ރާއްޖޭގެ ރިސޯޓަކުން ކޮވިޑް-19ގެ އަލާމާތްތައް ހުރި މީހަކު ފެނިއްޖެއެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑް-19 ގެ އަލާމާތްތައް ހުރި މީހަކު ޝެވަލް ބްލޮންކް ރަންދެލިން ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ސާމްޕަލް ނަގައި، ޓެސްޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން އެޗްޕީއޭ އިން ބުނެފައިވަނީ، އެ މީހާއަކީ ބިދޭސީއެއް ކަމަށާއި، އަދި މިހާރު އެ ރިސޯޓް ވަނީ މޮނިޓަރިންގަށް ލެވިފައި ކަމަށެވެ.

މިހާތަނަށް ރާއްޖެއިން 13 މީހަކު މިވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އެ ހުރިހާ އެންމެނަކީވެސް ބިދޭސީންނެވެ. އެ 13 މީހުންވެސް ފައްސިވެފައިވަނީ އެކި ރިސޯޓްތަކުންނެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއެކު މިހާރު ވަނީ ރާއްޖޭގެ ހުރިހާ ރިސޯޓަކަށް އަރާ ފޭބުން މަނާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. Anonymous

  އަދިވެސް ދޮންމީހުން ގެނެވޭތޯ ބަލާތި ލާދީނީ ސަރުކާރު

  22
  7
 2. ބީރު

  ދޮންމީހުން ގެނެސްގެން މަޖިލިސް މެންބަރުން ދާންވީ ނޫންތޯ އެމީހުނައް ހޭހަން ކުރަން .
  ނިކަމެތި ރިސޯޓް މީހާ އެތާ ބަންދު ނުކޮށް.
  ޤާނޫނެކޭ ކިޔައިގެން ރިސޯޓް މުއަހްޒަފުންނަށާ އެނީހުންގެ އާއިލާތަކަށް ދެނީ އަނިޔާ .

 3. ނައީމް

  އެބަޔަކު ކުރިކަމެއް އެބަޔަކާއި ބައްދަލްކުތާނެތެވެ.!ﷲ އަކުބަރު.:
  1. ރާއްޖެ ބޮއިކޮޓްކުރަން ނަސީދު އައްނި ޓުއަރިސްޓުންނަށް ގޮވާލި.
  2. ދަރިން ސުކޫލަލަށް ނުފޮނުވުމަށް ރޮޒެއިނާ ގޮވާލި.
  3. ދަރުމަވަންތަ ހޮސްޕިޓަލަކީ ބޭކާރުތަނެއްކަމަށް އެމްޑީޕީން ބުނި.
  4. ޓެބްލެޓަކީ ބޭނުމެއްނުހިފޭ އެއްޗެއްކަމަށް އެމްޑީޕީން ބުނި.
  މި ހުރިހާކަމަކާއި މިއަދު އެމްޑީޕީ ސަރުކާރަށް ކުރިމަތިލާންޖެހިއްޖެ.
  ދިރިތިބީންނަށް މިއީ ޢިބުރަތެއް!!

  19
  1