މާލޭގެ މަގުމަތީގައި ޒަރޫރީ ބޭނުންތައް ފިޔަވައި އެ ނޫން ގޮތް ގޮތަށް އުޅޭ މީހުންނަށް ނަސޭހަތް ދިނުމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މިވަގުތު ފުލުހުންނާއި ކަމާބެހޭ ފަރާތްތަކުން ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދެވޭނީ ވީހާވެސް ގިނަ ބަޔަކު ގޭގައި މަޑުކޮށްގެން ކަމަށެވެ.

އެކަމަކު، ސަރުކާރާއި އެ ނޫން ވެސް ތަންތަނުގައި ޒަރޫރީ ބޭނުމަށް ކުރާ ދަތުރުފަތުރަށް ފުލުހުން ހުރަސް ނާޅާނެ ކަމަށް ނަވީން ވިދާޅުވިއެވެ.

"މާލޭގައި ކޮންމެެހެން ޒާރޫރީ ބޭނުމެއް ނެތި، އުޅޭ މީހުންނަށް ސޯޝަލް ޑިސްޓެންސިން ނޫނީ ކޮންމެހެން ޒަރޫރީ ބޭނުމެއްގައި ނޫނީ މާލޭ މަގުތަކުގައި އުޅޭ މީހުންނަށް ނަސޭހަތްތެރިވެ އެމީހުންނަށް ކިޔައި ދޭން މި މަސައްކަތުގައި އަޅުގަނޑުމެން ފުލުހުން އަދި ހުރިހާ ސްޓޭކް ހޯލްޑާސް ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށްޓަކައި ގޭގައި މިވަގުތު މަޑުކޮށްދިނުން. (އެދެން)" ނަވީން ވިދާޅުވިއެވެ.

ފުލުހުން ވަނީ ގިނަ ވަގުތު ބޭރުގައި ނޫޅުމަށާއި، މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ކުރި އިލްތިމާސް ތަކުރާރުކޮށްފައެވެ.

ޒަރޫރީ ބޭނުމަށް ފިޔަވައި އެހެން ކަންކަމުގައި ބޭރަށް ނުނިކުތުމަށް ފުލުހުންނާއި އެޗްޕީއޭ އިން އިލްތިމާސްކޮށްފައި ވާއިރު މާލެ ފުރަބަންދު (ލޮކްޑައުން) ކުރަން އުޅޭ ކަމުގެ އަޑުތައް ވަރަށް ބޮޑަށް ފެތުރިގެން ދިޔައެވެ. އެކަމަކު، މާލޭގެ ފިހާރަތައް ބަންދުކޮށް މުޅި މާލެ ފުރަބަންދު ކުރާ ކަމަށް ދެކެވޭ ވާހަކަތައް ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށުމުން މީގެ ކުރިން ދުނިޔޭގެ ބައެއް އެހެން ގައުމުތަކާއި ސިޓީތައް ލޮކްޑައުން ކޮށްފައިވެއެވެ.

ނަމަވެސް ރާއްޖޭގައި އެފަދަ ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް އަދި ނެތް ކަމަށް ސަރުކާރުން ބުނެއެވެ.

ސަރުކާރުން ބުނީ މާލެ ލޮކްޑައުންކޮށް، މާލޭގައި އާންމު ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ތަކެތި ވިއްކާ ފިހާރައް ބަންދުކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށާއި އަދި އެފަދަ މަޝްވަރާއެއް ވެސް ސަރުކާރުން މިހާތަނަށް ކޮށްފައި ނުވާނެ ކަމަށެވެ.

މާލޭގެ މަގުމަތީގައި އުޅޭ މީހުން ގޭގައި މަޑުކުރަން ފުލުހުން އަންގަން ފަށާ އިރު، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްވަންދެން ސަރުކާރުގެ އިދާރާއެއްގެ އެއްވެސް މުވައްޒަފަކު ޒަރޫރީ ބޭނުމެއްގައި ފިޔަވައި ނޫނީ ގެއިން ބޭރަށް ނުނިކުތުމަށް ރައީސް އޮފީހުން ވަނީ އިއްޔެ އަންގައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. ޝާން

  މާލެ ލޮކްޑައުން ކުރިކަމަކަށް ނުވާނެ ދޯ؟

  • މަޖާ

   ހެހެހެހެ

 2. މަންޖެ

  ކިހިނެތް ޒަރޫޒީ ބޭނުމެއްތޯ، ބޭނުމެއްގައިތޯ ބަލާނީ؟؟ ފުރަތަމަ ކެފޭތަކާ ރެސްޓޯރެންޓް ތައް ބަންދުކޮށްބަލަ.

  • ޒ

   "މަންޖެ" ގޭގަ ބަދިގޭގަ ބޭނުންއެއްޗެއް ކައްކަން ހިތަކަށް ލިބުނަކަސް އެންމެންނަކަށް އެގޮތަށް ކަންކަން ފަހިވެފައެއް ނުހުރޭ... ވީމާ ކާންދާންޖެހޭނީ ކެފޭތަކަށް ނޫނީ ރެސްޓޯރެންޓް ތަކަށް! އެހެން މީހުންގެ ޙާލަށްވެސް ބަލާލަބަލަ ކޮމެންޓް ކުރުމުގެ ކުރިން.

 3. މަމީ

  ހެޔޮނުވާނެ ޕެޓްރޯލު އަޅަންތިބޭ ކުދިންގެ ޑިޔުޓީ ކުރު ކޮށްދެން ކީއްތަ ވާނީ.. މިކަމަށް ނިއުސް އެއް ލިޔެދީބަ ވަގުތު.. ޕލޒ ޕލޒ ޕލޒ?

 4. ރައީސުގެ މީހާ

  މިިސްކިތައް ބަންދު..
  ވިޔަފާރި ތައް އޯޕަން..
  ޖަލްސާތައް މެކުހަށް..
  ކޯޓުން ބަންދުކުރމާއި ޕޮލިޓިކަލް އެޖެނޑާ ހިންގުން އެންމެ ބާރު މިނުގަިއ..
  ޖޭ.އެސް. އޭ މިކިޔާ މީހުން ހަމަ އެމީހުންގެ އަމިއްލަ މަންފާ ދެމެހެއްޓުމުގައި..
  މަގުމަތީގައި ޕާރޓީ.. ބުުރުޖެހުން ހަމަ އެކުއެކީގައި ނޯމަލް..

  އަދިވެސް ނަމާދައް ދިޔައިމަޔޯ ކޮރޯނާ ޖެހެނީ..! ހައިރާންވޭ..!
  މީއީ ހަމަ އެޖެންޑާ 19 ގެ ރޭވުންތެރިކަން އެމްޑީއެން އަޑީގަ އޮވެގެން ހިނގި ޖަރީމާއެއް..

  ﷲ އަށް ބިރުވެތިވޭ..

 5. ޅަބޭ

  ކޮރޯނާ ވައިރަހުގެ ހާލަތަކީ އޭގެން ފުލުހުން ނާޖާއިޒު ފައިދާ ނަގަންވީ ވަގުތެއް ނޫން. ރައްޔިތުންނައް އަސާސީ ހައްގުތައް ހޯދައިނުދެވޭ ބަޔަކު، ކޮންފާޑަކައްތް މިއުޅެނީ....

  • ދދދދދދ

   ދަތުރުކުރުން މަނާކުރާއިރު ޓިކެޓްގެ ރިފަންޑް ލިބޭނެ ގޮތެއް ނެތް. އައިލެންޑް އޭވިއޭޝަނުން ބުނަނީ ތިކަން ހަމަޖެހިފައެއް.ނެތޭ. މިދެން ބޮޑުވަރު. ދެންވެސް ބުނޭ އާންމުން އެއްބާރުލުމެއް ނުދެއޭ.

 6. ދިވެއްސެއް

  ފޮނި ކަނޑަން ވައި އަނގަ ތަޅަން ގްރޫޕް ހަދާފަ ކެފޭ ތަކަށް ދާ މީހުންނޯ ؟

 7. އެނަޖީ

  ކިޔާ އެއްޗެއް ދެކޮޅެއްނުޖެހޭ... މީޙުން ގޭތެރޭގައި ބަންދުކުރުމަކީ ލޮކްޑައުންކުރުމެއްނޫންތަ؟....
  ޒަރޫރީ ބޭނުންްއެނގޭނީ ބޭރަށްދާ މީހާއަށް އެމީހާއަށް ޒަރޫރީ ވާކަމެއް ތިޔަ ޕޮލިސްމީހާއަށްވެދާނެ އެއްގޮތަކަށްވެސް ބޭނުންނެތްކަމަކަށް.... ދެން؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟ ސަރުކާރު ބޮޑުތަނުންފެއިން.... އައިސޮލޭތުރާގޮތަކީވެސް ބޭރުން ރާއްޖެ އަންނަމީހާ އަންނަ ދުވަހުން ފެށިގެން މއިސޮލޭޓު ކޮށްދޭށޭ ބުނީމާވެސް ކަލޭ އައިސޮލޭޓު ކުރަކަށް އަންގާފައެއް ނެތޭކިޔާފއި ގެއަށްފޮނުވާލާފައިހުންނަތަ 3 ދުވަސްފަހުން ގުޅާފާ ބުނަނީ އައިދޮލޭޓުވާން އަންނާށޭ.... ނޫނީ ގެއިން ބޭރށްނުދާށޭ......... މިހެން އައިސޮޭޓުކޮށް ކަރަންޓީނުކޮށްގެން ޙައްލު ފެންނާނެ ގޮތެއްނެތް......

 8. ސޭން

  ތިޔަވުރެ ބޮޑަށް މެލޭޝީޔާގަ ތިބި މީހުން އެބަ އާދޭ ސިންގަޕޫރަށް ގޮސް އެތަނުން ރާއްޖެ އަށް އެކަން ހުއްޓުވަބަ

  • ދޮގެއް؟

   ކޮބާ މިއޮއް ފެމްނަ ގެރި އިންޑިއާ؟ ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް އެޅިފަ އޮތް ތަނެއް ނޫން. ބަލި މީހުން ފިލަނީ. ހީވަނީ މީ އެމީހުންގެ ގައުމުގެ ބައެއްހެން.

 9. ޙށހސހެ

  މެލެސިޔަގަ ޒަރުރި ބެނުންމަށް ނުނި ގޮތަކަށް ނިކުންނަ މިހުން 2 ޖަލަށް ލަލުމައެކު ޖުރިމަނަ ކުރަނި

 10. ޢިކުރާމު...

  މ މީގަ ހުރިހާ ޒިން މާއެއް އުފުލަން ޖެހެނީ ނުކުޅެދޭ ހާސައެހީއައްބޭނުންވާ އަދުގެ ސަރުކާރު ވާއެއްނުވާއެއް ދަންނަ ބައެއްނޫން މަގާ މުތަކުގަ ތިބީ ކޮން މެފަހަރަކު ކުއްވެރިވަނީ ކަނޑު އެއްޗެއްބާނަން ދަންނަ ކެޔޮޅެއް މިނަވަކު ނެތް އޮޔާބެހެ މުން ޖަޒީރާތައް ފަހަނައަޅާ މިއޮއްދަނީ ގެރިފާ މުތަކާ ދި މާލައް އެސޮރު މެން ދެކަ މު ހާޖަތައް ގޮސްހުރި ނަޖިސްބޮއެގެން ގައިގަ ހާކައިގެން ތިޔަބުނާ 19 ޔަކުން ފަތިހަކައް ދާއިރު ދެންވިސްނާ ވާނެގޮތް ފުލުހުން ނައްޝުކުރު ދަންނަވަނ

 11. ހާޖަރާ

  ރައްކާކޮށްފަ ގޭގައި ބައިތިއްބަން ޖެހެނީ ހަމައެކަނި ސަރުކާރު މުވައްޒަފުން އެކަނި ތޯ؟