީ އަމިއްލަ އެދުމަށްޓަކައި މަދުބަކު މަރުފަލި ކަނޑާ ރިސޯޓް ބޯއިސް ގުރުބާން ކުރެވިއްޖެ ވަޒީފާގެ ބިރަށްޓަކައި މަސައްކަތްކުރި ކުދިންތައް ގައިމުވެސް ސަރުކާރުން ނުރައްކަލަށް ހުށައަޅައިފި މީ ވަރަށް ވާހަކަ .ކޮރެޔާ އާ ސިންގަޕޫރުން ކަންތައްކުރިގޮތައް ކަންތައްކުރިނަމަ ރަނގަޅުވިސް ދޮންކުދިން އުޅޭގޮތަށް އުޅޭތީ ކަޑަވަނިީ ،އެކަކު ޕޮޒިޓިވް ވި ހިސާބުން ގައުމް ލޮކްޑައުންކޮށް ގެސްޓުން އެތެރެވުން ހުއްޓުވިނަމަ ވެސް އޯކޭވިސް .ޔޫރަޕް މީހުންތައް ހެސްކިޔާފަ ބަލިފެތުރޭ އިރުވެސް ވައިރަސް ތަކެއްހެން ބަލިހިފައިގެން ދަތުރު އަޅަނީ މީ ކިހާ ދެރަކަމެއް ބުއްޅަ ދިވެހިން ބޭނުމެއް ނޫން ބުއްޅައަށް ހަމައެކަނި މުހިއްމީ ހަޒާނާ

 5. ސޮނިފުހޭ

  މިއަދު ނޫހުގައި ޑރ ޝަހީމް ދިވެހިންނަށް ދެއްވި މެސެޖް އަޑުއަހާލަބަލަ ކުރޯނާ ވައިރަސް އާއި ބެހޭ ގޮތުން

 6. ހަސަދު

  ޔާމީނު ހުންނެވި ނަމަ ޗައިނާ މީހުން ކޮވިޑް ހިފައިގެން ހަބޭހަށް ރާއްޖޭގައި. މީހާރު އިންޑިޔާ. ދެން މިސާޔާސީ ބައިގަނޑު ކީކޭބާ މިކިޔަނީ. މުޅި ގައިމު ހަލާކު ކުރަނީ ސިޔާސީ މީހުންތައް. މިހާތަނަށް ރާއްޖޭން ނެގި ފިޔަވަޅު ވަރަށް ރަނގަޅު. 13 މީހުން އަދި އެވެސް ބޭރު މީހުން. ވީމާ ކޮންޓްރޯލް ކުރެވޭ ކަމަސް ފެންނަނީ. ގައުމެއްގައި އަލިއްލަ ޖީބު ނޫން އެހެން އެއްވެސް ތަނަކަށް ނުބަލާ ސިޔާސީ މީހުން ގިނަވެއްޖެއްޔާ އެތަނެއް ހަލާކުވީ.

  2
  5
 7. ގާފަރު ޕަރީ

  ބަންގާޅުން އެންމެ ކޭސްއެއް ފެނުމާއި އެކު ވަގުތުން ދަތުރުތަށް ހުއްޓާލައިފި. އިންޑިއާއިން ސަތޭކަ ކޭސް ފެނުނަސް އިންޑިއާއިން މީހުން އެތެރެވުން ނުހުއްޓުވުނު. ބައެއްގެ ދަށުވާނީ މިހާވަރަށް.

  10
 8. ދިވެހިބިން

  ﷲގެ ކުޅަދުންވަންތަވެރިކަން ނިކަންދެކެބަލަ! މިމީހުން ވެރިކަމުގަތިބެ މިފަދަ ބަލިމަޑުކަމެއްއައިނަމަ މިހާރު ޤަޢުމުގެ ހާލަތު ވިސްނާލަންވެސްނޭންގޭ ހާލަތަކަށް ވައްޓާލީސް. ހުރިހާވެސް ހަމުދުސަނާއެއް މާތްﷲ ސުބުހާނަހޫ ވަތަޢާލާއަށް

  4
  1
 9. ސަރުކާރުގެ ޑޯލް

  ޢިއްޔެ ބޭރުން އައި މީހުން ވެސް ދޫކޮށްލީ

 10. ނައީމް

  އެބަޔަކު ކުރިކަމެއް އެބަޔަކާއި ބައްދަލްކުތާނެތެވެ.!ﷲ އަކުބަރު.:
  1. ރާއްޖެ ބޮއިކޮޓްކުރަން ނަސީދު އައްނި ޓުއަރިސްޓުންނަށް ގޮވާލި.
  2. ދަރިން ސުކޫލަލަށް ނުފޮނުވުމަށް ރޮޒެއިނާ ގޮވާލި.
  3. ދަރުމަވަންތަ ހޮސްޕިޓަލަކީ ބޭކާރުތަނެއްކަމަށް އެމްޑީޕީން ބުނި.
  4. ޓެބްލެޓަކީ ބޭނުމެއްނުހިފޭ އެއްޗެއްކަމަށް އެމްޑީޕީން ބުނި.
  މި ހުރިހާކަމަކާއި މިއަދު އެމްޑީޕީ ސަރުކާރަށް ކުރިމަތިލާންޖެހިއްޖެ.
  ދިރިތިބީންނަށް މިއީ ޢިބުރަތެއް!!

 11. ރައީސުގެ މީހާ

  ބޭރުމީހުންނަށް އާދެވޭ..
  ވިޔަފާރި ތައް އޯޕަން..
  ޖަލްސާތައް މެކުހަށް..
  ޖޭ.އެސް. އޭ މިކިޔާ މީހުން ކޯޓުން ބަންދުކުރމާއި ޕޮލިޓިކަލް އެޖެނޑާ ހިންގުން އެންމެ ބާރު މިނުގަިއ..
  ހުރިހާ ޕާރޓީތައް މަންފާ ދެމެހެއްޓުމުގައި..
  މަގުމަތީގައި ބުުރުޖެހުން ހަމަ އެކުއެކީގައި ނޯމަލް..

  އަދިވެސް ނަމާދައް ދިޔައިމަޔޯ ކޮރޯނާ ޖެހެނީ..! ހައިރާންވޭ..!
  މީއީ ހަމަ އެޖެންޑާ 19 ގެ ރޭވުންތެރިކަން އެމްޑީއެން އަޑީގަ އޮވެގެން ހިނގި ޖަރީމާއެއް..

  ﷲ އަށް ބިރުވެތިވޭ.. މިސްކިތައް ބަންދު .. ނަމާދައް ދިޔާމަ އެކަނި ތޯ ބަލިވަނީ..؟