ސްރީލަންކާގެ ކޮލަމްބޯގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ދިވެއްސަކު ހޯދުމުގެ މަސައްކަތް ލަންކާ ފުލުހުން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިމައްސަލައިގައި ދިވެހި ފިރިހެނަކު ހޯދުމުގެ މަސައްކަތް ކުރަމުން ގެންދަނީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުން އަންނަ ދެހިވަލަ ސަރަހައްދުގައި ހުންނަ ޕޮލިސް ސްޓޭޝަނުންނެވެ.

އަންހެން ކުއްޖާއަށް ދިވެއްސަކު ޖިންސީ ގޯނާ ކުރި މައްސަލަ ފުލުހުންނަށް ހުށަހެޅީ އެކުއްޖާގެ އާއިލާ އިން ކަމަށް މައުލޫމާތު ލިބެއެވެ.

މިމައްސަލައިގައި ތުހުމަތު ކުރެވޭ މީހެއްގެ އެކުވެރިޔަކާއި ވެސް ފުލުހުން ވަނީ ސުވާލު ކޮށްފައެވެ. ފުލުހުން ސުވާލު ކުރި މީހަކީ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރިއިރު އެމަންޒަރު ފެނުނު ދިވެއްސެއް ކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މޮހޮދޭ

    ޔަގީން ބޮޑު ތުނބުޅިއެއް ލާފަ ހުންނާނީ. ތިބައިވަރުގަނޑު އިންޑިޔާވެސް ހަލާކު ކުރަނީ.

    • Anonymous

      ޢެއީ ތުނބުޅި ބާލާފަ ހުރި ލާދީނީ އެއްޗެއް

  2. ހުރަސް

    ތުނބުޅި ހުރުމާއި ނުހުރުމަކީ ތި

    ހަޑި މުޑުދާރު އަމަލާ ގުޅުންއޮތް

    ކަމެއްނޫން. ތުނބުޅި ހުރުމަކީ ފިރިހެން ވަންތަ

    ކަމުގެ ރިވެތި މިސާލެއް ! ތިކުޅަ

    ނަމަ ކުޅަ އަމަލަކީ މުޑުދާރު އަމަލެއް.